މި ސަރުކާރުގެ އެންމެ މުހިންމު އެއް މަޝްރޫއު، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅައިލަން ހަދާ "ތިލަމާލެ ބްރިޖު"ގެ އެންމެ މުހިންމު ސާވޭގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތިލަމާލެ ބުރިޖުގެ ޑީޓެއިލް ޑިޒައިން ތައްޔާރުކުރުމަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭ ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ސާވޭ ކުރުމަށް މާލެ ސިނާއީ އަވަށުގެ ބޮޑު ބައެއް މިހާރު ވަނީ ބަންދުކޮށްފައެވެ. ތިލަމާލެ ބްރިޖް ހަދަން ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުނި، އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ.

ޖިއޯޓެކްނިކަލް ސާވޭއަކީ ބިމުގެ ވަރުގަދަކަން ވަޒަން ކުރުމުގެ ގޮތުން ކުރާ ސާވޭއެކެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖް އާއި އެ ސަރަހައްދުގެ މަގުތައް މާލެ ސިޓީ ކައުންސިލްގެ ދަށުން ނަގައި ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ. މިތަން ކުރިން އޮތީ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައެވެ.

މި ބްރިޖްގެ މަސައްކަތް ފެށުމުގެ ކުރިން ދިޔަ އަހަރު އޮކްޓޯބަރު 28 އިން ފެށިގެން ލޭންޑް އެންޑް މެރިން ސާވޭއެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން 6.47 ކިލޯ މީޓަރުގެ ދިގު ބްރިޖު އަދި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެ ކަމަށްވެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް ހިމެނޭ ގޮތަށް ބްރިޖު އެޅުން ކުރިއަށްދާ އިރު، މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ފުރަތަމަ ގުޅުވާލުމަށް ހަމަޖެހިފައި ވަނީ މާލެ އާއި ވިލިމާލެއެވެ.

މި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު މި ރިޔާސީ ދައުރުގެ ކުރިން ފުރަމަ ފިޔަވަހި ނިންމުމެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަލީމޫސާ

    ތިޔާ އެފްކޮން އަކަށް ތިކަން ނުވާނެ. ބޮޑަނައާއި ފިދަނަ އެޅި ގެޔައްވީ ވަރު ވާނީ. އައްޑޫގައި އެމީހުން ކުރާ މަސައްކަތުގެ ފެންވަރުންވެސް އެކަންއެގޭ. ސަލާމް.!

    39
  2. އަބްދޫ

    ތިޔަ ކުންފުންޏަކީ މާކަނޑުގަ ބްރިޖް އެޡޅުމުގެ މަސައްކަތް ކުރި ކުނފުންޏެއްބާ؟ބްރިޖް މަސްރުއުގެ އަގަކީ ކޮބާ؟ އިންޑިޔާގެ މަގުހުރަސް ބްރިޖް ވެސް ހަދާ ނުނިމެނީސް ވެއްޓޭ.އިންޑިޔަގަ ލޮނުތެރޭގަ ހުންނަ ކޮންކްރީޓަށް ބޭނުންވާ ދަގަނޑާއި ކެމިކަލް ސިމެންތި ހުރޭބާ؟ އެއީ ވަކި ވައްތަރެއް ލޮނަށް އުފައްދަފަ ހުންނަ ހާއްސަ ދަގަނޑަކާ ސިމެންތި އެއް. އިންޑިޔާ މީހުންލައްވަ ބްރިޖް އަޅާނަމަ ޔޫރަޕް ކުންފުންޏެއްގެ ކޮންސަލްޓެއްޓަކު ޒިންމާކުރުވާފަ ހުންނަންޖެހޭނެ. ހާއްސކޮށް ޖަރުމަނުގެ ބްރިޖް އަޅާކުންފުންޏެއްގެ ކޮންސަލްޓެންޓަކު ވަރަށް މުހިންމު.

    33
    1
  3. ނާހަމަ ތެދެއްތަ

    ދައުރު ނިއްމާލާ ސާރވޭކުރުމުގައި ތިވެސް ދެން މި މީހުނަށް ބަލާފަ ރަނގަޅުކަމަށް ބެލެވެނީ! ޔަގީނުންވެސް ކުރިޔަށް އޮތް 10 އަހަރުންވެސް ތިޔަ ބުރިޖްމަތިން ދަތުރުކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއްނެތް!

    33
    1
  4. އިބިލީސްކައިވެނި

    ދެން ތިތަނުގެ ބިންގަނޑުގައި ވަރުނެތިއްޔޯ؟ އެކަމުވެސް ބުރިޖްއަޅަން ސޮއެވެސް ކޮއަފޮޔޯ؟ ދެންވާނީ ކިހިނެއްބާ؟

    31
  5. ށސސސ

    ޖިއޯ ސާރވޭ ކުރަނީ ނެދަލޭންަޑްސްގެ ފުގޫރޯ ކުންފުނިން

    18
    1
  6. Anonymous

    5 އަހަރުނިމެނީ. ސަރވޭ ކޮށްލުމުގައި. ދެންބުނޭ ކޮވިޑޭ.
    މީގެކުރިން އެއަރޕޯޓް އިންޑިޔާއަށް ދީފައި އޮއްވާ އަނބުރާ ހޯދައި ދައުލަތުން ބޮޑުއެއްޗެއް ބަދަލުގައި ދީފަވެސް 5 އަހަރުން ބްރިޖެއްއެޅި މީހަކު. ކޮވިޑާ ގުޅިގެން ހިލޭ އެހީގެ ގޮތުގައި އެތަށް ފައިސާ އެއް ލިބުނުއިރުވެސް ވީކަމެއްނެތް

    34
  7. ބުލް ބުލް

    މިވަގުތައް އެނެމ މުހިއްމީ ތިލަމާލެ ބުރިޖް ތޯ؟މިއުޅެނީ ޕީސީއާރު ޓެސްޓް ނެހެދިގެން.މާތާހިރު ވާނެ ލޯނު ނަގައިގެން އަތޮޅުތަކުން ޕީސި އާރު ޓެސްޓް ހެދޭނެގޮތް ހެދިއްޔާ..މީހުން ދުނިޔޭގަ ތިބެގެން ބުރިޖުން ދަތުރުކުރެވޭނީވެސް.ކޮވިޑަށް 02 އަހަރަށްވުރެން ގިނަދުވަސްވީ އިރުވެސް އަދިވެސް މިޖެހެނީ ހުރިހާ ރަށަކުން ފުޅިމަދު ފޮށީގަ ކަޅު ކޮތަޅު ލައްވައިގެން ޓެސްޓް ހަދަން މާލެ ފޮނުވަން.ނަތީޖާ ލިބެން 03 ދުވަސް ހަތަރު ދުވަސް.މީދެން ބޮޑުވަރު.

    11
    2
  8. އުތުރުން

    ކިތަންމެ އަވަހަށް ނިންމިއަސް 15 އަހަރު ނަގާނެ. ތިކަން ނިމޭނީ ސަރުކާރުން ބަދަލުދީގެން ކޮންޓްރެކް އުވާއިގެން އެހެން ބަޔަކާ ހަވާލް ކޮށްގެންނެވެ. މޑޕ ހާވާފައި ހުރި
    ހުތުރު ހަޑިތަށް ފޮރުވަން އެހެން ސަރުކާރުތަކުން ބުރަ
    މަސައްކަތް ކުރަން ޖެހެއެވެ އަދި އެކަންކަމުން ރައްޔިތުން
    ނަށް ވާގެއްލުން އިންތިހާއަށް ބޮޑެވެ.

    17
  9. ގލޅ

    ތިޔަ ބުރިޖުގެ މަސައް ދާނެގޮތް ރައްޔިތުންނަށް ވަރަށް
    ސާފެވެ މަސައްކަތް ފަށައިގެން ކޮންމެސް ވަރަކަށް ކުރިއަށް
    ގެންދާނެއެވެ. ދެން ހުއްޓޭނީއެވެ އެހިސާބުން އެދެން
    ޕްރަޖެކްޓް ލޮކް ވީއެވެ ކުރިއަކަށް ނުދާނެއެވެ ދެން އަންނަ
    ސަރުކާރަކުން ޖެހޭނީ އެތަށް ބިލިއަން ޑޮލަރެއްގެ ބަދަލު
    ދީފައި އެގްރީމެންޓް ބާތިލް ކުރާށެވެ މިދޭ ބަދަލުން މޑޕގެ
    ކޮއިލުތެރޭގައި ތިބި ބޭފުޅުންނަށް ބައި އެޅޭ ގޮތަށްހަދަން
    އެގްރީމަންޓް އޮންނާނީ ފައްސިޔަ ކޮށްފައެވެ.

    11
  10. ލަތީ

    ކީއްކުރާ ބްރިޖެއްހޭ. ކޮބާހޭ އެޅީމާ ރައްޔިތު މީހާއަށްވާ ގޮތަކީ. ބްރިޖް ބާއްވާފަ ރަށްރަށުގައި ނޭޅި އެތައް ސަތޭކަ އަހަރެއް ހުރި ގެތައް އަޅަން ލޯނުވިޔަސް ހިލޭ ވިޔަސް ފައިނޭންސް ލިބޭ ގޮތެއް ހަދާބަލަ. ފިނިބުރު ޖަހަން ބްރިޖް އެޅީމާ ރައްޔިތު މީހާ ސައިކަލު ކާރުު ޕިކަޕު ޕެޓްރޯލަށް ހުރިހާ ލާރިއެއް. ޓްރެފިކް ޖޫރިމަނާގައި ސަރުކާރު ހިންގޭ. ބްރިޖް އަޅަންދާ ލާރީގައި ކިތައް ސްކޫލް ކިތައް އިންޖީނުގެ ކިތައް މިސްކިތް ކިތައް ފްލެޓް އެޅޭނެ ވާހަކަ ވެރިކަމަށް އަންނަން ވެގެން ދެއްކީ

    11
  11. އައުޓް

    އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް

    13
    1
  12. ޑައެލޯގް

    ކޮޕީކެޓް އެމްޑީޕީ އިންޑިޔާ

    13
  13. Anonymous

    ވެރިކަން ނިމެންދެން މިލިޔަނުން މިލިޔަނުން ޝާވޭ ހަދާލަ ހަދާލާ ތިބޭ ، ޔާނޓެ ވެރިކަމައްއަރާ ބުރިޖު އެޅީމަ ބުނޭ ކެނެރީ ނަޝީދޭ އެކަންކުރީ.

    12
  14. ސަޓޯ

    ޕިސްޕިސްޕިސް ސާވޭ ސާވޭ ސާވެ. މުޅިން ސާވޭ

    12
  15. Anonymous

    ތަކުރާރުކޮށް ތިޔަ މެރިވިަޑަކްޓެއްގެ ވާހަކަ މަހަކު 2 ފަހަރު ނުލިއުނަސް ތިޔަ ބުރިޖުގެ ޑިޒައިނަށް ބަދަލު ނުގެންނަ ކަމަށް ވަންޏާ ހަމަ ތިތަން އެބުނާގޮތަށް ހަދާނެތާ؟..ދެން ހަފްތާޔަކު ދެފަހަރަށް ވިޔަޑަކްޓޭ ، ވިޔެޒޯރޭ ތި ލިޔަނީ ހަމަ އެކައްޗެއް..

    11
  16. ލަލާ

    މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެ! އަދިވެސް ތަނެއްއޮތިއްޔާ ބޯކޮށްޕާލާ އިންޑިޔާ ހިނދުތުވާ ގްރޫޕް!

  17. ރާއްޖެތެރެ

    އެމްޑީޕީޔަ ބްރިޖެއް ނޭޅޭނެ. ވެރިކަމަ އަރާފަ ރައްޖެ ފުނޑާލަނީ

  18. ވަކަރު

    މަކަރާޖަހައިގެން ސޯލިހު ބުރިޖު ކާލަބަލަ ހީލަތުން ފުރިފައިވާ ސަރުކާރެއް އޮޅުވާލުމާއި ރިސްވަތު ތިކަމުގައި ހޭދަނުކޮށް އަގު ހެޔޮކޮށް ޕީސީއާރު ޓެސްޓުތަށް ހެދޭތޯއުޅެބަލަ ރަށްޔަތުން ފެލުމަކީ މިސަރުކާރުގެ މޮޓޯ.