ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ކަމަށް އިންތިޚާބު ވުމަށް ފަހު، ސަރުކާރު ތެރެއިން ހިނގާ ކޮރަޕްޝަން ނުހުއްޓުވޭނަމަ މެންބަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ "މަޖިލިސް ބަހުސް" ގައި ކުރެވުނު ސުވާލެއްގެ ޖަވާބުގައި ރާޝިދު ވިދާޅުވީ އެމްޑީޕީއަކީ ނަޒާހަތްތެރި މަޖިލީހެއް އުފައްދަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. އަދި މެންބަރަކަށް ވުމަށް ފަހު އޭނާ މަސައްކަތް ކުރައްވާނީ ކޮރަޕްޝަން ހުއްޓުވަން ކަމަށެވެ.

"އަޅުގަނޑު މަޖިލީހުގެ ގޮނޑީގައި އިންނައިރު އަޅުގަނޑުމެންގެ ސަރުކާރުން އިންތިހާއަށް ކޮރަޕްޝަން ހިންގައި ނުހުއްޓުވޭނަމަ އަޅުގަނޑު އެ ގޮނޑިއަކު ނީންނާނަން، އެކަން އިސްލާހު ނުކުރެވިއްޖެނަމަ އަޅުގަނޑު އިސްތިއުފާ ދޭނަން،" ރާޝިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

ރާޝިދު ރޭ ވިދާޅުވީ އޭނާ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ސަބަބަކީ ވެސް މަރުޚޫމް ހުސައިން ވަހީދު އެމްޑީޕީއާއި އެކު ކުރައްވަމުން ގެންދެވި "އިސްލާހީ މަސައްކަތް" އަލުން ކުރިއަށް ގެންދެވުން ކަމަށެވެ.

އެމްޑީޕީން ވާދަކުރައްވާ ރާޝިދަކީ ށ.ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި މިދިޔަ ތިން ދައުރު ފޯކައިދޫ ކައުންސިލްގެ ރައީސްގެ މަގާމު ވެސް އޭނާ ފުރުއްވިއެވެ.

ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމު ފުރުއްވީ މޫސާ ފަތުހީ އާދަމްއެވެ. ދައުލަތުގެ އެކި މަގާމު ފުރުއްވި ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވައިފައެވެ.

އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ. އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދަވާފައިވާ ޕާޓީއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. ކަރާ މޯލަޑިވްސް

    ތީ ވާނެކަމެއް ނޫން ބަސްނުކިޔަސް އިސްތިއުފާއެއް ނުދޭނެ

    75
  2. ނޯވޭ

    ތީ ޔަހުދީ ވަގު ހިޔަޅުން މީހުންގެ ބޯކާލަން ވަރަށް މަކަރުވެރި ރޭވުންތީ ތިއުޅެނީ މަޖިލިސްތެރިން ލަދީނީ އެޖެންޑަ ފެތުރުމަށް ބައިގިނަކުރަންވެގެން ހުސް ހިޔަޅުން ތިބޭނީ އިންޑިޔާއަށް ގައުމުވިއްކާލާފަ އިތުރަށް ގައުމުގެ ހަރުމުދާ ނުއަގުގަ ދޫކޮށްލަނީ އިންޑިޔާ މިލިޓަރީ ބޭރުކުރެވޭނީ އމޑޕ 4ފައިބަދެފަ ވީމާ ލޮބުވެތި ރައްޔިތުންނޭ ވިސްނާތި ފަހުންހިތާމަ ކުރން ޖެހެނެ

    75
  3. ައަހާ

    މިކަލޭގެ ދައްކާ ވާހަކައިގައި އޮއްޓަރެއްނެތް. މިހާރުވެސް އިންތިހާއަށް ކޮރަޕްޝަން އޮތްއިރު ކީއްވެބާ ކުރިމަތިލީ

    75
  4. ގަލަން ތުނޑު33ޖު

    ކޮއްކޯ އެނގިލައްވާތޯ އޭސީސީކިޔާތަނެއް އޮންނަކަން ތިޔަރަށުވަލުތެރޭ...އެތަނަށް މެމްބަރުން ބޭނުންވެގެން އުޅެނިކޮން ކިއްކުރަންތޯ ކްރޮޕްޝަން ނައްތާލަން މަޖްލީހަށް ތިޔަ ކުރިމަތިލެއްވީ..

    68
  5. ގަލަން ތުނޑު

    މިހާރުވެސް ތިހުންނެވީ ކްރޮޕްޝަންގެ ހާއްޔަކަށް ފެތި ބިސްއަޅައި ވިހަން ތައްޔާރުވެފަ..

    73
    1
  6. މުސް

    ނުހުއްޓުވޭނެކަން ކަލެއަށްވެސް ރަނގަޅަަށް އިނގޭނެ، ވޯޓްހޯދަން ކޮންމެވެސް މޮޅުވާހަކައެއް ދައްކަން ޖެހެޔނެތާ.

    64
  7. އަލީ

    މިހާރުން މިހާރައް ނަން ނެގިޔަސް ރަނގަޅުވާނެ އެހެންވީއިރު

    61
    1
  8. ކަންމަތީ ހޮޓަލުން

    ނުބައި ތާކަށްތިޔަވަދެވެނީބުރޯ. ކަރަޕްޝަން ކަމިޝަނަށް ވައްނަންދަގަ ބުރޯ . ތިޔަވަދެވެނީ ކަރަޕްޝަން ހާލިތެރެއއަށް.

    56
  9. ޥާނުވާ

    މިޤައުމުން ތިކަން ނައްތާލީތާ ކޮންދުވަހެއް ހާދަފަހަތުގައޭ ކަލޯތިޔައުޅެނީ.

    49
  10. ސުވާލެއް

    މަށަށް ހީވަނީ މިސޮރު ކަރަޕްޝަނަށް ވަރަށް ފަރުތަވާނެހެން. ނޮހޮވެނީސް އެވާހަކަ އެހާ ހަލުވިކޮށް ދައްކާތީ ޝައްކުުވަނީ

    50
  11. އުސާމާ

    އެއްގޮތަކަށްވެސް މިކަލޭގެއަށް ވޯޓެއްނުދެއެއްޗޭ ލާދީނީ މީހުންނާއި ލާދީނީއްޔަތަށް ވޯޓެއްނުދޭނެ ރައްޔިތުންނެއް ލާދީނި މީހުންނަށާއި ލާދީނިއްޔަތަށް ދޭވޯޓަކީ އިސްލާމްދީނާއި ދެކޮޅަށް ދެވޭވޯޓެއް ވީމާ ވަތަނީ މީހަކަށް ވޯޓްދެއްވާ ފަތުހީއަށް ދެއްވާ ވޯޓް2 ކަށްދެއްވާ

    50
  12. އަލްޖިބްރާ

    ކަލޭ ހޮވުނަސް އަދި އެހެންމީހަކު ހޮވުނަސް ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން ކޮރަޕްޝަން ހުއްޓުވުމަކީ ކަލެއަށް އެކަނި ކުރެވޭނެ ކަމެއް ނޫން !

    52
  13. ރަދީފް ހުސެން

    ތިމީހާ ހޮވުމަކީ މިޙާރު ހިންގަމުން އަންނަ ކޮރަޕްސަންތަކައް ފުޅާކުރަންދެވޭނެ ހިއްވަރެއް. މިވަރުގެ މީހަކައް އެއްވެސް މީހަކު ވޯޓުނުދިނުން މުހިންމު

    28
    2
  14. އުގުރި

    ފުރަތަމަވެސް ތިޔަވީ ފެއިލް
    ކޮންތާކު އޮތް ކޮރަފްޝަނެއްތަ؟ މީހަމަ ޒީރޯ ޓްލެރެންސެއްގެ ސަރުކާރެއް ގޯހެއް އުޅޭކަމަށް ހީވަނީތަ ތީހަމަ ކުއްހިޔެ އަޅުގަނޑުމެން މި ސަރުކާރު ގެނައީ ވަރަށްވެސް މާތް މަގުސަދެއްގައި ތިކަހަލަ ކަމެއް ނުހިގާނެ.

    19
  15. ކޮއްޔާ

    ތީ އެއްކަމެއްވެސް ވާނެމީހެއްނޫން ސިކުނޑީގަ ތެތްކަމެއް ނެތް // ހާދައޭ ގަމާރީ //

    21
    2
  16. މަހޭޝް

    ފުރަތަމަވެސް ތިހަދަނީ ދޮގު

    20
    1
  17. ޒަބީބު

    ކޮރަޕްޝަން ހުއްޓުވުމަކީ ށ.ކޮމަންޑޫގެ ބައިއިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކޮށް ހޮވޭ މެމްބަރަކަށް އެކަނި ކުރެވޭނެ ކަމެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކީމައި ތިޔައީ ބޮޑު ހީލަތްތެރި ވާހަކައެއް ކަމާއި ބޮޑު އޮޅުވާލުމެއް ކަން ބޮޑުތަނުން ސާފުވެއްޖެ. އަދި އެމްޑީޕީ އިސްވެއޮވެ އުފައްދާފައިވާ މިސަރުކާރަކީ ކޮރަޕްޓު ސަރުކާރެއް ކަން އެމްޑީޕީގެ ކެންޑިޑޭޓް ކަށަވަރުކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. ވީމާ އެންމެން އެކައްޗެއް ކިޔާފަ ގޮސް ހޮވަންވީ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން

    11
    9
  18. އަހުމަދު އީސާ

    ކޮރަޕްޝަން އޭ ކިޔައިގެން ކަލޭ ކަމެއްކުރާނެނަމަ އެންމެ ފުރަތަމަ ތި ގޮނޑިއަށް ކުރިމަތިވެސް ނުލާނެ. ކޮރަޕްޝަން އެންމެ ބޮޑަށްއޮތް ވެރިކަމުގަ އެމީހުންގެ ޕާޓީ ފަރާތުން ތިއުޅެނީ ކުރިމަތިލައިގެން. އެހެންވީމަ ކޮރަޕްޝަންގެ ޑްރާމާގޮސް އެހެންބައެއްކައިރީ ޖައްސާ

    23
  19. ހާމިދު ޝާޙިދު

    ތިޔަ ގަބޫލު ކުރެވުނީ ސަރުކާރުން ކޮރަޕްޝަން އިންތިހާ ދަރަޖައަށް މެކުހަށް ޖަހާފައިވާކަން. މުޅި ސަރުކާރު ކޮރަޕްޓް ވެފައި އޮވެ، 10 ދަރަޖަ ދަށް ވެއްޓިފައިވަނިކޮށް، ރައްޔިތުން ކީއްކުރަން ތިމީހުންދައްކާ ވާހަކައަށް އިތުބާރު ކުރަންވީ. އަބަދުވެސް އޭރަކު ސަރުކާރުގައި ތިބޭ އެމްޕީއިންނާއި، ވަޒީރުން ގުޅިގެން ބޮޑެތި ކޮރަޕްޝަންތައް ހިންގާހަދާ. ދެން މަޖްލިހަށްވަދެވި، ބޮޑު މުސާރައާއި، އެހެނިހެން އިނާޔަތްތައް ލިބެން ފެށީމާ ލާހިކު ކުޅަދާނައެއް ނުވާނެ އިސްތިއުފާ ދޭކަށް. ތިގޮތަށް ހޮވި ކިތަންމެ އެމްޑީޕީ މެމްބަރުންނެއް ކުރިން ބުނި، ޕާޓީލައިނުން މަޖްލިހުގައި ވޯޓު ދިނުމުގެ ބަަދަލުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮންނަ މައްސަލަތަކުގައި އެރައްޔިތުންނަށް ފައިދާވާގޮތަށް ވޯޓު ލާނެކަމަށްވެސް. އެކަމަކު އެކަމެއްވެސް ކޮށްދެވުނީކީނޫން. އަހަރުމެން ރައްޔިތުން ނޫޅެން ތިޔަ ދައްކާ ހޮޅީ ވާޙަކަ އަޑުއަހާކަށް.

    19
  20. ބިންގޯ

    އަވަހަށް ނަން އަނބުރާ ގެންދޭ. ތި ބުނި ދެކަމެއް ނުވާނެ. މަހުލޫފު ކައިރިން ދަސްކޮއްގެން ދޯ ތިކަހަލަ މޮޅުވާހަކަ ތިދައްކަނީ.

    21
  21. އަހްމަދު

    ރާޝިދު ﷲއައް ބިރުވެތިވެ މިހިދުން މިހިދައް ނަންއަނބުރާނަގާ ކަނޑައެޅިގެން ރާޝިދުއައް އެގޭނެ ރާޝިދަކީ ސަރުކާރުތެރެއިންހިންގާ ކޮރަޕްސަންހުއްޓުވޭނެމީހެއްނޫންކަން އެކަންއެގިހުރެ ތިޔަވެވޭ ވަަޢުދަކީ ބޭކާރުއެއްޗެއް

    17
    1
  22. ޙަަަހަ

    ތިހެން އެންމެ ބާރަށްބުނީ ދާންދޫދާއިރާގެ ޔައުޤޫބު މިހާރު ކޮޅުގޮހޮރަށް ކައިގެން އަޑުބޭރުނުވެވިފަ ހުރީ

    26
    1
  23. ޙަނދުކޭތަ

    އަލިފާނޯތް ކަލޭނޭ ސޯލިހުވެސްބުނި ޒީރޯ ޓޮލެރަންސޯ ބޯހަލާކު

    22
  24. ހަވާސާ އިބޫ

    ތީވާނެކަމެއްނޫން ކަލޭތީ ބަފާކަލޭގެޔާއި ދިމާއަށް ރޯއަވަގުރާނަގޮވި މީހާނުން މިވަރުމީހުން މަޖިލީހަށް ނުކުނަންމިއުޅެނީ

    16
  25. ރބރ

    ކަންކަންވާ އަދި ކުރެޭ މީނުން ތިކަހަލަ ހުސް އަނގައް ނުތަޅާނެ

    12
  26. ދަރަނި ދަންތުރަ

    ފަސްމާމުލު ފަސްވަގުންނާއެކު ކަލޭ ކިހެނެއް ކޮރަޕުސަން ހުއްޓުވާނީ މިހާރުވެސް ކަލެޔަށް ވޯޓުހޯދަންވެގެން ސަރުކާރު ކޮރަޕުސަން ތިޔަދާއިރާގަ ތިހިރަ އުތުރިއަރުވަނީ މުޅިންވެސް ކޮރަޕުޓު ޕުރޮޖެކުޓުތަށް ތިޔަހިންގަނީ ކަލޭ ތިހުރީ ހަމައިގަތަ ؟

    18
  27. ސަބް

    ތިހާ ނަޒާހަތްތެރި މީހެއްނަމަ މޑޕ ފަރާތުން ތިކަމަށް ކުރިމަތިވެސް ނުލާނެ.
    އިއްޔެ އެޮތީ ކޮރަޕްޝަން އިންޑެކްސްއިން %10 ދަށަށް ގޮސްސަ.

    18
  28. ސަސަ

    ކޮރަޕްޝަން ޒީރޯ ޓޮލޮރެންސަށްލައިގެން އައި ރައީސަށް އެއުޅެނީ ކަޅުދަބަހަށް ވީގޮތް ނުހޯދިގެން. ތިކޮއި އަށް ދެން ކުރެވޭނެކަމެއް އޮންނާނެ ؟
    އެހާ ވެލިޑް ޕޮއިންޓެއްނޫން ތިކީ.

    18
  29. ސޮއްބެ

    މިހެން އެންމެ ބާރަށް ގޮވާ މީހުންގެ ހާލު އަދި މާދެރަ. ކޮރަޕްޝަން ނުހުއްޓުވާ ތާނގަ ދެގުނައަށް ކައިގެން ފައިބާނީ...

    14
  30. އެއްލޯޖޯބެ

    މާރިޔާ ވެސް އޯކޭ.. ޔޫ.ކޭ އިން ގަތް އެޕާރޓްމަންޓުވެސް އޯ.ކޭ.. އެމްޑީޕީ އިން މިގައުމުން ކޮރަޕްޝަން ނައްތާލާފިޔޭ... ދެން ކޮން ކޮރަޕްޝެނެކޭ ތިވީދެނީ..

    16
  31. ސެލޯ

    ކަލޯ މިހާރުވެސް ކޮރަޕްޓަށް މަގުފަހިވާގޮތަށް ކޭންޕޭން ކުރަމުން ދަނީވެސް. ރަގަޅު ގޮތުގަ ކަމަކަށް ކުރިމަތިލައިގެން ހޮވޭ ނަމަ ރަގަޅު މަގު ފެންނަން އޮނާނީ.

    14
  32. ފަލަކު

    އިންތިހާބު ކާމިޔާބު ނުވާނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންދޯ ތިހެންތިބުނީ! މުޅި ގައުމު ކޮރަޕްޓު ވެފައޮޢްވާ އެންމެ ފަރުދަކަށް ކުރެވޭނެ ކަމެއް ނޯންނާނެ

    16
  33. ހުވާ

    އޭސީސީއަށް ލާންއޮތް ފޯމް އިލެކްޝަނަށްތަ ފޮނުވީ. ސާބަހޭ..

  34. އިސްމާއިލް

    ރާސިދު ކަލެއަށް އެގޭތަ އެމް ޑީ ޕީ ހުރިހާމެމްބަރުން ކެމްޕޭންކުރާއިރު ގެންގުޅޭ މޮޓޯއެއް ގޮނޑި ބިލިއްޖެއްޔާ މިގައުމު އެއްކޮއްނުކާނަމޭ އެއްކޮއްކައިފިއޭބުނެފިއްޔާ އިސްތިއުފާދޭނަމޭ ކާކުތަ އިސްތިއުފާދިނީ ހުސްވަގުން ގޮނޑިހޯދަންޖަހާމަޅި އެއްވެސްމީހަކު މިފަހަރު އެމް ޑީ ޕީ ރާސިދު އަށްވޯޓްނުދޭތި އެއީވެސް ވަގުންގެ ގުރޫޕް މީހެއް ވަރަށްސަލާމް

  35. ބަޒުރާ

    ކޮއްކޯ ނުބައި ދިމާލަކަށް ތިދެވެނީ. ކޮރަޕްޝަން ހުއްޓުވަން އަންނަ މީހެއްވިއްޔާ އޭސީސީ އަށް ކުރިމަތިލާންވީނު. އެތަން އެއޮތީ ހުސްކޮށް.

  36. އިޝްޤު

    އަނަދަރ ޔައުޤޫބް... ސާބަހޭ...

  37. އަބްދޫ

    ސަރުކާރު މެމްބަރަކަށް ހުރެ ސަރުކާރުގެ ބާރުގަދަ ފަރާތްތަކުނަ ހިންގާކަރެޕސަން ހުއްޓުވާނީ ކިހިނެތް.

  38. ލާމު

    ކޮރަޕްޝަން ހިންގައިގެން އިިންތިޚާބުވާ މީހަކު ކިހިނެއް ތިކަން ކުރާނީ. އިންތިޚާބު ވާން ތިޔަ ހިންގާ ކޮރަޕްޝަން ހުއްޓުވާލަބަލަ ފުރަތަމަ.

  39. ބެއްޔާ

    މީނާ ބުނާގޮތުން އެބަ އިނގޭ މީނާ ހޮވައިގެން ނުވާނެކަން. ކޮރަޕްޝަނަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ހުއްޓުވުނު ކަމެއްނޫން. މީނާމީ މަތިން ވެއްޓުނު މީހެއްތާ؟

  40. އަލީ ބުނީ

    ވެންޓިލޭޓަރުތައް ކޮބާހޭ

  41. ސަލާމް

    ކަލޯ ހާދަ މޮޅޭ. އަހަރެމެން ހަމަ ގަޅީ. އަންނަ އަހަރު ރިޔާސީ އިންތިހާބު އޮންނައިރު ތިޔަ ބުނަނީ 12 މަސްތެރޭ ކޮރަޕްޝަން ހުއްޓުވާނަމޭ. ޒީރޯ ޓޮލަރަންސް ރައީސަށް 3 އަހަރުން ނުވިކަމެއް ދެންކާކަށް ވާނީ.

  42. މަދިހާ

    އެހެންވާނެ ކަލޭގެ މިހާރު ތިޔަގޮވަނީ ރޯމާ ދުވާލު މޮޔަ

  43. އަސްލުކުރުސީ

    މީނަ ކަރަޕްސަން ނައްތާލަން ބޭނުންކުރާ ސާމާނަކީ ރާއްޖޭގެ އުފެއްމެއްބާ

  44. ކަންދަހާރު

    މީނަވެސްވީދާންދޫދާއިރާގެ މެބަރުގޮތަށް ކަރަޕްސަން ނައްތާލާގޮތް ފިސާރިވަރުގަދައަށްް ހިތުން ދަސްްކޮށް ލައިގެން ހުރި އެދުންވެރިއެއް.

  45. ކަބުލި

    ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ކަމަށް އިންތިޚާބު ވުމަށް ފަހު، ސަރުކާރު ތެރެއިން ހިނގާ ކޮރަޕްޝަން ނުހުއްޓުވޭނަމަ މެންބަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވިދާޅުވިނަމަ ރަގަޅުވާނީ އިންތިހާބުގަ ވާދަވެސް ނުކުރިއްޔާ!!!!!

  46. ނަސީރު

    ކަލޯ ކޮރަޕްޝަން އެބައޮތްތަ މިސަރުކާތުގަ....؟

    2
    1
  47. ޢަބުދުﷲ

    ތިކަހަލަ އެއްޗެއްބުނި މިއުޅޭ މަހުލޫފްވެސް ނުކެރުނެއްނޫން ޖެހޭނީ ލަފުގެހިފާފަ އެއްކާރިއައްލާން އެކަންކުރާކައް ސޯލިހަކައްވެސް ނުކެރުނު ބިރުދެއްކީމަ ތޯއްޗެއް!