މިއަދު ރާއްޖެ އިން އިތުރު 971 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އޭގެތެރެއިން 45 މީހުން ފައްސިވީ މާލެ އިންނެވެ. މިއަދަކީ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ މަދުބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށަށް ދިޔަ ނަމަވެސް މިއަދު އަތޮޅުތެރެއިން ފައްސިވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 862 މީހުން ފައްސިވިއެވެ. މިއަދަކީ ފެބްރުއަރީ މަހުގެ 02 ވަނަ ދުވަހަށް ފަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު މުޅި ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރީ 4106 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %24 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދު މާލެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް ވަނީ މަދުވެފައެވެ. މިއަދު މާލެ އިން ކޮވިޑަށް ޓެސްޓް ކުރީ 846 މީހުންނެވެ. މިއަދު މާލެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %5 މީހުންނެވެ.

ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން މިއަދު ކޮވިޑުން ރަނގަޅުވީ 310 މީހުންނެވެ. މިއަދު ކޮވިޑް ޖެހުނު މީހުންނާއިއެކު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު މިއަދު ވަނީ 15871 އަށް އިތުރުވެފައެވެ. ހޮސްޕިޓަލްގައި މިހާރު 29 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ދެމީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު