ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ އައިމިނަތު އީސާ އާއި ދައްތަ ފާތުމަތު ޝެހެނާޒް އެމްޑީޕީއާ ގުޅި، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ވޯޓު ދޭން ނިންމައިފިއެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފައެވެ.

ރިލްވާންގެ ދައްތަ މިއަދު ކުރި ޓްވީޓެއްގައި ވަނީ އޭނާއާއި ރިލްވާންގެ މަންމަ މި އިންތިހާބާ ދިމާކޮށް، އެމްޑީޕީއަށް ސޮއިކުރިކަން ހާމަކޮށްފައެވެ.

"އިންތި އަށް ހިތާރޫހުން ވޯޓުދިނުމަށް އަޅުގަނޑުމެން ބޭނުންވާތީ، އަޅުގަނޑުމެން އަމިއްލައަށް އެދުމުން، ކޯލަށް އިޖާބަ ދެއްވައި، މިގެއަށް ވަޑައިގެންދެއްވީތީ ޝުކުރިއްޔާ،" ރިލްވާންގެ ދައްތަ ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

މި ޓުވީޓާ ގުޅިގެން އިންތި ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރިލްވާންގެ މަންމަ އާއި ދައްތަ އޭނާއަށް ތާއީދު ކުރައްވާ، އެމްޑީޕީއަށް ސޮއި ކުރުމަކީ ފުން އަސަރެއް ކުރުވި ކަމެއް ކަމަށެވެ.

"ރިލްވާނުގެ ލޮބުވެތި މަންމަ އާއި ދައްތަ އަމިއްލައަށް ގުޅުއްވައި، ސީދާ އަޅުގަނޑަށް ވޯޓު ދެއްވުމުގެ ބޭނުންފުޅުގައި ކަމަށް ވިދާޅުވެ އަމިއްލައަށް އެދިވަޑައިގެން އެމްޑީޕީ އަށް ސޮއިކުރައްވައި ތާއީދު ދެއްވިކަމީ އަޅުގަނޑަށް ވަރަށް ފުން އަސަރެއްކުރުވިކަމެއް،" އިންތި ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރިލްވާން ގެއްލުވާލާފައިވަނީ އޮގަސްޓް 8، 2014 ގައެވެ. ރިލްވާން ގެއްލުނުތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދިވެސް އެ ކަންކަން ރާވައި ހިންގި މީހުންނާއި، އެ ކަމުގައި އިސްކޮށް ތިބި މީހުން ފިލުވަން އެހީތެރިވި މުއައްސަސާތަކުގެ މުވައްޒަފުންނާ މެދު ވެސް ފިޔަވަޅެއް ނޭޅެއެވެ. މަރުތައް ތަހުގީގު ކުރަން މި ސަރުކާރުގައި އެކުލަވާލި ރިޔާސީ ކޮމިޝަންގެ މަސައްކަތް ވެސް ލަސްވެ އެ ކަމަށް ގިނަ ބަޔެއްގެ ފާޑުކިއުންތައް އޮތީ އަމާޒުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. އަބްދުﷲ

    އެމްޑީޕީ ވޯޓު ބޭނުންވީމަ ބޭނުންކުރާ ބަޔަކަށް މިއާއިލާ ހަދައިފި. އިންތިވެސް ހަމަ އެ ގޭމް އެކުޅެނީ

    79
    3
  2. މީވާ ސަރުކާރެއް

    ރިލްވާނުއަށް އިންސާފު ލިބުމާއެކު މަންމަ އާއި ދައްތަ އެމްޑީޕީއަށް ސޮއި ކުރީ ދެން ހުރިހާއެންމެން އަތްޖަހާ އަދި ބެނާތަށް ހިފާގެން މަގުތަކަށް ނުނުކުންނާތި މަގެދަރި ފަޅޮލޭ ކިޔަމުން !!!!!!!! ކިހާ ރަގަޅުދޯ ސޯލިހުބެ

    71
    2
  3. ލަތީފް

    ތިޔައާއިލާއަކީވެސް ބުރާންތިވެފަ އޮތް އާއިލާއެއް

    74
    3
  4. ކޮހާ

    ހައއހައް،، މިހާރު ރިޟުވާނުގެ މަރުގެ ހަގީގަތް ހޯދާ ނިމުނީދޯ؟؟؟

    68
    3
  5. މުހަންމަދު

    އެމް.ޑީ.ޕީ އަށް ތިއަށް ވުރެން ބޮޑަށް ގުބޯ ހެއްދޭ އާއިލާއެއް އަޅުގަޑު ނުދެކެން. ދެން ގުބޯ ހެއްދަނީ އައްޑޫ މީހުން.

    93
    3
    • ލޮލް

      ކަލޭ އައްޑޫމީހުނާ ނުބެހެއްޗެ.

      8
      53
      • ޛަަޖ

        އައްޑޫ މީހުންނަކީ ކިޔަވައިިގެން ތިބި ބުރާންތި ތަަކެއް އުޅޭ އަތޮޅެއް.

        46
        1
  6. Anonymous

    އިންތި އެމްޑީޕީގެ ޗެއަރޕާސަނަކަށް ފާއިތުވި ދުވަސްތަކުގަ ނެތީމަ ހާސިލު ނުވެއޮތް ކާމިޔާބެއްވީމަ އެބޭފުޅާ އެމަގާމަށް ހޮވުމާއެކު ރިލުވާނާއި ބެހޭމައިލޫމާތު ހޯދާއި މައްސަލަ ނިންމާލާނެކަން %100 ގަރެންޓީ ޗޮކްސް

    41
    2
  7. ދޮނބެ

    ރިލުވާނަކީ މިއެމްޑީޕީ މީހުން ކުޅެން ގެންގުޅޭ ރަބަރު އުންޑައެއް. ވާގޮތް ބަލަން ތިބޭ މިފަހަރު.

    65
    1
  8. ޤާދިރު

    ރިޟުވާނަށް މިހާރު އިންސާފު ލިބުނީ. ދެން އިތުރަށް ކުރަންޖެހޭ ކަމެއްނެތް. މިހާރު އެގި ހާމަވީ ރިޟުވާނުގެ މަންމައާއި ދައްތަމެން ރިޟުވާނުގެ މައްސަލައިގެ އިންސާފު ނުލިބިގެން މަގުމަތީގައާއި ރ ޓީވީގަ އެ ރުއިރުއިމަކީ، ލޮލުން ފޭބި ކަރުނައަކީ ފޭކު އެއްޗެއްކަން. ކުޅުނު ޑްރާމާއެއްކަން. ކޮންމެހެން ރިޟުވާނު ގެއްލިގެން އެހާ ކަންބޮޑު ނުވާކަން.

    48
    1
  9. ލޯބިވާ ވަޠަން

    ތީ މަޝްހޫރުވާން އުޅޭ އާއިލާއެއް. ކޮންމެހެން ރިލްވާން އަކާއިގެން އުޅޭ ބައެއް ނޫން. ކޮންމެ އިންތިޚާބަކާ ދިމާކޮށް ތި އާއިލާއިން މިހާތަނަށް އުޅުނީ ތިހެން.

    54
    2
  10. ތެދު

    ތީގެން ތިފެންނަނީ ތިއާއިލާގެހަގީގަތް މިހާރު.؟!
    ހެޔޮވިސްނޭ ރައްޔިތުންނައް މިހާރުއިނގޭނެ..؟!
    ﷲއާއި ރަސޫލާއަށް ފުރައްސާރަކުރުމަކީ 2 ދުނިޔޭގަވެސް ގެއްލުމާހަލާކު.

    62
    1
  11. ސުވައިދާ

    އިންސާފު ލިބުނީތޯ؟ނޫނީ ހޯދަދޭނެވާހަކަ ބުނީތޯ؟އާރާއި ބާރު އޮވަމެ ތިމީހުންނަކަށްވެސް އިންސާފު ހޯދަ ނުދެވުނު.އެކަމަކު މިއަދު ހިތާރޫހުން ޕާޓީ އަށް ސޮއި ކުރީމަ މިހިރީ ވަރަށް ހައިރާން ވެފަ؟

    47
    1
  12. Anonymous

    ރިލުވާނުގެ އާއިލާ އެދޭފަދަ ކާމިޔާބީއެއް ލިބުން އަބަދުވެސް އެދެނީ، އެހެންނަމަވެސް ށ.ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް މިސަރުކާރުން ދިންފަދަ ދޯކާއެއް "އިންތި" ރިލުވާނުގެ އާއީލާއަށް ނުދީފިއްޔާ ވަރަށް ރަނގަޅު، ދާދިފަހުން އެދާއިރާއަށް މެމްބަރެއް ހޮވަން ކުރިކެމްޕެއިންގަ ދާއިރާގެ ވަށައިގެން 4ރިސޯޓް ހަދާނެކަމުގެ ޔަގީންކަންދީފަ ސަރުކާރުކޮޅަށް ގޮނޑި ކާމިޔާބުވުމާއެކު ރިސޯޓްހެދުން ކެންސަކް ކޮށް ދާއިރާގެ ރައްޔިތުންނަށް ދޯކާ ދިންތަން ފެނިގެންދިޔައީ، ގިނަފަހަރަށް އެމްޑީޕީ އެމްޕީ މެމްބަރުންގެވެސް މިސާލަކީ މއީ ނޫންތޯ؟؟##

    46
    1
  13. ޙަސަނާ

    ކުރިންވެސް ތީ މޑޕ ބައެއް މަސްހޫރުވެލަން މޮޅުއެއްޗެއްހަދާލީ މިހާރު ހެޑުލައިނައްނާރާ އުޅޭތާ ދުވަސްކޮޅެއްވީމަ ކަންނޭގެ ކިތައްދިވެހިރައްޔިތުން މަރާލާފަ ވެއްޖެތޯ މޑޕ ން ހަމައެކަނި ގޮވަނީ 2 މީހެއްގެ މަރުގެވާހަކަ އޭގެ ސިއްރެއްވެސް އޮންނާނެ ތާދޯ..

    45
    2
  14. ޙަސަނާ

    ތިވީގޮތުން ދެން އިންތިވެސް ތިޔަހޮވުނީ އިބޫޜައީސްކަމައްވެސް ގެނެސްދިން ކުދިންކޮޅުވިއްޔަ ތީ ދެގަޑިން ދެގަޑިން ރާޓީވިޢައްއަރާ ރޮއިހޭރި އުޅުނުދުވަސްތައްވެސް ދިޔަނޫންތޯ ހީވަނީ އިންތިއާއެކު ވަރައް އަވަހައް ޓީވީ ތަކުންފެނިދާނެހެން..

    38
    2
  15. ޕޮއްޕަޓް ޒޮއިސް އިބްރާހިމް

    އާން ތިމައްސަލަ އަށް އިންސާފު ލިބޭނެބާ ތި އިންތި އެއް ހޮވައިގެން......ހަމަ ޖެހޭނި ކޮންމެވެސް ގިންތިއެއްގަ...

    39
    1
  16. ކާފަބޭ2020

    ހުރިހާތަހުގީގެއްނިމި މިއަދަކީ މަރްހޫމްރިޟްވާނަށް އިންސާފްލިބުނުދުވަސްބާ؟ އެމަރުހޫމުގެނަންބޭނުންކޮށްގެން އާއިލާއިންތިޔަކުޅޭ ނާޗަރަންގީކިހާދުވަހަކުކުޅޭނެބާ؟ މައިވަންތަކަމާމެދުސުވާލު؟؟؟އެއާއިލާއަށްހެޔޮވިސްނުންދެއްވާ މަރްހޫމުގެފާފަފުއްސަވާދެއްވާށި އާމީން!

    37
    1
  17. ޙަސަން

    ޙަސަނާ
    ފެބުރުއަރީ 20, 2022 02:56
    ކުރިންވެސް ތީ މޑޕ ބައެއް މަސްހޫރުވެލަން މޮޅުއެއްޗެއްހަދާލީ މިހާރު ހެޑުލައިނައްނާރާ އުޅޭތާ ދުވަސްކޮޅެއްވީމަ ކަންނޭގެ ކިތައްދިވެހިރައްޔިތުން މަރާލާފަ ވެއްޖެތޯ މޑޕ ން ހަމައެކަނި ގޮވަނީ 2 މީހެއްގެ މަރުގެވާހަކަ އޭގެ ސިއްރެއްވެސް އޮންނާނެ ތާދޯ
    ކުރިނ ވެސް ތީ އެމް. ޑީ. ÷ޕީ ބައެއް. ޙަޤީޤަތް ތިޔަ ފެނުނީ

    26
    1
  18. ނާދިރާ

    އެންމެފަހުން ކަޅުވެން އަނގަޔަށް

    27
    1
  19. ޢިސްތިހާރުވާން އުޅޭ

    ޢަސްލުވެސް ނޫސްތަކުގެ ސުރުޚީ އަށް އަރަންވެގެން އުޅޭ ބަޔަކާ ވައްތަރީ އެހެން ނޫން ނަމަ ޕާރޓީއަށް ސޮއިކުުރިޔަސް އެވާހަކަ ކޮންމެހެން ނޫސް ތަކަށްދީ އިސް ތިހާރު ކުރާކަށް ނުޖެހުނީސް.

    34
    1
  20. ޙސ

    އެމް.ޑީ.ޕީން 6 ފަހަރަށް ބޮލަށް ގުއިލާފަ މޫނުގަ ތަފާޔެއް ޖެހިޔަސް މިމީހުންނަށް މިބައިގަނޑު ވަރެއް ނޯންނާނެ.

    22
    1
  21. ދިރާސާ

    ތިކަމުންކުރިފައިދާއަކީ ކޮބައިތޯ ރިލްވާނަށްވީގޮތް އެނގުނީތޯ މަރުކޮމިޝަނުން ރިލްވާނަށަ
    ވީގޮތްބަލާ ރިލްވާންއަންނާނެކަމަށް ބުނީތޯ ވީގޮތް ބޮޑަށް މޮޅަށްދެނެވޮޑިގަންނަވާނީ ﷲ
    ނަމެވެސް މަރުކޮމިޝަނެއްހަދާ ރިލްވާނަށް ހެދިގޮތްހެދިކަމްށް އަޅުވަންއުޅުނު ފަރާތުގެ ނުވަތަ
    ފަރާތްތަކުގެ ބޮލުގައިއަޅުވާ އެކަންއެގޮތަށް ސާބިތުނުވާކަމުގައި ދެކެން އެމް.ޑީ.ޕީގެ ރޭވުމުން
    ޕާޓީއަށްމީހުން އިތުރުކުރުމަށް މަރުކޮމިޝަނެއްހަދާ އަޑުތަކެއްއަރުވާފައިވޭ ނަމަވެސް އެކަމުން
    ބޭކާރު ޚަރަދުތަކެއްވެ ރިލްވާނުގެ މަންމައާއި، ދައްތަ އެމްޑީޕީ އާއި ގުޅުނުކަންފާހަގަކުރެވޭ
    މީތޯ މަރުވެފައިވާ ފަރާތްތަކާ ވީނުވީއެއްނޭގި ގެއްލިފައިވާފަރާތްތަކުގެ ހަގީގަށްހޯދުމަށް މަރުކޮމިޝަން ހެދުމުގެ ބޭނުމަކީ އެހެންކަމަށްވާނަމަ މަގްސަދުހާސިލެއްނުވޭ

    17
    2
  22. ކަޅު ހުއްތު

    މޑޕގަ ތިބި ޕާޓީގެ ޕަޕެޓުންތަކެއް ލައްވާއަލުން ސޮއެކުރުވީމަ އަންނަނީ ހިނި

    16
    1
  23. 2020

    މިއާއިލާގެ ކަމަކީ މަރުހޫމް ރިލްވާނުގެ ނަން ބޭނުން ކޮއްގެން ކޮންމެ އިންތަހާބަކައް ކެންޕޭނުކުރުން އެމްޑީޕީއައް. މީދެން އެނމެނައް އިގޭ ހަގީގަތެއް. މީއެމްޑީޕީން ވެސް ހަމަ އަބުރާ ގޭސްގަނޑެއް.

    23
    1
  24. ޙަަަހަ

    ޤައުމުގެ ރައްޔިތުން ވަރަށް ހާލުގައި ޖައްސާފި މި ސިޔާސީ ޕާޓީތަކުން ، އިންސާފެއް ލިބޭކަމަކަށް ނުވޭ ޕާޓީއަކާއި ނުގުޅުނިއްޔާ

    10
  25. ނަޒީ

    ސޮއިކުރިއިރު މަގޭދަރި މަގޭދަރި ކިޔާ ރޮއިހޭރުމެއް ނެތްތަ؟ ލަދުން ބޯހަލާކު

    13
  26. ޢަލީ

    ތީ ކުރިންވެސް އެމީހުން ވައި ވައްދައިގެން އުޅޭ ބައެއްނު، ވީކަމެއްޙަރާމް، ދެންވެސް ވާނީ އެހެން. ވަކި ޕާޓީއަކަށް ނުވެދެތިބިނަމަ މާރަނގަޅުވީސް، ހަމަގައިމުވެސް މަގޭ ތާއީދެއް ދެން ނުލިބޭނެ، އެންޑީޕީއަކީ މި ޤައުމުގެ ހަލާކު،

  27. ކޮރަލް

    ދީނައް ފުރައްސާރަ ކުރާ މީޙުންނާ އަދި އެމީހުންނަށް ތާއީދު ކުރާ މީޙުންނަށް ވެސް ނޫނެކޭ ބުނަން ޖެހެ އެވެ.

  28. ޒާ

    ތީވެސް ރިލްވާނޭ ކިޔައިގެން ދެއްކެން އުޅޭ . ސިޔާސީ ސްޓަންޓްތައް މީގެ ކުރިންވެސް ވަރަށް ޖެއްސި ދެ އަންހެނުންތީ. ރައްޔިތުން މިހާރު ނޫޅޭ ތި ދެއަންހެނުން ކުޅޭ ކުޅިވަރު ބަލާކަށް. އުޅެނީ ސިޔާސީ ގޮތުން މީހުންގެ ސަމާލުކަން ހޯދަން.