ރާއްޖެ އިން މިއަދު ކޮވިޑް-19 ބަލީގައި ދެވަނަ މީހަކު ނިޔާވެއްޖެއެވެ.

ކޮވިޑް ބަލީގައި އެންމެ ފަހުން ނިޔާވެފައި ވަނީ 95 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.

މިއާއެކު، ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 293 އަށް އަރައިފައެވެ.

ރޭ ދަންވަރު ވެސް ކޮވިޑް ބަލީގައި އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވެއެވެ. އެމީހާ ވެސް ނިޔާވެފައި ވަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދުވަސްވީ މީހަކި ތިޔަ ފެސިލިޓީއަށް ވައްދައިފިއްޔާ ނެރެނީ ގަބުރު