އިންޓަކަނެކްޝަން ގްރިޑްގެ މެއިންޓަނެންސް މަސައްކަތުގެ ތެރެއިން ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ރޭ ބުނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ މެއިންޓަނަންސް މަސައްކަތެއް މިއަދު ހެނދުނު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު 6:00 އިން 6:30 އާއި ދެމެދު މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިއަދު ހެނދުނު 06:00 ކަންހާއިރުން ފެށިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަށް ފަހު ކަރަންޓް ހުރިހާ ސަރަހައްދަކަށް އަނބުރާ ލިބުނީ 09:30 ކަންހާއިރުއެވެ.
ސްޓެލްކޯ އިން ބުނީ ކަސްޓަމަރުންގެ ފަރާތުން މިފަދަ ކަަންކަމުގައި އަބަދުވެސް ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށާއި ކަރަންޓް ކެނޑުމުން ދިމާވި ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.
މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ވަނީ "ގްރިޑް ޕްރޮޖެކްޓު" ގެ ދަށުން މާލެ އާއި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލާފަ އެވެ. މިހާރު މާލޭ ސަރަހައްދަށް ކަރަންޓް ދެމުން ގެންދަނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިންނެވެ.
ސްޓެލްކޯގެ ގްރިޑް ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ 100 މެގަވޮޓުގެ އިންޖީނުގެއަކަށް ކުރިމަގުގައި ބަދަލު ކުރާނެ އެވެ.
މާލެ ސަރަހައްދުން ކަރަންޓުގެ ޑިމާންޑު އަހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް އިތުރުވެ އެވެ. އެހެންވެ، ގްރިޑް ޕްރޮޖެކްޓާ އެކު މިކަމަށް ބޮޑު ހައްލެއް ލިބި، ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ސްލޯލިހް ވެރިކަމުގައި ވެސް ކަރަންޓް ކަނޑައިގެން ދޭ ދޯ. ޕަކާސް
ޝުކުރިއްޔާ ރައީސް ޔާމީން
މޑޕ ގެ ވެރިކަމެއްގަ ހައްލު ލިބޭނެ ހަމަނެތް އެއްކަމެއްވެސް.