މާލެ ސަރަހައްދުން ދޫކުރާ ގޯތި ލިބޭ މީހުންނަށް ލިޔުން ލިބޭނީ ގޯތި ވެސް ދައްކާފައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މާލޭގެ ރައްޔިތުންނަށް ގޯތި ނުވަތަ ބޯހިޔާވަހިކަމެއް ދޭނެ ކަން ސަރުކާރުން އެކި ފަހަރު މަތިން ބުނެފައިވާ ކަމަށެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް އަލިމަގެއް ފެނިފައި ނުވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"މާދަމާ ދޭނެ ކަމުގެ އުންމީދެއް މި އޮންނަނީ،" އާޒިމް ވިދާޅުވިއެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް. - ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ގޮތަށް މި ސަރުކާރުގެ ވިސްނުން ވެސް ހުރީ ހަމައެކަނި ލިޔުމެއް ބަހާފައި ގޯތި ދޭންތޯ އާޒިމް ވަނީ ސުވާލު ކުރައްވައިފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުވަތަ ގޯއްޗެއް ލިބޭނީ ކޮންއިރަކުތޯ އާޒިމް ވަނީ އައްސަވައިފައެވެ.

އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ގޯއްޗާއި ފްލެޓު ވެސް ދޭނެ ކަމަށެވެ. އަދި މި ސަރުކާރުން ހަމައެކަނި ދޭނީ ލިޔުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި ލިޔުމެއް ނޫން ދޭނީ. ގޯތި ދައްކާފައި އެކަން ކުރާނީ." އަސްލަމް ވިދާޅުވިއެވެ.

މި ސަރުކާރުން އިމާރާތްކުރާ 4،000 ސޯޝަލް ހައުސިން ޔުނިޓާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ބައެއް ފްލެޓުތައް ސީދާ ވަންނަ މިންވަރަށް ނުނިމި ހުރެދާނެ ކަމަށެވެ. އަދި ބައެއް ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ހައުސިން ޔުނިޓްތައް. --- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

"އަޅުގަނޑު ދަންނަވާކަށް ނެތިން އުންމީދު ކުރި އެއްޗެހި %100 ނިމޭނެއެކޭ. ދެން ހިނގަމުން އަންނަ މަސައްކަތްތަކެއް އޭގެ ތެރޭގައި ހުންނާނެ. ދައުރު ނިމިގެން ދާއިރު. އަޅުގަނޑުމެންނަށް ޔަގީން ކަން އެބައޮތް ގޯއްޗާއި ފްލެޓު ދެވޭނެ ކަމުގެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމުގެ އުންމީދުގައެވެ. އަދި އެކަން ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް އަސްލަމް މި މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފައެވެ.

މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށެވެ.

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ 3،000 ގޯއްޗަށް 15،000 އަށް ވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަބްދޫ

    މިސަރުކާރުންދޭ ބައެއް ގޯތި އޮތީ ކުޑަކަޅި ތެރޭގަ މިހާރު އެތަން ސީޓްޕައިލް ކޮށްފަ ހިއްކާފަ ފުރަނަފުއްޓާ ގުޅާލަން ވަނީ ރޭވިފަ. އަންނަ ނޮވެމްބަރުގެ ކުރިން މިމަސްރޫއު ފެށޭން. އިންތިޒާރުކޮށްލައްވާ.

  2. ސަން

    ބަލަ އަސްލަމް މާލެ ރައްތިތުންގެ ނަމުގަ އެކަނިތަ ސަރުކާރުން ލޯން ނަގާފަ އޮތީ ؟ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލްވާގޮތަޢް!އެހެން ވީމާ ކޮން މާލެ ރައްޔިތުންނޭ ތހިކިޔަނެެ

    24
    11
    • ޙަފޯ

      އެތައް ބިލިއަން ހަރަދުކޮށް، އެތައް ސަތޭކަ އަހަރަކަށް ދެމިގެންދާ ބޮޑުމާސްޓަޕްލޭން ރަށެއް ހިއްކާފަ އެތަނުން މާލޭ ރައްޔަރުންނަށް ހިލޭ، ހިލޭ، ހިލޭ ގޯތިދޭން ނިންމުން ތީ ނަސްލީ ތަފާތުކުރުމުގެ އިންތިހާ. މާލޭ ކޮންމެ ރައްވެސްސަކަށް ގޯތި ދެންޏާ މުޅި މާލެއަތޮޅޮ ހިއްކާފަ ހިލޭ ދިނަސް. އެންމެފަހުން އޮންނަން ޖެހޭނީ ތިމާ ސައިޒުގެ ބިންކޮޅެއްގަ.

      9
      1
  3. ހުސައިން803

    ރާއްޖޭގެ އެންމެ އަގުބޮޑުބިން މާލޭމީހުންނަށް ހާއްސަކޮށް ދިނުމަކީ ސީދާ ރައްޔިތުންގެ މެދުގައި ބޮޑުތަފާތު ކުރުމެކެވެ. މިއިން ގޯއްޗެއްގެ އަގަކީ 7 މިލިޔަނެވެ. މާލެއާއި މާލޭކައިރިގަ ހުރި ހުރިހާ ބިންތައް މާލޭމީހުންނަށް ބަހައި ނުލެވޭނެއެވެ. މާލެ، ހުޅުމާލެ، ވިލިގިލި، ގިރާވަރު ފަޅުންގޮސް މާލެއަތޮޅު އެއްކޮށް މިހެން ބެހޭނެހެއްޔެވެ. އަނެއްކާ ރާއްޖެތެރޭމީހަކު މިކަމަށް ސަރުތު ހަމަވަނީވެސް މާލޭ މީހުންނަށް ކުލިދައްކައިގެން 15 އަހަރު އުޅުމުންނެވެ. ކޮބައި އިންސާފަކީ މިއީ ރާއްޖެތެރޭގެ މީހުން އަޅުވެތިކުރުމެވެ.

    18
    7
    • ވިސްނުން

      މުސްލިމެއްގެ ހައިސިއްޔަތުން ބުނެލަން، ސައުދީއިން އެނަގާ ތޮޔޮގެ ޕަސެންޓެއް މަޖިބަށް ވެސް ޖަމާވާން ޖެހޭނެ ދޯ.

  4. އިސްސާގު

    މާލޭ ސަރަހައްދުގަ އެންމެ އަގު ބޮޑުކޮށް ދޫކުރާ ސޯސަލް ހައުސިން ވިނެރެސް ފުލެޓް ތަކުގެ ކުލި އަދި ޑައުންޕޭން ކުޑަކުރަށް ސުވާލުކުރާނި މެންބަރެއް ނެތީތަ.ޑރ މުއްއިޒު މަޖިލާހަށް ހާޒިރުކޮށްގެންނަމަވެސް އަގުހެޔޮ ފޯމިއުލާ ރައްތުންނަށް ކިޔާދީބަ.ދޯގު ހަދަނި އަސްލަމްތޯ މުއްއިޒުތޯ ބަލަންވެއްޖެން ވިނަރެސް ލިބުނި މީހުން ގުބޯނަހައްދަ.

    13
    1
  5. އާދަނު

    ވޯޓުގެކުރިން ކުރެވުނުކަމެއްވިއްޔާ ކުރަންތަ ތިޔަ ރާވަނީ؟ 5 އަހަރު މާލިއްޔަތު ކައިހުސްކޮށް ތަރައްޤީ ސޮއްޑުދަށުން ދިޔަ ދިޔުން ހނދާންނުނެތޭނެ! ދެން ޢިމްރާނު ދޭ ލަފާޔަކީ ދިވެހިން ކަންކަން ހަނދާން ހުންނާނީ 3 މަސްދުވަހުއޭ! އޭގަފަހުން 100 ރުފިޔާ ދިއްކޮށްލިޔަސް ގަނެލެވޭނެޔޭ! އެހެންވީމާ ވޯޓަށް 3 މަސް އޮއްވާ ކުރާކަމެއްވިއްޔާ ކުރާށޭ! ރައްޔިތުން ލަގޮނޑި ނަގައިގެން ކެޔަސް 3 މަސްދުވަހުން އެކަން ހަނދާންނެތޭނެޔޭ! ކޮންމެއަކަސް ކޮމަންޑޫ ، ގުރއިދޫ ދާއިރާގެ އިންތިޚާބުން މިކަންކަން އެބަ ޔަޤީންވޭ! ހެސްކިޔާފަ އެއްޗެތި ގޮވީ! އެކަމަކު ހަމަ 3000 ރުފިޔާ ދިނީ އެނބުރުނީ!
    ސާބަސް ކަލެޔަށް!

    15
    1
  6. އިސްމާލު ކަލޭފާނު

    2000 އަކަފޫޓުގެ ބިމެއް އެންމެ މީހަކަށް ހިލޭ ދިނުމަށްވުރެ ބިންނެތް ތަނެއްގައި 2000 އަކަފޫޓުގެ ޖާގާއިގައި 10 ބުރިއަށް ބުރިއެއްގައި 2 އަޕާރޓުމަންޓު ހެދީމަ 20 އާއިލާއަކަށް ފުލެޓުދެވުނީ އެންމެ އާއިލާއެއްގެ ބަދަލުގައި. ބިން ހިލޭދީ ވިއްކުމުން ކުރިއަށްއޮށް ޖީލަށްދެވޭ ބޮޑު ގެއްލުމެއް އަދި އިހުމާލެއް ތިޔައީ. ގޯތި ދިނުންހުއްޓުވަން އޮތްގޮތަކަށް ހުއްޓުވަންއެބަޖެހޭ. ގޯތި ބޭނުންހާ އެންމެނަށް ގޯތިދެވެން ބިން ނެތްއިރު މަދުބަތަކަށް ގޯތިދިނުމަކީ އިންސާފެއްނޫން. ފުލެޓު އަޅާފަ ފުލެޓުދީ!!

    16
    3
  7. ޒީރޯ

    އިޚްލާސްތެރިކަމެއް ހުރިއްޔާ ދަފްތަރަށް އުފަންވި ކުދިން މިހާރު 18 އަހަރު ވެފައިވާ ކުދިންނަށް ގޯތި ދީބަލާ

    11
    2
  8. ވިސްނާލުމަށް އެދެމޭ

    ރޔާމީން ހިއްކާފައިތް ބިމުން އިބޫ ގެ އައުވާނުންނަ ބިންބަހާނެކަން ތިބުނަނީ..ރޔާމީން 4ލައްކަ ރުފިޔާ އަށް 1000އަކަފޫޓު ވިއްކަން ނިންމީމަ އެވަރު އަ ގުހެޔޮވެ ގެން އެކަންހުއްޓުވީ މޑޕ...އސސ މެދުވެރިކޮށް..ރޔާމީން ދިނީ ހަމައެކަނި ލިޔިމެނޫން ހިޔާފްލެޓްތައްހުރީ ރޔާމީން ނިންމިވަރަށް ނިންމިފަ މިސަރުކާރުން އެފްލެޓްތައް ދިނީ އެހުރި ގޮތަށް..

    14
    2
  9. ދިދަ ދަނޑި

    މާލޭ ރައްޔިތުންނޭ ނުކިޔާ.. ރީނދޫ ކުލައިގެ ޕާޓީއަށް ސޮއިކޮށްފަ ތިބި މީހުނަށް އެކަނި ދޭން ނިންމާފަ އޮތް އެއްޗެއް ތީ… ނަމުގަ މާލޭ ރައްޔިތުން.

    11
    1
  10. ޒަކީ

    މިތަނުގައި ކޮމެންޓް ކުރާ ފަރާތްތަކުގެ ސަމާލް ކަމަށް ! މާލޭ ރައްޔިތުންނަށް ގޯތި ލިބޭ ރަށެއް ދައްކަވާ. މާނައަކީ އެ ރަށެއްގެ ކައުންސިލުން އެކަހަލަ ޕްރޮގްރާމެއް އިޢުލާންކޮށްފައިވާ ރަށެއް . ކޮންމެ ރަށަކުންވެސް މުއްސަނދިންނަށް ބިން ގަނެވޭނެ . އެއީކީ އިޢުލާންކޮށްގެން ހިންގާ ކަމެއް ނޫން . މާލޭގެ މުއްސަނދިން އަދި އެހެން ރަށްރަށު މުއްސަނދިންވެސް މި ބުނި އުސޫލުން ރަށްރަށުންނާ ބޭރު ޤައުމުތަކުންވެސް ބިން ގަނެފައި އެބަހުރި. އެއީކީ މާލޭ ރައްޔިތުންނަށް ދޫކޮށްފައި ހުރި ގޯއްޗެއް ނޫން . މާލޭ ރައްޔިތުންނަށް ގޯތި ލިބޭ ރަށެއް އޮތުއްޔާ މާލޭން ގޯތި ހޯދާކަށް ނޫޅޭނަން . އެނގޭ ކަމަކީ މާލޭ ރައްޔިތުންނަށް ވެސް ރާއްޖޭގެ އެހެން ހުރިހާ ރައްޔިތުންނަށް ދިރިއުޅޭނެތަން ތަން ލިބޭހެން ތަން ލިބެންޖެހޭނެކަން

    7
    2
  11. މާލޭ ރައްޔިތުންނަށް ހިލޭ 8 މިލިއަން ރުފިޔާގެ ގޯތި…
    އެހެން ރައްޔިތުން ތޮއްޖެހޭ ފުލެޓްތަކަށް ވަންނަން މިޖެހެނީ ސަރުކާރަށް ކުލި ދައްކައިގެން އަދި ލައްކައިން ރުފިޔާ ހަރަދުކޮށްގެން…ބޭ އިންސާފު…މިފަހަރު ހިލޭ ގޯތި މާލޭ މީހުންނަށް ދީފި ނަމަ ފުލެޓް ތަކުގެ މީހުން ކުލި ނުދައްކާނެ…ހަމަ ހަމަ ވެލުމަށްޓަކާ އެކަނި…

    8
    1
  12. މާލޭ ރަޔަތުން!!

    ބަލަން މިތިބީ

  13. ޟެން

    އެއްކަމެއް ވެސް ނުވާނެ. ވަރަށް ނާގާބިލު މީހެއް މީ.

  14. ގޮވެލި

    ތިއުޅެނި މައުމޫން ޒަމާނުގަ ކަޑަޖަހާ އުސޫލުން
    ކަޑަޖަހަން ވޯޓްފޯ ޗާކޯސް އައިލެންޑުގެ ވާހަކަޔަ ފަސްލުމުގަ މުޅިސަރުކާރު ބޮލުގަ ކޮތަޅުއެޅިގެން

  15. Anonymous

    ކޮކޮ ގެ ނަމުގަ 3 ފލޓ

  16. ރަނާ

    ކޮބާހޭ ފްލެޓާ ގޯތިލިބޭ މީހުންގެ ލިސްޓް

    • އަޙްމަދު އިގުމާލު

      މި ދިވެހިރާއްޖެއަކީ މާލެ މީހުންނަށް އޮތް ތަނެއްނޫ. އަހަރެމެން ނިކަމެތި ރާއްޖެތެރޭމީހާ ރެއާދުވާ ކުރާ ބުރަމަސައްކަތުން ބޮޑުކުލިދައްކައިގެން އަދިވެސް މާލޭ މީހާގެ ވާހަކަ ތިޔަ ދައްކަނީ މާލޭ މީހާ ހުންނާނީ ގެދޮރު ރާއްޖެތެރޭ މީހާއަށް ބޮޑުކުލިދިފާ މާލޭ މީހާ ހުންނާނީ ރާއްޖެއިން ބޭރުގާ އާއިލާ އާއި އެކުގާ
      ނިކަމެތިންނަށް ބެލުމެއްނެއް ކޮބާ އިންސާފަކީ އަބަދުވެސް ނިކަމެތި މީހާ ހުންނަށްޖެހޭނީ ނިކަމެތި ހާލުގައި ބޮޑުކުޅި ދައްކާލަ ދައްކާލަ