ސަރުކާރުން މިއަހަރުގެ ފުރަތަމަ ދޮޅުމަސް ދުވަސް ނުނިމެނީސް ހަމައެކަނި ދަތުރުތަކަށް ދިހަ މިލިއަން ރުފިޔާ ޚަރަދު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 10 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން ވަނީ ދަތުރުތަކަށް 10.7 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅައި ބަލާއިރު ތިން މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދަތުރުތަކަށް ޚަރަދު ކުރީ 7.7 މިލިއަން ރުފިޔާ އެވެ.

ސަރުކާރުން ދަތުރުތަކަށް ކުރަމުން އަންނަ ޚަރަދު އަންނަނީ އަހަރުން އަހަރަށް އިތުރު ވަމުންނެވެ. މިދިޔަ އަހަރު ނިމުނުއިރު ސަރުކާރުގެ ދަތުރުތަކަށް އެކަނި ވެސް 158.4 މިލިއަން ރުފިޔާ ޚަރަދު ކުރިއެވެ. އޭގެ ކުރިން 2020 ވަނަ އަހަރު ދަތުރުތަކަށް ސަރުކާރުން 128.6 މިލިއަން ރުފިޔާ ޚަރަދު ކުރިއެވެ.

ފާއިތުވި ދެއަހަރު ދަތުރުތަކަށް ނުކުރާ ވަރުގެ ހޭދައެއް މިއަހަރު ކުރުމަށް ވަނީ ބަޖެޓް ކޮށްފައެވެ. މިއަހަރު 203 މިލިއަން ރުފިޔާ ދަތުރުތަކަށް ޚަރަދު ކުރުމަށް ބަޖެޓް ކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ސަރުކާރުން ހަމައެކަނި ދަތުރުތަކަށް 10.7 މިލިއަން ރުފިޔާ ޚަރަދު ކުރިއިރު މިހާރު ވެސް މިއަހަރު ދައުލަތައް ލިބުނު އާމްދަނީއަށްވުރެ ކުރި ޚަރަދު އިތުރު ވެއްޖެއެވެ. މިއަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހާއި ހަމައަށް 2.6 ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދު ކުރިއިރު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ.

މިއަހަރަށް ފާސްކޮށްފައި ވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެތެރެއިން 9.4 ބިލިއަން ރުފިޔާ ހޯދަން ނިންމާފައި ވަނީ ދަރަންޏަށެވެ. މިއަހަރު ދައުލަތުގެ ދަރަނި ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް 100 ބިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަހާރެހެދި

    ބަލަ މިހިރަތަންދޮރުނުދަނަ މީހާ ގައުމުބަގުރޫޓްވާއިރުވެސް ދަތުރުމަދުނުކޮއް މެކުހަންޖަހާގެންދާއިރު އެއްވެސްކަމަކަންނުވިސްނާދައުލަތުގެފައިސާހިތުހުރިހާގޮތަކަންހަދަމުން ކައިރިގާތިބި މުންޑުކޯލީސަނައް ބިންތަކާ ފަޅުތަކާ ފައިސާތަކާ މިގައުމުފާނާކުރަނީތަ ؟އިންސާފުހަމަކުރާނެ؟އޮތީހުރަގެ؟ މިހިރަނުވިސްނޭ ތަންދޮރުނުދަނަމީހާގަޑާ؟އިސްތިއުފާދީފައި ރަށައްދޭބަލަ؟؟

    8
    1
  2. ކާފަބޭ2020

    އަދިކިރިޔާ އެންމެދިހަމިލިއަން؟ ތިހާވަރުންތުންމެޓައެއްވެސް ނުހޯދޭނެ! އަދިދާކޮންމެތަނަކަށްއެއޮއްސާވައުދުބޮނޑިންވެސް ޗާކަންތައްއޯކޭވާނެދޯ؟ 23 ކައިރިވާތީ ބަހާނެރުފިޔާފައިސާ ބޯކޮށްހޯދަންޖެހޭނެދޯ؟ 18 ހޯދަންނެގިރުފިޔާފައިސާމިއުޅެނީ އައުޓުގޮވާމީހުނާހެދި ބޯކޮށްނުދެވިގެން ވީމާ ދެންޖެހޭނީބޯކޮށް އެތެރެކުރަންދޯ؟

  3. ވިކިލީކުސް

    ދަތުރުތަކަށް 10 މިލިއަން ޚަރަދުވީ ވެރިންގެ އުފާތަކަށް... މުނިފޫހި ފިލުވުމަށް. ނަމަވެސް ރައްޔިތުމީހާގެ ފުދުންތެރިކަން ހައްތަހާ ފަހަތަށް ދާތަން މިފެންނަނީ. ޚަރަދުތައް ކުޑަކުރާނަމޭ ކިޔާފަ ކެމްޕޭނުކުރި އެމްޑީޕީން ރައްޔިތުންނަށް ބޮޑުތަނުން އޮޅުވާލައިފި.