އިންޑިއާ އަށް ތާއީދުކޮށް އައްޑޫގައި މިއަދު ހަވީރު ވެހިކަލް ބުރެއް ބާއްވައިފި އެވެ.

މި ވެހިކަލް ބުރަކީ އައްޑޫގައި ބައެއް ޓެކްސީ ޑްރައިވަރުން އިންތިޒާމުކުރި ބުރެކެވެ. އައްޑޫން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ވެހިކަލް ބުރުގައި ބައިވެރިވި ގިނަ ޑްރައިވަރުންނަކީ ހިތަދޫގެ ޑްރައިވަރުން ކަމަށެވެ. މިވެހިކަލް ބުރުގައި ވިއްސަކަށް މީހުން ބައިވެރިވި ކަމަށް މައުލޫމާތު ދިން މީހުން ބުނެއެވެ.

ވެހިކަލް ބުރުގައި ބައިވެރިވި މީހުން ވަނީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ޕޯސްޓްރުތައް ގެންގުޅެފައެވެ. އަދި ވެހިކަލްތަކުގައި ވެސް އެމީހުންގެ ޝުއޫރުތައް ހަރުކޮށްފައި ހުއްޓެވެ. ވެހިކަލް ބުރުގައި ބައިވެރިވި މީހުން ގެންގުޅުނު ޕޯސްޓަރުތަކުގައި "ރާއްޖެ އަށް ޕެނަޑޯލް އެތެރެ ކުރަނީ ވެސް އިންޑިއާ އިން" ކަމަށާޢި "އަވައްޓެރި ގައުމުތަކާ ގުޅުން ދަމަހައްޓަން ޖެހޭ" ވާހަކަ އާއި "ދިވެހިން އެންމެ ގިނައިން ބޭސް ފަރުވާ އަށް ދަނީ އިންޑިއާ" އަށް ކަމަށް ލިޔެފައި ހުއްޓެވެ. އަދި އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ "މަގުތައް ހެދުން ފަދަ މަޝްރޫއުތައް ހުއްޓާނުލެވޭނެ" ކަމަށާއި "އިންޑިއާ ދެކެ ލޯބިވާކަމަށް" ވެސް ޕޯސްޓަރުތަކުގައި ލިޔެފައި ހުއްޓެވެ.

ވެހިކަލް ބުރުގެ ފޮޓޯތައް މީސް މީޑިއާގައި އާއްމު ކުރުމުން ބައެއް މީހުން ވަނީ ވެހިކަލް ބުރުގައި ބައިވެރިވި މީހުންނަށް ފާޑުކިޔާފައެވެ.

އިންޑިއާ އަށް ތާއިދުކޮށް އައްޑޫގައި ވެހިކަލް ބުރެއް ބާއްވާފައި މިވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިއަށް ގެންދަވާ ކެމްޕޭން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި ވަނިކޮށެވެ. މިއަދު ވެސް ރައީސް ޔާމީން ވަނީ ރ.އަތޮޅު މީދޫ އަށް ވަޑައިގެން "އިންޑިއާ އައުޓް" ބޮޑު އެއްވުމެއްގައި ބައިވެރިވެ ވަޑައިގެންފައެވެ. އެއެއްވުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ.

އިންޑިއާ އާއި ދެކޮޅަށް ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ ހަރަކާތް ހުއްޓުވުމަށް އެމްޑީޕީން މިހާރު ދަނީ ގާނޫނެއް ފާސްކުރުމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އައްޑޫ ލެއި

    ދެން އައްޑޫ ރައްޔަތުން ނިހެއްލޭހެއް..އިންޑިއާ އައުޓު އިންޑިއާ އައުޓް އިންޑިއާ އައުޓް.

    18
    1
    • ޙައްގުބަސް

      މިރާއްޖޭގެ އެއްވެސް ރައްޔިތަކު ކޮށްގެންވާނެކަމެއްނޫން!! މިރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިންގެ ބަޔަކު ނުވަތަ ފައުޖުތައް ގާއިމުވެ ތިބުމަށް!! ވަކިން ޚާއްސްކޮށް މުސްލިމުންނަށް ނުބައިކޮށް ކަންތައްތައްކުރާ އިންޑިޔާ ސިފައިން! މިކަން ކުރުވި ކަމަށް ނުވަތަ މިކަން ކުރަން ބަޔަކު ކައިރީ ވާހަކަ ދެކެވުނުގޮތް އެނގޭ މީހަކު ކިޔައިދީދި!! އައްޑޫގައި ތިބޭ އިންޑިޔާގެ ސިފައިންގެތެރެއިން ރޯގެ އެޖެންޓެއް މިކަން ކުރަން އައްޑޫ ސިޓީގެ މޭޔަރު ކައިރި ވާހަކަ ދެއްކީ!! މޭޔަރު މިކުރިކަމަކީ އޭނާގެ ގާތް ބަޔަކު ކައިރީ ދައްކައިގެން މިކަން ކުރުވީ!! އިންޑިޔާ އެޖެންޓް ބުނިކަމަށް ވަނީ މިގޮތަށް މިކަންކޮށް ވައިގަ ހިފާ ވަރަކުން ފައިސާގެ އެހީތެރިކަންވެސް ލިބޭނެކަމަށް!! މިމީހުން މިކަން ރާވާފައި އޮތީ އިންޑިޔާ ސިފައިން މިރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފަށް ބައިތިއްބާފައިވާ ތިން ސަރަޙައްދުގެ ރައްޔިތުންނަށް މިކަން މ ގޮތަށްކުރަން ވިސްނަދީގެންކަމަށްވަނީ!!

  2. ދީދީ

    ރަނގަޅުވާނީވެސް އައްޑޫމީހުން ތިކަހަލަ ސަކަރާތްޖަހަން ބޭތިއްބިއްޔާ. ވޯޓު ކައިރިވީމައި "މިރާއްޖެއަށް ތަރައްގީ ލިބޭނީ އައްޑޫ ތަރައްގީވެގެންނޭ" ކިޔައިގެން އެމީހުންގެ ބޯކާލައިގެން ވޯޓުކޮޅު ހޯދައިގެން، ސަރުކާރު ހިންގީމައި ހުންނާނީ ރަނގަޅަށް. ދެން ދޭތެރެއަކުން މިނިސްޓަރުން އެސިޓީއަށް ގޮސް މީިހުންގެ ޖީބަށް ޑޮލަރު ވައްދާ ވާހަކަ އާއި ޔުނިވަސިޓީ އަޅާވާހަކަ އާއި ނާސާގެ ބްރާންޗެއް ހުޅުވާ ވާހަކަ ދައްކައިލީމައި އެމީހުންތިބޭނެ ބާރަށް އަތްޖަހަން. މަޖިލިސްހުޅުވުން ކަހަލަ ބޮޑެތި ޖަލްސާތަކުގައި އައްޑޫ ތަރައްގީ ނުކޮށް ރާއްޖެ ތަރައްގީ ނުވާނެ ކަމަށަށް ބުނެލީމައި އެމަޖިލީހުގައި ތިބޭ އައްޑޫ ކުދިން ތިބޭނެ ދައްޕިލަ އަތަށްނަގައިގެން.
    އިންތިހާބާއި ކައިރިވީވަރަކަށް ދުމަށި މަސްފެކްޓަރީ އާއި ހަންކެޑެ ރިސޯޓާއި ގަންއެއަޕޯޓް ތަރައްގީއާއި ބްރިޖް އަޅާވާހަކައާއި މަގުތާރު އެޅުމާއި ބިންހިއްކުމާއި ދެން މިބާވަތުގެ ހުރިހާ ތަރައްގީއެއްގެ ވާހަކަދައްކައިލީމައި ތިޔަތާގައި ތިބި ތިރީހަކަށް ހާސްމީހުން ގެ ވޯޓުލިބޭނެ.
    ދެން ބުނެލަން އޮތީ އައްޑޫމީހުން ދެން ކިތަންމެ ކިޔާން ބޭނުންވިޔަސް ދެން އިންޑިޔާ އައުޓެއް ނުކިޔޭނެ، އައްޑޫގެ އިސްވެރިންނަށް އަމުރު އަންނަނީ މާލޭގައި ހުންނަ އިންޑިޔާ އެމްބަސީންކަމަށްވެސް ހީވާކަހަލަ. ދުނިޔޭގަިއ ތިބި ބަޔަކަށް ފެންނާނެ އިންޑިޔާއިން އެހެރަ ހަދާ ޕޮލިސްޓްރެއިން ސެންޓަރުގެ އޮޕަރޭޝަން ފެށުނީމައި އެތަނުގެ ކުރިމަތިން ދެފަރާތުގައި ޗެކްޕޯސްޓް ޖަހައިގެން ކުޑަސިޓީ ހައްދައިގެން އައްޑޫ މީހުން އެމަގު ހުރަސްކުރަންޖެހޭ ދުވަސް. އަދިހަމަ އެގޮތަށް ތިތިބަ ޝޭހުންކަމަށް ބުނާ އިލްޔާސްމެން ހަމަ ތި ޕޮލިސް ސެންޓަރަށް ގެންގޮސް އިދިފުށަށް ބިޑިއަޅުވާފައި ޗިލީ ސޯސްޖަހައިގެން ތުނބުޅިބާލާތަންވެސް ފެންނަ ފަދަ.
    އައްޑޫ މީހުންނަށް ވަރަށް ސަލާމް.

    19
    2
  3. ކެރެނޑި މޯހަން

    އިންޑިއާއައުޓް ގޮވާ އެހަރަކާތް ހިންގާ މީހުން ކެމެރާކުރަންދާ މީހުނައް ވުރެމަދު ތިވާނެ 2022 އެއްމެބޮޑުޖޯކަށް ތިއިންވާ އަޑުއިވޭނީ 2 ފޫޓައް ތިހެންބަންގާޅުން ގެރިނުކާ ހަނޑު ކޮވިޑްތެރޭ މިތާތިބި ބޮންދުންނައްގެނާމަވެސް ހީވިމޮޔަވަނީހެން މިހާރު މާކުރީގަ އަތޮޅުތަކުގަ އުޅޭރައްޔިތުން އުޅެނީ ސިޔާސީގޮތުން ވެސް.

    8
    3
  4. ސިޑް

    ތިތާކުނެއްބޯހަމަޖެހޭއެކަކުވެސް އިންޑިޔާއަކީ އިސްލާމްދީންނައްތާލަންމަސަތްކައް ކުރަމުންދާބަޔެއް މިހާރުވެސް ބުރުއަޅައިގެން ކިޔަވާސްކޫލުތަކައްނުވައްދާ މިގައުމުއެމީހުންނައްބާރުދޭންހެޔޮނުވާނެ

    17
    1
  5. ސިޑް

    ކަލޭމެން ކޮންމެމީހަކަށް އިންޑިއާއިން ޓެކްސީ ކުރަން ދޭނީގެރިޔެއް ގެރިމޯދީ އަޅުކަންކުރަންގެންގޫޅޭތަނުން

    15
    2
  6. ހާހާ

    ވެހިކަލް ބުރުގައި ބައިވެރިވި ގިނަ ޑްރައިވަރުންނަކީ ހިތަދޫގެ ޑްރައިވަރުން މިވެހިކަލް ބުރުގައި ވިއްސަކަށް މީހުން ބައިވެރިވި ކަމަށް މައުލޫމާތު ދިން މީހުން ބުނެއެވެ.
    އެންމެ 20 މީހުން ލަދުކޮބާ ތަ ހާހާ

    11
    1
  7. އަލީމޫސާ

    ހެހެހެހެހެ. މީދޯ ލާރިދީގެން ވެސް ވީވަރު. ޓެކްސީ ޑްރައިވަރުންންގެ ޖީބަށް ބަރު.

    12
    2
  8. ީއިންޑިއާ

    ޕެނެޑޯލު ގެންނަނީ އިންޑިއާ އިން އެއް ނޫން
    ޕެނެޑޯލް ނުހުންނާނެ އިންޑިއާގަ

    10
  9. ޢައްޑޫ

    އެއްކަލަ މޮޔަ ގޮލައިންތައް... މި ޤައުމުގެ ވެރިކަމަށް މޯދީ ގެންނަން ވޯޓް ލިޔަސް ތިޔަ އައްޑޫ މީހުން ވޯޓު ދޭނެ

    15
  10. އަޙްމަދް

    އިންޑިއާ އަށް ތާއީދުކޮށް އައްޑޫގައި މިއަދު ހަވީރު ވެހިކަލް ބުރެއް ބާއްވައިފި އެވެ.
    ————————————-
    އެއީ ފައްކާ ބޮޓުން ތަކެއް.

    12
  11. ބޮޑުބާގީ

    6 ކެނާ ގޮވައިގެން ވެސް ކިޔަންވީ ދެންއެއްވުމެކޭ. ކޮބާ ލަދު.

    11
  12. މިތާފް

    އެމްޑީޕީއާ އިންޑިޔާގެ ނުބައި އެޖެންޑާގެ ދަށުން މިގައުމު ބައިބައިކޮށް ހަލާކުކޮށްފި. އަހަރެމެން ދިވެހިންނަށް ހެޔޮވިސްނުން ދެއްވާށި...އެތެރޭގެ މައްސަލަތަކުތެރެޔަށް ބޭރުގައުމެއްވައްދައިފި ބަޔަކު ހަލާކުނުވެ ގޮސްފައެއްނެތް.

  13. ސޫއޫދު

    މިހާރު ތިތާ އިންވާން ގޮވަންތިބި މީހުނައްވުރެ މާގިނައެއަތޮޅު އެސިޓީއައް ނިސްބަތްވާމީހުން އައުޓް ކެންޕެއިންގަހަރަކާތްތެރިވާ މިއަދުތިވިސްނަނީ ކާރެއްގެ ބޯލްޖޮއިންޓެއްގެ ހިސާބުން އެހަލާކުވާތީ ތާރުނެތުމުން މާލެއަތޮޅު މާފުށީގަ ހަފްތާއެއްގެ ޗުއްޓީއެއްހަދާލީމަ ފެއްނާނެ އިންވަނީ ޕެނެޑޯލްތޯ ވިސްނަންވީ ކާރުގެ ޖޮއިންޓައްތޯ ބަދަލްވާންވީ ހުވަދުއަތޮޅައްތޯ އިންކޮއްފަ ޔަގީނުންވެސްމި15 އަހަރުތެރޭގަ ހުރިތަފާތުފެއްނާނެ.

  14. ހަސަން

    އަދުން ފެށިގެން ވިޝަން ޓެކްސީ އެއި މައި ޓެކްސީ ބޮއިކޮޓް. ތޭ ދެން ކޮންކަމައް.

    11
  15. ލޮލް

    ދެން ކަލޭމެން އައްޑޫކުދިން ބަލަން ތިބޭ އިންޑިޔާ އަސްކަރީ މީހުންނަށް ކިހާ ދުވަހަކުންތޯ މަގުހެދުމުގެ މަސްރޫއު ނިންމޭނީ.. އިހަށް ދުވަހު ނޫހެއްގައި އޮތް އިންޑިޔާގެ އަސްކަރީ ބަޔަކަށް ކޮންމެސް ގައުމެއްގެ މަގު ހަދަން ހަވާލުކުރި ފަހުން ސާޅީސް އަހަރުވެއްޖެ ކަމަށް.. އަދިވެސް މަސްރޫއު ނުނިމޭ ކަމަށް..

    10
  16. ވިސްނަވާ

    މިހާ ކަނޑުކޮސް ވައްތަރަށް އުޅުނީމަ ލަދު ދެއްތޯ؟ އެހެންމީހަކު ކާން ބާނާ މަހެއްގެ އެންގަނޑަކަށް ތިބާ ނުވާށެވެ.އެހެން ނޫނަސް ވިސްނާނުލާ ތިކަހަލަ މަޅީގަ ޖެހުން ބުއްދިވެރިއެއް ނޫން.