އައްޑޫ ސިޓީގައި އިއްޔެ އެކަނި 143 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ ސިޓީން އެއް ދުވަހެއްގެ ތެރޭގައި ކޮވިޑަށް ފައްސިވި އަދަދުތަކުން ރެކޯޑް ހަދައިފިއެވެ.

އައްޑޫން ކޮވިޑަށް ފައްސިވާ އަދަދުތަކުން ދަނީ ރެކޯޑް ހަދަމުންނެވެ. އައްޑޫގައި ބަލި ޖެހިފައި މިހާރު ތިބި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިހާރު އެ ސިޓީގައި ބަލި ޖެހިފައި ތިބި 819 މީހަކު އެބަތިއްބެވެ.

އެ ސިޓީން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ވަނީ ހިތަދޫންނެވެ. ހިތަދޫން އެކަނި 374 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ދައްްކާއިރު، މަރަދޫ،ފޭދޫން 39 މީހަކާއި، ފޭދޫން 148 މީހަކާއި، ރިސޯޓްތަކުން 15 މީހަކާއި، 107 މީދޫ މީހަކާއި ހުޅުދޫން 69 މީހަކާއި، މަރަދޫން 63 މީހެއް ހިމެނެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި އަދަދުތައް އިތުރުވެފައި ވަނީ ކޮވިޑްގެ އާ ވޭރިއެންޓް އޮމިކްރޮން އާ ގުޅިގެންނެވެ. މި ވޭރިއެންޓް އައްޑޫންވެސް ފެނިފައިވާ ކަމަށް ދައްކައެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި އަދަދު ވަނީ 130،599 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު