އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ދެގައުމެއްގެ ކަމާބެހޭ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން މާލެ އިން އައިއެސްގެ މެންބަރަކު ހައްޔަރުކޮށްފިއެވެ. ހައްޔަރު ކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އައިއެސްގެ މެންބަރު ރާއްޖެ އިން ހައްޔަރު ކޮށްފައި ވަނީ ޖަނަވަރީ މަހުގެ 06 ވަނަ ދުވަހުއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އިން ހައްޔަރު ކުރި މީހަކީ އައިއެސް ޖަމާއަތުގެ މީޑިއާ ކެމްޕޭންތައް ހިންގާ މީހެއް ކަމަށެވެ. އޭނާ ވަނީ ޔޫރަޕްގައި ނިރުބަވެރި (ޓެރަރިސްޓް) ހަމަލާތައް ދިނުމަށާއި ޔޫރަޕްގެ ލީޑަރުންމަރަން ގޮވާލާފައި ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

އޭނާ އައިއެސްގެ ޕްރޮޕެގެންޑާތައް 2015 ވަނަ އަހަރުން ފެށިގެން ފަތުރަމުން އަންނަކަން މިހާރު އެނގިފައިވާ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ނިރުބަވެރިކަމާއި ގުޅުން ހުރި ބޮޑު މައްސަލައެއްގެ ގޮތުގައި މިމައްސަލަ ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ. މިމައްސަލަ ތަހްގީގު ކުރަމުން ގެންދަނީ އެމެރިކާގެ އެފްބީއައި އާއި އަދި ޔޫރަޕިއަން ޔޫނިއަންގެ ދެގައުމަކާއި ގުޅިގެން ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ދެގައުމެއްކަމެއް ހާމައެއް ނުކުރެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިއޮޕަރޭޝަންގެ މައުލޫމާތު ފަހުން އަދި ހާމަކުރައްވާނެ ކަމަށެވެ.

ބައިނަލްއަޤުވާމީ އެޖެންސީތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެ އިން އައިއެސްގެ މެންބަރަކު ހައްޔަރުކުރިއިރު މީގެ ކުރިން ވެސް ބައިނަލްއަޤުވާމީ އެކި ފަރާތްތަކުގެ އެހީގައި ރާއްޖެއިން ނިރުބަވެރިން ހައްޔަރުކޮށްފައި ވެއެވެ. އެގޮތުން 2017 ވަނަ އަހަރު ރާއްޖޭގައި ދޭން އުޅުނު ބޮމުގެ ހަމަލާއެއް ވެސް ބައިނަލްއަޤުވާމީ އެޖެންސީތަކުން ދިން މައުލޫމާތުގެ އަލީގައި ނާކާމިޔާބު ކޮށްލާ، ބަޔަކު ހައްޔަރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ށުމަން

    ޑްރާމާ ކުޅެނީ! ޢެފްބީ އައި ދެނެ ހުރި ކަމެއްްވެސް ނޫން! ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭތީ ތި އުޅެނީ!!

    21
    10
  2. ނުރަބޯ

    ހުންނާނެ ރާކަނި ކެވިފަ ލޮލް

    8
    5
  3. މިތުރާ

    ޜާއްޖެމީހެއް ވެއްޖީޔާ އިނޮސެންޓު، މަައުސޫމު ވާނެ ،

  4. ޢިއްބެ

    ފޭކް ޖައްސަނީ ، އިންޑިއާ ގެ ރޯއޮންނާ ހުޅަގުގެ އެޖެންޓުން ގުޅިގެން ލާދީނީ ސަރުކާރު ހިންގާ ޕްރޮޕަގެންޑަ ، ނޯ އިޓްރެސްޓް

    24
    8
  5. ގަންޓާބެ

    ކޯޓުން ދުލެއްނުކޮށްލާތަ އަދި އެހާލަހެއް ނުވާނެ ދޫކޮށްލާކަށް

    5
    1
  6. Anonymous

    ބުނާނެ އެއްޗެއް ނެތް އަމިއްލައަށް އަމިއްލަ ޤައުމު ތި ހަލާކުކުރެވެނީ.

    15
    3
  7. އަޙްމަދު

    ގޭންގުތަކޭ ކިޔައިގެން ކުޅުނީ މިޑްރާމާދޯ!

    13
    2
  8. ނަން

    ޔަހޫދީންނާ ނަސޯރާއިންނަކީ އަބަދުވެސް މުސލިމުން ގެ އަދުއްވެއް
    ތިޔަ އެފްބީއައި ގަ މުސލިމުނައް ވުރެ ގިނައީ ޔަހޫދީންނާ ނަސޯރާއިން އެމީހުން އެއްވެސް ބިރެއް ޖެހިލުމެއް ނެތހި ކުށެއަނެތް ކިތަންމެ މީހަލު ހައަޔަރުކޮއަލާ މަރާކައް
    ޔަހޫދީންނާ ދަނީ މުސްލިމް ގައުމުތަކުގާ ކުށެއް ނެތަ އެތައް މުސްލިމް ކުދަ ކުދިއްނާ މުސްކުޅިނާ މަރަމުން

    • ޕީޖޭ

      އެމެރިކާ މީހުން މުސްލިމު ޖަމާޢަތްތަކުގެ މީހުން މަރަނީކަމަށް ބުނެ އެމީހުންގެ ދަރަޖައަށް މުސްލިމުން ގޮސް ކަމާއި ނުބެހޭ މީހުންނަށް ގެއްލުން ދިނުން އޮވޭތޯ؟ އަޅުގަނޑަށް ރަނގަޅީ އިސްލާމީ ސަރީޢަތް މިޤަވްމުގައި ޤާއިމުކުރުން..އެއީ ހައްލަކީ..

  9. އަހުމަދު

    ކޮއްކޮމެންނޭ ކޮއްކޮމެންނަށް ނިރުބަވެރިކަމާއި ކާފަރުންނަށް ވާގިވެރިވުމާއި މިދެކަންތައް ތިއޮތީ އޮޅިފައެވެ. ހަމަ
    ޤާއިމުވެސް ޤިޔާމަތް ދުވަހު ކަލޯމެންނަށް އެހީވާކަށް ތިޔަ އެފްބީއައި އެއް އަދި ޔޫރަޕުގެ ޤައުމެއް ނާންނާނެއެވެ.

  10. އިބްރާހިމް

    ލާދީނީ ކަންކަން ރާއްޖޭގައި އިތުރުވަމުންދާތީ އިސްލާމްދީނުގެ މައްޗަށް އެކަން ކަނޑާލަންވެގެން ހިންގާ ޕްރޮޕަގެންޑާއެއް. މަސްތުވާތަކެއްޗާއި އިސްލާމްދީނަށް ފުރައްސާރަކުރާމީހުން ހުއްޓުވަން ކަމެއްކުރާތަން ނުފެނޭ.