އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމީން އިސްވެ ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭންގައި ބައިވެރިވާ ފަރާތްތަކަށް ހަގީގަތުގައި މި ބުނެވެނީ ކީކޭ ކަމެއް ނޭނގޭ ކަމަށާއި އޭގެ ސަަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން މިގައުމުން ބޭލުމަށް ގޮވާލާ އިދިކޮޅުން އިސްވެ ހިންގަވާ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި ވަނީ އެދިލައްވާފައެވެ.

އެކަމާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގައި އޮތް ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފުށޫއަރާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ.

މިގޮތުން ސަރުކާރުން ކުރާ ކަންކަމަށް ފާޑު ކިޔުމުގެ ހައްގު އެންމެހާ ރައްޔިތުންނަށް ވެސް އޮންނާނެކަން ފާހަގަ ކުރައްވާ އިމްރާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންޑިއާ އާއި ޖެހިގެން އުޅެނީ ސަރުކާރަށް ފާޑު ކިޔައިގެން ކުރިޔަށް ނުދެވޭތީ ކަމަށާއި އަދި މިއީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ވެސް މުޅި ގައުމަށް ވެސް ފައިދާއެއް އޮތް ކަމެއް ނޫން ކަމަށެވެ.

"ތި ވިދާޅުވާ ކެމްޕޭނެއް ހިނގަމުންދާއިރު، އެ ކެމްޕޭނުގައި ބައިވެރިވާ ފަރާތްތަކާއި ކެމްޕޭން ހިންގާ ފަރާތްތަކަށް މި ބުނެވެނީ ކޮން މާނައެއްގެ ކޮން ވާހަކައެއް ކަމެއް ނޭނގޭ. އިންޑިއާ އައުޓް ކިޔާއިރުގައި އޭގެ ތެރެއިން އައުޓް ވާންވީ ކޯޗެއް ކަމެއް ނޭނގޭ. ދިވެހިރާއްޖޭގައި ރައްޔިތުންނާއި މުޅި ރާއްޖެއާއި ގުޅުންހުރި ބައިވަރު ކަންކަން އިންޑިއާ އާއިއެކުގައި ހިނގަމުން އެބަދޭ" އިންޑިއާ އައުޓް ކެމްޕޭނަށް ފާޑު ވިދާޅުވަމުން އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް އިންޑިއާގެ ރައްޔިތުން ފޯރުކޮށްދޭ ކަމަށާއި އެހެންނަމަވެސް މިފަދަ ކެމްޕޭންތަކުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ދާހިލީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި ރާއްޖޭގެ އެތައް ރައްޔިތުންނެއް އިންޑިއާއަށް ބޭސްފަރުވާއަށްދާކަން ފާހަގަ ކުރައްވާ އިމްރާން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭންގެ ސަބަބުން ބޭސްފަރުވާއަށް ދާ ދިވެހިންނަށް ޖެއްސުންކޮށް ގޯނާ ކުރަން ފަށައިފި ނަމަ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށެވެ. އަދި އެއީ ޑިމަކްރަޓިކް ވެއްޓެއްގައި ކަންތައް ކުރާނެ ގޮތް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިކަން ކަމުން ރައްކާތެރިވުމަށް އަޅުގަނޑުމެން އެންމެ މަސައްކަތް ކުރަންޖެހޭނެ ކަމަށް ގަބޫލުކުރަން، އާދެ މިއީ ރައްޔިތުންގެ މަޖިލީހުން އެކަންކަމާއި މެދުގައި ވިސްނަވާ އެކަންކަން ކުރިޔަށް ގެންދަވަން ޖެހޭ ގޮތަށް ކުރިޔަށް ގެންދެވާނެ ކަމަށް އުންމީދުކުރަން" އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. Alibe

    gamaarunnakah neyngeyne

  2. މޯދީ

    އިންޑިއާ މިލިޓަރީ އައުޓް މިހާރު ގަނާރަކަސް އެނގޭ ގޮތައް މުބުނީ މިވަރުން އައުޓްވާންވީ އެތި ނޭގޭނަމަ ފެން ބުނެވޭނީ އައުޓް ހަޔާތް ކުޑަވިޔަސް ބޮޑުވަރު

  3. ފަހަރި

    އެވަރު ނޭނގޭ މީހަކު ތިމަގާމުގަ ނުހުރެ އިސްތިއުފާ ދިނިއްޔާ މާރަނގަޅުވާނެ

  4. ކޮރޯނާ

    ބީރު މީހުނަށް ކިޔާދީގެން ނޭންގޭނެ. އެހެންވީމަ ރަނގަޅުވާނީ ނަޝީދު ފައިބުޑުގަ ބަނދެވިފަ އޮތިއްޔާ

    • ހުސޭނުބޭ

      އެހައި ބީރިއްޔާ ތި ކަލޭގެ ކަންފަތްމަތީ ވަރުހުރި ތަފާލެއް އަޅާ! ހަމަ ވަގުތުން އައުޓްވާންވީ ކޮން އެއްޗެއްކަން އެނގޭނެ

  5. މާމީ

    ލޮލައް ނުފެންނަ ކަންފަތް ބީރު މީހުނަކައް ދުނިޔެއައް ވާނުވާ ނޭގޭނެ ....

  6. ކަލޯ

    ގަމާރުންނަކަށް ނޭގޭނެ. އެނގެންޖެހޭ މީހުނަށް އެނގޭ ރަޢީސުލް ޖުމްހޫރިއްޔާ އަށް އެނގޭ، މުރައިދޫ ގަނޑުވާރު ރަސްގެފާނަށް އެނގޭ، އުއްތަމަ ފަނޑިޔާރަށް އެނގޭ އައުޓް ވާންވި އެތި. އެނގި ތިބެ އޭތި އައުޓް ނުކޮށް މި 3 ބާރުން ތިބިތިބުން ބެލޭނެ. ދެން އޮތީ ނޭނެގެންޏާއި މަޑުކޮއްލުން ބޭރުވީމަ ހިއްސު ހުރީއާއި އެނގޭނެ.

  7. ކަލޯ

    މީ ހަމަ ރަނގަޅު ގަމާރެއް ބަލަގަ ދިވެހިން އިންޑިއާ އަށް ބޭސްފަރުވާއަށްދަނީ ލާރި ދިފަ އިންޑިއާ އިން ހިލޭ ކޮއްދޭ ކަމެއްނޫން. އެހެންވީމާ ބޭސްފަރުވާ އަށްދާ ދިވެހިންނށް ބިރުދައްކައިގެން އިންޑިއާ އަށް ވާނެ ފައިދާއެއް ނޮއޮންނާނެ. އެކަން ކުރަން ނުވެސް ކެރޭނެ. އެހެންވީމާ ތިހާ ވިސްނުންކޮށި މީހަކު މިނިސްޓަރުގެ މަގާމަށް ހަމަޖެއްސި މީހާގެވެސްހުރި ގަމާރު ކަމާއެވެ.

  8. ހައްގުވަސް

    އިންޑިޔާ ސިފައިން އައުޓް ވާންވީ ބުރާންޗާ!! ކޮމިޝަނަރު ހަމީދު މިބުނަނީ އިންޑިޔާ ސިފައިން ތިބުމަކުން ރާއްޖެއަށް އެއްވެސް ނުރައްކަލެއްނެތޭ އެހެން ގައުމުޔަކުވެސް ޑިފެންސް އެޓާޗޭއިން ތިބެޔޭ!! ޑިފެންސް އެޓާޗޭއަކީ ގައުމަކުން ކަނޑއަޅާފައި ހުންނަ އެންމެ މީހެއް! އަދި އެމީހަކު ހުންނާނީވެސް އެމީހާ ފޮނުވާ ގައުމެއްގެ އެންބަސީގައި!! އެއީ ގައުމެއްގައި ސަރަޙައްދުތަކަށް ބަހާލައިގެން ފައުޖު ތައް ތިބުމެއްނޫން!! މިރާއްޖޭގައި ތިން ސަރަޙައްދެއްގައި 75 އިންޑިޔާ ސިފައިން ތިބިކަމަށް ސަރުކާރުން އެބަބުނޭ!! އެއީ މިރާއްޖޭގެ ގާނޫނުތައްވެސް އެމީހުންގެ މައްޗަށް ނުހިނގާގޮތަށް!! މިރާއްޖޭގެ ރައްޔިތުން ނޭދޭ މިރާއްޖޭގައި އެތޮތަށް އިންޑިޔާ ސިފައިން ތިބޭކަށް!!

  9. ހަސަނާ

    ވަރަށް ސާފުކޮށް އިންޑިއާ ސިފައިން އައުޓްކުރާށޭ ރައްޔިތުން މިބުނަނީ.ކޮން ހާސާރެއް ދަމާކަށް.އިމްރާން އަބަދަކު ފުއްޕާފަކާ ނޫޅެވޭނެ

    1
    1
  10. މުރާސިލް

    އައުޓުވާންވީ އިމުރާނާއި ސޯލިހާއި އިންޑިޔާ ސިފައިންނެވެ. މިހާރު ސާފުވެއްޖެ ހެއްޔެވެ؟

  11. Sakoon

    އިމްރާނޫ ކަލެއަށް އެގޭބާ އިސްލާމް ދީނަށާ ރަސޫލާ އަށް ފުރައްސާރަ ކުރަމުންދާއިރު އެބައި މީހުނާ މެދު ކަންތައް ކުރަންވީގޮތެއް. ކަލެއަށް އެގޭބާ މަގާމަށްޓަކައި ކަލޭ ތިހުރީ ދީނަށް ފުރައްސާރަ ކުރާއިރު އެކަމާ އެއްޗެއް ބުނަން ނުކެރިފަ ކަން.
    ކަލެއަކަށް ނޭނގޭނެ އެކައްޗެއް ވެސް މަގާމް ގެއްލިދާނެތީ

  12. އިންޑިޔާ އައުޓު

    އުމުރުން ތިހާދުވަސްވެފާހުރިއިރުވްސް އައުޓު ވާއެއްޗެއް އެގިނުލެއްވީތީ މަވާކޮސްވެއްޖެ

  13. ހަންކަޅޭ

    މީނަޔަކީ އަހުލާގެއް އަދަބެއް ސަދަބެއް ހުރިމީހެއްނޫން މީނަޔައް ފަހުމުނުވަނީތަ ދިވެހި ރައްޔަތުންގެ ގިނަބަޔަކު އެގޮވަނީ އިންޑިޔާ މިލިޓަރީމީހުން ދިވެހި ފަސްގަޑުން ބާލާށޭ’ ތިނެއް ނޮވެންބަރުގެ އުދުވާނީ ހަމަލާ މިކަހަލަ ކިތަންމެ ޖަރީމާއެއް ހިންގާފަވީ

  14. ޑައެލޯގް

    ހާދަގަމާރު މީހެކޭދޯ އިމްރާނުއަކީ އެކިޔާއެއްޗެއްވެސްނޭގެޔޯލަ

  15. ޙުސައިނުބެ

    އައުޓުވަނީ އިންޑިޔާ ސިފައިން

  16. سلول

    Thiyaeeمنفقeh

  17. މުނާފިގު

    ކަލޭގަމާރުކަމުން ނޭގުނަކަސް އެހެންމީހުންނަށް އެގޭނެއޭކޯންޗެއްކަން ސަމާވަރު !!!!

  18. އައްޑޫ ލެއި

    ޑަބަލް މީނިން އުފެދޭ ގޮތަށް މި ރޯނުއެދުރު ރައްޔަތުންނާ ދިމާލަ އަވަގުރާނަ މިގޮވަނީ. މުނާފިގެއްގެ ނިއްކުރީގަ ނޯންނާނެ މުނާފިގެކޭ ލިޔެވިފަ.

  19. Kailee

    E engeynee yumna ah

  20. ތިމާވެށި

    Isthiufaa dheefa beyru nuvatha out vaanvee kaley.amilla faidhaa noon ithuru ehcheh mihaaru imranakah nufene mi dhuniye akun....nasheedhah vaagidhey meehunnakee keehkuran ulhey baehkan aharemennah ingeyadhivess. Ekanvess olhunee thi gamaarah.

  21. ފާރޫގު

    ކޮބާ ކަލޭ ހިމާޔަތް ކުރަން ނިކުތް ދީން. ލަދުކުޑު

  22. މިލިޔަނޭ

    އައުޓްވާންވީ އެތި އެނގޭ ތިޔަ އަރާހުރި ޕޯޑިއަމްފެނުނީމާވެސް ކަލޭގަބޫލްކުރާކަމެއްނޭނގެ މިހާރު ޢާޙިރަތެއް މަރުވާނެކަމެއް ސުވަރުގެއެއް ނަރަކައެއް އެނގޭބާ އައޫޓްވާންވީ ނަރަކައިންތޯ ސުވަރުގެއިންތޯ އިލްވެރިޔާ އަމިއްލަނަފްސައް ސުވާލްކޮއްލައްވާ ރައްޔިތުންނާއި ސުވާލް ކުރުމުގެ ކުރިން

  23. Alibe

    Gamaaru

  24. Name

    އިންޑިއާ އައުޓު ގޮވަނީ މުސްލިމުން ނާ އެއްކޮޅު މީހުން.

  25. ފަހަރި

    ޢައުޓުވާންވީ ފަހަރިދައިތަ