މާލޭގެ ޕާކިން ސްލޮޓްތައް ވިއްކަން މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

މާލޭގައި ޕާކިން މައްސަލަ ބޮޑުވުމާއި ގުޅިގެން ސިޓީ ކައުންސިލުން ވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 1000 ޕާކިން ސްލޮޓް ދޫކުރަން ނިންމާފައެވެ. ކައުންސިލުން ބުނީ، އެގޮތަށް ނިންމުމުން ޕާކިން މައްސަލައަށް ހަލެއް ލިބިގެންދާނެ ކަމަށެވެ.

ކައުންސިލުން އެގޮތަށް ނިންމުމާއި ގުޅިގެން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ކައުންސިލުން އެކަން ކުރަނީ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ.

އެއްވެސް ކައުންސިލަކުން ބިމުގެ މުއާމަލާތް ކުރަންވާނީ ބިމާ ބެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

ކައުންސިލުގެ މި މުއާމަލާތް ބަލާ ވަކި ގޮތެއް އަންގަންދެން ބިން ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިއުން މަޑުޖައްސާލުމަށް އެލްޖީއޭ އިން ވަނީ އެދިފައެވެ.

މީގެއިތުރުން ކައުންސިލުން ބިން ވިއްކަން ކުރާ މުއާމަލާތުގެ ލިޔެކިއުންތައް މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހިއްސާކޮށްދިނުމަށް ވެސް އެލްޖީއޭ އިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެ

    މިއޮތީ ލާ މަރު ކަޒު ވެފަ.

  2. Ibsaath naruto

    Mulhin male gai huri hurihaa parking spot thahh vikkeema dhen mi vaagithakee ehendhimsalakah dhaan meehaa gadi eh haairahves
    car bahvvaalaane thaeneh noavey. Meegegge slot ehgga beyvveykah meh.salhi ennu meethi

  3. މުކި

    Council thalah baarudheefa othee amabuneethee farahdhaa usoolun