ރައްޔިތުންގެ މަޖިލިހުގެ ގަމު ދާއިރާގެ މެމްބަރު އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޭނާ ކޮވިޑަށް ފައްސިވެފައިވާކަން ހާމަކޮށްފައި ވަނީ މިިރޭ ކުރެއްވީ ޓްވީޓެއްގައެވެ.

ވިސާމް ވިދާޅުވީ، އޭނާ ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި މިހާރު ގޭގައި އެކަހެރިވެވަޑައިގެން ހުންނެވި ކަމަށެވެ.

އަދި ބައްޔާއި ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުންގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް ވަނީ އިތުރުވެެގެން ގޮސްފައެވެ. ހާއްސަކޮށް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން އަދަދުތައް ވަނީ އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ.

ރާއްޖޭން މިހާތަނަށް 117,461 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 102,542 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 47 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، މިބަލީގައި ރާއްޖޭން 270 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދައްކަނީއޭ

    ކޮވިޑަށް ފައްސިވާ އެމްޑީޕީގެ ހުރިހާ އެމްޕީން ނަކީ އެއީ އެމެން އެމަގާމުން އިސްތިއުފާ ދޭނެ ނުވަތަ އެގޮނޑި ހުސްވާނެ ގޮނޑި ތައް ކަމަށް މަމެންގެ ރަމަލު ތަކުން ދައްކައިފިއޭ އެކަން ދައްކާނީ އެއީ އިންޑިއާގެ ކޮވެކްސް ވެކްސިން ދެ ޑޯޒް ޖަހާފައިވާ މީހުންނޭ މީއޭ މަމެންގެ ރަމަލު ތަކުން ދައްކާ ގޮތަކީ...

  2. ގުމުނީ

    މެމްބަރ މުގުނިީ ފައްސިވާ ދުވަހަކަށް މިބަލަނީ ، އެއީ ރައްޔިތު އެއްމެނަށް ކޮވިޑް ޖައްސަންބުނި ގަމާރު..

  3. ސަރުދާރު

    އަބަދުވެސްމެންބަރެއްމިނިސްޓަރެއްނުވަތައެމީހުންގެއައުލާދުމީހެއްމިގައުމުގައިކިތައްމީހުންނަށްތޯކޮވިޑުޖެހެނީއެމީހުންގެނަންތައްނުކިޔަނީކީއްވެތޯ