ހދ.ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖަކު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ މުހައްމަދު އަރީން އަބޫބަކުރު އެވެ.

އަރީންގެ ވާހަކަތައް ސަމާލުކަމަށް އައީ މަދުން ނޫނީ ދުނިޔެ އިން ނުފެންނަ ކެންސަރެއް ޖެހިގެން އަމްރިތާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ ދިވެއްސެއް ކަމަށްވާ އަލީ ސައިފް ލަތީފްގެ ޓްވީޓްތަކުންނެވެ. އުމުރުން 40 އަހަރުގެ ސައިފް ވަނީ އަރީން ކެންސަރާއި ހަނގުރާމަ ކުރަމުން ދާއިރު ދައްކަމުން އައި ހިތްވަރު ޓްވިޓާގައި ހިއްސާކޮށްފައެވެ.

އަރީން އަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނީ 2020 ވަނަ އަހަރު އެވެ. އަރީން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދިޔައިރު ނުވެސް ހިނގެއެވެ. ނަމަވެސް ހަތަރު މަސް ދުވަހުގެ ފަރުވާ އަށް ފަހު ހިނގޭ ވަރަށް އޭނާގެ ހާލު ރަނގަޅު ވެސް ވިއެވެ. މިއަދު ނިޔާވީ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅު ވުމަށް ފަހު ފަހުން އަނެއްކާވެސް ހާލު ގޯސްވެގެންނެވެ.

ސައިފް ބުނި ގޮތުގައި ބައެއް ދުވަސް ދުވަހު، އޭނާއަށް ވުރެ ވޭނުގައި އަރީން އުޅުނެވެ. ނަމަވެސް ކުޑަކުޑަ އަރީން ކެންސަރުގެ ވޭނާއި ކުރިމަތިލީ ހިނިތުންވުމާއެކު ކަމަށާއި އޭނާގެ މަގްސަދަކީ، ކައިރީގައި ތިބި މަންމަ އާއި ބައްޕައަށް ހިތްވަރު ދިނުން ކަމަށް ސައިފް ބުނެފައި ވެއެވެ.

އަރީންއާ ގުޅޭގޮތުން ސައިފް އެންމެ ފަހުން ޓްވީޓް ކުރީ މި މަހުގެ 12 ވަނަ ދުވަހެވެ. އެދުވަހު ސައިފް އެދުނީ އަރީންގެ ހާލު ގޯސްވަމުންދާތީ އޭނާއަށްޓަކައި ދުއާ ކޮށްދިނުމަށެވެ. ސައިފްގެ ޚަބަރެއް ވެސް ޓްވިޓާގައި ނުވާތާ މިހާރު ހަދުވަސް ވެއްޖެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ބެލެވެއެވެ. އެހެންވެ ބައެއް މީހުން އަންނަނީ ރާއްޖޭގައި ކެންސަރު އިތުރުވުމާއި ގުޅޭ ގޮތުން ދިރާސާއެއް ކުރުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަންމާކަލޯ

    ދިރާސާއެއް ކީއްކުރަން އޮއްޓަރެއް ހުންނަ އެއްވެސް ކަމެއް ނުކުރާނެއެވެ. މޮޅު ފާސްތަށް ހިފައިގެން މޮޔަގޮވުން ނޫންކަމެއް ނުކުރާނެއެވެ. ނޫނީ ދައުލަތާ ރައްޔިތުން ފެލާލުމެވެ.

    32
    2
  2. ަލަކީ

    ޙެހެ މަކުރި ދިރާސާއިން ފެންނަނީ ރިސޯޓްތަކުން ބޭނުންކޮށްފަ އުކާލަން ތިލަފުއްޓަށް ގެންދާ ކޫކިންއޮއިލް
    ޓިލަފުށިން ބަންގާޅީން އެ ތެޔޮ ގެނެސް މާލޭގަ ހޮޓާ ހިންގާ ބަންގާޅީންނަށް ވިއްކާ ލަނީ ދެން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެތެލުން ހެދިކާ ތެލުލަނީ ލާފަ ވިއްކަނީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެހެދިކާ ކެއީމަ އަސްލު މި ކެންސަރާ މި އެއްޗެހި ގިނަ މިވަނީ