އާޓްސް އެންޑް ކަލްޗާ މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ސުންކު ޓެސްޓް ކުރެއްވިއިރު، ނަތީޖާ ފައްސިވެފައިވާ ކަމަށެވެ. އަދި ހުންނެވީ ގޭގައި އަމިއްލައަށް އެކަހެރިވެގެން ކަމަށް ލިޔުއްވާފައިވެއެވެ.

"ހުން އައިސް ރޯގާ އެބަހުރި، ކަރުގައާއި ހަށިގަނޑުގައި ވެސް ރިހުން އެބަ ހުރި، އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަނެވޭނީ، މައިންބަފައިންނާއި އާއިލާއާއި މެދު ކަންބޮޑުވޭ އެބަ،" ޔުމްނާގެ ޓްވީޓްގައިވެއެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި، އަދި ޚާއްސަކޮށް ކުޑަކުދިންނާއި ހައި ރިސްކް ނުވަތަ ހިރާސް ބޮޑު މީހުން މިއިން ރައްކާތެރި ކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއް އެންމެން ވެސް ކުރަން ޖެހޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރު ޔުމްނާ ކޮވިޑް-19 އަށް ފައްސިވިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ހުންނެވީ ބައްޔަށް ފައްސިވެ، ގޭގައި އެހަރިވެވަވަޑައިގެންނެވެ.

ކޮވިޑް-19 ގެ ނުރައްކާތެރި ވޭރިއަންޓް، އޮމިކްރޮން ފެތުރެމުންދާ ދުވެލި ވަރަށް ހަލުވި ކަން ފާހަގަވެއެވެ. މި ވޭރިއަންޓް ރާއްޖޭގައި ވެސް ފެތުރެމުން އަންނައިރު، މިދިޔަ ތިން ދުވަހު ވެސް 2،000 އާ ގާތް ކުރާ އަދަދަކަށް މީހުން ފައްސިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަދަލުވަމުންދާ ސަޤާފަތް

    ރާޝިދުގެ ކެމްޕޭނަށް ށ އަތޮޅަށް ދިއުމަށް ބުނެފާނެތީވެ ދުރާލާ ކަމެއް މަތި ކޮށްލީ ހާދަހާ ވާ ވިސްނުންތޫނޭ ދޯ.

    10
    1
  2. ގަނޑިޔާ!!!

    ވެކުސިން ހެސްކިޔާފަ ޖެހި މީހުންނެކޭ ނުޖަހާ މީހުންނެކޭ ހަމަ އެއްވަރަކަށް އެއްކަމެއްވަނީ... މޮޅުކޮށްފަ ކިޔަނީ ވާވަރު ކުޑަވާނޭ... ހުސް ދޮގު. ދިފާއީ ނިޒާމު ދެރަވަނީ, ނުވިތާކަށް ބޭކާރު ކޯންޗެއްކަން ނޭންގޭ އެއްޗެއް ހަށިގަނޑަށް ވަންނަނީ

    12
    2
    • ޝައްފަ

      ރާމާ މަކުނުގެ ދިޔަ ނަގައިގެން ހަދާފައިވާ ވެކްސިން އެއްކަން އިންޖެކްޝަން/ބޭސް ވިއްކާއިރު ދޭ ކުޑަކުޑަ ކަރުދާސް ކޮޅުގައި ކަނޑައެޅިގެން ލިޔެފައި އޮވޭ. މިބުނީ ކޮވިޝީލްޑް ގެ ވާހަކަ.

      6
      1
  3. މުބީނު މާރނީ

    ޔުމްނާ އަށް އަވަސް ޝިފާޢު އެއް އެދެން. ހަނދާން ބަހައްޓަންވީ ކަމަކީ ޙަލާލު ގޮތުގައި ހޯދާ ފައިސާ ބޭނުން ކުރުން. ކޮންމެ ގޮތެއް ވިޔަސް ޔުމްނާ އަށް ބޭނުން ކުރެވެނީ އަހަރުމެންގެ ފައިސާ. ޔުމްނާ ގެ ބައްޕަ ޔުމްނާ އެއްވެސް ކަމެއް ނުކޮށް އަހަރުމެންގެ ޖީބުން ލާރިގެންދަން ހަދާދިން މަޤާމެއް ތިޔައީ. މިގޮތަށް ތިޔަހާ ބޮޑު މުސާރަ (58،500ރުފިޔާ) މަހަކު އެއްފަހަރު ޔުމްނާ އަހަރުމެންގެ ޖީބުން ގެންދިޔުމަކީ ގިނަ ރައްޔިތުން ޤަބޫލް ވާނެ ކަމެއް ނޫން. މީހުން ނުރުހޭ ނަމަ، މީހުން ބަދު ދުޢާ ކުރާނެ. ޔުމްނާ ވިޔަސް މުސާރަ ގެންދަން ވާނީ އެ މުސާރަ އާއި އެއްވަރު މަސައްކަތެއް ކޮފައި.

    12
    1
  4. ސަކަރޭ

    މައުމޫނު ގޯތި އެއްވެސް މީހަކު ނުފެނޭ ކޮމަންޑޫއަކުން. މަކަރުން މަގާމް ދަމައިގަނެގެން ބޮޑު މުސާރައިގައި އިއްޒަތުގައި އުޅޭ މީހެއްމީ. ކީއްކުރާ މީހުންމީ. ސަރުކާރުގައި ތިބިއްޔާ ތިބި ބަޔަކާއި އެމްޑީޕީ އެންމެން ނުކައި ނުބޮއި ކޮމަންޑޫ ދާއިރާގައި އުޅޭއިރު މި މީހުންނަށް ޖެހޭ ވައެއް އޮޔެއްނެތް.

    10
  5. ޖަޒީރާމަނިކު

    ހުރިހާ މިިނިސްޓަރުން ތިބޭނީ ރައީސް ސޯލިހާ ކޮންޓެކްޓްވެފާ. އެމީހުންގެ ޓެސްޓް ނަހަދަނީ ކީއްވެބާ؟ ތިޔަހުރިހާ މީހުންނަށް ހުންނާނީ ކޮވިޑްޖެހިފަ.

  6. އަހުމަދު

    އަހަރުން ގޯތި ފާތުމާފުޅުވެސ ޕޮޒިޓިވް.... ތިޔަވާނީ އިބުރާހީމާ މާ ގާތް ވެވުނީކަމަށް،.... ސިއްރު ސިއްރުން...l

  7. ސަންފައްތަ

    އަވަސް ޝިފާއަކަށް އެދެން. ޔުމް.