ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީ އަށް ލިބިއްޖެ ނަމަ، ސަރުކާރުން ވިސްނާފައި އޮތީ ކުންފުނިތަކާއި ބައެއް ތަންތަން ވިއްކާލަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ ޕީޕީއެމް ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިނާ ދިމާކޮށް ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ޖަމީލް ވިދާޅުވީ ރާއްޖޭގައި އެތައް ވެރިކަންތަކެއް ކުރައްވާފައި އެކި ބޭފުޅުން ފައިބައި ވަޑައިގެންނެވި އިރު، ރާއްޖެ ތަރައްގީ ކުރަނީ ޕީޕީއެމުން ކަމަށެވެ.

އެގޮތުން، ރާއްޖޭގައި ބޮޑެތި ހޮސްޕިޓާތަކާއި އެއާޕޯޓާއި އިސްލާމިކް ޔުނިވާސިޓީތަކާއި ބޮޑެތި އުޅަނދުތައް ހޯދާފައިވަނީ ޕީޕީއެމްގެ ސަރުކާރުގައިކަން ޖަމީލް ފާހަގަ ކުރެއްވިއެވެ. މި ސަބަބުތަކާ ހުރެ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ވެއްޖެނަމަ، އެބޭފުޅުން ވިސްނަވާފައި ވަނީ ރާއްޖޭގެ އެއާޕޯޓުތައް ހިންގާ ކުންފުނިތަކާއި ދަރުމަވަންތައް ހޮސްޕިޓަލާއި ޕޯޓްސް އޮތޯރިޓީއާއި ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރުތައް ވިއްކާލަން ކަމަށް ޖަމީލް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ރައްޔިތުންނަށް ނޭނގި ރާއްޖެއިން ބޭރުގެ އެހެން ދީންތަކުގެ މީހުން ގެނެސް ރާއްޖޭގައި ވަޒަންވެރި ކުރުވުމާއި، އިސްލާމީ ވަހުދަތު ނައްތާލައި، ގުރުއާނުގެ އާޔަތްތައް ސްކޫލު ކުދިންގެ މުގައްރަރުން އުނިކޮށް، ދީނީ ތަގުރީރުތައް ކުރުން ކުށަކަށް ހަދައި، ދީނަށް ހަޖޫޖަހައި، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ މައްސަލައެއް ނޫންކަމަށް ނިންމާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"މި ގޮނޑި އެމްޑީޕީން ދަމައިގެންފިއްޔާ، އެމްޑީޕީގެ ވިސްނުން އޮތީ ރާއްޖޭގައި ހުރި ހުރިހާ ކުންފުނިތަކެއް ވިއްކާލަން،" ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކައްޒާބު

    "މި ގޮނޑި އެމްޑީޕީން ދަމައިގެންފިއްޔާ، އެމްޑީޕީގެ ވިސްނުން އޮތީ ރާއްޖޭގައި ހުރި ހުރިހާ ކުންފުނިތަކެއް ވިއްކާލަން،" ޖަމީލް ވިދާޅުވިއެވެ. މީ ކަނޑައެޅިގެން ދޮގެއް. އެމްޑީޕީން ވިސްނައިފަ އޮތީ ކަންމަތީ ފިހާރަތަކުން ބޮނޑިބަތް ވިއްކަން. 3 އަހަރު ވެރިކަން ކުރިއިރުވެސް މި ގޮނޑި ނުލިބިގެން އެކަން ނުވެފަ އޮތްކަމަށް ވަނީ

    8
    2
  2. މަންމާފުޅު އަދުރޭ

    މިމީހުންނަށް މިކަހަލަ ގޮތަކަށްނޫނީ ކެމްޕެއިން ކުރަން ހަމަނޭގެނީތޯ؟ އަބަދުވެސް ތަންތަން ވިއްކާވާހަކަ ޢާއި އިސްލާމްދީން ފުހެލާ ވާހަކަ. 2008 އިންތިހާބުން ފެށިގެން ހަމަމިވާހަކަ، އަދިވެސް ރައްޔިތުންމިތިބީ އިސްލާމްދީނުގަ، ރާއްޖޭގެ އެއްވެސްތަނެއް ނުވިއްކޭ، އެކަމަކު އަނިޔާވެރި 5އަހަރު ބޭރުގެ މީހުންނަށް މިގައުމުން ބިން މިލްކުކުރެވޭގޮތައް ޤާނޫނުހަދާ ތަސްދީގްކޮށް ހަވާއެރުވި، ފާފު އަތޮޅު ވިއްކާލަންއުޅުމުން އެމްޑީޕީއިން ނިކުމެ އެކަންހުއްޓުވި ދެއްތޯ.

    10
    1
  3. ތަލަބޯގަޅި

    ވިއްކަންއުޅުނު މީހުން އޮތީ އެކަމަށް ގާނޫނު ހަދާފަ އެގާނޫން އުވާލީ އެމްޑީޕީން ތަނެއްވިއްކަން ބޭނުމިއްޔާ އެމްޑީޕީ އަށް މިހާރުވެސް ވިއްކޭނެ މަޖިލީސް ސުޕަމެޖޯރިޓީ އެބަ އޮތް އެކަމަކު އެމްޑީޕީން އެކަމެއް ނުކުރާނެ

    10
    1
  4. ޞައްދާމު

    މޮޔަ ގޮވަނީ!

    7
    1
  5. ފާތުމަ

    ކަލޭމެން މަރު ހަދާން ވޭތަ

  6. ވގ 13

    ބުނެލަދީބަލަ އަހަރެން ވަގަކައް ވާނެ ދުވަހެއް

  7. ރޯނުހަސަނު

    ބޮލުރޮދި

  8. 13ވގ

    މޮޔަފުޅުވީތޯ

  9. Happy 123

    މުޅީންވެސް ރައްޔިތުންނަށް ދޮގު ހެދުމާއި އޮޅުވާލުމާ ފިތުނަ