ލ.އަތޮޅު ގަމު ކައުންސިލުން އެރަށުގެ ގޮނޑުދޮށަށް ކުނި އަޅަމުން ގެންދާތީ ރަށުގެ އާއްމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ ދެތިންމަސް ދުވަސް ވެގެން ގޮސްފައި ވާއިރު އަދިވެސް މައްސަލަ ހައްލުނުވެ އިތުރަށް މައްސަލަ ގޯސްވަމުން އެބަދެއެވެ.

ގަމުން "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި މިހާރު ކައުންސިލުން ވަނީ މޫދަށް ފާލަމެއް އަޅައިގެން މޫދަށް ކުނި އަޅާނެ އިންތިޒާމްތައް ވެސް ހަމަޖައްސާފައެވެ. "ފުރަތަމަ މީގެ ދެތިން މަސް ކުރިން ކުނި އަޅަމުން ގެންދިޔައީ ގޮނޑުދޮށަށް. ނަމަވެސް މިހާރު ކުނި އަޅަނީ ސީދާ މޫދަށް. މޫދަށް ކުނި އެޅުމަށް ފާލަމެއް ވެސް އަޅާފައި އެބައޮތް. ކައުންސިލް މުވައްޒަފުން ޑަސްބިންތައް ހިފައިގެން ފާލަންމަތިން ގޮސް މޫދަށް ކުނިތައް އަޅާލަނީ." ގަމުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ގަމުގައި ކުނި އުކަން ކައުންސިލުން ހަމަޖައްސާފައި އޮންނަ އުސޫލަކީ ކޮންމެ ގެއަކުން ވެސް ކުނި ނެގުމުގެ މަސައްކަތް ކުރަނީ ކައުންސިލްގެ މުވައްޒަފުންނެވެ. ގެތަކުން ކުނި ނަގައިގެން ކުނިކޮއްޓާއި ހަމައަށް ކުނި އުފުލަނީ ކައުންސިލްގެ ވެހިކަލްގައި ކައުންސިލްގެ މުވައްޒަފުންނެވެ. މިހާރު ކުނި އަޅަމުން ގެންދާ ގޮނޑުދޮށުގެ ސަރަހައްދަކީ ކައުންސިލްގެ ކުނިކޮއްޓާއި ވަރަށް ކައިރީގައި އޮންނަ ސަރަހައްދެކެވެ.

ކުނިކޮއްޓަށް ކުނި އެޅުމުގެ ބަދަލުގައި ކައުންސިލުން މޫދަށް ކުނި އަޅާ ސަބަބެއް ސާފެއް ނުވެއެވެ. މިކަމާއި ގުޅޭ ގޮތުން ކައުންސިލްގެ ބަހެއް ހޯދުމަށް ކައުންސިލްގެ ރައީސް އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކައުންސިލްގެ ބަހެއް ނުލިބެއެވެ.

ގަމުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ކައުންސިލުން މޫދަށް ކުނި އެޅުމުގެ ސަބަބުން މޫދުގައި ގިނަ އަދަދެއްގެ ކުނި އޮވެއެވެ. "އެސަރަހައްދަކީ ބޯވަ ނަގަން ވެސް ގިނަ ބަޔަކު މީގެ ކުރިން ގޮސް އުޅޭ ސަރަހައްދެއް. މިހާރު ބޯވަ ހަރުގައި ވެސް މިއޮންނަނީ ކުނި. ކޮންމެވެސް ޒާތެއްގެ ކޮތަޅެއް މިއޮންނަނީ." އޭނާ ބުންޏެވެ.

ގަމު ކައުންސިލްގެ ހަތް މެންބަރުންނަކީ ވެސް ވެރިކަން ކުރާ އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙުރަ

    ލާމުގައި އޮތް މޫދަކީ ތީ

    7
    2
  2. ފެއިލްވެއްޖެ

    ރައްޔިތުންނަށް ކުނި މެނޭޖް ކުރަން ދަސްކޮށްދެނީ.........! ކަން ކުރަން ނޭގެންޏާ އިސްތިއުފާ ދީފަ ފައިބާ ތި ގޮނޑިން....!!

    12
    1
  3. އިރުޝާދު

    އައްމު ރައްޔިތުންކުރާ ކަމެއް ނޫންވީމަ، ކައުންސިލަކަށް ނުފެންނާނެ. ޕާޓީވީމަ ސަރުކާރަކަށް އިދާރާއަކަށް ނުފެންނާނެ. ވޯޓު ތިލަފަތަށް. ވޯޓު ތިލަފަތަށް

    11
    2
  4. ހުސޭނުބޭ

    ނަލަ ރީތި ލާމު: ދެތިކީ ޕީ

  5. ހުސްވަގުން

    އެއީ ވޯޓުން އޮޅުވާލައިގެން
    ކައުންސިލް ގެ ގޮނޑިތައް ފޭރިގެން ތިބި ވަގުންތަކެއް

    9
    1
  6. ކިނބޯ

    ކުނިމޭޖުކުރަން ނޭގެންޏާ ހުރިހައި ކައުންސިލަރުން އިސްތިއުފާދީ

    7
    1
  7. ޒަކީގެ ބައްޓޭ

    ލާމު ކެމްޕޭނު ޗޮކުންދިޔައީތަ ނޫނީ ލާމު ކެމްޕޭނު ފަނުފުލުން ދިޔައީތަ.

    5
    2
  8. ހ

    މިއީ ގައުމަށް ލޯބި ހުރި ބަޔަކުމިތަހުޒީބު ޒަމާނުގަ ކުރާނެ ކަމެއްނޫން. ތިމާވެއްޓޭ ރަށުޓޫރިޒަމް އޭކިޔާއިރު، ހުރިހާ ދިމާއަކުންވެސް ފެންނަނީ އެކިގޮތްގޮތުން ގައުމު ހަލާކޫކޮށް ލޫޓުވާ މަންޒަރު.