ޓުވިޓާގައި "ހަސަން ކުރުސީ"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން އިސްލާމްދީނުގެ ބައެއް ހުކުމްތަކާއި އިސްލާމް ދީނުގައިވާ ބައެއް ކަންކަމަށް ފާޅުގައި ގޮންޖަހާ ފުރައްސާރަކޮށް ދީނާ ހިލާފު ކަންކަން އާންމު ކުރަން މަސައްކަތް ކުރާތީ އެ މައްސަލަ ގިނަ އަދަދެއްގެ އިލްމުވެރިން ހިމެނޭ ރައްޔިތުންގެ އިއްތިހާދުން ފުލުހުންގެ އިދާރާ އަށް ހުށަހަޅައިފިއެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ އިއްތިހާދުން މިއަދު ފުލުހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހަސަން ކުރުސީގެ ނަމުގައި ޓުވީޓާގައި ހިންގަމުން އަންނަ އެކައުންޓަކީ އިސްލާމް ދީނާ ހިލާފު އެތައް ވާހަކައަކާއި، ދީނުގައި ސާބިތުވާން ހުރި އެތައް ކަމަކާ މެދު ނަފުރަތު އުފައްދާ، މޫނުބުރުގާ ފަދަ ދީނީ ޝިއާރުތަކަށް ފަރުވާތެރިވާ ފަރާތްތަކާއިމެދު އެކަށީގެންނުވާ ބަސްތައް ބޭނުންކޮށް، ރާއްޖޭގެ އާންމު އިޖްތިމާއި މިންގަނޑަށް ވެސް ނުފެތޭ އެތައް ވާހަކައެއް ދެއްކުމާއި، މީސް މީހުންނާއި މެދު ސާބިތުނުހިފޭ ވާހަކަތައް ދެއްކުމާއި ނަފުރަތު އުފެދޭ އެތައް ވާހަކައެއް ތަކުރާރުކޮށް ރެއާއި ދުވާލު ދައްކަމުންދާ ޓުވީޓާ އެކައުންޓެއް ކަމަށެވެ.

ހަސަން ކުރުސީގެ ބައެއް ޓުވީޓުތައް

މީގެ ކުރިން ބައެއް އެހެނިހެން ޓުވީޓާ އެކައުންޓުތަކުން ގާނޫނާއި ހިލާފު ކަންކަން ކުރުމުން އެއީ ކޮން ފަރާތެއްތޯ ބަލާ ހޯދާ އެފަރާތްތައް ހައްޔަރުކޮށް، ހާޒިރުކޮށް، ފިޔަވަޅު އަޅާ ފަދައިން "ހަސަން ކުރުސީ" އާއި މެދުގައި ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި ދީނީ ޖަމިއްޔާ ޖަމާއަތްތައް ހިމެނޭ ރައްޔިތުންގެ އިއްތިހާދުން ވަނީ ގޮވާލައިފައެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ "ހަސަން ކުރުސީ" އެކައުންޓުން ލާދީނީ ވާހަކަތައް ދައްކާ އެކަންކަމަށް ހިތްވަރު ދެމުން ގެންދާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލަ ވެސް ފުލުހުންނަށް މިހާތަނަށް ބެލިފައެއް ނުވެއެވެ.

ދާދިފަހުން ޓުވީޓާގައި ހަސަން ކުރުސީ އާއި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އާއި އެކު ކުރެވުނު ބަހުސެއްގެ ތެރެއިން އިބްރާ ވިދާޅުވެފައިވަނީ ކުރުސީގެ އެކައުންޓް ގެންގުޅުއްވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ނަމަވެސް ނަޝީދު ވަނީ ހަސަން ކުރުސީއަކީ އެމަނިކުފާނު ނޫން ކަމަށް ވިދާޅުވެފައެވެ.

ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓުން ގެންދަނީ އާއްމުކޮށް ވާހަކަ ނުދެކެވޭ ބައެއް މައުލޫތަކަށް ވެސް ވާހަކަ ދައްކަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކުރިސި

    ހ.ކުރުސީއަކީ ކަނޑައެޅިގެންހުރި އިސްލާމްދީނުގެ އަދާވާތްތެރިެއްކަން އޭނާގެ ވާހަކައިން ވަރަށް ސާފު. ހައްޔަރު ކުރޭ

    56
    3
  2. އަހުމަދު

    ތިއީ ކާކު ހިންގާ އެއްޗެއްތޯ ޔަގީން ކޮށް ހޯދާ. ނަޝީދު ކުރިންވެސް އެލެކްސް އަހުމަދޭ ކިޔައިގެން ތިގަނޑު ގަތް. ނަޝީދު މިގައުމުގެ ސިޔާސީ ކަންކަމުން ބޭރުކުރަން ޖެހޭ

    54
    1
    • ނައިކީ

      އެއީ ޔާމީނު ޖަލުން ނިކުތްފަހުން ހަދައިގެން އުޅޭ އެކައުންޓެއް..ނަޝީދުކަމަށް ހީވާގޮތަށް ޓުވީޓުކޮށްފަ ދެން މިހަދާއެއްޗަކީ ލާދީނީ ވާހަކަ ފަތުރަނީ.. ޔާމީނުގެ އަމަލެއްކަމަށް ވެސް ވެދާނެ.. އެއީ އެކަހަލަ ޑާޓީ ގޭމަށް އަރާހުރި މީހެއް

      1
      1
  3. Anonymous

    ތި ހަސަން ކުރުސީ އަކީ ކާކުކަން ﷲ ދެނެވޮޑިގަންނަވާނެއެވެ. ޕޮލިހުންނަށް ނުހޯދުނަސް އޭނާއަކީ ކާކުކަން ﷲ މޮޅަށް ދެނެވޮޑިގެންވާނެއެވެ. އެހެން މުޖުރިމުންނަށް އެކަލާނގެ މުހުލަތު ދެއްވި ފަދައިން ތި ހަސަން ކުރުސީ އަށް ވެސް މުހުލަތު ދެއްވާނެއެވެ. އެއަށްފަހު ﷲ އޭނާގެ ކިބައިން ވެސް އިންތިޤާމު ހިއްޕަވާނެއެވެ. މިއީ އަބަދުވެސް ދުނިޔެއިން ފެންނަމުންދާ ހަގީގަތެކެވެ.

    61
    2
  4. ކޮރަލް

    އިސްލާމް ދީނައް ފުރައްސާރަ ކުރާ މީހެކެވެ. އާއްމުން ނަށް ތިޔަ މީހާ ހާމަ ކޮށްލަ ބަލާށެވެ.

    51
    1
  5. ކުރަގި

    މި ހަސަން ކުރުސީ އަކީ ހާދަހާ ހަރުކަށި ޓެރަރިސްޓަކޭދޯ. މިކަހޭގެ ވ ރީއްޗައް ފަލީހަތްވެ އެކީއެކައްޗަކައް ފެއިލްވާނެ އިންށާﷲ.

    17
    1
  6. ރަން ރީނދޫ

    އެއް ކަމެއް ވެސް ނުކުރާނެ، މި ލާދީނީ ސަރުކާރުން. އެލެކްސް އަހުމަދޭ ކިޔައިގެން ވެސް އަންނި އިސްލާމް ދީނަށް ފުރައްސާރަ ކުރި.

    15
    1
  7. އަވަސްކޮށް ބަލަންވީ ކަމެއް

    ” ދާދިފަހުން ޓުވީޓާގައި ހަސަން ކުރުސީ އާއި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އާއި އެކު ކުރެވުނު ބަހުސެއްގެ ތެރެއިން އިބްރާ ވިދާޅުވެފައިވަނީ ކުރުސީގެ އެކައުންޓް ގެންގުޅުއްވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. “
    ނަޝީދު ދަންނަ ޖެނިފަރ ލަތީފްވެސް ޓްވިޓާރ ގައި ބުނެފައިވޭ އެއީ ނަޝީދު ކަމަށް

    12
    1
  8. މުޙައްމަދު އަޙްމަދު

    ތިޔައީ ނަޝީދު ގެ ބަސް އިއްވަން ނަޝީދު ގެ މީހަކު ހިންގާ ޓްވީޓަރ އެކައުންޓެއް. މީހުން ގެ ޢިއްޒަތް ކަތިލަން އުޅެ އެކަން ނުވެގެން މޮޔަވާ މީހެއް ތިޔަ ކުރުސީ އަކީ. ކުރީ ގެ ޓުއަރިޒަމް މިނިސްޓަރ ޑރ. ޒުލްފާ ވަނީ ނަޝީދު އެއަރ ޕޯރޓް، ޖީ.އެމް.އާރް އަށް ވިއްކާ ނަޝީދު ގެ އަމިއްލަ އެކައުންޓަށް ފައިސާ އަޅާފަ ކަމަށް ވިދާޅުވެފައި. މިހެން ޑރ. ޒުލްފާ ވިދާޅު ވެގެން ތިޔަ ކުރުސީ ރުޅިއައިސް ޑރ. ޒުލްފާ ގެ ދުވަސް ދުއްވާލާނަމޭ ހިތާ ޑރ. ޒުލްފާ ގެ ފޮޓޯ ތަކެއް ހިމެނޭ ގޮތަށް މޮޔަ ޓްވީޓް ތަކެއް ކުރި. ޑރ. ޒުލްފާ ގެ ހިތަށް އަރާނެތަ އެއްޗެކޭ.؟ ޑރ. ޒުލްފާ އެހުރީ އޮސްޓްރޭލިޔާ ގެ ހައި ކޯޓުގެ ފަނޑިޔާރަކަށް. ކުރުސީ އަށް ޑރ. ޒުލްފާ ހުރި ހިސާބަށް މަރުވަންދެން ތެޅުނަސް އަތް ނުފޯރާނެ!

    13
    2
  9. ނައްޕެ

    ޔަގީން ތިޔައީ ލާދީނީ އަންނިގެ ޖަރީމާ އެކައުންޓެއް. އެބީތާ ނޫން މީހަކު ތިފާޑަށް ނުލިޔާނެ

    10
    1
  10. އަހައްމަދޫ

    ހަސަން ކުރުސީ އެއީ ކާކުކަން ކަނޑައެޅިގެން އެންމެންނަށްވެސް އެނގޭ. އެކަމަކު މިސަރުކާރަކުން އޭނާޔާ ބެހޭކަށް ނުކެރޭނެޔޭ

    11
    1
  11. އަބްދޫ

    މިހާރު އިންަޓަނެޓްގަ ބޭނުންކުރެވޭ ލޮކޭސަނާއި ބޭނުންކުރާނަމުން ބޭނުންކުރާ އެދްއެޑްރެސް ވެސް ދިރާގަށް އެގޭނެ. ފުލުހުންނަށް އެމިހަކު ހޯދުމަކީ އެއްވެސް ދަތިކަމެއް އޮތްހަމެއްނޫން. ފުލުހުންބޭނުންނަމަ ހަސަންކުރުސީ ވަގުތުން ހައްޔަރުކޮށް ކުޑަގޮޅިއަކަށް ލުމަށް ގަޑިއެއްހާއިރުވެސް ނުނަގާނެ.

    2
    1