ކޮވިޑް-19އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އެ ޔަގީންކަން ދެއްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮވިޑަށް ފައްސިވުމާއި ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ފޮނުއްވި މެސެޖްގައެވެ.

ރައީސް ޝީ ޖިންޕިން ވަނީ ރާއްޖެ އާއި ޗައިނާގެ ގުޅުމާއި، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތްތަކާއި ގުޅޭގޮތުންވެސް އެ މެސެޖްގައި ވާހަކަދައްކަވާފައެވެ.

އަދި ކޮވިޑްއިން އަރައިގަތުމަށް މީގެ ކުރިންވެސް އެ ގައުމުން ރާއްޖެއަށް އެހީވި ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައިވެސްް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑްއިން އަރައިގަތުމަށް ޗައިނާއިން ރާއްޖެއަށް އެކި ގޮތްގޮތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ސިއްހީ ސަމާނާއި، އަދި ވެކްސިންވެސް ޗައިނާއިން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.

ރައީސް ސޯލިހު ކޮވިޑަށް ފައްސިވިކަން އެނގިވަޑައިގަތީ ށ.ކޮމަންޑޫ އަށް ވަޑައިގަތުމަށް ޓެސްޓު ކުރެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެ

    ނުވާނެ އެމްޑީޕީ މީހުނަކަށް ހަޖަމެއް

  2. ކަމޯންއިން

    އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން އިންޑިއާ އައުޓް ޗައިނާ އިން