އިންތިހާބު ނިމެންދެން ގޭބަންދުން މިނިވަން ކޮށްދިނުމަށް، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މަހުލޫފުގެ ސަރުކާރުގެ އޯލް ޕާޓީ ޓޯކްސްގެ ޗެއާ އަދި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއަށް އެދިވަޑައިގެންފިއެވެ.

އިދިކޮޅު ފަރާތްތަކުން މަޝްވަރާ އައުމަށް ޝައިނީ އިއްޔެ ގޮވާލެއްވުމާ ގުޅިގެން، މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ޝައިނީ ހެޔޮފުޅު ކަމުން ކުރައްވާ ކަމަކަށް ވަނީނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމެންދެން އޭނާ ގޭބަންދުން މިނިވަން ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މަހުލޫފުގެ ޓުވީޓީޓުގައި އިތުރަށް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަން ވިދާޅުވަމުން، ޝައިނީއަށް އޭނާ މިނިވަން ކޮށްވޭނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ކޯޓުތަކުގައި ރައީސް ޔާމީންގެ ނުފޫޒެއް ނުވާ ކަމަށް ވިދާޅުވިޔަސް ލީކުވެފައިވާ ބަޔާންތަކުން ރައީސް ޔާމީންގެ ނުފޫޒު އެބައޮތް ކަން ސާފު, ޝައިނީއަށް އެކަން ކުރެއްވޭނެ" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު މިހާރު ހުންނެއްވީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ގޭބަންދުގައިއެވެ. މަހްލޫފަށް، އެ ދައުވާ ކުރަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި މަރަނީ ކަމަށާއި އެކަމުގެ ޒިންމާ ކަރެކްޝަންސް އިން ނަގަން ޖެހޭނެ ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

މަހްލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ ގައިދީން ޖަލުގައި މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ބޭސް ފަރުވާ ނުދީ ސީދާ މަރަނީ ކަމަށެވެ. އެހެންވެ މިކަމުގެ ޒިންމާ ކަރެކްޝަނަލް ސާވިސްގެ ވެރިން އުފުއްލަވަން ޖެހޭނެ ކަމަށް ވެސް މަހުލޫފް ވިދާޅުވެފައިވެއެވެ. އަދި އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރެއްވި އިރު ޖަލުގެ ހާލަތާ ގުޅޭ ގޮތުން ޝަކުވާ ކުރެވުނު އަދަދު ވެސް ނޭނގޭ ކަމަށް ވިދާޅުވިއެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ މަހްލޫފަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ މައްސަލައިގެ އިތުރުން ނިރުބަވެރިކަމުގެ ދައުވާއެއް ވެސް މަހްލޫފަށް ދައުލަތުން ކުރެއެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.

މީގެ ކުރިން ވެސް މަހްލޫފަށް ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ، 10 މަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ތަންފީޒުކޮށް، މިދިޔަ އަހަރު ވަނީ ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޙަމެ

    ޢިންތިހާބު ނިމެންދެން ހުރިހާ ކުއްވެރިންވެސް ދޫކޮއްލަން ވީނު
    .މަހުލޫފް އެގޮތް ކިހިނެތް.

  2. ޚަަކު

    ކައެ ބޭނުންހާ ގޮތެއް ވޭތަ؟

  3. މަރީ

    މިދިވެހިރާއްޖޭއާއި ބެހޭގޮތުން ބޭރު ޤައުމުތަކަށް ނުބައި މައުލޫމާތު ދީ ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ ހަދާމީހަކު ހުންނަނަޖެހޭނެ ގޮތަކީ ތީ.

  4. މުހައްމަދު

    ނަމަ ތިޔަ ސޮރު ދޫ ނުކުރާތި.... ތީ މިގައުމަށް ދިމާވެފައި ހުރި ބލއއ...... މިގައުމު ފަސާދަކުރާ އެންމެ ބޮޑު.........

  5. ނޫނު

    މީނަ އަދި ކަންކަމަށްވެސް އެދޭތަ ކިޔާނެހާ އެއްޗެއް ކިޔާފަވެސް

  6. ހަންބުރި

    ތި ދައްޖާލު ދޫނުކުރާތި

  7. މީ

    މިކަލޭގެ ދޫކޮއްފަ ޖަލުގަދެންތިބީ ދިވެހިރައްޔިތުންނެނޫދޯ އަމިއްލަމީހާވަރުގެ މީހެއްނެތިގެންއުޅޭމީހެއްތީ އެއްގޮތަކައްވެސް ދޫކުރާނެކަމެއްނެތް އެއުޅެނީ މުޒާހަރަތްނުކުރެވިގެން

  8. ހުސްނޫ

    އަހުރެން މިއަންނަ ދައުރު ނިމެންދެން މިނިވަންކޮށްދާ

  9. ޢަފްލާ

    މަހޭ އޮންނަންޖެހެނީ ޖަލުގަ އެކަމަކު ރަނގަޅު ކަމުން ގޭބަނދު ކުރީ

  10. Anonymous

    މަރުހަބާ

  11. ހަސީނު

    އަހަރެން ވަރަށް އާދޭހާކު އެދެން މަހުލޫފު މިކޮމެންޓްތައް ކިޔުން.

  12. އަހަންމާ

    ނުކުރާނަން.. ދޫކޮށްފިއްޔާ ނުދޭނަން ވޯޓެއް.

  13. ތުންފުހި

    އެއީ ކީއްވެ؟ ބަންދުގަ ތިބި އެހެން މީހުންނޯ!! ކަލޭ ތީ ކާކު؟ ނުދެނަހުރިން.

  14. ޕްލީޒް

    އިންތިޙާބު ނިމެންދެން ރީލޯޑް ކޮއްލަ ދީބަލަ

  15. އަބްދުއްލާ

    މިކަލޭގެ އިންތިހާބު ނިމެންދެންވެސް އޭގެ ފަހުންވެސް ކުޑަ ގޮޅިއަށް ލާންފެނޭ

  16. ޖޮއްބެ

    ރަމްޟާން މަސް ނިމުމުގެ ކުރިން ޖިއްނިޝައިޠާނުން ވެސް ދުލެއް ނުކުރައްވާ.

  17. ލަލަލާ

    ގުންޑާއިންގެ ސަރުދާރު.

  18. މެސީ

    އިންތިހާބު ނިމެންދެން މީނަ ގޮޅިއަށްލާފަ ފޯނާ އެއްޗެހި އަތުލަންވީ. ފިތުނަ ފަސާދަ އުފެއްދުން ނޫން ކަމެއް ނުކުރޭ!

  19. ގ

    މަހުލޫފު ވާދަކުރަންފެނޭ

  20. ހުސޭނުބޭ

    ކަލޭ ތިއީ އިންތިޚާބުތަ! ދޫކޮށްލަން!

  21. ގޭބަންދު

    އިންތިޚާބު ނިމެންދެން ގޭ ބަންދަށް ދޫކޮށްދިނުމަށް އެ އެދޭ ސަބަބަކީ މަހްލޫފަށް ޔަގީން ވަނީ އެމްޑީޕީ މި އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް. އޭރުން ދެން އޭނަ މިނިވަންވީ. އެކަހަލަ މަޅި ޖަހަން އެ އުޅެނީ.

  22. ޥަހީދު

    ލީކުވެފައިވާ ލިޔުން ތަކުން ޔާމީނުގެ ނޔފޫޒު ފޯރާވާހަކައެއް ސިދާކޮށް ބުނެފައެއް ނެތް އެކަމަކު ޤާސިމްއާއު މައުމޫނާ މެދު މާސާފުކޮށް ބުނެފައިވޭ