ވިޔަފާރީގެ އެކި ކަންކަމުގައި ރާއްޖެ އަންނަ އިންޑިއާގެ ރައްޔިތުންނަށް 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ރާއްޖެ ތިބެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ 2018 ވަނަ އަހަރުގެ ޑިސެމްބަރ 17 ވަނަ ދުވަހު ރާއްޖެ އާއި އިންޑިއާ އިން ސޮއި ކުރި ވިސާ އެގްރިމެންޓްގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ. އިންޑިއާ ވިޔަފާރިވެރިންނަށް ވިސާ އާއި ނުލާ ރާއްޖެ އާދެވޭ ގޮތައް ގެނައި ބަދަލަށް މިމަހުގެ 01 ވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލު ކުރަމުންނެވެ.
އަލަށް ގެނައި ބަދަލުގެ ތެރޭގައި އެކި ފަހަރު މަތިން އިންޑިއާގެ ވިޔަފާރިވެރިން ރާއްޖެއަށް އެތެރެވޭ ތިން މަސް ދުވަހުގެ ނޮން-ރެޒިޑެންޓް ބިޒްނަސް ވިސާއެއް ކޮންމެ ހަ މަހަކުން އިންޑިއާ ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެއެވެ. އެ ތިން މަސް ދުވަސް ހަމަވުމުން އެ މުއްދަތު ހަ މަސް ދުވަހަށް އިތުރު ކުރަން ފުރުސަތު ވެސް ލިބެ އެވެ. އެ ހަ މަސް ދުވަހަކީ ފުރަތަމަ ތިން މަސް ދުވަހުގެ އިތުރަށް ގުނާ ދުވަސްތަކެއް ކަމުން ނުވަ މަސް ދުވަހާ ހަމައަށް މި ވިސާ ބޭނުންކޮށްގެން ރާއްޖޭގައި އިންޑިއާ މީހުންނަށް ހިލޭ މަޑުކުރެވޭނެ އެވެ. ވަޒީފާ އަދާކުރާ ތަނުގެ އެޕްެރޫވަލް ހޯދަން ޖެހެނީ ނުވަ މަސް ދުވަހަށް ވުރެ ވިސާ އިތުރު ކުރާނަމައެވެ.
ތިން މަސް ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ބިޒްނަސް ވިސާ އިތުރުކުރަން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ހުށަހެޅޭނެއެވެ.
ރާއްޖެއާ އިންޑިއާ ދެމެދު ވެފައިވާ ވިސާ އެއްބަސްވުމަކީ "ރެސިޕްރޯކަލް" އެއްބަސްވުމުގެއް ކަމުން، އިންޑިއާއަށް ދަތުރުކުރާ ހުރިހާ ދިވެހިންނަށް ވެސް މިހާރު މިއުސޫލުން އިންޑިއާ އިން ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އިންޑިއާ ވިޔަފާރިވެރިންނަށް ވިސާއާ ނުލާ ރާއްޖެ އާދެވޭ ގޮތް ހެދިކަން އިއުލާން ކޮށްފައި މިވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ތިޔަ ގޮތް އޯކޭ ކަމަށާ ބޭނުންވަނީ ވޯރާއިންގެ އަޅުވެތިކަން ކަމަށް އިހަށްދުވަހު ބޭއްވި އިންތިޙާބުންވެސް ގިނަ ދިވެހި ކޮހުން އެއޮތީ ބުނެފަ.
ޔެސް!! ރައްޔިތުން ބޭނުންވާގޮތް!! ބުނާނެ އެއްޗެއް ނެތް!! ވޯޓުން އެނގެނީ ރައްޔިތުން އެގޮތް ބޭނުންވާކަން!! މިރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންވެސް ބޭނުންވާގޮތް!! އިދިކޮޅު ލީޑަރު ފިޔަވާ އެހެން ހުރިހާ ސިޔާސީ ލީޑަރުން ބޭނުންވާގޮތް!! އިންޑިޔާ ސިފައިން މިގައުމުގާ ތިބުނާ އިންޑިޔާގެ މީހުން ބޭނުންހާ ގޮތަކަށް މިރާއްޖޭގައި އުޅެވޭގޮތް އޮތުން!! މިރާއްޖެ އަށް ބޭނުންއިރަކު އެތެރެވެ ބޭރުވެ ބޭނުންވަރަކަށް އެއްވެސް ވިސާއެއްވެސް ނެތި އެމީހުން ހަމަ ތިބެންވީ!! ސަރުކާރުން ކުރާ ހުރިހާ ކަމަކީ ހަމަ އެންމެ ރަގަނޅުކަންކަމަށް ވޯޓުން އެނގެނީ!! ދައްކާނެ އިތުރު ވާހަކައެއްނެތް!!
سبحان الله
ކުރަ ވިޔާ ނުދާ ކަންތައް
ނުބައި ސަރުކާރެއް
ދިވެހި ވިޔަފާރިވެރިންގެ ދުވަސް ދުއްވާލަން މިއުޅެނީ
ކުރިން ވޯރާއިން އަތަށް ބާރު ދިޔަގޮތަށް
9 މަސއ ދުވަސް ފްރީކޮށް ރާއްޖޭގަ އުޅުން، ތިއީ ހިލޭ ރެޒިޑެންސް ދިނުން، ނަމުގަ ވިޔަފާރިވެރިންނަށޭ ކިޔާފަ، ދެން އަންނާނީ ހައްތަހާވެސް ވިޔަފާރިވެރިން
ދިވެހިން އެމްބަސީ ދޮށުގަ އަވީގަ ކިޔުގަ 😂
އޯކޭ، ދެން ބަދަލުގައި ދިވެހިން އިންޑިޔާއަށް ދާން އުޅުނީމަ ނުވަތަ ދިޔައިމަ އިންޑިޔާއިން ދިވެހިންނަށް ފަސޭހައިން އެއްޗެއް ނުވަތަ ކަމެއް ލިބޭތަ؟
ލަދު ކޮބާ، ދެން ބަލަ އިންޑިޔާއަށް ދިވެހިން އެތެވުމުން ކުރާ ދުއްތުރާލާއި ފުރަން އައުމުން ކުރާ ދުއްތުރާ، އިސާހިތަކު ހުސް ވިޔަފާރިވެރިން މި ގައުމު ފުރާލާނެ، ދެން ނާންނާނެ މަސައްކަތު މީހުންނެއް. ޙުސް ވިޔަފާރިވެރިން. މި ވެރިކަމަކީ ދިވެހިންނަށް ބަލާވެރިކަމެއް
އިންޑިޔާ ސިފައިން ކީއްކުރަންތޯ އިންޑިޔާގެ ވިޔަފާރިވެރިންނާ ޢާއްމު ރައްޔިތުން މި ޤަވްމަށް އަރާ ސުންނާފަތިކުރިޔަސް ކޮމަންޑޫދައިރާގެ ( ކޮމަންޑޫ މަރޮށި ފޯކައިދޫ ) ގެ 47 ޕަސެންޓް ތިބެންޖެހޭނީ ރުހިގެން ރުހިގެން ރުހިގެން އެގިއްޖެ!
އަހަރުމެންނަށް އެއްރަށުން އަނެއްރަށަށް ވިސާއަކާއި ނުލާދެވޭ ނުންތޯ! އެހެންވީމާ އެމީހުން އެމީހުންގެ އެއްއަވަށުން އަނެއް އަވަށަށް ދާކަށް ވިސާނަގާކަށް ނުޖެހޭނެ! މިތަނަކީ އެމީހުންގެ އަވަށެއް! ވަރަށް ވެދުމާއި ސަލާމް!
އަހަރުމެން ބޭސްފަރުވާއަށްދާން ކިއުގައި އަވީގައި ލައި ހޭއަރުވާލި މީހުން ވިޔާފާރިކުރަން އަންނަން ވިސާ ނަގަން ނުޖެހޭ.
މިގައުމުގެ ހުރި ހުރިހާ ފިޔާފާރިތަަކެއްވެސް މިވެރިންނަށް
ދިވެހިން މިޖެހެނީ އިންޑިޔާ އެމްބަސީ ދޮށުގަ ކިޔުގަ ތިބެން، މިވެރިން ހިލޭ ސާބަހަށް ރާއްޖޭގަ 9 މަސްވަން ދެކަ ހަމަ އުޅެންވީ. ދެން އަތްޖަހާ!!!
ރައްޖެއަ އެތައް އަނިޔާއެއް އެމްޑީޕީ މިދެނީ.
އެމްޑީޕީ އަކީ ވަރައް އަޑި ނުބައި ބައެއްތިބި ޕާޓީއެއް
އިންޑިޔާއިން ރައްޖޭގެ ހުރިހާ ސިޔާސީ މީހުން ގަނެލީ.
ކޮމެންޓް ހަޖަމް ނުވަންޏާ ކޮމެންޓް ބޮކްސް އުވާލަބަލަ