އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދައުރު ކުރުމަށް ތައްޔާރުކޮށްފައި މިވަގުތު ވެސް 200 ޓަނުގެ ހެރޮއިން ހުރިކަން ހޯދިފައިވީ ނަމަވެސް އެކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މީޑިއާ އިވެންޓުގައި ފުލުހުން ވަނީ މަސްތުވާތަކެއްޗާ ގުޅޭ ގޮތުން މީގެ ކުރިން ފުލުހުން މީޑިއާއަށް ހާމަކޮށްފައި ނުވާ އެތައް މައުލޫމާތެއް ކިޔައި ދީފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ރާއްޖެ ހިމެނޭހެން އިންޑިއާ ކަނޑަކީ ވަރަށް ބޮޑު ކަނޑަކަށް ވުމުން ވަރަށް ގިނަ "ބްލައިންޑް ސްޕޮޓްސް" ނުވަތަ މީހުން އާންމުކޮށް ގޮސް ނޫޅޭ ސަރަހައްދުތައް ހުންނަކަން ހާމަ ކުރައްވާ ފުލުހުން ވިދާޅުވީ ޑްރަގުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ "ބްލައިންޑް ސްޕޮޓް"ތަކުގެ ބޭނުން ހިފާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވެސް އާންމުކޮށް މަސްވެރިން ވެސް އަދި ސިފައިންނާއި ފުލުހުން ވެސް ގޮސް ނޫޅޭ ސަރަހަށްދުތައް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ދެނެގަނެ އެ ސަރަހައްދުތައް ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަކީ މާލީ ގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން އެ ސްޕޮޓްތައް ދެނެގަތުމުގެ ގާބިލިއްޔަތުކަން ހުރި ބައެއްކަންވެސް ފުލުހުން ހާމަކުރިއެވެ.

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އިތުރުވެފައިވާއިރު މިހާރުވެސް އިންޑިއާ ކަނޑުގައި ރާއްޖެވެސް ހިމެނޭހެން ދައުރުކުރުމަށް 200 ޓަނުގެ ހެރޮއިން ތައްޔާރަށް ހުރިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އެ މަސްތުވާއެއްޗެހި ރާއްޖެ އާއި ހިސާބަށް ވާސިލްވާނެ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ކަނޑު މަގުން ރާއްޖެއަށް މަސްތުވާތަކެތި އާންމުކޮށް އެތެރެ ކުރަނީ އަފްޣާނިސްތާން، ޕާކިސްތާން ފަދަ ގައުމުތަކުން ކަމަށާއި އެފަދަ ގައުމުތަކުން މިހާރު މަސްތުވާތަކެތި އުފައްދާނެ މޮޅު ގޮތްގޮތް ހޯދާފައިވާ ކަމަށެވެ.

މިގޮތުން މިހާރުވެސް ދައުރުކުރުމަށް 200 ޓަނުގެ މަސްތުވާތަކެތި ތައްޔާރަށް ހުރިއިރު އަދި މާ އަވަހަށް މާ މޮޅަށް މަސްތުވާތަކެތި އުފައްދާނެ އާ ގޮތްގޮތް މިހާރު އެގައުމުތަކުން އީޖާދުކޮށްފައިވާކަން ފާހަގަ ކުރައްވާ ސީޕީ ހަމީދު ވިދާޅުވީ އެކަން އެގޮތަށް ކުރާއިރު އެކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށެވެ.

އަދި ކަނޑު މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ އެކަން ކުރަމުން އަންނަނީ ވަރަށް ރަނގަޅަށް ހިސާބު ޖަހައިގެން ބެލުމަށް ފަހުގައި ޕްލޭން ކުރެވިގެން ކަމަށެވެ. މިގޮތުން އަބަދުވެސް އެކަން ކުރަމުން އަންނަނީ އެއިރަކު ކުރެވެން އޮންނަ ގޮތެއް ބަލައިގެން ކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ އާންމުކޮށް އެގޮތަށް ބޭނުންކުރާ ބްލައިންޑް ސްޕޮޓްސްތައް ކަވަރ ކުރުމަށް އޮޕަރޭޝަންތައް ކުރިޔަށް ގެންދަން ފެއްޓުމުން އަނެއްކާވެސް އެމީހުން އެކަން ކުރާ މަގުތައް ބަދަލުކޮށް ޓްރެންޑް ބަދަލުކޮށްލާ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ހަސަނާ

    އިންޑިއާ ސިފައިން އަރުވަން ދައްކާ ބަަހަނާ

    108
    6
    • We

      ތި ފޮޓީޯތަކުން ތިފެންނަނީ އިންޑިޔާއިން ކުނިބިސް ގެންނަ ބޯޓްތަށް އެހެންވީމަ ތި ހުރިހާ ޑުރަގް އެތެރެ ކުރަނީ އިންޑިޔައިން އަދި ޗޮކުންފެރީއަކީ އެބާވަތުގެ އެއްޗެހި އެތެރެކޮށް ޑިސްޓިބިއުޓް ކުރަންބޭނުންކުރާ މައި އުޅަދު ކަމަށްވެސް ވެދާނެ ދިވެހި ކޯސްޓްގާޑަށް ޗެކްކުރުމުގެ ހުއްދައެއް ނޯންނާނެ ދެންތިބެންޖެހެނީ އިންޑިޔައިން ހާވާ ހަޑީގެ ދަށުވެފަ މޑޖ ހަމީދު ދެއްކިވަހަކަ އަޑުހާ

      15
      1
  2. ގުލާބު

    އިންޑިއާސިފައިން ނެތިނުވާނެކަމައްނުސީދާކޮއް އެތެރެކުރާގައުމުތަކުގެ ނަންބުނިއިރުވެސްނުބުނޭ އެގައުމުގެވާހަކަ އެކޮޅުން އެތެރެނުކުރަނީތަ ހަމަހިލަވެއްޔާ ބޮޑުލިލައެކަނިތަކުރަނީ ހަބަރުތަކުން ފެއްނަނަނީ މުޅިގައުމު އެވިއަފާރީގައުޅޭތަން ފިލްމީދާއިރާވެސް މިހާރުމުޅިދުނިއެއްބެލިއަސް ރަޝިޔާނޫނީ އެއްމެގިނަމަސްތުވުމާ ރޭޕްގައުޅެނީ އެމީހުން އަދި ބޮޑުޒުވާންއާބާދީއެއް ރާއްޖެ ކުދިންނައްވެސްއެގުނީ އެމީހުންގެފިލްމުތަކުން

    86
    4
  3. ޖާނޭ

    އިންޑިއާ ސިފައިން ތިބޭނެ ނޫންތޯ 3 ބިހުން 2 ބިސް ހިފައިގެން ބިސްގަޑުއަޅަން. ހުސްގުބޯވާހަކަ.
    ޢިންޑިއާ ސިފައިންގެ ފައުޖުތައް ރާއްޖޭގައި ވަށި ބާލަން ދައްކާ ދޮގުވާހަކަ

    100
    6
  4. ތިހަދަނީދޮގު

    ތިހާވަރަށްމައޮލޫމާތުހޯދުނުގޮތަށްތިއަކަންތަށްހުއްޓުވެންވެސްވާނެ

    85
    2
    • ީުތީ ކާކު

      އޭ ކީކޭ ތިލިޔަނީ ކަލޭ ދޭތެރެ ދުރުކުރުމެއް ވެސް ނޯވޭ ތަައް؟

      7
      1
      • މި ހަދަނީ ތެދު

        ދޭތެރެ ދުރު ކުރާ ބޭސް ބޭނުމެއް ނުކުރަމޯ

  5. ވަސްއެބަދުވައޭ

    ތިހާވަރަށް ޑުރަގުގެ ވާހަކަ ތިދައްކަނީ، ރާއްޖެ މަގުން ޑުރަގު ދައުރު ކުރަނިއްޔޭ ކިޔައިގެން، ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޑިޔާ ސިފައިން ޤާއިމް ކުރަންހެން ހާދަ ހީވެޔޭ!
    ރާއްޖޭ އޮތީ ކަނޑުބޯޓު ފަހަރު ހުރަސްކުރާ ކަނޑުއޮޅިއެއްގަ.. އެހެން މުދަލެކޭ އެއްގޮތަށް ޑުރަގުވެސް ހަމަ މިރޫޓުން ހުރަސްކުރާނެކަން އަހަރުމެން ރައްޔިތުންނަށް ސާފުވެޔޭ!
    ބޮޑު މަންޒަރު ވަރަށް ސާފު، ޑުރަގޭ..ޑުރަގޭ..ޑުރަގޭ..ޑުރަގޭ..ޑުރަގޭ..ޑުރަގޭ ކިޔައިންގެ ތިޔައުޅެނީ އެހެން ބޭނުމެއް ފުއްދަން..
    ހެޔޮ ނިޔަތެއްގައި ކުރާ ކަމެސް ނޫން ތިޔައީ..
    ތިޔައުޅެނީ މަޑު މަޑުން ރައްޔިތުންނަށް ވިސްނައިދޭން ޑުރަގުގެ ވަބާ ނައްތާލެވޭނީ އިންޑިޔާ ސިފައިން ރާއްޖޭގެ ބައިތިއްބައިގެންނޭ!

    85
    3
  6. މީޒްލީ

    މީއަޅެއް ކޯޗެއް ކިޔާބައެއްތަ؟ ބަޑިއެއް ބަޑިބޭހެއް، ޕަޓާހެއް އެތެރެއް ނުކުރެވޭ! އަކަމަކު މަސްތޫތު އަބަދުވެސް އެތެރެ ކުރެވޭ ކަމާއި އެކު ނުހުއްޓުވޭނެކަން ވެސް އެބަ ބުނެ އިޢުލާން ވެސް ކުރަނީ! ބޯހަލާކު!

    13
  7. ދެންނުވާނެ

    ދެން އަހަރަމެން ކީއްކުރާނީ. ކަލޭމެންނާ ހަވާލުކޮށްފައި އޮތީ ބަޖެޓް ބޯކޮށް ދީފަ. އެހެން ގަޑެއް ތި ގަންނަނީ

    11
  8. ޙަަަހަ

    އަނެއްކާ ވާހަކައެއް ފަޅާލީތަ ، އިމްރާން ހުރެގެން ތިޔަތަނުން ނެރޭ ރިޕޯޓްތައް ޞައްހަވާނެކަމަަށް ނުބެލެވެ ، އެހެން ނޫނަމަ ﷲ ގަންދީ ކޮށްފަ އިމްރާން ދެއްކިވާހަކަ މިހާރުވެސް ދައްކާނެ

  9. ޑައެލޯގް

    ރާއްޖޭގައި ބޮޑުތަކުރުފާނު، ދޮންބަންޑާރައިން ފެށިގެން 2008 އަހަރާހަމައަށާއި އަދި 2013 ން 2018 އަށް ވެރިކަން މިގައުމުގައި ކޮށްފިބަޔަކު އެކަމު ބޭރުގެ ސިފައިންނުބައިތިއްބާ ސަލާމަތާއެކު ނިންމާލައިފިއެވެ. ނަމަވެސް އެމްޑީޕީގެ ވެރިންނަށް މިގައުމު ސަލާމަތްކަމާއެކު ހިންގެންއަންނަނީ އިންޑިޔާއާއެކުގައެވެ. އަމިއްލައަށް ހިންގޭވަރުގެ އުރެތްޕެއްނެތެވެ.

    10
  10. ބަދަލުވަމުންދާ ސަޤާފަތް

    ތިއީ އިންޑިޔާ މިލިޓަރީ ގެ އެހީތެރިކަމާއެކު ހިގާކަމެއް، ކީއްވެ 2018 ގެ ފަހުން އިތުރުވާންވީ އިންޑިޔާ މިލިޓަރީ އާއި ވަސީލަތްތައް ގާއިމް ކުރީ ކޮންކަމެއް ކުރަންތޯ؟ ޑްރަގު ހުރި ވަރު އެނގޭ ހުރިތަންވެސް އެނގޭ އެކަމަކު އެކަން ހުއްޓުވާނެ ގޮތްތަކެއް ނެތް، މިއީ ވަރަށް ދެރަވަރުގެ ވާހަކަ ކުޑަކުދިންނަށް ތިވާހަކަ ރަގަޅު ވެދާނެ،

    10
  11. ޢހ

    ކަލެއަށް ނުވަންޏާމް އިސްތިއުފާ ދީފަ ފައިބަންވީނުއް. ކިހިނެއް އެގުނީ 200 ޓަނު ރެޑީކަން. ދެންކީވެއް ކުރީބައިގައި ނުހުއްޓެވެންވީ😪

  12. ޙުސައިން މޫނާބޭ

    ޢެހެންވީމާ އެސްޕޮޜުތަށް އިންޑިޔާއާއި ހަވާލުކުރަންވެގެން ނޫންތޯ ދެފަޔަށް ހިނިއަރައިގެން އުޅޭހެން ތިޔަ އުޅެނީ އެސްޕޮޓުތަށް ބެލެހެއްޓޭނީ އިންޔާ އަށޭ ސީދާބުނެލިނަމަ މިއީ ހާދަ ގޮތެއްނެތް ސަރުކާރެކޭ!

    55
    2
  13. ރުބޭލު

    ޔާމިނުގެ ވިޔަފާރި ހުއްޓޭނެ ގޮތެއް ނެތޯ އަނެއްހެން އެބުނަނީ

    1
    11
  14. އެމްވިި22

    ތިއީކީ އާކަމެއްނޫން ،އިންޑިޔާ އަކީ މުޅި ސައުތު އޭޝިއާގެ ޑްރަގު ޓްރާންސިޓް މައި ހަބު. ރާއްޖޭގެ މުޅި ކަންޑުގެ ސަރަހައްދު މޮނީޓާރ މިކުރަނީ އެމީހުން. ދެންވާނެގޮތް ވިސްނާލާ. އިންޑިޔާއިން ދޮލަނގު ބަހައިގެން ހޮވާފަތިބި މެމްބަރުންނާއި ރައީސުންނަށް ޑޮލަރުލިބޭގޮތައް މިކަންމިކުރީ. އިންޑީޔާއިން މިކުރާ ހޭދަ މިވިޔަފާރިކޮށްގެން ހަމަޖައްސަނީ. ިި

  15. މޫސަ

    ތިޔަ ތަކެތި އެތެރެ ކުރަނީ އާއްމުކޮށް މަސްވެރިން ވެސް އަދި ސިފައިން ވެސް ގޮސް ނޫޅޭ ސަރަހައްދުތަކުންކަން އެނގޭއިރު ދެން އެކަން ނުހުއްޓުވެންވީ ކީއްވެ؟ އެހެންވީމަ ތިޔައީ އެނގިގެން ގަސްތުގަ ކުރާކަމެއްކަމަށް ބެލެވެނީ.

  16. ހުސޭނުބޭ

    އަޅެ މަސްތުވާ ތަކެއްޗާ ދެކޮޅަށް ހިންގާ މޮޅު ޕްރޮހްރާމްތައް ހގުއްޓުވަން ކޮންމެވެސް ބަޔެއް އެބަ އުޅެޔޯ؟ 3 ބިހުން 2 ބިސް ގެންނަ ވާހަކަ ދައްކާ! ދެން ދެ ބިހުގައި ހަވާދުލާ!

  17. ފާގަހަސަން

    ނުހުއްޓުވޭނެކަމަށް އަމިއްލައަށް ތި އެއްބަސްވަނީ..ނުވަންޏާ ދުރަށް ޖެހިލާ..ފުލުހުން އަދި ސިފައިންގެ ތެރެއިން ބަޔަކު މިކަމުގަ އެމީހުނަށް އެހީވެދޭކަން ތީގެން ހާމަވަނީ......... ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

  18. ޢަޡުރާ

    ލައްބަ ސީ.ޕީ ހަމީދޫ، އެކަން ކުރެވޭނީ އިންޑިއާ ސިފައިންނަށް، ބްލައިންޑް ސްޕޮޓުން ބިސް އެތެރެކުރާނަމަ ދިހަ ބިހުން ނުވަބިސް އިންޑިއާއިން އެތެރެ ކުރެވޭނެ.

  19. މުޙައްމަދު123

    ކޮންމެ ތަނަކުން ވިޔަފާރި ކުރިޔަސް ބުލައިންޑު ސުޕޮޓުތައް ކިތަންމެ ގިނަޔަސް ގެނެސް އަރުވަނީ ރާއްޖޭގެ ރަށްރަށަކަށް ނޫންތަ. ސިފައިންނާއި ފުލުހުންނާއި ކަސްޓަމަށް އެތަކެތި އަތުލެވެން ޖެހޭނެ. އަދި އިންޑިޔާއިން އެތެރެކުރާ މަސްތުވާ ތަކެއްޗަށް ވާގޮތެއްވެސް އެނގެންޖެހޭނެ

  20. ޕީޖޭ

    މަޖިލީސް މެމްބަރުން ހިތްވަރެއް އިހުލާސްތެރިކަމެއް ހުރިއްޔާ މަސްތުވާތަކެތީގެ ޤާނޫނު ހަރުކަށިކޮށް އަދަބު ބޮޑުކޮށް މުޖުތަމަޢު ތެރެއަށް ބޯމީހުންވެސް ނުނެރެ ފުރުސަތުދީ ނުދީބަލަ. އަދި ނުބޮއެ ޑެލިވަރީ ކުރަން އުޅޭ ކުދިން އަތުން މަސްތުވާތަކެތި ފެންނަ ހާލަތުގައި އެމީހުންނަށް މުޢާމަލާތްކުރުމުގެ ދަޢުވާ ކޮށްބަލަ.. ފެންނަނީ މިފަދަ ޑެލިވަރީކުރާ ބޯއީސް ވެސް ނުބޮއެއްކަމަކު ބޯމީހެއް ކަމަށް ކޯޓުގައި ބުނެ ފަރުވާއަށް ދެމިގަންނަނީ.. ދެން ފަރުވާގެ ކަންކަން ދާގޮތް އެނގޭނެ.. މިއީ ޕީޖީ އޮފީހުން ހިންގާ ވަރަށް ބޮޑު ޖަރީމާއެއް.. މިކަން ހިނގަމުންދާ ގޮތް ކޮޕުންނަކަށް ވެސް ނޭގޭ..

  21. ޒަމީރު

    އަމިއްލައަށް އަހަރެން ފެއިލް ވެއްޖޭ އެއްނު މި ބުނީ

  22. އިންޑިއާއައުޓް

    ނުހުއްޓުވެންޏާ އިސްތިއުފާދީފަ ވަޑައިގަންނަވާ ތިޔައުޅެނީ ނުހުއްޓުވިގެންނެއްނޫން އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އިންޑިއާސިފައިން ގެންނަންވެގެން ދައްކާ ބަހަނާތިޔައީ

    8
    1
  23. ހާސަރު

    ހުސް ދޮގު. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ޖެހޭ ކަމަށް ރަތްޔިތުން ނަށް ދައްކަން ކުޅޭ ޑުރާމާ.

  24. ބޯހަލާކު

    ހަމީދު ވިދަޅުވި 200 ޓަނުގެ މަސްތުވާ ތަކެތި ރާއްޖެ އަންނާނެކަން އެބަ ވިދާޅުވޭ. އެ ނުހުއްޓުވޭނެ ވާހަކަ ވެސް ވިދަާޅުވޭ. އިންޑިއާ ސިފައިންނޯ މި ސާމާނު ހޯދައިގަންނަނީ. އެކަމަކު މިފަހަރު އިތުރަށް 35 ސިފައިން އަޔަސް، މިފަހަރު 200 ޓަނު ރާއްޖެއަށް އައުން ހުއްޓުވޭން ނެތް. ދެން ކީއްކުރާ އިންޑިއާ ސިފައިން ނެއް؟

  25. ސަމްސިއްޔާ

    ބުނެބަލަ އިންޑިއާ ސިފައިންނަށޭ ހުއްޓުވޭނީ. މާތާހިރުވާނެ،

  26. މިތުރާ

    ޙުއްޓުވޭނެ ސިންގަޕޫރުގެ ހާދާހެން ހެދީމަ، ސަރުކާރުން އިތުރު އާއްމުދާނީހޯދަން ކުރާ ކަމެއްތީ،،އެންމެން ބޮއެގެން ވާނުވާގަ ތިބެންވީ އޭރުން ނޭގޭނެ މަތީފަޑީގަ އުޅޭމީހުން ގަންނަ ގަޑު

  27. މުޙައްމަދު

    ސީޕީ ހަމީދަށް ދަންނަވާލާނަން. ތި މުއައްޞަސާގަ އެބަތިބި ތިކަން ހުއްޓުވޭނެ ގާބިލް މީހުން. ނުހުއްޓުވޭނެޔޭ ނުބުނޭ. ތިމަންނަގެ ވެރިކަމުގަ ތިމަންނަ ނުހުއްޓުވާނަމޭ ބުނޭ. މުއައްޞަސާގެ އަގުނުވައްޓާ. ތިތާ އެބަތިބި އެކަމަށް ވަރަށް ގާބިލް މީހުން. އެމީހުންނާ ޙަވާލުކުރޭ. އެއިރުން ހުއްޓުވާފަ ތިބޭފުޅާއަށް ދައްކާނެ.

  28. އިންޑިއާ މިލިޓަރީ އައުޓް

    ނަސީބެއް 2018 ގެ ފަހުން ނޭ ބުނިކަންވެސް.. އެހެން ނޫނީ ބުނާނީ ކުރީ ސަރުކާރޭނު، ކީއްވެބާ މިފަހަރު އެހެން ނުބުނީ، މޮޅެތި ގޭމްޖައްސައިގެން ހަމަ އިންޑިއާ ކާފަރުން އަރުވާ ޤައުމު ހަލާކުކުރުވަން ތިއުޅެނީ.

  29. Anonymous

    ކަލޭމެން ރޭޕިސްތާން މިތަނައް ގެނައީ ޑްރަގް ހުއްޓުވާކައްނު. ދެން ކީކޭ މިހާރި ތިކިޔަނީ ސާރި

  30. ހަސަނާ

    ދެން ފުލުހުންނާއި ސިފައިންގެ މުސާރަ ނަގައިގެން ކީއްތަ ތިކުރަނީ

  31. ޛސޖސ

    އެހެންވީމަ އިސްތިއުފާދީ