ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަމުންދާއިރު، ވިޔަފާވެރިންގެ އެހީއަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

މީޑިއާތަކަށް މޭޔަރު މުއިއްޒު ޚިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރޯދަ މަހަށް މާލޭގެ ހުރިހާ މިސްކިތެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން ދަނީ އެ ކައުންސިލްގެ ބަޖެޓުން ތަން ދިން ވަރަކުން ކަމަށެވެ.

އެހެން ނަމަވެސް މި ކަމުގައި ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީ ބޭނުންވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެންކަމުން އާންމު ރައްޔިތުން ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް ހުށަހެޅުމުގެ އިތުރަށް ވިޔަފާވެރިންގެ މާލީ އެހީތެރިކަން ދިނުމަށް މޭޔަރު އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު ގޮވާލަން ދީލަތި ފަރާތްތަކަށް އަޅުގަނޑުމެންގެ ކައުންސިލުން މި ކުރާ މަސައްކަތުގައި އެހީތެރިކަމެއް ފޯރުކޮށްދޭން. ފޯމެއް ފުރައިގެން ނުވަތަ ސިޓީއެއް ފޮނުވައިގެން އެހީތެރިކަން ފޯރުކޮށްދޭން ހުށަހެޅޭނެ. އާންމުންނާއި ވިޔަފާރިވެރިން ވެސް އެހީ ދިނުމަށް އެދެން." މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަކީ ހަމައެކަނި ރޯދަ މަހާއި ދިމާކޮށް ކައުންސިލުން ކުރާނެ މަސައްކަތެއް ނޫން ކަމަށެވެ. ރޯދަ މަހަށް ބައެއް މިސްކިތްތައް ނުނިމިދާނެ ކަމަށާއި އެހެންވިޔަސް ނުނިމޭ މިސްކިތްތަކުގެ މަސައްކަތް ރޯދައަށް ފަހު އަނެއްކާ ވެސް ކައުންސިލުން ފަށާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ރޯދައަށް ނުނިމުނު ނަމަވެސް ރޯދައަށް ފަހުގައި ވެސް އަޅުގަނޑުމެން ހުއްޓާ ނުލައި މަސައްކަތް ކުރިއަށް ގެންދާނަން. އެއީ އަޅުގަނޑުމެންގެ ސްޓެރެޓެޖިކް ޕްލޭންގައި އޮތް ކަމެއް. މިއީ ހަމައެކަނި ރޯދައަށް ކުރާ ކަމެއް ނޫން. މި ކަން ދެމެހެއްޓެނިވި ގޮތަކަށް ގެންދަން،" މޭޔަރު ވިދާޅުވިއެވެ.

މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހަމަޖައްސައިދިން ބަޖެޓް އާދަޔާއި ހިލާފަށް ކުޑަ ވުމުން މާލޭ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފައިސާގެ ގޮތުގައި މިސްކިތް ފޮޅާ ސާފުކުރުމާއި ކުދި މަރާމާތުތައް ކުރުމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ދައުލަތުގެ ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާގެ އެހީވެސް ދެވޭނެ ގޮތަށް ވަނީ އިންތިޒާމުތައް ހަމަޖައްސައިފައެވެ. ސިޓީ ކައުންސިލްގެ ދަށުން "މާލެ ސިޓީގެ މިސްކިތްތަކަށް ދޭ އެހީ" ގެ ދަށުން ވެސް ފައިސާ ހަދިޔާކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދޫދު

    މިކަމުންް ވެސް ލާރި ކޮޅެއް ކެވޭތޯ ދޯ. ގައުމައް ހުރި މުސީބާތެއް

    2
    6
  2. ކޮމަންޑޫ

    މިސްކިއްތަށް އާބާތުރަ ފިލުވަން ސަލާންޖަން ޖެހުމަކީ ހިތާމަހުރި ކަމެއް ނިމިދިޔަ އިންތިހާބުގަ ގައުމުފަނާކޮށް ލާދިނީ ފެތުރުމަށް 500މިލިޔަން އެތިންރަށަށް ދުއްވާލަފަ ވަގުތުން 5ލައްކަ ރުފިޔަގެ ކަދުފޮއްޗެއް އެސްޓީއޯއިން ކުލަޔާ ދަވާދު އެމްބުލަންސް ލަދުކޮބާ މުސްލިމުންގެ މުގަސްދަސް ތަންތަން އާބާތުރަ ފިލުވަން ސަލާންޖހަނީ ސުބުޙާލަށްﷲ ކިއްކުރާނީ އެދާއިރަގެ ގިނަރައްޔިތުން ވަނީ ތިމަންނަމެން ބޭނުންވަނީ ލާދީނީ ދީނީމިނިވަންކަން އިންޑިޔާއަށް ގައުމު ވިއްކާލަން މޑޕ ގެ މިފަދަ ކޮންމެ ޖަރީމައެއްގެ ޒިންމާ ކޮމަންޑޫ ދާއިރާ މޑޕ އަށް ވޯޓްލީ މީހުން ޖާމިންވާނެ އެދުވަހުން ޖަސްޓިފައި ނުކޮށްދެވޭނެ ތިމަންނަ ވޯޓްލީ އެހެންމިހެން ވެގެނޭ އެމީހުންގެ ހުރިހާ ފާފައެއްގެ ހިއްސާވާނެ

    10
    1
  3. މުހުމްމަދު

    ސަރުކާރުގެ ދަތުރުތަކަށް 4 ހަފްތާ 4 މިލިއަން .މުސްލި 100% ގައުމެއްގެ މިސްކިތް މަރާމާތައް ދޭނެ ލާރިއެއް ނެއް .ހުރި ހިތާމައެއްގެ ބޮޑު ކަމާ.

    9
    2
    • ހުސް

      ޑިސްލައިކް ދޭ މީހުން ތިބޭކަމީ ވަރަސް ހިތާމަ ހުރިކަމެއް ކޮބާ ކޮމނަޑޫ ދާއިރާ މޑޕ އަށް ވީޓް އެޅި މީހުން ހިއްފުރިފަ ތިއްބަވާނީ ﷲގެ ގެކޮޅު އާބާތުރަފިލުވަން ސަރުކާރުގެ އެހީ ނެއްވަހަކަށް ކޮމެންޓް ކުރީމަ ޑިސްލައިކް ޖަހާލީމަ ވަރަށް ސަލާމް

  4. ރީމާ

    ކިތަމެ މޮޅެތި ވާހަކަ ދެކިޔަސް ، ރައީސް ޔާމިން ގެ މަގާމައް ކަލޭއަކައް ނާދެވޭނެ . ދިވެހި ފިޔާތޮށި ކުދިން ނައްއިގޭ ތިކުރަން އުޅޭ ގޭމު .

  5. 13ވގ

    ކޮބާތޯ އިސްލާމް ދީން ހިމަޔަތް ކުރަން މަގުމައްޗައްނިކުމެއުޅޭ ޕޕ ކުދިންކޮޅު ޔާމީން އަތުގަ ހުންނާނެ ފައިސާ ތިވަރުކަމެއްކޮއްލާވަރައް ތިކިޔަނީތަ އިސްލާމް ދީންހިމާޔަތް ކުރާ ޕާޓީޔަކީ ޕޕ އޭ

  6. Anonymous

    ވިޔަފާރި ވެރިންނޭ... ތިބޭފުޅާގެވެސް ބޮޑު ހޮޓަލެއް އެބަހުރި. އެތަނުގެ ފަރާތުން ކުރަންވީނޫންތޯ. ލަދު

  7. މުއިއްޒު ގެސްޓުހައުސް

    މުއިއްޒު ވަގަށްނެގި ލާރިތަށް ސޮދަޤާތުގެ ގޮތުގަ ބަހާލަންވީނު