ރާއްޖޭގެ އެހެން ރަށްރަށުގައި ހިލޭ ގޯތި ދޫކުރެވޭ ގޮތަށް މާލޭގެ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ސަރުކާރުން ދޫކޮށްދޭން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މުއިއްޒު ފޮނުއްވި މެސެޖެއްގައި ވަނީ، ރާއްޖޭގެ އެހެން ރަށްރަށުގެ ބިން ހިއްކުމަށް ފަހު ހިލޭ ގޯތި ދެވޭއިރު މާލެ ސަރަހައްދުގެ ބިން ހިއްކުމަށް ފަހު ހިލޭ ގޯތި ނުދެވުމަކީ ހަމަހަމަކަން ނެތި ދިއުން ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ސަރުކާރަށް ގޮވާލަން، ހުޅުމާލޭން މާލެ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ 1،000 ގޯތި މާލެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް،" މުއިއްޒު ލިޔުއްވާފައިވެއެވެ.

1،000 ގޯތި ދޫކުރެވޭ ބިމުގެ އަގު ހަމަޖެއްސުމަށް އެހެން ބިންތަކާއި ވިޔަފާރި މުއާމަލާތްތަކުން ފައިސާ ހޯއްދަވަން ވެސް މުއިއްޒު ޚިޔާލު ދެއްވިއެވެ.

"މާލެ ރައްޔިތުންނަށް ޚާއްސަ ކުރެވޭ ގޯތިތައް، އެހެން ރަށްރަށުގައި ދެއްވާހެން ހިލޭ ދެވޭނެ،" ދެ ސަރުކާރެއްގައި، ހަތް އަހަރުގެ މުއްދަތަކަށް ހައުސިން މިނިސްޓަރު ކަން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައިވަނީ މާލޭގެ ރަށްވެހިންނަށް ހުޅުމާލޭން 1،000 ގޯތި، ގުޅީފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދުން 2،000 ގޯތި، އަދި ގިރާވަރުފަޅު ހިއްކައިގެން އެ ސަރަހައްދުން 2،000 ގޯތި ދޫކުރުމަށެވެ.

މި ކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި މާލެ ސިޓީ ކައުންސިލްގެ މަޝްވަރާއި ޚިޔާލު ހޯދާފައެއް ނުވެއެވެ. އަދި މާލެ ރައްޔިތުންގެ ޚިޔާލު ހޯދަން ބައްދަލުވުމެއް ވެސް ބާއްވާފައެއް ނުވެއެވެ.

އެހެންވެ މި ކަމާ ގުޅިގެން މޭޔަރު މުއިއްޒު މީގެ ކުރިން ނުރުހުން ފާޅުކުރައްވާފައިވެއެވެ. މޭޔަރު ވިދާޅުވީ، މޭޔަރުގެ ފޯނު ކޯލުތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ޖަވާބު ނުދެއްވާ ކަމުގައެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މިދިޔަ އަހަރުގެ ކައުންސިލް އިންތިޚާބާ ހަމައަށް ވެސް މީގެ މަސައްކަތެއް ފެށިފައި ނުވާތީ މާލޭގެ ގިނަ ބަޔަކު ތިބީ ސަރުކާރާ މެދު ނުރުހިފައެވެ. ނަތީޖާއެއްގެ ގޮތުން ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބުނީ އިދިކޮޅު ޕީޕީއެމްއަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަލިބެއްޔާ

    ކިހާ ތާހިރު އެއްމެނިކަމެތިމީހާ ކޮތަރު ކޮށި ބޮޑުއަގުގަ ވިއްކާފަ ގޯތި ހިލޭ ދޭންވީ

    10
    5
  2. ހުސެންް

    ތިހެންވަންޏާ މާލޭގައިހުރި ކޮންމެ ވަސީލަތަކަށް އެހެން ހުރިހާ ރަށްރަށުގައިވެސް ހަމަ އެވަސީލަތްތައް ގާއިމްކުރަންޖެހޭނެ. ހުރިހާ މިނިސްޓުރީތަކުގެ މައިއޮފީސްވެސް ހުރިހާރަށެއްގަ ހުންނަންޖެހޭނެ. ބޭންކުތަކުގެ ގޮތްޕެއްގެ ބަދަލުގައި ހަމަ މާލޭގައިހުރިވަރުގެ ހެޑުއޮފީހެއްވެސް އެހެންހުރިހާ ރަށްރަށުގަ ހުންނަންޖެހޭނެ. މާލޭގައިހުރި ސަރުކާރުގެ ހޮސްޕިޓަލުތަކާއި އެއްގޮތަށް ހަމައެވަރުގެ ހޮސްޕިޓަލްތައްވެސް އެހެން ހުރިހާ ރަށްރަށުގަ ގާއިމްކުރަންޖެހޭނެ. އަދި މާލޭގައި ކިޔަވަދޭ ސުކޫލުތަކާއި ހަމައެވަރުގެ ބޮޑު ސުކޫލުތައްވެސް ހަމަ ހުރިހާ ރަށެއްގަވެސް ހުންނަންޖެހޭނެ. މިހުރިހާކަމެއް އެހެން ހުރިހާ ރަށްރަށުގަ ފުރިހަމަކޮށްފަ ދެންގޯތީގެވާހަކަ ދައްކަބަލަ.

    20
    9
  3. ސެންޗޯ

    މާލޭމީހުންގެ ޚަރަދުގައި ބިންހިއްކިނަމަ ހިލޭ ގޯތިދޭންވީ ސަރުކާރުގެ ފައިސާއިން ބިންހިއްކައިގެން ގޯތި ވިއްކަންޖެހޭނީ ސަބަބަކީ މާލެސަރަހައްދުގައި ބިމުގެ ޑިމާންޑުބޮޑުކަމުން ރަތްޔިތުންގެ ބެންކުންލޯނު ނަގައިގެން ގެ ބުރިބުރިއަށް ނަގާ ހަދާފަ އެތަންތާގައި ދިރިނުއުޅެ ރާއްޖެތެރޭ މީހުން ނަށް ކުއްޔަށްދީގެން ރާއްޖެތެރޭމީހުންފެލައިގެން އުޅޭތީ

    12
    7
    • ފާތުމަ

      ފެލެނީ އަންނާތީ ރަށުގަ މިހުރީ ނުފެލޭނެ

      6
      5
  4. ހަކަ

    މާލެ އިން ދޭންވީ ހަމަ. ބޭނުން ވަރަކަށް. އެކަމަކު ރައްޔިތުން ގެ ލާރިން އެހެން ތަނެއް ހިއްކާފަ އެހެނެއް ނުހެދޭނެ

    9
    5
  5. Naseer

    ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި 2018ވަނަ އަހަރު ޖުލައި 29 ވަނަދުވަހު އޭދަފުއްޓަށް ވަޑައިގެން އެމްޑީޕީ ޖަޒީރާ އޮފީސް ހުޅުއްވައި ދެއްވުމަށްފަހު އެއްވެތިބި މީހުންނާ މުހާތަބު ކުރައްވައި ވިދާޅުވި އެވެ.

    ”އަޅުގަނޑުމެންގެ އިއްތިހާދު ސަރުކާރުގެ ވެރިކަމުގައި އޭދަފުށީގެ ތައުލީމީ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކޮށް އޭދަފުށިން ހިއްކާފައިވާ 27 ހެކްޓަރުގެ ބިމުން ވެރިކަމުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރާނަން.“
    ބިންހިއްކި ފަހުން 8 އަހަރު. ގޯތިދޭން އަދި ކިތައް އަހަރު؟ !

    8
    1
  6. އުބު

    ބަލަ މުއީޒޫ ކީވެތަ ކަލޭ 7 އަަހަރު ވަޒީރުކަމުގާ ހުރިއިރު އެކަން އެމޭރުމުން ނުކުރީ މިއަދު އާރެއްބާރެއްނެތް ދުވަހު ތި ހުސްއަގަތަޅަނީ ........ދުވެހިން މިހާރު ގަޅިނުހެއްދޭނެ

    13
    2
  7. އާދަމް ނައުރެންބަގް

    ދުނިޔޭގައި ކިތައް ގައުމު އެބައޮތްތޯ ގޯތި ހިލޭ ދޭ؟ ލިސްޓެއް ހަދާލަދިބަލަ. ބިޔަ ބޮޑު ބިން ތަނަވަސް ގައުމު ތަކުގައިވެސް ބިން ވިއްކަނީ. ރާއްޖެގެ ރަށްރަށުގއި ބިމަކީ އަގެއްނެތް އެއްޗެއް. މާލޭގައިނަމަ ބިމަކީ ހުސްވުމެއްނެތް ތެޔޮވަޅަކަށް އަގުހުރިއެއްޗެއް. އަގު މިހާތަފާތު އިރު ކިހިނެއް މާލެއިން އަދި އަމުދުން ހިލޭ ބިންދޭނީ!!!

    4
    2
  8. އިންޑިއާއައުޓު

    ކިތަންމެވަރަކައް އަތޮޅުތެރޭގެ ރައްރައް ތަރައްގީކުރިޔަސް ވެރިރަށައް މީހުން ނާންނާނެގޮތެއް ނުވާނެ އެއީދުނިޔޭގެ ހުރިހާ ގައުމެއްގަވެސް ކަންތައްވާގޮތް

    3
    1
  9. ނިރު

    އެހެން ރަށްރަށެކޭ އެއްގޮތައް މާލެއިން އަގުހެޔޮކޮށް ފްލެޓް ނުލިބެނީ ދެން ކީއްވެ

    2
    2
  10. ށާވި

    ސާބަހޭ ކަލޯ! ބޭފުޅާ މިނިސްޓާރ ކަމުގައި ހުންނަވައިގެން ވެސް އަޅުގަޑުމެން މާލެ ރަތްޔަތުން ދިޔައީ ހަމަ މިނިކަމެތި ހާލުގައި މައިންބަފައިންނަ ބަހައިގެން ލިބިފައިވާ ބޯކިބާ ފިތީގައި ދަރިންގެ ދަރިން ގޮވައިގެން، އަދިވެސް ހަމަ އެހާލުގައި، މޮޅުވާހަކަ އަންނި އަޅުގަޑުމެންގެއައް އައިސް ބުނި، މީ އޭ ހައްޤުވެރިންނަކީ، އެ ހައްްޤުވެރިން އަދިވެސް ހަމަ އެނިކަމއތިހާލުގަ، 5 އަހަރު ނިމިގެން ދަނީ ވީ ކަމެއް ހަރާން ، ހުރިހާ ފައިދާ އެއް މުސްސަދިންނަށާ އެ މީހުންގެ އާއިލާ ތަކަށް، ކޮންމެ ފަހަރަކު ވޯޓު ބޭނުންވީމަ، މާލެ ރަތްޔަތުެން ނޭކިޔައިގެން މޮޅުވާހަކަ، މާލެ ރަތްޔަތުން ހޭލަބަލަ، ހުޅުމާލެ އެއީ މާލެ ރަތްޔަތުންނަ ގޯތި ދޭން ހިއްކިތަނެއް އެއީ ޕޮލިޓިކަލް މީހުން ބަހަން އެދި ތަނެއްނުން އިގޭ!

    3
    2
  11. ނައްސި

    ރައްތައް ތަރައްްޤީވާނީ އަތޮޅުތެރޭގައި ރަތްޔަތުން ތިބެގެން ނުޖެހޭ މާލެ ސަރަހައްދަ އައިސް ރަތްތައް ފަޅުކުރާކައް، ތީ ގެ ކޮންމެ މީހެއްގެ ރަށުގައިވެސް ހުރޭ ބޮޑުބިމެއް ވީޔާ ރަތް ތަކުންވެސް ޖެހޭނީ ބިންވިއްކަން، ހިލޭ ސާބަހަ ކަލޭމެންނަކައްވެސް ދޭކައްނުޖެހޭ، ހަމަހަމަ ވާންޖެހޭ! މާލޭ ރަތްޔަތުންނައް އިސްކަން ދޭންޖެހޭ ، އެމީހުން ގެދޮރުވެރިކުރުވަން ހުޅުމާލެ ހިއްކީ، ތޮއްޖައްސާކަށް ނުން މުޅި ރާއްޖެއެއްމެން. ވީމާ މިހާރުން މިހާރައްވެސް މާލޭ ހުފަން ރަތްޔަތުންނައް ބިންދޭންޖެހޭ. ރަތްޔަތުންގެ ފައިސާއިން ކޮންމެ ރަށެއްގެ ސްކޫލް ހިންގަނީ ، ފަޅުކޮށްނަނީ، އެވަރިހަމަ ދެ މީހުންނާއި ފަޅި އުޅުނަސް، މީތޯ އިންސާފަކީ، ކޮންމެ ފަރުދަކައްވެސް ލިބެންޖެހޭ އެމީހަކު ނިސްބަތްވާ ހިސާބަކުން ގޯތި، ނުޖެހޭ މާލެ އަދި ހުޅުމާލެ އިން ދޭކައް، މި ސަރަހައްދުގައިވެސް އުޅޭ މީހުންނައް ހައްގުވާނީ މިސަރަހައްދުން. މޮޔަނުގުވާ ބޭފުޅާ!!!!

    3
    1
  12. Anonymous

    މިރާއްޖޭގެ އެއްވެސް ރަށަކުން ހިލޭ ގޯތިދޭކަށް ނުޖެހެއެވެ. ގެދޮރު އަޅާފައި ރައްޔިތުންނަށް ދޭންވީ ގެދޮރެވެ. ފްލެޓެވެ. ބިން ދިނީމާ އެކަށީގެންވާ ފެންވަރުގައި ގެދޮރު އެޅޭނެ ތަނަވަސްކަމެއް ހުރިހާ ރައްޔިތުންގެ ކިބައިގައި ނެތެވެ. ލޯނު ނެގީމާ ރިބާ ކެވި ރައްޔިތު މީހާ ދެދުނިޔެއިން ގެއްލެނީއެވެ. ރައްޔިތުންނަށް ހިޔާ ފްލެޓް އަޅައިދިނީ މުއިއްޒެވެ. ހަމައެފަދައިން މިހާރުވެސް މުއިއްޒު ކުރަންވީ ކަމަކީ އެއީއެވެ. މާލޭގެ ރައްޔިތުންނަށް ފްލެޓް އަޅައިދޭށެވެ. ފްލެޓް މުއިއްޒުއަށް މިކަން ކުރެވެންވާނެއެވެ.