އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މި ދައުރުގައި ހިޔާނާތުގެ މައްސަލަތައް ބެލިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވިސާމް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި މިނިވަން މުއައްސަސާ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ވިސާމް ވިދާޅުވީ މިނިވަން މުއައްސަސާތަކާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް އެ މުއައްސަސާތަކުން އެދުނު މިންވަރަށް ބަޖެޓުގައި ފައިސާ ކަނޑައަޅާފައިވާ ކަމަށެވެ.

ބަޖެޓު ދިރާސާ ކުރުމުގެ މަރުހަލާގައި އޭސީސީން އެދުނީ 3.9 މިލިއަން ރުފިޔާއަށް ކޮމިޝަންގެ ބަޖެޓަށް އިތުރުކޮށް ދިނުމަށެވެ. ކޮމިޓީން ވަނީ އެދުނު ގޮތަށް އެ އަދަދަށް ބަޖެޓް އިތުުރުކޮށްދީފައެވެ.

ފާއިތުވި ތިން އަހަރުވެސް ގާނޫނޫ ގޮތުން އޭސީސީއަށް މަތިކޮށްފައިވާ ޒިންމާތައް ކޮމިޝަނަށް އަދާކުރެވިފައިވޭތޯ ސުވާލު އުފައްދަވަމުން ވިސާމް ވިދާޅުވީ އިތުރުކުރި ބަޖެޓާއެކުވެސް އޭސީސިއަށް މަސައްކަތް ކުރެވިދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ.

"ކޮންމެ ފަހަރަކުވެސް މިނިވަން މުއައްސަސާއިން އެދުނުކަމެއް އެދުނު މިންވަރަކަށް މަޖިލީހުން ކޮށްދޭ" ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ ހިޔާނާތުގެ މައްސަލަތައް ބަލަން، އިތުރުކޮށްދިން ފައިސާގެ އަދަދާއެކު އެކަން ބެލިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެހެން އެކަން ނުވާ ނަމަ، ސަރުކާރުން ވެރިކަމަށް އައުމުގައި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ސަރުކާރުން ވީ ވައުދު ފުއްދުމުގެ ފުރުސަތު ކުޑަަކަމަށް ވިދާޅުވިއެވެ. އޭސީސީގެ މެންބަރުން ބަދަލުކޮށްގެންވެސް މައްސަލަތައް ބެލޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އޭސީސީގައި ތިބި މެންބަރުންނާއެކު ހިޔާނާތުގެ މައްސަލަ ނުބެލޭ ކަމަށްވާ ނަމަ، ވަކިކޮށްގެންވެސް އެބަ ޖެހޭ ގޮތެއް ހޯދަން. އެހެން ނޫންނަމަ ހީއެއް ނުވޭ ދައުރުނިމޭއިރުވެސް ހިޔާނާތުގެ މައްސަލަ ބެލޭނެހެންނެއް" ވިސާމް ވިދާޅުވިއެވެ.

އޭސީސީގެ މެމްބަރުން ކޮމިޓީގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައަށް އިތުރަށް ފައިސާ ދީފި ނަމަ އެ ތަހުގީގުގެ ދުވެލި މިހާރަށް ވުރެ އަވަސް ވާނެ ކަމަށެވެ. ދުވެލި އަވަސްވާނެ ކަމަށް ވިދާޅުވީ ނަމަވެސް، އަންނަ އަހަރުގެ ތެރޭގައި ވެސް އެ މައްސަލަތައް އެއްކޮށް ނިންމާލެވޭނޭ ކަމުގެ ޔަގީންކަމެއް ކޮމިޝަނުން ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިބްރާހިމް

    ކުރަފިބޮލެއް ހުރީމާ ތިޔަ ހީވަނީ. އަޅުގަނޑުމެނަށް 100 އެބައޮތް

    10
    3
  2. ހުސޭނުބޭ

    އެކަމަކު ދައުރު ނިމެންވާއިރަށް މައްސަލަތައް ބަލަނީއޭ ކިޔާފައި އެތައް މިލިއަން ރުފިޔާ ދިރުވާލެވެއެއްނު!

    19
  3. އަބްދޫ

    ހިޔާނތްވި 2 މީހުނގެ މައްސަލަވަނީ ނިމިފަ. ދެން ހިޔަނަތްތެރިއެއް ނެތް. އަދީބު އަތުން ފައިސާލިބޭ ކޮންމެ މިހަކީ ހިޔަނަތްތެރިއެއްނޫން. އެފައިސާ އަބުރާ ދޭކަށް ނުޖެހޭނެ.

    15
  4. އަހުމަދު

    ބުރޯ ބޭނުންވާ މީހުންދޯ ތިބީ ތަންތަނަށް ލާފަ، ތިމެންބަރުން ޖެހޭނެ އެކަމުގަ ޒިންމާވާން.

    13
    1
  5. ބޯހަލާކު

    ރަނގަޅު އޭރުން ދެންއަނަ އިންތިހާބެއްގަވެސް ކޮރަޕްޝަން ނައްތާލަން ގޮވާނީ

    12
    1
  6. ބަލާބަލަ

    ކަލޭމެންނައް ހީތާވަނީ އަހަރެމެންނައް ޔަޤީން ނުކެރޭނެ އެމް އެމް ޕީ އާރ ސީގެ މައްސަލަބަލާކައް

  7. ގާދިރު

    ބޭފުޅާ ކިހާވަރަކަށް ކަޓް ނަގައިފިންތޯ ދާއިރާގެ އެކި މަސްރޫއުތަކުން

    10
    1
  8. އަހުމަދު

    ދެން ބުނޭ އެއީ ކުރީގެ ސަރުކާރާ ހެދި ލަސްވަނިއްޔޭ..

    13
    1