މާލޭގައި ކެފޭގެ އުސޫލުން ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަނުން އާއްމުކޮށް ހިދުމަތް ހޯދާ މީހުންގެ އަދަދު 1118 ދިވެހިން އެބަތިބި ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް ޑްރަގް އެންފޯސް ޑިޕާޓްމަންޓުން އިސްކަންދަރުކޮށީގައި މިހާރު ކުރިއަށް ގެންދާ "މީޑިއާ އިވެންޓް" ގައި އެ ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، "ޑްރަގް ކެފޭ" ނުވަތަ އައްޑާތަކުން އާއްމުކޮށް ހިދުމަތް ހޯދާ މީހުން ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މީހުންގެ ތެރެއިން 305 މީހުންނަކީ ޑުރަގް ފަރުވާއިން ވަކި ކޮށްފައިވާ މީހުން ކަަމަށެވެ. އަދި 141 މީހަކީ ދެވަނަ ހުކުމެއް ކޮށްފައިވާ މީހުން ކަމަށެވެ. މައްސަލަ އަނބުރާ ފޮނުވާލާފައިވާ 101 މީހަކުވެސް މީގެ ތެރޭގައި ހިމެނެއެވެ. ޑްރަގް ކެފޭތަކަށްދާ މީހުންގެ ތެރެއިން 217 މީހަކީ ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް ކޯޓްތަކުން އަމުރު ކޮށްފައިވާ މީހުންނެވެ. މި މީސްމީހުން ނިސްބަތްވާ ރަށްރަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މަސްތުވާތަކެތީގެ އައްޑާތަކުން އާއްމުކޮށް ހިދުމަތް ހޯދާ 139 ބިދޭސީއަކު ވެސް އެބަތިބި ކަމަށާއި އެއީ ބަންގްލަދޭޝްގެ 134 މީހަކާއި އިންޑިއާގެ ތިން މީހަކާއި އަދި ލަންކާގެ ދެ މީހަކު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި އައްޑާތަކުން ހިދުމަތް ހޯދާ ދިވެހީންގެ ތެރޭގައި ދިރިއުޅޭނެ ވަކި ތަނެއް ނެތި، މަގުމަތިވެފައިވާ 63 ދިވެހިން އަދި ބަންގްލަދޭޝްގެ ހަތަރު މީހަކު އުޅެ އެވެ.

އޭގެ އިތުރުން 65 އަންހެނަކާއި އުމުރުން 50 އަހަރުން މަތީގެ 56 މީހެއް އަދި އައްޑާތަކުން ގަވައިދުން ހިދުމަތް ހޯދާ 14 ކުޑަކުއްޖަކު ވެސް ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވިއެވެ.

ފުލުހުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވުމަށް މީހުން އާއްމުކޮށް ދާ 34 ތަނެއް ބަންދުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ގެތަކުގެ ވެރިންގެ މައްޗަށް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ ވެސް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    ހުރިހާ ކަމެއް އެނގި ތިބެމެ ދިވެހި ފުލުހުން އެމީހުން ހައްޔަރު ނުކޮށް ތިބެނީ ކާކުބުނެގެން؟ ނޫނީ ކާކަށް ބިރުން؟ ހައްޔަރު ކުރާ ޑްރަގު ބޮޑެއް ވިއްޔާ ފުލުހުންގެ އިހުމާލުން ދޫވެގެން ދާތަން ފެންނަނީ.. އިޖުރާތު ފުރިހަމަ ނުކޮށް ހައްޔަރު ކުރުމާއި ކަމަކަށް ކަމެއް ކުރާ އުސޫލުން ކަންކަން ކުރީމަ ދޫވެގެން ދަނީ.. 1 ޕެކެޓް ފެންނަ މީހާއަށް 10 ބާރަ އަހަރު ޖަލު ހުކުން އަންނަ އިރު 100 ކިލޯގެ މައްސަލާގައި ނަގާ މީހާ ދޫވެގެން ދާ ސަބަބު ހޯދައި އެކަން ޙައްލުކުރަން ޖެހޭ.. ވަކި ގޭންގަކަށް ބިރުން ފުލުހުން އުޅެގެން ނުވާނެ..

    10
  2. އަބްދޫ

    ރާއްޖެ އިން ޑްރަގް ނުގހުއްޓުވިގެން އުޅޭ ސަބަބަކީ ޑްރަގް ރިހިބިލިޓޭސަން ސެންތަރުތައް. ޑްރަގް ވިޔަފާރި ހުއްޓިދާނެތީ ކުރާކަމެއް ފަރުވާގެ ނަމުގަ ސެންތަރުތަކެއްހެދުން ވެގެން ދރަނީ. މުޖްތަމައުން ޑްރަގް ބޯމީހުން ހުސްވެއްޖެނަމަ ޑްރަގް ވިޔަފާރި ވެސް ހުއްޓިގެންދާނެ. ޑްރަގް ބޯ ހުރިހާއެންމެން ޖަލުތަކުގަ ބަންދުވެއްޖެނަމަ ޑްރަގް ގަންނާނެ މީހަކު މުޖްތަމައުގަ ނޫޅޭނެ. މިހެންވެ ޑްރަގް ނުހުއްޓި ވިޔަފާރި ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތްހެދުމުގެ މަގްސަދުގަ ޑްރަގް ރިހިބިލިޓޭސަން ސެންތަރު ހަދާފަ ހުންނަނީ. ރާއްޖެއަށް މިހިޔާލު ދިނީ ބޭރު މީހުން.ޑޮްރަގަށް ހޭލުންތެރިކުރުމުގެ ނަމުގަ އިސްތިހާރުކުރުވީ ވެސް ބޭރުމީހުން. ވީމާ ޑްރަގް ރިހިބިލިޓޭސަން އުވާލުމަށްފަހު ޑްރަގް ބޭނުންކުރާ އެންމެން ޖަލުތަކުގަ ހުކުމް ތަންފީޒު ކުރަންފެށުމުން ރާއްޖެއިން ޑްރަގް ނެތިގެން ހިގައިދާނެ.

    12
  3. ދޮންބެ

    ކޮބާތަ ހައްލަކީ...؟ ހަމަ އުމަރު ދޯ....!!!

    4
    1
  4. Anonymous

    ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު،
    މިހުރިހާކަމެއްގެ ތަފްސީލް އެގޭއިރު ކީއްވެބާ ގާނޫނު މިކަން ކުރާ ފަރާތްތަކާ އަރާ ހަމަ ނުކުރެވެނީ،
    ވަރައް ސަލާން

    • މޯދީ

      ތިޔަސުވާލުކޮށްބަލަ މިޤައުމުގެ ސިޔާސީ މީހުންނާ، ފަނޑިޔާރުންނާ.

  5. ހުއްނޫ

    ހުސް ދޮގު. އަނެއް ޑުރާމާ. މިއީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ދިވެހިންގެ ރުހުން ހޯދުމަށް ކުޅޭ ޑުރާމާ. ބަލަގަ އިންޑިއާ ސިފައިން ރާއްޖޭގެ އެކި ރަށް ރަށުގަ އުޅޭ ޢަދަދު ހާމަ ކޮށްބަލަ ދިވެހިންނަށް. ހަމީދުމެން އެބަޖެހޭ ނޫންތޯ ހަމީދު މެންގެ މޑނ ގެ ނެޓުވޯކުގައި ޖެހި އަރަގު ވެފައި ތިބި ޒުވާނުންނާ މުސްކުޅިންނާ އަންހެނުންގެ އަދަދު ހާމަކުރަން. އިންޑިއާ އަށް ރާއްޖެ ވިއްކާފަ ދެން ކޮން ޑުރާމާ އެއް ކުޅޭކަށް. އިބޫގެ ނުފުށުން ހިނގާ ސަރުކާރުން ކުޅޭ ޑުރާމާ ތަކަށް ރަތްޔިތުން ތިބީ ހޭލާ.

  6. ހުސޭނުބޭ

    ފުރިހަމަ މަޢުލޫމާތު ލިބޭއިރުވެސް ނުހުއްޓުވެނީ ކީއްވެ. އަނެއްކާ ކަލޭމެންގެ ހިއްސާ އޮތީތަ

  7. ނޯ

    ބިދޭސީން ފޮނުވާލެވެންޖެހޭނޭ.

  8. ދޭސީ ކާޅު

    ސުވާލަކީ ބޭރުގައުމުތަކުގެ މީހުން ޑީޕޯޓް ނުކުރެވިގެން އުޅޭސަބަބަކީ ކޮބައިހޭ. މިގައުމުގައި ދޭސީ އެކޭ ބިދޭސީންގެ ހައްގު ބޮޑުވަނީ ކީއްވެހޭ

  9. Anonymous

    އެހެންވީ ކަލޭންނަށް މަތމައްޗަށް ޕްރޮމޯޝަން ދޭންވީ ީީި ކަލޭމެން ތިޔަވަރު އެނގުނުކމަށްޓަކައި. ލަދެއް ނުގަނޭދޯ ތިމާމެންގެ އާރެއް ބާރެއް ނެތްކަން އިގޭއިރުވެސް ޔުނީފޯމް ލައިގެން ތިބޭކަށް.

    • ފައިލަސޫފި

      ފުލުހުންގެ ބޮލަށް ކަނޑާލީމަ ތިމާމެންގެ ޒިންމާއިން ބަރީއަވީކަމަށް ހީނުކުރައްޗޭ. ކޮބާތަ އެމީހުންގެ މައިންބަފައިންނާއި ޢާއިލާ. މުންކަރާތް ނަހީކުރުން އެންމެންގެ މައްޗަށް ދީނުގައި ލާޒިމުކުރޭ. ފާޑުކިޔަން ނުތިބެ އެކުދިންނަށް ނަސޭހަތްދީ ވީވަރަކުން އެކަމުން އެކުދިން ދުރުކުރުމަށް އެންމެންވެސް މަސައްކަތްކޮށްބަލަ .

      5
      2
  10. ސޯޓޭ

    އަނެއްކާވެސް ބުނެބަލަ ފުލުހުންނަށް އިތުބާރުކުރާށޭ. ކިހިނެއް ކުރާނީ ތިޔަތިބީ މާމޮޅުކަމަކަށް ވެގެން ސޯޓް ބޭލިލެއް ތިރިކަން.

  11. ބޮޑުވަޒީރު

    އެހެންވީ ކަލޭންނަށް މަތމައްޗަށް ޕްރޮމޯޝަން ދޭންވީ ީީި ކަލޭމެން ތިޔަވަރު އެނގުނުކމަށްޓަކައި. ލަދެއް ނުގަނޭދޯ ތިމާމެންގެ އާރެއް ބާރެއް ނެތްކަން އިގޭއިރުވެސް ޔުނީފޯމް ލައިގެން ތިބޭކަށް.

  12. މައިކް

    ކުރަންބޭނުން ވެއްޖެނަމަ ކުރެވޭނެ ކަންކަންތިޔައީ ފުރަތަމަ ކަމަކަށް އިއްޒަތެރި ގާނުނު ހަދާ މެންބަރު ހިތްވަރާއެކު ގާނޫނުތަކަށް މި ބަދަލުތައް ގެނެސްދެއްވާ..
    1. ބަލާފާކުރަނިކޮށް މަސްތުވާތަކެތި އެއްވެސް މިންވަރަކަށް ފެނިޖެނަމަ 2 އަހަރުގެ ރިހިބިލިޓޭސަން ޕްރޮގުރާމެއްގައި އެކަހެރި ކުރެވިގެން ފުރިހަމަކުރުން.
    2. ޕޮޒިޓްވި ވުމާއެކު ވެސް އިތުރު އެއްވެސް ގޮތެއްނެތި ވަގުތުން ކުރިން ބުނި ރިހިބިޓޭޝަން ޕްރޮގުރާމަށް ފޮނުވުން.
    3. ބިދޭސީއެއް ނަމަ އުމުރަށް ވަގުތުން ޑީޕޯޓްކޮށްލުން
    4. ރިހިބިލިޓޭޝަން ތަކަކީ އިސްލާމީ އިލުމާއިި މަސައްކަތްތަށް ދަސްކޯސްދޭ ތަންތަނަށް ބަދަލުކޮށްހިންގުން.
    5. ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ މަސައްކަތްތތަކުގައި މިފަދަމީހުން ގާތުން ސުޕަވވައިޒްކޮށްގެން ބޭނުންކުރުން.
    6. ގޭންގ ނަންތައް ބޭނުންކޮށްގެން ރަޖިސްޓްރީކޮށްފައިވާ ކުލަބު ޖަމިއްޔާތަކާ ވިޔަފާރިތަކަށް ދީފައިވާ ހުއްދަތައް ބާތިލުކޮށްލާ.
    ހިތްވަރެއް ހުރިއްޔާ މި 6 ކަންތައްކޮށް ރަގަޅަށް ތަންފީޒްކުރާތާ 5 އަހަރުތެރޭގައި މިކަމުން މިގައުމު ސަލާމަތްވާނެ. ނަޒާހަތްތެރިކަމަކީ އަގައިންް ބުނާ ބަހަކަށް ނުހަދާ އަމަލުން ދައްކަވާ

  13. މިތުރާ

    ޜައްޔިތުން ނުކުމެ އަށްޑާ ތައްބަންދު ކުރަންވީނުން، ފުލުހުން ލޭކޮށައިގެން އެމީހާކު ކޯޓަށް ގެންދާތަނުން މަތީފަރާތުން ބިރުވެރި އަމުރެއް އަންނާނެ ދޫކޮށްލަން،،،،

  14. ތެޔޮބިޑި

    ކުދިއައްޑާތަކެއްގެވާހަކަ ކޮބާވީއިޕީ އައްޑާތައް އެތަންތަނުގަތިބޭ ހިދުމައްދޭން ކައްކާއިން ވޭޓަރުން ޑުރައިވަރުން ކެރިއަރުން މީބޮންދުންގެވަޒީފާ މިތަންތަނުގެ ދޮރުވެސް ހުއްނައަނީ އެމްސީ ހަމީދުބުނިގޮތައް ސޭފްޓީކަންތައްބަލާއިރު ބޭރުން އެންވިޔަފާރިއެއް އެތެރޭގަ ބޮޑުކައްކާ ނޫނީބޮސް އައްޑާ މެނޭޖާރް ކޮފީދަމަން ހުރިހާ އަދަބެއް މަގުމަތީގަ އުޅޭނިކަމެތިންނައް މިވަރުކަމެއްކުރެވޭނެތަ މިލިއަނުން ނެއްބަޔަކައް

  15. ކޮރަލް

    މީޙުން ނޫޅޭ ރަށެއްގަ ޖަލު ހަދައިގެން ހައްލު ކުރަން ފަސޭހަ ވާނެ އެވެ.

  16. ގަވާއިދު

    ޑްރަގް އައްޑާތަކުން "ގަވާއިދުން ޚިދުމަތް ހޯދާ" ބަޔަކު އުޅޭ ކަމަށް ވަންޏާ، އެ ގަވާއިދެއް ހެދި ފަރާތެއް އެބަހޯދަންޖެހޭ ނޫންތޯ؟ ގަވާއިދުން ކަމެއް ކުރުމަކީ މަނާ ކަމަކަށް ވެދާނެބާވައެވެ؟ އަޅުގަނޑުމެންނަށް އެނގިފައި އޮންނަނީ ޑްރަގް އައްޑާތަކުން ގަވާއިދުން ޚިދުމަތް ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

  17. ޏ

    ރާ އްޖޭގަ އި އުފެ ދިފަ އިވާ ޑްރަގު އަ އްޑާ ތަކަކީ ސީދާ
    ގޮތެ އްގަ އި މާފިޔާ އާ ގުޅިފަ އިވާ އަ އްޑާތަކެވެ މާފިޔާގެ
    ވިޔަފާރިތަކެކެވެ މާފިޔާ އިން ރާ އްޖެ ހިސޯރުކޮށް މިތަނުގެ
    އަމަން އަމާން ކަމާ އި މިނިވަންކަން ވި އްކާލުމަށްފަހު ފިލަން
    ދާން ޔޫރަޕުން ވަނީ ބިމާ އި ގޯ އްޗާ އި މުދާ ޖަމާކޮށްފަ އެވެ
    ދިވެހިން ހީކުރާގޮތާ މުޅިން ޚިލާފަށް މާފިޔާ އިންގެ ރޭވުން
    އިންއތިހާ އަށް ނުރަ އްކަލެވެ!

  18. ބެހޭމީހާ

    ބޭކާރު ވާހަކަ. ތިކިން ނޭގޭ މީހަކު އެބަ އުޅޭބާ؟

  19. ޑައެލޯގް

    މިއީ އިންޑިޔާ ފެރީރާއްޖެއަށް އައިފަހުން ގިނަވެގެންއުޅޭއެއްޗެކެވެ. މިއީ އިންޑިޔާ އަޑީގައިއޮވެގެން އެގައުމުގެ ސިފައިން މިތާ ބޭތިއްބުމަށްކުރާކަމެކެވެ.

  20. އަހައްމަދޫ

    ތިއެންމެން ހައްޔަރު ކޮށްބަލަ. އަދަދު ތައް ކިޔާލަ ކިޔާލަ ނުތިބެ. ފަހުން ހެކި ހޯދަން ދުއްވައިގަންނާނީ