09:34

"ވަގުތު" އިން 24 ފެބްރުއަރީގައި ގެނެސްދިން ލައިވް ބްލޮގް މިހިސާބުން ނިމުނީ. ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ފަހުގެ މައުލޫމާތު ފެންނާނީ ތިރީގައިވާ ލައިވް ބްލޮގުން.

08:27

އިމާރާތުގައި އަލިފާން ރޯވެފައި.

08:24

އިމާރާތުގައި އަލިފާން ރޯވެފައި.

08:23

މަތިންދާ ބޯޓު ވެއްޓުނު ސަރަހައްދު.

08:21

ޔޫކްރެއިންގެ ލިވިވް އިން ފުރައިގެން އަސްކަރީ ހަތަރު ކާގޯ މަތިންދާ ބޯޓު ޕޮލެންޑަށް ޖައްސައިފި. ބެލެވޭ ގޮތުގައި ހަތަރު ބޯޓު ދިޔައީ އަސްކަރީ ސާމާނު ބަލާ.

08:15

ޔޫކްރެއިންގެ ވެރިރަށް ކިއޭވް މަތިން ދަތުރު ކުރަމުން ދިޔަ ރަޝިއާގެ މަތިންދާ ބޯޓެއް ވައްޓާލައިފި.

 

08:11

08:09

ކިއޭވް މަތިން ދަތުރު ކުރަމުން ދިޔަ ރަޝިއާގެ އިތުރު މަތިންދާ ބޯޓެއް ވައްޓާލާފައިވާ ކަމަށް ޔޫކްރެއިނުން ބުނެފި.

07:48

ރިޕޯޓުތައް ބުނާ ގޮތުގައި ޔޫކްރެއިނަށް އަމާޒުކޮށް ފޮނުވާލި ބައެއް މިސައިލްތައް އެ ގައުމަށް ވެއްޓުމުގެ ކުރިން ވައިގެ ތެރެއިން ވަނީ ނައްތާލާފައި.

https://twitter.com/WW32022/status/1497038727293677572?s=20&t=dJlHvIPpenFuRsLOB0IURA

07:45

ރަޝިއާ ސިފައިން ގެންގުޅުނު ޓޭންކަރެއް ހަލާކުކޮށްލާފައި. ޓޭންކަރު ކައިރީ ޔޫކްރެއިން ސިފައިން.

07:44

ޔޫކްރެއިން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން

07:43

ޔޫކްރެއިން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން

07:37

ދާދި ދެންމެއަކު ކިއޭވް އިން ފުލުފުލުގައި ހަ ގޮވުމެއްގެ އަޑު އިވުނު ކަމަށް ބައެއް ރިޕޯޓުތައް ބުނޭ.

07:35

07:33

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން، ރަޝިއާގެ ރައީސް ލަޑިމިއަ ޕޫޓިންއާ ގުޅުއްވައިފި. މެކްރޮން ވިދާޅުވީ ޕޫޓިންއާ ގުޅުއްވައި ވާހަކަ ދެއްކެވުނީ ވަރަށް ކުޑަ ވަގުތުކޮޅަކު ކަމަށް. ޕޫޓިން ކިބައިން އެދިވަޑައިގަތީ ހަނގުރާމަ ހުއްޓާލަން ކަމަށް ވެސް އޭނާ ވިދާޅުވި.

އެގޮތަށް އެދިވަޑައިގަތީ ރަޝިއާގެ ރައީސް ވޮލޮޑިމިއަ ޒެލެންސްކީ އެގޮތަށް އޭނާ ގާތުގައި އެންގެވުމުން ކަމަށް ވެސް ފްރާންސްގެ ރައީސް ވިދާޅުވި.

07:29

ކިއޭވް އަށް ވައިގެ މަގުން ގިނަ ހަމަލާތަކެއް ދެމުން އަންނަ ކަމަށް އެ ސިޓީގައި ތިބި ނޫސްވެރިން ދަނީ ބުނަމުން.

07:28

ޔޫކްރެއިންގެ ބައެއް އޮފިޝަލުން ބުނީ ހުކުރު ދުވަހަކީ ރަޝިއާގެ ފަރާތުން އެންމެ ނުރައްކާތެރި ހަމަލާތައް އަންނާނެ ދުވަހަށް ވެދާނެ ކަމަށް.

07:26

އިނގިރޭސި ވިލާތުގެ ޑިފެންސް މިނިސްޓްރީ: ރަޝިއާ އިން ހަނގުރާމައިގެ ފުރަތަމަ ދުވަހު ހާސިލް ކުރަން ބޭނުންވި ކަންތައް ހާސިލްވި ކަމަކަށް ނުބެލެވޭ. ޔޫކްރެއިންގެ ސިފައިން ވަނީ ވަރަށް ބޮޑަށް ސަމާލުވެ، ތިބެ ރައްދުގައި ރަޝިއާގެ ސިފައިންނަށް ހަމަލާތައް ދީފައި.

07:24

ޔޫކްރެއިންގެ ވެރިރަށް ކިއޭވް އިން ބާރުގަދަ ގޮވުމެއްގެ އަޑު އިވިއްޖެ.

07:16

އޮސްޓްރޭލިއާ އާއި ޖަޕާނުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅައިފި.

07:15

އެމެރިކާގެ ރައީސް ޖޯއި ބައިޑެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކާއި ހަފްތާތަކާއި މަސްތަކަކީ ޔޫކްރެއިން ރައްޔިތުންނަށް އުނދަގޫ ދުވަސްވަރަކަށް ވާނެ ކަމަށް. ޕޫޓިން އިސްވެ ހުންނަވައިގެން ޔޫކްރެއިންގެ ރައްޔިތުންނަށް އަނިޔާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި.

ބައިޑެން ވަނީ ރަޝިއާއާ ދެކޮޅަށް ޔޫކްރެއިން ރައްޔިތުން ތެދުވެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައި،.

06:46

ޗާނޮބީލް ނިއުކްލިއާ ޕަވާ ޕްލާންޓް ރަޝިއާގެ ބާރުގެ ދަށަށް އައި ކަން ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށް އިނގިރޭސި ވިލާތުގެ ޑިފެންސް މިނިސްޓްރީން ވެސް ބުނެފި. އަދި އެ ސަރަހައްދަށް ދިޔަ ރަޝިއާ ސިފައިން، ޕްލާންޓުގައި މަސައްކަތް ކުރާ މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައިވޭ.

06:41

ޔޫކްރެއިންގެ އެއާބޭސްއެއް ސުންނާފަތި ކުރުމުގެ ކުރިންނާއި ސުންނާފަތިކޮށްލުމަށް ފަހު ނަގާފައިވާ ސެޓަލައިޓް ފޮޓޯއެއް އާންމުވެއްޖެ. އެތަން ސުންނާފަތިކޮށްލީ ރަޝިއާގެ އަސްކަރީ ސިފައިން ވައިގެ މަގުން ދިން ހަމަލާއެއްގައި.

އެއާބޭސް ސުންނާފަތިކޮށްލާފައި.
އެއާބޭސް ސުންނާފަތިކޮށްލުމުގެ ކުރިން.

06:37

05:48

ޗާނޮބީލް ނިއުކްލިއާ ޕަވާ ޕްލާންޓްގައި މަސައްކަތް ކުރާ ސްޓާފުންތަކެއް ރަހީނުކޮށްފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުންނާ ހަވާލާދީ ވައިޓް ހައުސް އިން ބުނެފި. އެކަން ކުރީ ރަޝިއާގެ ސިފައިން ކަމަށްވޭ.

"މިކަން ކުށްވެރި ކުރަން އަދި އެމީހުން ދޫކޮށްލުމަށް ގޮވާލަން."ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވި.

ސާކީ ވިދާޅުވީ މިހާތަނަށް އައިއިރު އެ ނިއުކްލިއާ ޕަވާ ޕްލާންޓުން އެއްވެސް ލީކެއް އުޅޭ ކަން އަދި ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

05:41

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ގައުމުގެ އެއްގަމު ސިފައިން ކްރިމިއާ ސަރަހައްދުން ޔޫކްރެއިނަށް ވަންނަން ފަށާފައިވާ ކަމަށް.

05:38

އަސްކަރީ ގޮތުން ޔޫކްރެއިންގައި ހުރި ހުރިހާ ބާރެއް ދެއްކުމަށް އެ ގައުމުގެ ރައީސް އަމުރު ކުރައްވައިފި. އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރިއަށް އޮތް 90 ދުވަހު ކުރަން ޖެހޭ. އަސްކަރީ ތަމްރީން ހަދާފައި ތިބި ގިނަ ބަޔަކު ޔޫކްރެއިންއާ ގުޅިފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. މިއީ އަސްކަރީ ފައުޖުތަކަށް ލިބޭ ހިތްވަރަކަށް ވާނެ.

05:13

ރިޕޯޓުތައް ބުނާ ގޮތުގައި ވައިގެ މަގުން ރަޝިއާ އިން ދަނީ ޔޫކްރެއިނަށް ގިނަ ހަމަލާތަކެއް ދެމުން. މިހާތަނަށް އައިއިރު 160 އަށް ވުރެ ގިނަ މިސައިލް ޔޫކްރެއިނަށް ފޮނުވާލާފައިވާ ކަމަށްވޭ.

05:11

ރަޝިއާ އިން އެއް ނަންބަރު ޓާގެޓަކަށް އޭނާ ހަދާފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއަ ޒެލެންސްކީ ވިދާޅުވެއްޖެ.

05:09

ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއަ ޒެލެންސްކީ: ދުޝްމަނުން ވަނީ އަހަރެން އެއް ވަނަ ޓާގެޓަކަށް ހަދާފައި. ދެވަނަ ޓާގެޓަކަށް ހަދާފައި ވަނީ އަހަރެންގެ އާއިލާ. އެކަމަކު، ކިއޭވް އަކުން ނުދާނަން.

05:08

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޔޫކްރެއިންގެ ވެރިރަށް ކިއޭވްގެ ވަރަށް ތިރިން އަސްކަރީ ޖެޓްތައް ދަނީ ދަތުރު ކުރަމުން.

05:02

ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއަ ޒެލެންސްކީ: ހަނގުރާމައިގައި މަރުވި 137 މީހުންނަކީ ހީރޯއިން. މި ހަނގުރާމައިގައި މިހާތަނަށް އައިއިރު 316 މީހުން ޒަހަމްވެއްޖެ.

05:01

ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ފުރަތަމަ ދުވަހު ކުރިއަށް ދިޔަ ހަނގުރާމައިގައި ރަޝިއާގެ އަސްކަރިއްޔާގެ 30 ޓޭންކާއި 130 ހަތިޔާރު އެޅި އުޅަނދާއި ފަސް މަތިންދާ ބޯޓާއި ހަ ހެލިކޮޕްޓަރަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.

04:55

ރަޝިއާގެ ސިފައިން ޔޫކްރެއިންގައި ހިންގަމުން އަންނަ ގަތުލުއާންމުގައި އާންމުންނާއި އަސްކަރީ ސިފައިން ހިމެނޭ ގޮތަށް 137 މީހުން މަރާލާފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއަ ޒެލެންސްކީ ވިދާޅުވެއްޖެ.

04:49

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައިގަނެ ހިންގަމުން އަންނަ ގަތުލުއާންމާ ގުޅިގެން ލައްކައެއްހާ މީހުން ގެދޮރު ދޫކޮށް އެކި ހިސާބުތަކަށް ހިޖުރަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

04:07

ޔޫކްރެއިންގެ އަސްކަރިއްޔާ އިން ގަބޫލު ކުރާ ގޮތުގައި އެ ގައުމަށް އަރައިގަތް ރަޝިއާގެ ސިފައިންގެ އަދަދު އުޅޭނީ 30،000 އާއ 60،000 އާ ދެމެދުގެ އަދަދެއްގައި.

03:59

ޔޫކްރޭންގެ ހިތްވަރުގަދަ މަންމައަކު ދަރިންކޮޅު ގޭގައި ބެހެއްޓުމަށް ފަހުގައި އެގައުމުގެ ދިފާއުގައި ކުރަމުންދާ ހަނގުރާމައާ ގުޅިއްޖެ.

03:41

ރަޝިއާގައި ފިލްމީ ތަރިން ހަނގުރާމައިގެ ވާހަކަ ދެއްކުން މަނާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

03:25

އެމެރިކާގެ ސީކްރެޓް އިންޓަލިޖެންސް ސާވިސް އިން ބުނެފައި ވަނީ ރަޝިއާ އިން ޔޫކްރެއިނަށް އަރައިގެންފައި ވަނީ ދުރާލާއި ރާވައިގެން ކަމަށް.

03:22

ޖެޓަކުން ސިފައިންގެ މީހަކު އެއްގަމަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް ސްކައި ނިއުސް އިން ދައްކައިފި. މި ވީޑިއޯގައި ޕެރަޗޫޓެއް މެދުވެރިކޮށް އެއްގަމަށް ފައިބަނީ ކޮން ގައުމެއްގެ ސިފައިންގެ މީހެއް ކަމެއް ނުބުނޭ.

03:19

ވިސާ އާއި މާސްޓަ ކާޑު ސިސްޓަމް ރަޝިއާ އަށް ބޭނުން ނުކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށް ޔޫކްރެއިންގެ ކުރީގެ ފިނޭންސް މިނިސްޓަރު ނަތާލީ ޖަރެސްކޯ ވިދާޅުވެއްޖެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިއާގެ ރައީސް ލަޑިމިއަ ޕުޓިން ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހްތިރާމެއް ނުކުރައްވާ.

03:09

ލިތުއޭނިއާގައި ޔޫކްރެއިންއާ އެއްކޮޅަށް މުޒާހަރާ ކުރަނީ.

03:08

ޕޮލެންޑުގައި ރަޝިއާ އިން ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް މުޒާހަރާ ކުރަނީ.

03:05

ލިސްބަންގައި ހުންނަ ރަޝިއާގެ އެމްބަސީ ކައިރީގައި، ހަނގުރާމައާ ދެކޮޅަށް މުޒާހަރާ ކުރަނީ.

02:57

ރަޝިއާ އިން ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް މުޒާހަރާ ކުރި 1،700 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ސްކައި ނިއުސް އިން ބުނެފި. އަދި އެތައް ސަތޭކަ ބަޔަކު މީސް މީޑިއާގައި ހަނގުރާމައާ ދެކޮޅަށް އަޑުއުފުލަމުންދާ ކަމަށް އެ ނޫހުން ބުނެފައިވޭ.

02:54

ރަޝިޔާ އާއި ޔޫކްރޭންގެ މަސްރަހު ގޯސްވެ، އިއްޔެ ފަށާފައިވާ ހަނގުރާމައަކީ ވަރަށް ވެސް "ކާމިޔާބު" ހަނގުރާމައެއް ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފި.

02:52

ރަޝިއާގެ އަސްކަރިއްޔާގެ ސިފައިން އަންނަނީ ޔޫކްރޭންގެ ވެރިރަށް ކިއޭވް އާއި ކައިރިވަމުން ކަމަށް އެމެރިކާއިން ބުނެފި.

02:31

ޔޫކްރޭން ރައްޔިތުންގެ ސިއްހީ ހާލަތާއި މެދު ކަންބޮޑުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވެއްޖެ.

ޓުވިޓާގައި ޓެޑްރޮސް ވިދާޅުވީ، "ޔޫކްރޭން ރައްޔިތުންގެ ސިއްހަތާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވާ" ކަމަށާއި "ސިއްހީ ހުރިހާ މައްސަލަތަކަށް ބޭނުންވާ ޒަރޫރީ ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސިއްހީ ނިޒާމު ދެމި އޮންނަން ޖެހޭ" ކަމަށް.

އަދި ޓެޑްރޮސް ވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތައް ކަށަވަރު ކުރާ އިދާރާތަކަށް އެގައުމުގެ ރައްޔިތުންނަށް އެހީވުމަށް ގޮވާލާފައި.

02:31

ޔޫކްރޭންގެ ވެރި ރަށް ލިވީވްގައި ރަޝިޔާއިން އަށް ހަމަލާ ދޭން ފެށިތާ އެއް ދުވަސް ވެސް ނުވަނީސް، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މުޅި ސިޓީ ހިމެނޭ ލައިޓްތައް ނިއްވާލުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އަންގައިފި.

އެލްވީވީގެ ރީޖަނަލް އޮތޯރިޓީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހުރިހާ މަގުތަކާއި އިމާރާތުގެ ބޮކިތައް ރޭގަނޑު 11:00ގައި ނިއްވާލާނެ ކަމަށް އަދި ގޭބިސީތަކުން އެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް އަންގާފައިވާއިރު، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެމާޖެންސީ ހާލަތެއް މެދުވެރިވެގެން ނޫނީ އެހެން މީހުން ގެއިން ބޭރަށް ނުނިކުތުމަށް އަންގައިފައިވޭ.

އެ ޕޯސްޓްގައި ވަނީ މިއީ ކަރަންޓް ސަޕްލައިގެ މައްސަލައަކާއި ގުޅުން ހުރި ކަމެއް ނޫންކަމަށް ފާހަގަކޮށްފައި

02:24

ރަޝިއާގެ ހަމަލާތަށް ކުށްވެރިކޮށް އެގައުމަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރުޑިއު ގޮވާލައިފި

"ރަޝިއާގެ ރައީސް އެއްވެސް އަސާސެއް ނެތްގޮތަށް ޔޫކްރޭނަށް ހަމަލާދީ، އެގައުމުގެ މީހުންނަށް އިހާނެތިކޮށް ހެދުމަކީ ދުނިޔޭގެ ސަލާމަތާއި ސުލްހައަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް"

އޭނާ ވިދާޅުވީ ކެނެޑާއިން "ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް" އަޅާނީ ރަޝިޔާގެ މެމްބަރުންނާއި އެމީހުންގެ އާއިލާގެ މެމްބަރުން ހިމެނޭ ގޮތަށް 58 މީހަކާއި އިދާރާއަކަށް އަމާޒުކޮށްގެން ކަމަށް

02:18

ޔޫކްރޭން ނިއުކްލިއާ ޕަވާ ޕްލާންޓްތައް ހިންގަނީ ރައްކާތެރިކަމާއެކު ކަމަށާއި، ޗެރުނޮބީލްގައި ބާކީ ހުރި ކުނިބުނިތަކާއި އެހެނިހެން ވަސީލަތްތަކަށް "ހަލާކު" ވެފައި ނުވާކަމަށް ޔޫކްރެއިންގެ ނިއުކްލިއަރ ރެގިއުލޭޓަރއާ ހަވާލާދީ އދގެ ނިއުކްލިއަރ ވޮޗްޑޯގްއިން ބުނެފި.

މިފަަދަ ވާހަތަކެއް ދެކެވެން ފަށާފައި ވަނީ ޔޫކްރޭންގެ ޕަވާ ޕްލާންޓެއް ރަޝިޔާއިން ހިފައިފާވާކަމަށް ރިޕޯޓްތައް ބުނަމުންދާ ދަނޑިވަޅެއްގައި،

02:11

ރަޝިޔާއިން ގިނަ އަދަދެއްގެ މިސައިލްތަކެއް ލޯންޗްކޮށްފައިވާ ކަމަށް އެމެރިކާގެ ދިފާއީ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެ އޮފިޝަލް ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރަޝިޔާއިން "ވައިގެ ހަމަލާތަކަށް ޖުމްލަ 160 އަށް ވުރެ ގިނަ މިސައިލް ލޯންޗްކޮށްފައިވާ" ކަމަށް.

އޭނާ ވިދާޅުވީ، އޭގެ ތެރެއިން ގިނަ މިސައިލްތަކަކީ "ކުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކެއް" ކަމަށް. ނަމަވެސް ޖުމްލަ ވައިގެ ހަމަލާތަކުގެ ތެރޭގައި "މެދު ރާސްތާގެ އިތުރުން ކްރޫޒް މިސައިލްމިކްސް" ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި.

02:00

ޔޫކްރޭނަށް ކޮންމެހެން ބޭނުންވާ ސިއްހީ ތަކެތި ގަންނަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ ކޮންޓިންގެންސީ ފަންޑުން 3.5 މިިލިއަން ޑޮލަރު ދޫކުރަން ނިންމައިފި.

01:58

ޔޫކްރޭންގެ އޮޑެއްސާގައި އޮންނަ ޒްމިނިއެ އައިލެންޑްގެ ކޮންޓްރޯލް ޔޫކްރޭނަށް ގެއްލިއްޖެ.

01:56

އަނެއްްކާވެސް ރަޝިޔާ ސިފައިން ހޯސްތޯމެލް އެއާޕޯޓަށް ހަމަލާދޭން ފަށައިފި.

މިހާރު ދަނީ ވަރުގަދަ ކުރުމަތިލުންތަކެއް ދެ ގައުމުގެ ދެމެދުގައި ހިނގަމުން

01:50

ޔޫކްރޭނުން ބޭހާއި ސިއްހީ ބައެއް ސާމާނުގެ އެހީއަށް އެދިއްޖެ.

އެ ގައުމުން ވަނީ ކޮންމެހެން ބޭނުންވާ 20 ވައްތަރެއްގެ ލިސްޓެއް އާއްމުކޮށްފައި.

01:50

ރަޝިއާ ސިފައިން އަތުން ޔޫކްރޭނުން އެއާޕޯޓް އަތުލައިފި

01:46

ޔޫކްރެއިންގެ 100،000 އެއްހާ މީހުން ގެދޮރު ދޫކޮށް އެ ގައުމުގެ އެތެރޭގެ ސަރަހައްދުތަކަށް ހިޖުރަކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ޔޫއެންއެޗްސީއާރް އިން ރޮއިޓާސް އަށް ބުނެފި.

01:39

ރަޝިޔާގެ ބާރުގެ ދަށަށް ގެންދިޔަ ހޯސްތޯމެލް އެއާޕޯޓް ޔޫކްރޭން ސިފައިން އަތުލައިފި ކަމަށް ބައެއް ރިޕޯޓްތައް ބުނޭ.

މިކަމާއި ގުޅޭގޮތުން ޔޫކްރޭނުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނޭ.

01:36

މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވެރިރަށް ކިއޭވްގެ 10،000 އާއްމު ރައްޔިތުންނަށް އޮޓޯމެޓިކް ރައިފްލްސް ދީފި.

01:34

ޔޫކްރޭނަށް ތާއިދުކޮށް ގިނަ ބަޔަކު ޕެރިސްއަށް ޖަމާވެފައިވާކަމަށް ސީއެންއެންއިން ބުނެފި.

އެ ނޫހުން ބުނީ އެ މީހުން ޖަމާވެފައި ވަނީ ޕެރިސްގެ ޕްލޭސް ޑި ލާ ރެޕަބްލިކަށް ކަަމަށް. އެތަނަށް ޖަމާވި ގިނަ މީހުން ތިބީ ޔޫކްރޭންގެ ދިދަ ހިފައިގެން.

01:27

ރަޝިޔާގެ ގައުމީ އެއާލައިން އެރޮފްލޮޓް އާއެކު އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑުން ހެދި އެއްބަސްވުން ކުއްލިގޮތަކަށް އުވާލައިފި

01:26

ރަޝިޔާގެ ގައުމީ އެއާލައިން އެރޮފްލޮޓް އާއެކު އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑުން ހެދި އެއްބަސްވުން ކުއްލިގޮތަކަށް އުވާލައިފި.

01:23

ޔޫކްރެއިންއިން އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި އަވަސް ބަހުސްއަކަށް އެދިއްޖެ. އެ ގައުމުން މިގޮތަށް އެދިފައި ވަނީ "ރަޝިޔާގެ ޖަރީމާތަކުން" އެ ގައުމަށް ކުރިމަތިވެފައިވާ ހާލަތާ ބެހޭ ގޮތުން ކަމަށް އދއިން ބުނޭ.

އިނގިރޭސިވިލާތާއި އީޔޫއިން ވަކިވަކިން ކުރި ޓުވީޓެއްގައި ވަނީ އެކަމަށް ތާއީދު ކުރާކަމަށް ބުނެފައި.

އދ.ގެ ބަޔާނުގައި ބުނެފައި ވަނީ އެކަމާއި މަޝްވަރާ ކުރާނެ ކަމަށް.

01:05

ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޔޫކްރޭންގައި ތާށިވެފައި ތިބި ދިވެހި 21 ދަރިވަރަކަށް މާލީ އެހީތެރިކަން ދީފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި

01:00

ރަޝިޔާގެ ބާރުގެ ދަށަށް ގެންދިޔަ ޔޫކްރޭންގެ ހޯސްތޯމެލް އެއާޕޯޓް އަތުލުމަށް ޔޫކްރޭންގެ ސިފައިން ހަމަލާތައް ދޭން ފަށައިފި.

00:56

ހަމަލާ ތަކުގައި ފުރަތަަމަ ދުވަހު 57 މީހުން މަރުވެފައިވާ ކަމަށް ޔޫކްރޭންގެ ހެލްތް މިނިސްޓްރީން ބުނެފި. އަދި މި ހަމަލާތަކުގައި 169 މީހަކު ޒަހަމްވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވޭ.

00:40

އެމެރިކާއިން ބެލަރުސްއަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފި

00:39

ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް އެގައުމަށް ވެއްޓިއްޖެެ

00:33

ޔޫކްރޭންގެ ޝަސްތިއާއަށް ރަޝިއާއިން ދިން ހަމަލާތަކުގައި ޔޫކްރޭން ސިފައިން ރަޝިއާގެ ދެ ޓޭންކަރު ގޮއްވާލައިފި.

ޔޫކްރޭންގެ އަސްކަރިއްޔާއިން ބުނީ، އެއް ޓޭންކަރު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް.

00:09

ނިއުކްލިއާ ހަމަލާއެއް ޕޫޓިން ދިނުމުގެ ނުރައްކާ އެބައޮތްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ބައިޑެން ވިދާޅުވީ އެކަމަށް އެއްޗެއް ބުނަން ނޭނގޭ ކަމަށް.

00:06

ހާލަތު ބަދަލު ކުރުމަށް ރަޝިއާގެ ރައީސް ޕޫޓިން އާއި މަޝްވަރާ ކުރުމުގެ ޕްލޭނެއް ނެތް ކަމަށް އެމެރިކާގެ ރައީސް ބައިޑެން ވިދާޅުވެއްޖެ.

00:02

ރަޝިއާގެ އެއްޓްރިލިއަން ޑޮލަރު އެމެރިކާ އިން ފްރީޒްކޮށްފި.

00:00

ހަނގުރާމަ އާއި ދެކޮޅަށް މުޒާހަރާ ކޮށްގެން ރަޝިއާ އިން ހައްޔަރު ކުރި މީހުންގެ އަދަދު 1400 އަށް އަރައިފި.

23:52

އެމެރިކާގެ ރައީސް ޖޯ ބައިޑެން ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމެރިކާ ސިފައިން ރަޝިއާއި ދެކޮޅަށް ހަނގުރާމަ ކުރަން ޔޫކްރޭނަށް ވެސް އަދި ޔޫރަޕަށް ވެސް ނުފޮނުވާނެ ކަމަށް. ނަމަވެސް ނޭޓޯ އާއި ގުޅިގެން ރަޝިއާ އާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް. އަދި އެކުވެރި ގައުމުތަކާއިއެކު ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް.

23:45

ހޮސްޓްމޮލް އެއާޕޯޓް ރަޝިއާ އަތުން އަތުލުމަށް ޔޫކްރޭނުން އަނެއްކާވެސް ހަމަލާތައް ބަދަލުކުރަން ފަށައިފި.

23:43

ހަނގުރާމައިގެ ފުރަތަމަ ދުވަހު ރަޝިއާ ބަލިވެއްޖެ ކަމަށް ޔޫކްރޭންގެ އިސް ޖެނެރަލަކު ވިދާޅުވެއްޖެ.

23:12

ރަޝިއާ އިން ހިފި ނިއުކްލިއާ ޕަވާ ޕްލާންޓަކީ ދުނިޔޭގެ ތާރީޚްގައި ހިނގި އެންމެ ނުރައްކާތެރި އެއްނިއުކްލިއާ ކާރިސާ ހިނގި ތަން. 1986 ވަނަ އަހަރު އެތަނުގެ ހަތަރު ނިއުކްލިއާ ރިއެކްޓަރު ގޮވި. އެއީ ސޯވިއެޓް ޔޫނިއަން އިން 1970 ވަނަ އަހަރު ބިނާކުރި ނިއުލިއާ ޕަވާ ޕްލާންޓެއް.

23:01

ޔޫކްރޭންގެ ނިއުކްލިއާ ޕްލާންޓެއް ރަޝިއާ އިން ހިފައިފި.

22:54

މިރޭގެ ވަގުތެއްގައި ރަޝިއާގެ ވެރިރަށް ކިއޭވް އަށް ރަޝިއާ ސިފައިން އަރާނެ ކަމަށް ބެލެވެން ފަށައިފި.

22:51

ޔޫކްރޭންގެ މަރިއުޕޮލް ސިޓީގައި އެތައް ސަތޭކަ ގޮވުމެއްގެ އަޑު އިވިއްޖެ ކަމަށް ރޮއިޓާސް އިން ބުނެފި.

22:46

ރަޝިއާ އިން ޔޫކްރޭންގެ ނިއުކްލިއާ ޕަވާޕްލާންޓްގެ މުވައްޒަރުން ރަހީނު ކޮށްފި ކަމުގެ މައުލޫމާތު ލިބިއްޖެ. ނަމަވެސް މިކަން އަދި ޔޫކްރޭން ސަރުކާރުން ކަށަވަރުކޮށެއް ނުދޭ.

22:44

ޕެރަގުއޭގައި ވެސް ޔޫކްރޭންގެ ރައްޔިތުންނަށް ތާއިދު ކުރުމުގެ ގޮތުން ބޮޑު މުޒާހަރާއެއް ކުރިއަށް އެބަގެންދޭ.

22:43

ޔޫކްރޭންގައި ހުންނަ ނިއުކްލިއާ ޕަވާޕްލާންޓެއް ރަޝިއާ އިން ހިފައިފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި. ނިއުކްލިއާ ޕަވާޕްލާންޓްގެ ކޮންޓްރޯލް ޔޫކްރޭނަށް ގެއްލިއްޖެ ކަމަށް ބުނާ ރިޕޯޓާއި ގުޅޭ ގޮތުން އަދި މިހާތަނަށް ޔޫކްރޭން ސަރުކާރުން އެއްވެސް އެއްޗެއް ނުބުނޭ.

22:37

ޕޫޓިން އާއި ދެކޮޅަށް މުޒާހަރާ ކުރި 650 މީހަކު ރަޝިއާގެ 40 ސަރަހައްދަކުން ހައްޔަރުކޮށްފި.

22:25

އިނގިރޭސިވިލާތުން ރަޝިއާގެ "ކަރު ބުޑުގައި ރަހަލާވަރުގެ" ފިޔަވަޅުތަކެއް އަޅައިފި.

22:22

ރަޝިއާގެ އެއާލައިނެއް ކަމަށްވާ އެއިރޯފްލޮޓް އިނގިރޭސިވިލާތަށް ދަތުރު ކުރުން މަނާ ކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ބުނެފި.

22:17

ޔޫކްރޭނުން ރަޝިއާއަށް ދެމުން އަންނަ ހަމަލާތަކާއި ދެކޮޅަށް 240 ސައިންސްވެރިން ސިޓީއެއްގައި ސޮއިކޮށްފި. ސައިންސްވެރިންގެ އިތުރުން 240 ނޫސްވެރިންނާއި 180 މީހަކު ވަނީ އިތުރު ސިޓީތަކުގައި ހަމަލާތަކާއި ދެކޮޅަށް ސޮއި ކޮށްފަ.

180 މީހުންގެ ތެރޭގައި ރަޝިއާގެ މޮސްކޯއާއި އެހެން ސަރަހައްދުތަކުގެ މުނިސިޕަލް ޑެޕިއުޓީން ހިމެނޭ.

22:16

ރަޝިއާގެ 24 ސަރަހައްދެއްގައި ޕޫޓިން އާއި ދެކޮޅަށް ކުރާ މުޒާހަރާ ތަކުގައި މިހާތަނަށް 167 މީހަކު ހައްޔަރު ކޮށްފި.

21:50

ޕޮލެންޑުން މުސްލިމް ރެފިއުޖީންނާއި ދެކޮޅަށް ހަތިޔާރު، ޔޫކްރޭން ރެފިއުޖީންނަށް މަރުހަބާ!

21:46

ޔޫކްރޭނަށް ހަމަލާ ދެމުން އަންނަ ރަޝިއާގެ ފައުޖެއް އަމާން ދީފި.

21:41

ޔޫކްރޭނުން ދިން ހަމަލާއެއްގައި ރަޝިއާގެ ތިން މީހަކު ޒަހަމް ވެއްޖެ ކަމަށް ރަޝިއާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނެފި.

ޒަހަމްވެފައިވަނީ ޔޫކްރޭން ބޯޑަރު ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބަޔަކަށް ކަމަށް އެގައުމުން ވަނީ ބުނެފައި.

21:39

ބެލަރޫސްގައި ތިބި ރަޝިއާގެ ސިފައިން ކިއޭވް އާއި ދިމާލަށް ދަތުރު ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އިންޓެލިޖެންސުން ބުނެފި.

މިނިސްޓްރީ އޮފް ޑިފެންސް އިންޓެލިޖެންސުން ބުނެފައިވަނީ "ރަޝިޔާއިން ވަނީ ކިއޭވްގެ އައްސޭރިފަށުގައި އޮންނަ އެއަރފީލްޑަކަށް ވައިގެ މަގުން ހަމަލާދީފައި" ކަމަށާއި އެ ހަމަލާތަކަކީ އެއީ ވައިގެ މަގުންނާއި އެއްގަމު މަގުން ދީފައިވާ ހަމަލާތަކެއް ކަމަށް.

21:35

ހަނގުރާމަކުރުމަކީ ހައްލެއްނޫން ކަމަށް ބުނެ އެކަން ހުއްޓާލުމަށް ރަޝިޔާގެ ގައުމީ ފުޓުބޯޅަ ޓީމު އަދި އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ޑައިނަމޯ މޮސްކޯގެ ފޯވާޑް ފެޑޯ ސްމޮލޯވް ގޮވާލައިފި.

21:27

ރަޝިޔާއަށް އިތުރު ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އެގައުމުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު، ވަޑީމް ޕްރިސްޓައިކޯ ގޮވާލައިފި.

އެގޮތުން އޭނާ ވަނީ ދަތި ކުރުމުގެ 10 ފިޔަވަޅެއް އެޅުމަށް ގޮވާލާފައި.

އެޅުމަށް ގޮވާލާފައިވާ ފިޔަވަޅުތައް:

  • ރަޝިއާގެ ގޭހާއި ތެޔޮ ގަތުން ހުއްޓާލުން
  • ރަޝިއާގެ ފޮރިން އިންވެސްޓްމެންޓްތައް ހުއްޓާލުން
  • ރަޝިއާއިން ކުރަމުން އަންނަ ހުރިހާ ޓްރޭޑިންގެ މަސައްކަތަށް ހުރަސް އެޅުން
  • ރަޝިއާގެ ސެންޓްރަލް ބޭންކާއި އެހެނިހެން ބޭންކްތަކަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުން
  • ހުޅަނގު ބޭންކުތަކާއި ކުރާ ހުރިހާ ޓްރާންސެކްޝަނަކަށް ދަތި ކުރުން
  • ބޮންޑް އެންޑް އިކުއިޓީ އިންވެސްޓްމެންޓުން ރަޝިއާގެ ނަން ނަގާލުން
  • ސުވިފްޓް ސިސްޓަމުން ރަޝިއާ ބްލޮކް ކުރުން
  • ވިސާ ކާޑާއި މާސްޓާ ކާޑުގެ ޕޭމަންޓްތަކުން ރަޝިއާ ދުރުކުރުން
  • ރަޝިއާގެ ފޮރިން އެސެޓް ފްރީޒްކޮށް، ޑައިރެކްޓް އިންވެސްޓްމެންޓް ފަންޑަށް ދަތި ކުރުން
  • ހުޅަނގުގައި އުޅޭ ފަރާތްތަކުގެ އާއިލާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުން. އޭގެ ތެރޭގައި ވިސާ ކެންސަލް ކުރުން، ޕާސްޕޯޓް ބާތިލު ކުރުން، ގައުމުތަކުގައި ތިބި ރަޝިޔާ މީހުން އަނބުރާ ފޮނުވާލުން

21:19

ރަޝިއާގެ ސިފައިން ޔޫކްރޭންގެ ހުޅަނގު ސަރަހައްދުން އަދި ނުފެނޭ ކަމަށް އެމެރިކާއިން ބުނެފި.

ރަޝިއާއިން ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމައެއް ފަށާފައިވާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާއިން ވަނީ 75 އުޅަނދު ހަނގުރާމައަށް ބޭނުން ކޮށްފައި. އެހެން ނަމަވެސް އެމެރިކާއިން ބުނެފައިވަނީ މިއިން އެއްވެސް އުޅަނދެއް ޔޫކްރޭންގެ ހުޅަނގު ސަރަހައްދުން ނުފެންނަ ކަމަށް.

ޔޫކްރޭންގެ ހުޅަނގު ސަރަހައްދުން ރަޝިއާގެ އުޅަނދެއް ނުފެނުނު ނަމަވެސް ރަޝިއާގެ ގިނަ އަސްކަރީ އުޅަނދުތަކެއް ޔޫކްރޭންގެ ބޯޑަރު ހުރަސްކޮށް އެގައުމަށް ވަދެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައި.

21:15

ޔޫކްރޭންގައި ތައުލީމު ހާސިލު ކުރަމުން އަންނަ އިންޑިއާގެ ދަރިވަރުން އެދަރިވަރުން އަނބުރާ ގައުމަށް ގެނައުމަށް އާދޭސް ކުރަން ފަށައިފި.

އެގޮތުން ގިނަ ދަރިވަރުން އަންނަނީ މީސްމީޑިއާގައި އެކުދިން އަނބުރާ ގައުމަށް ގެންދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އިންޑިއާގެ ސަރުކާރަށް ދަންނަވާފައި.

20:56

ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކާއި ދެކޮޅަށް ރަޝިއާގެ ޓުވިޓާ ބޭނުން ކުރާ ގިނަ ބަޔަކު ނިކުމެއްޖެ.

ހަނގުރާމައާއި ދެކޮޅަށް ނުކުމެފައިވާ މީހުން އަންނަނީ "ޏޯޓުވާ" ހޭޝްޓެގް ޓުވިޓާގައި ބޭނުން ކުރަމުން. އެއީ ރަޝިއާއިން ޔޫކްރޭން ހިފަން މަސައްކަތް ކުރަމުން އަންނާތީ ބޭނުން ކުރަމުން އަންނަ ހޭޝްޓެގެއް.

މިއަދު ހަވީރު އެފަރާތްތަކުން ޓުވިޓާގައި އެ ހޭޝްޓެގް ބޭނުން ކުރަން ފަށާފައިވާއިރު، މިހާތަނަށް 112،000 އަށްވުރެ ގިނަ މީހުން ވަނީ މި ހޭޝްޓެގް ބޭނުންކޮށްފަ.

20:49

ހަނގުރާމައާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ބައިވެރިނުވާން ރައްޔިތުންނަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އިންޒާރުދީފި.

20:41

ރަޝިޔާގެ ރައީސް ވްލަޑިމަރ ޕޫޓިންގެ އެއް އަތް ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ޗެލްސީ ފުޓްބޯޅަ ކްލަބުގެ އޯނަރު ރޯމަން އަބްރަމޮވިޗް މީގެ ފަހުން އިނގިރޭސިވިލާތުގައި ދިރިއުޅުން މަނާކޮށްފި.

20:40

ޗެކް ރިޕަބްލިކަށް ރަޝިއާގެ ރައްޔިތުން އެތެރެވުން މަނާ ކޮށްފި.

20:29

ރަޝިއާ އާއި ޔޫކްރޭނާއި ދެމެދު އުފެދިފައިވާ މައްސަލައާ ގުޅިގެން، ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން) ގެ މަޝްވަރާއަކަށް ދިއުމަށް ހަތަރު ގައުމަކުން ހުށަހަޅައިފި.

20:20

ރަޝިއާގެ ފިލްމީ ތަރިން ހަނގުރާމައާއި ދެކޮޅަށް ވާހަކަ ދެއްކުން މަނާ ކޮށްފި.

މޮސްކޯގެ މާޔާކޮވްސްކީ ތިއޭޓަރުން ނެރުނު ބަޔާނެއްގައި ބުނީ ރަޝިއާއިން ޔޫކްރޭނަށް ދޭ ހަމަލާތަކުގެ ވާހަކަ ނުދެއްކޭނެ ކަމަށް. އަދި އެކަމާއި ދެކޮޅަށް ކުރާ ކޮންމެ ކޮމެންޓެއް ބަލާނީ "ގައުމަށް ގައްދާރުވުން" ކަމަށް.

ރަޝިއާގެ ފިލްމީ ތަރިން ހަނގުރާމައާއި ދެކޮޅަށް ވާހަކަ ދެއްކުން މަނާ ކޮށްފައިވާއިރު، އެގައުމުން ވަނީ ހަނގުރާމައާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން ކޮށްފަ.

20:17

ރަޝިއާއިން ޔޫކްރޭންގެ ޝާނޮބީލް ނިއުކްލިއާ އިންޖީނުގެ ހިފަން މަސައްކަތް ކުރަމުންދާ ކަމަށް ޔޫކްރޭންގެ ރައީސް ވިދާޅުވެއްޖެ.

ޔޫކްރޭންގެ ރައީސް ވިދާޅުވީ، ރަޝިއާއިން ކުރަމުން އަންނަ އެކަން ނާކާމިޔާބު ކުރުމަށް ޔޫކްރޭންގެ ސިފައިން ފުރާނައިން ގުރުބާން ވަމުންދާ ކަމަށް.

20:12

ޔޫކްރޭންގެ ޚާސޮން އަވަށުގެ ދެކުނު ފަޅީގެ ބައެއްގެ ކޮންޓްރޯލް ޔޫކްރޭނަށް ގެއްލިފައިވާ ކަމަށް ޚާސޮންގެ ސަރަހައްދީ ސަރުކާރުން ބުނެފި.

19:56

ހޮސްޓޮމެލް އެއާޕޯޓް ކައިރިން ރަޝިއާގެ ހެލިކަޕްޓަރެއް ވައްޓާލިކަން ކަށަވަރު ކުރެވިފައިވާ ކަމަށް ބީބީސީ އާއި ސީއެންއެން އިން ބުނެފި.

ވެރިރަށް ކިއިވް ކައިރީގައި އޮންނަ އެއެއާޕޯޓް ހިފަން ރަޝިއާއިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުން.

ހޮސްޓޮމެލް އެއާޕޯޓަކީ ޔޫކްރޭންގައި އޮތް އެންމެ މުހިންމު ބައިނަލްއަގުވާމީ ކާގޯ އެއާޕޯޓް. އަދި މުހިންމު އަސްކަރީ މަރުކަޒެއް. ދުނިޔޭގެ އެންމެ ބޮޑު ކާގޯ ފްލައިޓް "ދަ އެމްރިޔާ" ވެސް އޮންނާނީ އެ އެއާޕޯޓްގަ.

19:50

ޔޫކްރޭންގެ ވެރިރަށް ކިއީވްގައި ސައިރެން އަޅަން ފަށައިފި. ސައިރެންގެ ސަބަބުން އެގައުމުގެ ސަރުކާރުން މިހާރު ވަނީ ކިއީވްގެ ހުރިހާ ރައްޔިތުން ބިންގަރާސްތަކަށް ވަންނަން އަންގާފަ.

19:43

ރަޝިއާއިން ޔޫކްރޭންގެ ހޮސްޕިޓަލަކަށް ހަމަލާ ދީފި.

19:39

ޔޫކްރޭނުން ވައްޓާލާފައިވާ ރަޝިއާގެ ހެލިކަޕްޓަރުތަކުގެ ތެރެއިން ހެލިކަޕްޓަރެއްގެ ވީޑީއޯ.

19:38

ޔޫކްރޭންގެ ހުޅަނގު އުތުރުގެ ހުލުކިވްގައި ރަޝިއާގެ ޓޭންކަރެއް ނައްތާލައިފި.

ނައްތާލާފައިވާ ރަޝިއާގެ ޓޭންކަރު

19:37

ޔޫކްރޭން ޑިފެންސް މިނިސްޓްރީ: ހަނގުރާމަ ދަނީ ކުރިއަށް. ސައިޗެވީކް ކައިރީގައި ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުން. އެ ސަރަހައްދަށް ވަންނަން ރަޝިއާއިން 16 ޓޭންކަރު ބޭނުން ކުރި. އެތަނުން ތިން ޓޭންކަރު ނައްތާލައިފިން.

19:30

ޔޫކްރޭންގެ ވެރިރަށް ކިއިވް އާއި 15 މޭލު ކައިރީގައި އޮންނަ އެންޓޮނޮވް އެއާޕޯޓް ރަޝިއާއިން ހިފައިފި.

19:29

ޔޫކްރޭނުން ރަޝިއާގެ އަސްކަރީ ބޯޓެއް ވައްޓާލައިފި.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެގައުމުން ވައްޓާލާފައިވަނީ ރަޝިއާގެ AN-26 މަރުކާގެ RF-36074 ބޯޓެއް.

ޔޫކްރޭނުން ވައްޓާލާފައިވާ ރަޝިއާގެ މަތިންދާ ބޯޓު

19:27

ޔޫކްރޭނުން ރަޝިއާގެ ބައެއް ހަތިޔާރާއި ޑޮކިއުމެންޓްތައް އަތުލައިގެންފި. މި ޑޮކިއުމެންޓްސްތައް އަތުލައިގެންފައިވަނީ ލެނިންގްރަޑް ރީޖަނުން.

19:25

ރަޝިއާއިން ޔޫކްރޭންގެ ވައިގެ 11 މަރުކަޒެއް ނައްތާލާފައިވާ ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން އިން ބުނެފި.

19:13

ރަޝިއާއިން ޔޫކްރޭނަށް އަރައިގަންނަތަން ބަލައިގެން ނުތިބޭނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ.

19:11

ރަޝިއާގެ ރައީސް ލަޑިމިއަ ޕޫޓިން އަމުރު ކުރެއްވީ އަނިޔާވެރި އަމަލުތަކަކަށް ހުށަހެޅޭ އޯޑަރެއް ކަމަށާއި، މި އޯޑަރުގެ ސަބަބުން ޔޫރަޕުގެ ހަމަޖެހުން އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށް އިސްވެރިޔާ ޗާލްސް މިޝެލް ވިދާޅުވެއްޖެ.

19:04

ޔޫކްރެއިންގެ މިނިވަންކަމަކީ ފްރާންސުގެ ވެސް މިނިވަންކަން ކަމަށް ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ.

18:58

ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާގައި ބައިވެރިވެ، ބެލަރުސް އިން ވެސް އެގައުމަށް ހަމަލާ ދީފައިވާކަމަށް ޔޫކްރޭންގެ އަސްކަރިއްޔާއިން ބުނެފި.

18:56

ޔޫކްރެއިން އަށް ކިޔަވަން ގޮސް ތިބި އިންޑިއާގެ 20،000 ދަރިވަރުން ނުފުރި ތާށިވެއްޖެ.

18:27

މިހާތަނަށް ރަޝިއާއިން ޔޫކްރޭނަށް 203 ހަމަލާ ދީފައިވާ ކަމަށް ޔޫކްރޭނުން ބުނެފި.

18:06

ރަޝިއާ އިން ޔޫކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމާއާ ދެކޮޅު ހަދާ ރަޝިއާ ރައްޔިތުން ހައްޔަރު ކުރަން ފަށާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑީއާ ބައެއް ރިޕޯޓުތައް ބުނަން ފަށައިފި.

17:59

ޔޫކްރެއިންގެ ވީޝްހޯޑް ކައިރިން ރަޝިއާގެ ހެލިކޮޕްޓަރެއް ވައްޓާލައިފި.

17:57

ޔޫކްރެއިނުން ރަޝިއާގެ ޑްރޯނެއް ވައްޓާލައިފި.

17:53

ޔޫކްރެއިންގެ އޮޑެއްސާ އަށް ދިން ހަމަލާއެއްގައި 18 މީހުން މަރުވެއްޖެ.

17:52

ޔޫކްރެއިންގެ ހޮސްޓޮމެލް ކައިރި އަށް ރަޝިއާގެ ހެލިކޮޕްޓަރެއް ވައްޓާލައިފި. މި ހެލިކޮޕްޓަރު ވައްޓާލާފައި އޮތް ވީޑިއޯއެއް މީޑީއާތަކަށް އެބަ ފޮނުވާ. މިއިން ކޮންމެ ކަމެއް ވެސް ރަޝިއާ އިން ދޮގު ކުރާކަން ފާހަގަ ކޮށްލެވޭ.

17:43

ކިއޭވް ރީޖަންގެ އުތުރުފަޅި އަށް ރަޝިއާ ސިފައިން ވަދެއްޖެ ކަމަށް އޭއެފްޕީ އިން ބުނެފި.

17:41

ޔޫކްރެއިންގެ ކިއޭވް އަށް ހަމަލާއެއް އަމާޒުވެފައި.

17:40

ރަޝިއާ އަށް ލިބޭ ގެއްލުންތަކުގެ މައުލޫމާތު އާންމުކުރާ މީޑިއާތައް ބަންދު ކުރަން ނިންމައިފި. ރަޝިއާގެ ކޮމިއުނިކޭޝަން ރެގިއުލޭޓަ އިން ބުނީ ރަޝިއާގެ މީޑިއާތަކުން ފަތުރަން ޖެހޭނީ ތެދު މައުލޫމާތު ކަމަށް. އަދި އާންމު ކުރަން ޖެހޭނީ ހަމައެކަނި ރަޝިއާ އިން ދޭ މައުލޫމާތު ކަމަށް. ނޫނީ އެ ތަންތަން ވަގުތުން ބަންދު ކުރާނެ ކަމަށް ބުނެފައިވޭ.

17:37

ޔޫކްރެއިންގެ ވެރިރަށަށް އަރަން ރަޝިއާ އިން ކުރާ މަސައްކަތް އަދި ކާމިޔާބު ނުވޭ.

 

17:36

ވެރިކަން ކުރާ ރަށް ކިއޭވް އަށް ރަޝިއާ ސިފައިން މަތިން އައިސް ފައިބަފާނެ ކަމަށް ޔޫކްރެއިންގެ ރައީސް އޮފީހުން ބުނެފި.

17:35

ޔޫކްރެއިންގެ އަސްކަރީ މަތިންދާ ބޯޓެއް ވައްޓާލާފައިވާ ކަމަށް އެ ގައުމުގެ އެމަޖެންސީ ސާވިސް އިން ބުނެފި.

17:12

ލިތުއޭނިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި.

16:41

ޔޫކްރޭންގެ ޑިފެންސް އިންޓެލިޖެންސް ހެޑްކުއާޓަރަށް ހަމާލާ ދީފި. މިއީ ވެރިރަށް ކިއެވްގެ މެދު ތެރެއަށް އަމާޒުވި ފުރަތަމަ ހަމަލާ.

ޔޫކްރޭންގެ ޑިފެންސް އިންޓެލިޖެންސް ހެޑްކުއާޓާ

16:37

ޔޫކްރޭނަށް ރަޝިއާއިން ދޭ ހަމަލާތަކުގައި އަދި ބެލަރުސް ބައިވެރި ނުވާ ކަމަށާއި ނަމަވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ޔޫކްރޭނަށް އަރައިގަންނަން ޖެހިދާނެ ކަމަށް ބެލެރުސްގެ ލީޑަރު އަލެކްސެންޑްރާ ލުކަޝެންކޯ ވިދާޅުވެއްޖެ.

16:32

ފްރާންސްގެ ރައީސް, އެމަނުއެލް މެކްރޮން މިއަދު ގައުމާއި މުހާތަބު ކުރާނެ ކަމަށް ފްރާންސްއިން ބުނެފި.

16:31

މި ސަރަހައްދުގެ އަމާންކަން ވަނީ ހަނގުރާމައިގެ ސަބަބުން ގެއްލިފައި ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވެއްޖެ.

"ޕޫޓިންގެ އެ ނިންމުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައި. މިއީ ދުރާލާ ރާވައިގެން ހިންގާ ގަތުލު އާންމެއް"

16:27

ޔޫކްރޭނުން ރަޝިއާގެ ތިން ހެލިކަޕްޓަރު ވައްޓާލައިފި.

16:24

ރަޝިއާއިން ޔޫކްރެއިން އަށް އަރައިގެންފައިވާ މި ދަނޑިވަޅަކީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕަށް އައި އެންމެ އަނދިރި ވަގުތުތައް ކަމަށް އީޔޫގެ ހާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވެއްޖެ.

16:05

ޔޫކްރޭނަށް ހަމަލާތައްދީ އެގައުމު ސުންނާފަތި ކުރަމުން އަންނަ ރަޝިއާ ކުށްވެރި ކުރަން އިސްރާއީލުން ދެކޮޅު ހަދައިފި.

16:04

ޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުން ރައްކާތެރި މާހައުލަކަށް ގެންދަން ކައިރި ގައުމުތަކުގެ އެހީ ހޯދަމުންދާ ކަމަށް ރާއްޖޭ ފޮރިން މިނިސްޓްރީން ބުނެފި.

15:59

ޔޫކްރެއިންގެ އަސްކަރީ ތަޖުރިބާ ހުރި މީހުން "ޔޫކްރެއިންގެ ދިފާއުގައި ބައިވެރިވުމަށް" ގޮވާލައްވައި ޒަހަމްވެފައިވާ ސިފައިންނަށް އެހީވުމަށް ލޭ ހަދިޔާ ކުރުމަށް އެ ގައުމުގެ ރައީސް ވޮލޮޑްމިއަ ޒެލެންސްކީ އެދިވަޑައިގެންފި.

15:51

އާންމުންގެ ތެރެއިން ހަތިޔާރު ބޭނުންވާ ކޮންމެ މީހަކަށް ހަތިޔާރު ދޫކުރައްވާނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއަ ޒެލެންސްކީ ވިދާޅުވެއްޖެ.

15:38

ޔޫކްރޭންގެ އެކި ކަންކޮޅުތަކަށް އަނެއްކާ ވެސް ރަޝިއާއިން މިސައިލް ހަމަލާތަކެއް ދޭން ފަށައިފި. މިއީ ރަޝިއާއިން ޔޫކްރޭނަށް މިސައިލް ހަމަލާތައް ދޭ ދެވަނަ ފަހަރު.

ރަޝިއާއިން ދިން ހަމަލާގައި ޒަހަމްވެފައިވާ އަންހެނެއް

15:37

ޔޫކްރޭންގެ ވެރިރަށް ކިއީވް ގައި ބާރު ގަދަ ގޮވުމެއް ގޮވައިފި.

15:18

ދުނިޔޭގެ އެންމެ ބާރު ގަދަ ނިއުކްލިޔާ ހަތިޔާރު ގެންގުޅޭ ރަޝިއާއިން ޔޫކްރޭން ސުންނާފަތި ކުރާއިރު ވެސް އިންޑިއާ "ހަނު".

15:17

ރަޝިއާ އިން ޔޫކްރެއިން އަށް ދިން ހަމަލާއަށް ނުފޫޒު ފޯރުވާ ގައުމުތަކަށް ރަޝިއާގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ރަޝިޔާގެ ރައީސް ލަޑަމިއަ ޕުޓިން އިންޒާރު ދެއްވައިފި.

15:10

ރަޝިޔާ އާއި ޔޫކްރޭންގެ ސިފައިންނާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި ޔޫކްރޭންގެ 40 ސިފައިން މަރުވެފައިވާ ކަމަށް ޔޫކްރޭންގެ ސަރުކާރުން ބުނެފި

15:07

ރަޝިއާއިން ޔޫކްރޭންގެ މަރިއުޕޮލް ސިޓީއަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތައް
ރަޝިއާއިން ޔޫކްރޭންގެ މަރިއުޕޮލް ސިޓީއަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތައް
ރަޝިއާއިން ޔޫކްރޭންގެ މަރިއުޕޮލް ސިޓީއަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތައް
ރަޝިއާއިން ޔޫކްރޭންގެ މަރިއުޕޮލް ސިޓީއަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތައް

15:04

ޔޫކްރޭންގެ ރެފިއުޖީންނަށް މަރުހަބާ ކިޔަން ފިންލޭންޑުން ވެސް ތައްޔާރުވާން ފަށައިފި. ހަނގުރާމައިގައި ފަސް މިލިއަން ޔޫކްރޭން ރައްޔިތުން ގެދޮރު ގެއްލޭނެ ކަމަށް އަންދާޒާ ކޮށްފައިވޭ.

15:01

ނޭޓޯގެ ކުއްލި ބައްދަލުވުމެއް ބާއްވަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ގޮވާލައިފި.

15:00

ރަޝިއާއިން ދެމުންދާ ހަމަލާތަކުގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު މަރުވެއްޖެ.

ޔޫކްރޭންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކާކިވްއަށް ދިން ހަމަލާގައި މަރުވެފައިވަނީ ފިރިހެން ކުއްޖެއް،

14:53

ރައީސް: ވަޒީފާދިން ފަރާތްތަކުން މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދޭތި. އަހަރުމެން ގައުމަށްޓަކައި ހަނގުރާމަ ކުރާނަން. އަދި ގައުމުގެ ކޮންމެ "އިންޗް: އަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނަން. ސިފައިން ތިބީ ތައްޔާރަށް. އަހަރުމެން ގައުމުގެ މިނިވަންކަން ނުދޭނަން.

14:52

ރައީސް: ހަނގުރާމައިގައި ޒަހަމްވެ، ހޮސްޕިޓަލުގައި ތިބި ސިފައިންނަށް ލޭ ހަދިޔާކޮށްދީ

14:51

ޔޫކްރޭން އިން ރަޝިޔާއާ ހާރިޖީ ގުޅުން ކަނޑާލައިފި

14:48

ރައީސް: އަސްކަރީ އެއްވެސް ތަމްރީނެއް ލިބިފައިވާ ރައްޔިތެއް ނަމަ ގައުމުގެ ދިފާއުގައި ނިކުންނަވާ. ހަތިޔާރު ބޭނުންވާ މީހުންނަށް ހަތިޔާރު ފޯރުކޮށްދޭނަން.

14:47

ޔޫކްރޭންގެ ރައީސް ގައުމާ މުހާތަބު ކުރަން ފަށައިފި

14:42

ރަޝިއާގެ ސިފައިން ޓޭންކަރުތަކުގައި ޔޫކްރެއިންގެ ކިއޭވް އަށް އަރައިގަންނަމުންދާ އިރު އެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ފޮށިތަންމަތި ބަނދެ ސިޓީން ބޭރުވާން ސަފު ހަދައިފި.

14:34

14:31

ރަޝިއާގެ 50 ސިފައިން މަރާލި ކަމަށް އޫކްރޭންގެ އަސްކަރިއްޔާއިން ބުނެފި

14:28

ޔޫކްރޭންގެ އާންމު ރައްޔިތަކު ޒަހަމްވެފައި
ޔޫކްރޭންގެ ކުޑަ ކުއްޖަކު އާއިލާއާއި އެކީ ރައްކާތެރި ހިސާބަކަށް ދަތުރު ކުރަން ތައްޔާރުވެފައި

14:20

ޕޮލެންޑަށް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ސައިރެން އަޅަން ފަށައިފި

14:20

ރަޝިއާ އާއި ޔޫކްރޭންގެ ހަމަލާ ބަދަލު ކުރުންތަކުގެ ސަބަބުން ލިތުއޭނިއާގައި ކުއްލި ހާލަތު އިއުލާން ކުރުމަށް އެގައުމުގެ ރައީސް، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި.

14:19

ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއަކީ މިޒަމާނުގެ ހިޓްލަރު ކަމަށް ޔޫކްރެއިންގެ ކުރީގެ ރައީސް އަދި މިހާރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވާ ޕެޓްރޯ ޕޮރޯޝެންކޯ ވިދާޅުވެއްޖެ.

14:06

ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއަ ޒެލެންސްކީ ދެއްވި އަސަރުގަދަ ހިތޯބު.

13:53

ޔޫކްރޭނަށް އެހީވާން މޮލްޑޯވާގައި ކުއްލި ހާލަތު އިއުލާން ކުރަނީ.

13:45

ޔޫކްރޭނަށް ދެމުންދާ ހަމަލާތައް ފްރާންސުން ކުށްވެރިކޮށްފި. ފްރާންސުން ބުނީ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް. ފްރާންސަކީ ސުލްހަ ގާއިމު ކުރަން ރަޝިއާ އާއިއެކު އެންމެ ބޮޑަށް މަޝްވަރާ ކުރި ގައުމު. ނަމަވެސް މިއަދު ފްރާންސުން ވެސް ބުނީ "ފްރާންސް މިއޮތީ ޔޫކްރޭންގެ ރައްޔިތުންނާއިއެކު" ކަމަށް.

13:37

ޔޫކްރޭންގެ ދެކުނު ފަރާތުން ރަޝިއާ ސިފައިން ޔޫކްރޭނަށް އަރައިފި. މީގެ ކުރިން ޔޫކްރޭންގެ އުތުރުން ބެލަރޫސް އިން ވެސް ރަޝިއާ ސިފައިން ޔޫކްރޭނަށް އަރާފައިވޭ. އޭގެ ކުރިން ފުރަތަމަ ރަޝިއާ ސިފައިން ޔޫކްރޭނަށް އެރީ ޔޫކްރޭންގެ އިރުމަތިން.

13:36

ޔޫކްރޭންގެ ބޯޑަރު ބަލަހައްޓާ ސިފައިންނައި ރަޝިއާ ސިފައިންގެ ވަރުގަދަ ކުރިމަތިލުންތަކެއް ކޮޕާނީ، އިނަނޯވޯ ޚާސޮން ކައިރީ ކުރިއަށްއެބަދޭ. އެސަރަހައްދުން ޔޫކްރޭންގެ ތިން ސިފައިން ވަނީ މަރުވެފައި.

13:33

ހަތިޔާރު އުފުލޭނެ ކޮންމެ ރައްޔިތަކު ހިދުމަތައް ނިކުންނަން ޔޫކްރޭނުން އަންގައިފި.

13:25

ޔޫކްރޭންގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު ވެސް ސިއްރު ޖަލްސާއެއް ކުރިއަށް އެބަދޭ. ޖަލްސާގައި އޮތީ މުހިއްމު މަޝްވަރާއެއް ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރޭ. ގާނޫނު ހަދާ މަޖިލީހުގައި ހުރި "ބީބީސީ"ގެ ރިޕޯޓަރަކު ބުނީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ފެންނަނީ ކަންބޮޑުވުން ކަމަށް.

13:20

ޔޫކްރޭންގެ ވެރިރަށް ކިއޭވްގެ އޭޓީއެމްތަކުން ފައިސާ ހުސްވެއްޖެ. އޭޓީއެމްތަކުން ފައިސާ ހުސްވީ ގިނަ ބަޔަކު އޭޓީއެމްތަކަށް ގޮސް ފައިސާ ނަގަން ފެށުމުން.

13:10

ޔޫކްރޭންގެ އެއްވެސް ސިޓީއަކަށް ހަމަލާ ނުދޭކަމަށް އަނެއްކާވެސް ރަޝިއާ އިން ބުނެފި. ޔޫކްރޭންގެ ޑިފެންސް މިނިސްޓްރީން ބުނީ ރަޝިއާ އިން ވައިގެ މަގުން ޔޫކްރޭންގެ އެއްވެސް ސިޓީއަކަށް ހަމަލާއެއް ނުދޭކަމަށް. އަދި އާއްމުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނޭ.

ރަޝިއާ އިން ކަނޑައެޅިގެން ދޮގު ހަދަމުންދާއިރު ޔޫކްރޭންގެ ދިހަ ސިޓީއަކަށް މެދުކެނޑުމެއްނެތި ރަޝިއާގެ ހަމަލާތައް އަންނަނީ އަމާޒުވަމުން.

12:58

މޮސްކޯގެ ހިއްސާގެ ބާޒާރުގައި އަގުތައް ވެއްޓި، %29 ގެ ގެއްލުމެއް ކުރިމަތިވެއްޖެ.

12:58

ތުރުކީވިލާތުގެ ވައިގެ ސަރަހައްދު ރަޝިއާއަށް ބަންދުކުރަން ޔޫކްރޭނުން އެދިއްޖެ. އަދި ބޮސްޕްރޮސް އާއި ޑާޑަނެލްސް ރަޝިއާގެ ކަނޑުގެ އުޅަނދުތަކަށް ބަންދުކުރަން ވެސް ޔޫކްރޭނުން ވަނީ އެދިފައި.

12:56

ޔޫކްރޭންގެ އޮޑެއްސާ އަށް ރަޝިއާ އިން ދިން ހަމަލާއެއްގައި ހަމީހުން މަރުވެ އެކަކު ޒަހަމްވެއްޖެ. އަދި 19 މީހަކު ވަނީ ގެއްލިފައި. މެރިޕޯލް ސިޓީއަށް ރަޝިއާ އިން ދިން ހަމަލާއެއްގައި އެކަކު ވަނީ މަރުވެފައި.

12:55

ކިއޭވްއަށް ރަޝިއާ އިން ހަމަލާ ދިނުމަށް ބޭނުން ކުރި ރޮކެޓެއް
ކިއޭވްއަށް ރަޝިއާ އިން ހަމަލާ ދިނުމަށް ބޭނުން ކުރި ރޮކެޓެއް

12:54

އަޒޯވް ކަނޑަށް ރަޝިއާގެ އަސްކަރީ އުޅަނދުތައް ފިޔަވައި އެހެން އެއްވެސް އުޅަނދެއް ވަނުން ރަޝިއާ އިން މަނާކޮށްފި.

12:53

ޔޫކްރޭންގެ ވެރިރަށް ކިއޭވްގެ ޑްރިޕްރިއާ ކޯރު ކައިރީގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި. އަލިފާން ރޯވެފައި ވަނީ ހަމަލާއެއްގެ ސަބަބުން ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވޭ.

12:45

ޔޫކްރޭންގެ ވެރިރަށް ކިއޭވްގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ.

12:43

ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދުގައި މިހާރު ފަށާފައިވާ ހަނގުރާމައިގައި ރަޝިއާގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށް ޔޫކްރެއިން އިން ބުނެފި.

12:29

ރަޝިއާގެ އަސްކަރިއްޔާ އިން ޔޫކްރެއިންގެ ވެރިރަށް ކިއޭވް އަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާއެކުގައި އެ ސިޓީ ރަޝިއާގެ ބާރުގެ ދަށަށް އަތުވެދާނެ ކަމުގެ ބިރު ހީވާން ފަށައިފި.

12:27

އިނގިރޭސިވިލާތުގެ ޔޫރަޕް މިނިސްޓަރ ވިދާޅުވީ "ޕޫޓިން މަސައްކަތް ކުރަނީ ރަޝިއާގެ އެމްޕަޔާއެއް ގާއިމު ކުރަން. ޔޫކްރޭނަކީ ރަޝިއާއެއް ނޫން."

12:25

ރާއްޖޭ ގަޑިން 12:30 ގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު "ކޮބްރާ" ބައްދަލުވުމެއް ބާއްވާނެ. ކޮބްރާ ބައްދަލުވުމަކީ ގައުމީ ނުވަތަ ސަރަހައްދީ ބޮޑު މައްސަލައެއް ކުރިމަތިވުމުން އަޅަން ޖެހޭ ފިޔަވަޅުތައް ނިންމަން އިނގިރޭސިވިލާތުގެ އިސްވެރިން ބާއްވާ ބައްދަލުވުމެއް.

12:24

ޔޫކްރޭންގެ ބޯޑަރު ބަލަހައްޓާ ގާޑުން ބުނާ ގޮތުގައި ރަޝިއާގެ ހަމަލާތަކުގައި ބައެއް ގާޑުންނަށް ވަނީ އަނިޔާވެފައި. ގާޑުން ބުނާ ގޮތުގައި ދުޝްމަނުން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން.

12:22

ރަޝިއާ އިން ޔޫކްރޭނަށް އަރައިގެންފި.

12:13

ރަޝިއާ އިން ދިން ހަމަލާއެއްގައި މަރުވި ޔޫކްރޭންގެ އާއްމުން މީހާ މަރުވީ އޭނާ ސައިކަލެއްގައި ދަނިކޮށް ރަޝިއާގެ ހަމަލާއެއް އަމާޒުވުމުން.

12:10

ޔޫކްރޭންގެ މެރިއުޕޮލް ސިޓީއަށް ރަޝިއާ ސިފައިން މިސްރާބު ޖަހައިފި.

12:09

ރަޝިއާގެ ހަމަލާތަކުގައި ޔޫކްރޭނުން އެކަކު މަރުވެ އެކަކު ޒަހަމްވެއްޖެ ކަމަށް ބުނެފި.

12:07

ކިއޭވްގެ ބައެއް އާއްމުން ހިމާޔަތް ހޯދަމުން ދަނީ ބިމު އަޑީގައި ހުންނަ މެޓްރޯ ސްޓޭޝަންތަކުގައި.

12:06

ޔޫކްރޭންގެ ވެރިރަށް ކިއޭވް
ޔޫކްރޭންގެ ވެރިރަށް ކިއޭވް

11:59

ޔޫކްރޭންގެ ދިހަ ސިޓީއަކާއި ސަރަހައްދުތަކަށް ރަޝިއާ އިން ދަނީ ހަމަލާ ދެމުން.

11:57

ހަމަލާތައް ދޭން ފެށުމުން ކިއޭވް ދޫކޮށް އެހެން ސަރަހައްދުތަކަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެ ޓްރެފިކް ވަނީ ތޮއްޖެހިފައި.

11:54

ރަޝިއާ އިން ވަނީ ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދީފައި. ތިރީގައިވާ ޗާޓުން އެފެންނަނީ ރަޝިއާ އިން މިހާތަނަށް ހަމަލާތައް ދިން ޔޫކްރޭންގެ ސަރަހައްދުތައް.

11:52

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 101 ޑޮލަރަށް އުފުލިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ހާމަކޮށްފި.

11:52

މިހާތަނަށް ރަޝިއާ އިން ޔޫކްރޭންގެ ހައެއާޕޯޓަކަށް ހަމަލާދީފި.

11:46

ޔޫކްރެއިންގެ ވެރިރަށް ކިއޭވްގެ މައި އިންޓަނޭޝަނަލް އެއާޕޯޓަށް ރަޝިއާއިން ވައިގެ ހަމަލާތަކެއް ދީފި.

11:45

ޔޫކްރޭންގެ އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ.

11:40

ނޭޓޯގެ "އާޓިކަލް-4" އަށް އަމަލު ކުރަން ގައުމުތަކުން އެއްބަސްވެއްޖެ. އެމާއްދާގައި ބުނެފައި އޮންނަނީ އެއްވެސް ގައުމެއްގެ ގައުމީ ސަލާމަތާއި މިނިވަންކަމަށް ހުރަހެއް ކުރިމަތިވެއްޖެނަމަ ނޭޓޯގެ ގައުމުތައް ގުޅިގެން އެގައުމެއް ހިމާޔަތް ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް. މިއެއްބަސްވުމާއިއެކު ނޭޓޯ އިން ރަޝިއާ އާއި ދެކޮޅަށް އަސްކަރީ އެހީތެރިކަން ޔޫކްރޭނަށް ފޯރުކޮށްދިނުމަށް މިހާރު ގާނޫނީ ހުރަހެއް ނެތް.

11:37

ކްރިމިއާ ހުރަސްކޮށް ރަޝިއާ ސިފައިން ޔޫކްރޭނަށް ވަންނަން ފަށައިފި.

11:36

ރަޝިއާގެ ދެކުނުގެ ހުރިހާ އެއާޕޯޓެއް ބަންދުކޮށްފި.

11:36

ޔޫކްރޭންގެ އިވަނޯ-ފްރަންކިވްސްކް އެއާޕޯޓަށް ރަޝިއާ އިން ހަމަލާދީފި.

11:35

ޔޫކްރޭނުން ދިން ހަމަލާއެއްގައި ރަޝިއާގެ ދެޓޭންކަރެއް ހަލާކުކޮށްލެވިފައިވާ ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެފި.

11:31

ޔޫކްރޭންގެ ވައިގެ އަސްކަރީ ތަންތަނަށް ހަމަލާތައްދީ ޔޫކްރޭންގެ ވައިގެ އަސްކަރީ ބާރުތައް ދަށްކުރެވިފައިވާ ކަމަށް ރަޝިއާ އިން ބުނެފި.

11:29

ޖާސޫސީ މައުލޫމާތުތަކަށް ބިނާކޮށް އެމެރިކާ އިން ބުނީ ރަޝިއާ އިން ކިއޭވްގެ އެއާޕޯޓް ހިފުމަށް ފަހު ކިއޭވްއަށް އަރައިގަންނަން ރާވާފައިވާ ކަމަށް. ރޭ އެމެރިކާ އިން ވަނީ މިއަދު ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފަށާނެކަން ޖާސޫސީ މައުލޫމާތުތަކަށް ބިނާކޮށް ކަށަވަރުކޮށްދީފައި.

11:27

ކިއޭވްގެ މައި އެއާޕޯޓް ހިފަން ރަޝިއާ އިން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާ އިން ބުނެފި.

11:25

ވެރިރަށް ކިއޭވްއަށް ވަރުގަދަ ހަމަލާތަކެއް ދީފި. މީޑިއާތަކުން ބުނާ ގޮތުގައި ކިއޭވްގެ އުޑުމަތި ވެސް ފެންނަނީ އޮރެންޖް ކުލަ އާއި ރަތްކުލަ އިން. ކިއޭވްގެ މައި އެއާޕޯޓް ވެސް ވަނީ ސުންނާފަތިކޮށްލާފައި. އަލްޖަޒީރާ އިން ބުނީ މިހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށް.

11:19

ރަޝިއާ އިން ޔޫކްރެއިން އަށް އަރައި އެގައުމުގައި ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެންނަން ރަޝިއާގެ ރައްޔިތުން ކިބައިން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެދިވަޑައިގެންފި.

11:16

ވިލާތުގެ ގައުމުތަކުގެ އިއްތިހާދުން ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި. މިއަދު އޮންނަ ބައްދަލުވުމުގައި ރަޝިއާ އަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ.

11:15

ޔޫކްރޭނަށް ތިން ސަރަހައްދަކުން ހަމަލާތައް ދެމުންދާކަން ޔޫކްރޭނުން ކަށަވަރު ކޮށްދީފި. ޔޫކްރޭނުން ބުނީ ރަޝިއާ އިން ބެލަރޫސް އާއި ކްރިމިއާ އިން ޔޫކްރޭނަށް ހަމަލާތައް ދެމުންދާ ކަމަށް.

ކްރިމިއާ އަކީ 2014 ވަނަ އަހަރު ރަޝިއާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ޔޫކްރޭންގެ ސިޓީއެއް.

11:13

ބެލަރޫސް އިން ރަޝިއާ ސިފައިން ޔޫކްރޭނަށް ވަންނަމުންދާކަމަށް ބުނާ ރިޕޯޓްގެ ސައްހަކަން ބަލަމުންދާ ކަމަށް އެމެރިކާ އިން ބުނެފި. އެމެރިކާ އިން ބުނީ ބެލެރޫސް އިން ޔޫކްރޭނަށް ވަންނަމުންދާ ސިފައިންގެ ތެރޭގައި ޔޫކްރޭން ސިފައިން ތިބިކަން އަދި ކަށަވަރު ނުވާކަމަށް.

11:12

ރަޝިއާ އަސްކަރިއްޔާގެ އިތުރު ފަސް ފްލައިޓް ވައްޓާލައިފި.

11:05

ބެލަރޫސް އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށުމުން ޔޫކްރޭންގެ އުތުރުން ވެސް ހަމަލާތައް އަމާޒުވާނެ.

11:05

ބެލަރޫސް އިން ރަޝިއާ ސިފައިން ޔޫކްރޭނަށް ވަންނަން ފަށައިފި. ބެލެރޫސް އަކީ ޔޫކްރޭންގެ އަވައްޓެރި ގައުމުތަކުގެ ތެރެއިން ހަމައެކަނި ރަޝިއާ އާއި ގުޅުން ބަދަހި ގައުމު. ބެލަރޫސް އާއި ރަޝިއާ ގުޅިގެން ދާދިފަހުން ވަނޫ އަސްކަރީ ތަމްރީންތަކެއް ވެސް ކުރިއަށް ގެންގޮސްފައި. ބެލަރޫސް އަކީ މިނިވަން ގައުމެއް ނަމަވެސް އެގައުމަކީ ފަގީރު ގައުމެއް. ބެލަރޫސް އިން ގާތްގަނޑަކަށް ހުރިހާ ކަމެއްގައި ވެސް ބަރޯސާ ވަނީ ރަޝިއާ އަށް.

11:02

ޔޫކްރޭންގެ ގިނަ އެއާޕޯޓްތަކަށް ރަޝިއާ އިން ހަމަލާ ދެމުންދާ ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެފި. އަސްކަރިއްޔާ އިން ބުނީ ވެރިރަށް ކިއޭވް ކައިރީގައި އޮންނަ ބޮރިސްޕިލް އެއާޕޯޓަށް ވެސް ރަޝިއާ އިން ހަމަލާ ދީފައިވާ ކަމަށް.

10:58

ޔޫކްރޭންގެ ލުވިވް އަށް ހަމަލާއެއް އަމާޒުވެދާނެކަން އަންގާ ސައިރަން އަޅަން ފަށައިފި. ލުވިވް އަކީ ކިއޭވްގައި ތިބި ހުޅަނގުގެ ގައުމުތަކުގެ ޑިޕްލޮމެޓުން ކިއޭވް ދޫކޮށް ބަދަލުވި ސިޓީ. ލުވިވް އަކީ ހަމަލާއެއް އަމާޒުވުން ދުރު ސިޓީއެއްގެ ގޮތުގައި ކުރިން ބެލެވިފައި އޮތް ސިޓީއެއް.

10:57

ރަޝިއާ އިން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް ލުހަންސްގައި ޔޫކްރޭން ސިފައިން ކޮންޓްރޯލް ކުރާ ސަރަހައްދު ދޫކޮށް ޔޫކްރޭން ރައްޔިތުން ދިއުމަށް ސިފައިން އަންގައިފި. ޔޫކްރޭން ސިފައިން ބުނީ މިހާރުން މިހާރަށް އާއްމު ރައްޔިތުން އެސަރަހައްދު ދޫކޮށް ދިއުމަށް އަންގާކަމަށް. އަމިއްލަ ވެހިކަލްގައި އެސަރަހައްދުން ނުދެވޭ މީހުންނަށް މިހާރު ވަނީ ރޭލްގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި.

10:55

ރަޝިއާގެ އަސްކަރީ ފްލައިޓެއް ވައްޓާލައިފި.

10:51

ހަމަލާތައް ދޭން ފެށުމާއިއެކު ގިނަ ބަޔަކު އަންނަނީ ކިއޭވް ދޫކޮށް އެހެން ސަރަހައްދުތަކަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުން.

10:50

އޮޑެއްސާ އަށް ރަޝިއާގެ ސިފައިން އެރިކަމަށް ބުނާ ޚަބަރު ޔޫކްރޭންގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި.

10:36

ރަޝިއާ ސިފައިން
ރަޝިއާ ސިފައިން

10:30

ޔޫކްރޭންގެ އަސްކަރީ ތަންތަނަށް ހަމަލާދޭކަން ރަޝިއާ އިން ކަށަވަރުކޮށްދީފި. މީގެ ކުރިން ރަޝިއާ އިން ވަނީ ޔޫކްރޭންގެ ސިޓީތަކަށް ހަމަލާދޭކަން ދޮގުކޮށްފައި. ޔޫކްރޭންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭކަން ރަޝިއާ އިން ކަށަވަރުކޮށްދިން ނަމަވެސް އަދިވެސް ރަޝިއާ އިން ބުނަނީ ޔޫކްރޭނަށް މިސައިލް ހަމަލާތައް ނުދޭކަމަށް.

10:15

ޔޫކްރޭންގެ ވެރިރަށް ކިއޭވްގައި އެމަޖެންސީ ސައިރަން ޓެސްޓް ކޮށްފި. އެއީ ހަމަލާއެއް އަމާޒުވެއްޖެނަމަ ރައްޔިތުންނަށް އަންގަން އަޅާ ސައިރަންއެއް.

10:09

ޔޫކްރޭން ރައީސް
ޔޫކްރޭން ރައީސް

10:08

ޚަރްކީވް އިން ގޮވުންތަކެއްގެ އަޑު އިވެމުން ދާއިރު އެއީ ޔޫކްރޭންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ. ޔޫކްރޭން އިން އޮތީ ގައުމުގެ ހުރިހާތަކެއް ދިފާއު ކުރާނެ ކަމަށްބުނެފައި. ނަމަވެސް ޚަރްކީވް އިން ޔޫކްރޭންގެ ސިފައިންގެ މީހަކު ނުފެނޭ.

10:07

ޔޫކްރޭންގެ ކްރަމަޓޯސްކް އަށް ރަޝިއާ އިން ހަމަލާ ދީފި.

10:06

ޔޫކްރޭންގައި މާޝަލް ލޯ ހިންގަން ފަށައިފި.

09:59

ޔޫކްރޭންގެ އިމާރާތްތަކަށާއި ސަރަހައްދީ އިން ބަލަހައްޓާ ސިފައިންނަށް އަމާޒުކޮށް ރަޝިއާ އިން ދަނީ މިސައިލް ހަމަލާތައް ދެމުން.

09:58

ޔޫކްރޭންގެ ގިނަ ސިޓީތަކަށް ރަޝިއާ އިން ހަމަލާ ދީފައިވާކަމަށް ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެ.

09:55

ޔޫކްރޭނަށް މިސައިލް ހަމަލާތަކެއް ނުދޭކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފި.

09:54

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޔޫކްރޭންގެ ރައީސް ޒެލެންސްކީ މިހާރު ދަނީ ހަމަލާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން.

09:53

ޔޫކްރޭންގެ އިންޓީރިއާ މިނިސްޓްރީގެ އެޑްވައިޒަރަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އޮޑެއްސާ ސިޓީއަށް ވައިގެ މަގުން ރަޝިއާ ސިފައިން އަރާފައިވާ ކަމަށް. އޮޑެއްސާގެ ބޯޑަރު ހުރަސްކޮށް މިހާރު ރަޝިއާ ސިފައިން ޚަރްކީވް ސިޓީއަށް ވަންނަމުންދާ ކަމަށް ވެސް އޭނާ ބުނި.

އޭގެ އިތުރުން ޑިންޕްރޯގައި ވެސް ގޮވުންތައް ގޮވަމުންދާކަމަށް އޭނާ ބުނި.

09:51

ގައުމު ދިފާއުކޮށް ކާމިޔާބު ހޯދާނަން- ޔޫކްރޭން

09:42

ޔޫކްރޭންގެ ފޮރިން މިނިސްޓްރީ: ހަނގުރާމަ ކުރުމުގެ ހިތްވަރު ޔޫކްރޭންގެ ސިފައިންގެ އެބަހުރި. އަހަރެމެންގެ ގައުމު ހިމާޔަތް ކުރާނެ މީހުން ތިބީ ތައްޔާރަށް.

09:37

އދ.ގެ ސެކެޓްރީ ޖެނެރަލް ޓެޑްރޯސް ރަޝިއާގެ ރައީސް ޕޫޓިން އަށް: އިންސާނިއްޔަތަށްޓަކައި ރަޝިއާގެ ސިފައިން އަނބުރާ ގައުމަށް ގެންދޭ. މިހަނގުރާމަ މިހާރު ހުއްޓާލަން ޖެހޭ.

09:36

ސްކައިނިއުސް އިން އިތުރަށް ބުނީ ރަޝިއާ އިން ޔޫކްރޭންގެ ވެރިރަށް ކިއޭވްއަށް އަރައި ގަންނާނެ ކަމަށް ބުނަން ދަތިކަމަށް. ނަމަވެސް ފެންނަ މަންޒަރުތަކަށް ބަލާއިރު ރަޝިއާ އިން ކިއޭވްއަށް އަރައި ގަންނާނެ.

09:34

ސްކައި ނިއުސް އިން ބުނީ ޔޫކްރޭންގެ ސިފައިން އެގައުމުގެ ވެރިރަށް މާބޮޑަށް ހިމާޔަތް ކޮށްފައި ނުވާކަމަށް. ސިފައިން ބޮޑަށް ގާއިމުވެ ތިބީ ބޯޑަރު ކައިރީގައި ކަމަށް ސްކައި ނިއުސް އިން ބުނޭ.

09:33

ކިއޭވްގައި ހުރި ސްކައިގެ ނޫސްވެރިޔާ: މިއީ ގައުމަކަށް ހަމަލާ ދިނުން. ޔޫކްރޭގެ ރައްޔިތުން މިއަދު ހޭލާނީ މިހަގީގަތާއިއެކު.

09:32

09:27

09:26

ޔޫކްރޭންގެ ޚަރްކީވް އިން ޔޫކްރޭން ސިފައިން ނުފެންނަ ކަމަށް ސްކައިނިއުސް އިން ބުނެފި.

09:26

ޔޫކްރޭންގެ އިތުރު ދެސަރަހައްދަކަށް ރަޝިއާ ސިފައިން އަރައިފި.

09:20

ނޭޓޯ: ރަޝިއާގެ ސަބަބުން އަދަދު ނުކުރެވޭހާ ގިނަ ބަޔަކު މަރުގެ ތުންފަތްމަތީގައި ވެއްޖެ.

 

09:18

ޔޫކްރޭނުން ރަޝިއާ އަށް: ހަނގުރާމައިގެ ޖަރީމާ ހިންގާ މީހުންނަށް ހެޔޮ ކަމެއް ނެތް. އެމީހުން ދާނީ ސީދާ ނަރަކައަށް.

09:16

ޔޫކްރޭންގެ ފޮރިން މިނިސްޓަރ: ޕޫޓިން ޔޫކްރޭނަށް އަރައިގެންފި. ސުލްހަވެރިކޮށް އޮތް ޔޫކްރޭންގެ ސިޓީތަކަށް ދަނީ ހަމަލާ ދެމުން. ދުނިޔެ އިން ރަޝިއާ ހުއްޓުވަން ޖެހޭ. އެކަން ދުނިޔެއަށް ވާނެ. މިއީ ވަގުތުން ފިޔަވަޅު އަޅަންވީ ވަގުތު.

09:13

ޔޫކްރޭންގެ ފޮރިން މިނިސްޓަރު ވިދާޅުވީ "އަހަރެމެން އަމިއްލައަށް އަހަރެމެންގެ ގައުމު ދިފާއު ކުރާނަން. އަދި ކާމިޔާބު ހޯދާނަން."

09:12

ޔޫކްރޭންގެ އިންޓީރިއާ މިނިސްޓްރީން ބުނީ ކިއޭވްގެ އެއާޕޯޓުން ދަތުރު ކުރަން ހުރި ފްލައިޓްތައް މިހާރު ކެންސަލް ކޮށްފައިވާ ކަމަށް.

09:11

ކިއޭވް އާއި ޚަރްކީވްގައި ހުރި ޔޫކްރޭންގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކަށް ރަޝިއާ އިން މިސައިލް ހަމަލާތައް ދީފި.

09:10

ޔޫކްރޭނަށް ރަޝިއާ އިން މިސައިލް ހަމަލާތައް ދޭން ފަށައިފި.

09:05

ޔޫކްރޭންގެ އަސްކަރީ މަރުކަޒުތަކަށް ރަޝިއާ އިން ރޮކެޓް ހަމަލާތައް ދޭން ފަށައިފި. "އިންޓާފެކްސް" ނޫސް އެޖެންސީން ބުނީ ޔޫކްރޭންގެ ހުރިހާ ހިސާބަކަށް ރޮކެޓް ހަމަލާތައް އަމާޒުވަމުންދާ ކަމަށް.

09:03

ޔޫކްރޭންގެ ސަފީރު ރަޝިއާގެ ސަފީރަށް ރައްދުދެމުން ވިދާޅުވީ "ކަލޭގެ ގައުމުން އަހަރެންގެ ގައުމާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފި."

09:02

ރަޝިއާ އިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަލާމަތީ މަޖިލީހުގައި ވިދާޅުވީ: ޔޫކްރޭން މިއަދު އޮތް ހާލަތަކީ އެގައުމު އަމިއްލައަށް ހޯދި ހާލަތެއް. ޑަމްބަސްގެ ރައްޔިތުންނަށް އިތުރު ތަކުލީފްތަކެއް އުފުލަން ޖެއްސުމުގެ ފުރުސަތެއް ދެން ނުދެވޭނެ.

08:59

ޔޫކްރޭންގެ ވެރިރަށުގެ އެއާޕޯޓް ކައިރީގައި ބަޑީގެ ހަމަލާތައް ބަދަލުކުރަން ފަށައިފި.

08:59

ޔޫކްރޭނުން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަލާމަތީ މަޖިލީހުގައި ވިދާޅުވީ މަސްރަހު ފިނި ކުރުމަށް މަސައްކަތް ކުރުން މިހާރު ވެސް މާބޮޑަށް ލަސްވެއްޖެ ކަމަށް. ހަނގުރާމަ ހުއްޓުވުމަކީ ސަލާމަތީ މަޖިލީހުގެ ޒިންމާއެއް. އަޅުގަނޑު އެދެނީ އދ.ގެ ހުރިހާ މެންބަރު ގައުމަކުން ވެސް ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދިނުމަށް.

08:57

ރަޝިއާގައި ބާރުގަދަ ގޮވުމެއް ގޮވައިފި.

08:52

ޕޫޓިން: ޔޫކްރޭން ހިފުމުގެ ވިސްނުމެއް ނެތް. ޔޫކްރޭން ހިންގާނެ ބަޔަކު މިނިވަން ކަމާއިއެކު އައްޔަން ކުރުމުގެ ފުރުސަތު ޔޫކްރޭންގެ ރައްޔިތުންނަށް ލިބޭނެ.

08:51

ޔޫކްރޭންގެ ވެރިރަށް ކިއޭވްގެ އިތުރުން އޮޑެސާ، ޚަރްކީވް އަދި ޑޮނެޓްސް އިން ވެސް ގޮވުންތަކުގެ އަޑުތައް ދަނީ އިވެމުން.

08:50

ޔޫކްރޭންގެ އިތުރު ސަރަހައްދުތަކުން ވެސް ގޮވުންތަކުގެ އަޑުތައް ދަނީ އިވެމުން. ޔޫކްރޭންގެ އިރުމައްޗާއި ދެކުނުން ވެސް ގޮވުންތައް ގޮވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ.

08:49

އެމެރިކާގެ ރައީސް ޖޯ ބައިޑެން: ދުނިޔެ އިން ރަޝިއާ ޒިންމާދާރު ކުރުވާނެ. މުޅި ދުނިޔޭގެ ހެޔޮ އެދުންތައް ވަނީ ޔޫކްރޭނާއިއެކު.

08:48

އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ފެށިގެން ކުރިއަށް އެބަދޭ.

 

08:48

ޕޫޓިން: ޔޫކްރޭންގެ ސިފައިން އަމާން ދީފައި ގެއަށްދޭ. އެއްވެސް ލޭ އޮހޮރުވުމެއް ހިނގައިފިނަމަ ޒިންމާ ވާން ޖެހޭނީ ޔޫކްރޭނުން.

08:47

ޑޮނެޓްސްކް ގައި ވެސް ބާރުގަދަ ގޮވުމެއް ގޮވައިފި.

 

08:44

ރަޝިއާ އިން ޔޫކްރޭނަށް އަރައިގެންފި.

08:38

ޔޫކްރޭންގެ އިރުމަތީ ސަރަހައްދުތަކުގެ އިތުރުން ޔޫކްރޭންގެ ސަރުކާރުގެ ބާރު ހިނގާ އެހެން ސަރަހައްދުތަކުން ވެސް ރަޝިއާ ސިފައިން އަރައިގެންފި.

08:30

ޔޫކްރޭންގެ އިރުމަތީގައި އަސްކަރީ އޮޕަރޭޝަން ފެށިކަން ޕޫޓިން އިއުލާންކޮށްފި.

08:20

ޔޫކްރޭންގައި ކުއްލި ހާލަތު އިއުލާންކޮށް، އިރުމަތީގެ ފްލައިޓްތައް ގްރައުންޑްކޮށްފި.

ފާއިތުވި ދޮޅުމަހެއްހައި ދުވަހު ހޫނުވަމުން ހޫނުވަމުންއައި ޔޫކްރޭނާއިރަޝިއާގެ މައްސަލަ މިހާރު އޮތީ އެންމެ ނުރައްކާތެރި ފައްތަރުގައިކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެމެރިކާގެ އޮފިޝަލުން މިރޭ ބުނީ މިއަދަކީ ހަމަލާތައް ފަށާ ދުވަސް ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭކަމަށެވެ.

ޔޫކްރޭންގެ އިރުމަތީގެ ޑަމްބާސް ސަރަހައްދަށް މިހާރު ރަޝިއާ ސިފައިން ވަދެއްޖެއެވެ. ޑަމްބާސް ސަރަހައްދަކީ ޔޫކްރޭން ސަރުކާރުން ވަކިވެ އަމިއްލައަށް މިނިވަންކަން އިއުލާން ކޮށްފައި އޮތް "ދެގައުމު" އޮންނަ ސަރަހައްދެވެ. އެ ދެގައުމަކީ މިނިވަން ދެގައުމު ކަމަށް ރަޝިއާ ސަރުުކާރުންވަނީ ދެދުވަސް ކުރިން ބަލައިގެންފައެވެ.

ޔޫކްރޭންގެ އިރުމައްޗަށް ރަޝިއާ ސިފައިން ފޮނުވި ކަމަށް ރަޝިއާ އިން އަދި އެއްބަހެއް ނުވެއެވެ. ނަމަވެސް އަވައްޓެރި ގައުމުތަކުންނާއި އެމެރިކާ އިން ވަނީ މިހާރު ޔޫކްރޭންގެ އިރުމަތީގައި ރަޝިއާ ސިފައިން އެބަތިބި ކަމަށް ބުނެފައެވެ.

ޔޫކްރޭން ސަރުކާރުން ވެސް ވަނީ ހަނގުރާމައަކަށް މިހާރު ތައްޔާރުވެފައެވެ. ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ވަނީ ނިންމާފައެވެ. އަދި އެގައުމުގެ ސިފައިންގެ ރިޒާވް ފޯސްގެ ދެލައްކައަށް ވުރެ ގިނަ ސިފައިން ޑިއުޓީއަށް ނެރެން ޔޫކްރޭނުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަނގުރާމައެއް ފަށައިފިނަމަ ކުރިމަތިވެދާނެ ކަންކަމަށް ޔޫކްރޭންގެ އަވައްޓެރި ގައުމުތައް ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ޔޫރަޕްގައި ތިބި އެމެރިކާ ސިފައިން ވެސް މިހާރު ވަނީ ކުއްލި ހާލަތައް ގެނެސްފައެވެ.

ނަމަވެސް އަދިވެސް ރަޝިއާއާއި ޔޫކްރޭންގެ މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ގެނައުމަށް ބައެއް ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރަޝިއާ ސަރުކާރުން ވެސް ވަނީ މަޝްވަރާގެ ދޮރު އަދިވެސް ހުރީ ހުޅުވިފައި ކަމަށް ބުނެފައެވެ. ނަމަވެސް ރަޝިއާ އިން ގަބޫލު ކުރާ ހަމަތަކާއި އުސޫލުތައް ދޫކޮށްނުލާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރަޝިއާ އާއި ޔޫކްރޭންގެ ހާލަތާއި ގުޅޭ މައުލޫމާތު "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ރަބަރޭ

    ދުނިޔޭގެ ބޮޑެތި ބާރުތަކުން ބޭނުންވީމާ މުޅި ދުނިޔެ ހުއްޓުވާލެވޭ ކަހަލަ ނިޒާމެއް މިއޮންނަނީ

    42
    • ☝☝

      ﷲ އީ ކުޅުދުންވަންތަ ރަސްކަލާނގެ
      ފަލަސްތީން މީހުން ސީރިޔާ މީހުން މުޅި އިސްލާމީ އުއްމަތް ފަނާކުރަމުން ދުވާއިރު މިހާރު އެނގޭނެ އެވެސް އންސާނުންކަން ވޭނެއް އަޅާބިރެއްވެސް ގައްނާނެކަން
      ﷲ ކޯފާ ތި ބޮޑެތި ގައުމުތަކައް ލިބެނީިތި

      16
      1
  2. ޑަބިޔާ

    ތިހެން ކޮންމެ ދުވަހަކު ކިޔަންޏާ ކޮންމެސް ދުވަހަކުން ތީ ތެދަކަށް ވާނެ

    26
    2
  3. ޗޯދްރީ

    ޔޫކްރެއިން މަރުގެ އެތިފަހަރެއް ބޯނެ...މާތް ކަލާކޯ ރަޝިއާ ގެ ހަނތިޔާރުގެ ހުރިވަރު ގަދަކަމާ ބަޔަކު ސިހިދާނެ...ހައިޕްރަސޯނިކް
    މިސައިލްތައް އެމަރިކާގެ އެއަރ ޑިފެންސް ސިސްޓަމަކަށްވެސްނެތް ހުއްޓުވުމުގެ ގާބިލު ކަމެއް

    45
    5
  4. އިބްރާހިމް

    ﷲއިރާދަކުރެއްވިއްޔާ މި ހަނގުރާމަ ނިމިގެންދާއިރު އެމެރިކާގެ ބާރު ދުނިޔެއިން ކެނޑި ބަލިކަށި ޤައުމަކަށް ބަދަލުވާނެއެވެ.

    53
    4
    • ޢުނގޫފާރޭ

      ޢެމެރިކާ ސައިޒުކުރަން ޔޫކުރޭންގެ މައުސޫމު ރައްޔިތުން މަރަންޖެހޭތަ އެމެރިކާ ސައިޒުކުރަން އަރާބަ އެމެރިކާއަށް .

      11
      4
  5. Anonymous

    ޔޫރަޕާ އެމެރިކާގެ އަޅުވެތިކަމުން އިންސާނީ ޖީލު ސަލާމަތް ކުރެވޭނީ ހިތްވަރެއް ހުރެގެން.

    42
    2
  6. ސާމީ

    އެމެރިކާ އަށް ކިހިނެއްތަ މިވަނީ؟ އެމީހުން ނިއުކުލި ހަތިޔާރު ހުއްޓޭ ކިޔާ ތަންތަނަށް އަރަން ވީމަ އަޯކޭ، އެހެން ބަޔަކު އަރަންވީމަ ހަޖަމެއް ނުވޭ، ތިމާ މެން ނުކުރާ ކަމެއް އެހެން ބަޔަކު ނުކުރެއެއްނު؟

    37
    2
  7. މަކަރުވެރިނޭޓޯ

    ބަލަ އެމެރިކަ ހުޅަގާ ލަދެއް ހަޔާތެއް ނުގަނޭތަ؟ އިރާގާ ލީބިޔާ ސޫރިޔާ ގެ ޖީލެއް ނެތިކށްލީ އެއީ އިންސާނިއްޔަތު ދަމަހައްޓަންބާ؟ ހުރިހާ ނުބައެއް ހަދަނީ ދުރުގަ އޮވެގެން އމެރިކާ. ނޭޓޯ ލައްވާ ރަޝިޔާ ސަރަހައްދަން މަކަރުވެރިކިަމުން ގާތްވަނީ ޔުކްރޭން އަޅުވެތިކޮށްގެން. ނޭޓޯ މެންބަރޝިޕް ދީގެން. ރަޝިޔާއަށްވެސް އަމޮއްލަ ނަފުސް ދިފާއުކުުރމުގެ ހައްގު އޮންނާނެ! މަކަރުވެރި ހުޅަގަާ އެމެރިކާ ބަލިކުރައްވާށި!!

    37
    2
  8. ކަތްރެވި

    ޕާރލް ހާރބަރ ކާރިޘާއަށް ވާގޮތް ދެން ތިބި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވާނީ!! ޔޫކްރޭން-ރަޝިއާގެ މަސްރަޙްގެ ކުޅިބަލަން ތިއްބާ އޮންނާނީ ވަރުގަދަ ޙަމަލާއެއްގެ އަމާޒު ފަތްގަނޑަކަށް ވެފަ!! ދެން އެވީ ހަނގުރާމައަށް ނުކުންނަން މަޖުބޫރުވެފަ!!

    10
  9. އަފިރިން

    ޕުޓިން ޒިންދާބާދު! މޯދީ ޒިންދާބާދު!

    9
    9
  10. އިބްނި ލުގުމޭން

    އެމެރިކާއިން ބޭނުންތާކަށް ބޭނުންވަގުތަކު ކޮންމެވެސް ހޮޅި ވާހަކަައެއްދައްކާފަ އެރެންނާ ރަޝިޔާވެސް ހަމަ އަރާނެދޯ. އިޒުރޭލުން ދުވާލަކު ދެދަޅައަށް އަށް ހަމަލަދޭ އެބަަ ސީރިއާއަށް، ލުބުުނާނާނަށް ފަލަސްތީނަށް. ކޮބާ އދ؟ ކޮބާ ސުލްހަ؟ އެމެރިކާއިން އިޒްރޭލަށް މަދަދުދޭތީ އެމީހުންދޭ ހަމަލާވެސް ބެލޭކަށްނެއް؟ އދ މީ އޮތްތަނެއްހެން ވެސް ހީނުވޭ. ޕުޓިން ރަނގަޅަށްތިހެދީ. ތަޅާ ރާކޭސް އަރުވާލާ.

    36
    3
  11. އަބްދޫ

    އެމެރިކާއިން ދައްކާ ދަލަޔަށް ހެއްލި ރަސިޔާގެ ބޯޑަރުގާ އޮތް ޔުކްރޭނުގެ ސަރުކާރުން ރަސިޔާ އަށް ގޮންޖަހާ ޔޫރިޕިއަން އިއްތިހާދަސް ވަންނަން ދިމާކުރުމަކީ ވަރަށް ބޮޑުގޯހެއް. ރަސިޔާއިންބޭނުންވަނީ ޔޫރަޕިޔަން އިއްތިހާދަށް ނުވަދެ މިނިވަންދަވްލަތެއްގެގޮތުގާ ޔުކްރޭން އޮތުމަށް .އފުރުސަތު ނަގާލި އެމެރިކާގެ ދަލައިން. ހުރިހާގެއްލުމެއް ޔުކްރޭނަށް.

    29
    2
  12. ޑިރާސާ

    ޕުޓިން ލޮލަށް ނިދި ނައިސްގެން މިއުޅެނީ ކިހިނެއް ވެގެންތަ؟ ޔޫކުރެއިން ނޭޓޯ އާއި ގުޅުނަސް ރަޝިޔާއަށް ލިބޭނެ ގެއްލުމެއް ނޯންނާނެ. ޔުކުރެއިން އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަން ގައުމެއްގެ ގޮތުގައި އޮންނަތަން ދެކެން ޕުޓިންއަށް ކެތް ނުވަނީ..

    8
    15
  13. ހުސޭނުބެ

    ޕުޓިން އުޅެނީ އަންހެނުން އޭނަކައިރިން ވަރިވެ އެހެން މީހަކާ ގުޅުނީމަ މޮޔަވެގެން އުޅޭ ފިރިހެނެއް އުޅޭހެން

    7
    15
  14. Anonymous

    ގިނަ ފުރާނަތައް ހިގައިދަާނެތިީ ހުރިހާއެންމެންވެސް ކަން ބޮޑުވެޭ އިސްލާމީ ބިންތައްފަނާކުރާއިރު އެއީހަމަ އިންސާނުން ނޫންބާ

    13
    1
  15. އައްޑޫ މީހާ

    މިހުރިހާ ކަމެއްގެ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭ ސަބަބަކީ ރަޝިޔާ ލައްވައި މިކަން ކުރުމަށް ހުރިހާ ގޮތަކުން އުޅުނީ އެމެރިކާ ބަޔަކު ރުޅިއަރުވައިގެން ކުރި ކަމެެއް މީގެ އުނދަގޫ ޖެހޭނީ އަހަރުމެން ކަހަލަ ކުދި ގައުމުތަކަށް

    15
    2
  16. ސަލް

    އިރާގް، ލީބިޔާ، އަފްގާނިސްތާން، ސީރިޔާ އަށް އަރައި އެގައުމުތަކުގެ ރައްޔިތުން މަރައި ސުންނާފަތި ކުރުމުގެ ހައްގު ދުނިޔޭގެ ގައުމުތަކުން އެމެރިކާއަށް ދީފައިވާނަމަ އަދި ޔަމަން ސުންނާފަތި ކުރާތަން ބަލަން ތިބެވޭނަމަ އަދި ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮއް ކަތިލާތަން ބަލަން ތިބެވޭނަމަ އަދި އެކަން ނުހުއްޓުވޭނަމަ ޔޫކުރޭނައް އަރައި އެގައުމު ސުންނާފަތި ކުރުމުގެ ހައްގު ރަޝިޔާއަށްވެސް އޮންނާނެ.

  17. ޙަސަނު

    މީ ހަޤީގަތުގައި އެމެރިކާގެ ސަބަބުން ދިމާވެހެން އުޅޭކަމެށް، ވަގުތުން ޚަޤީޤީ ޙަބަރު ގެނެސްދިނުން އެދެން

  18. ސަރުދާރު

    ވަގުތު ޓީމުން ތިކުރާ ބުރަ މަސައްކަތްކަތަށް ފައްފަށުން ޝުކުރުދަންނަވަން. ވަރަށް ބަރާބަރު ތިހެން އަޕްޑޭޓް ގެނެސްދޭތީ

    • Anonymous

      ވަގުތު ނޫހުން އަޕްޑޭޓް ގެނެސް ދިނަސް ވަގުތު ނޫހުން ގެނެސްދެނީ ވަކިކޮޅަކަށް ބުރަވެފައިވާ އަޕްޑޭޓްތައް. ހަނގުރާމަ ކުރުމަކީ އެއްވެސް ކަމެއްގެ ހައްލެއްނޫން. އެކަމަކު ޔޫކްރޭން މިހާލަތަށް ވައްޓާލީ އެމެރިކާއާ ހުޅަނގުން ކަން އެއީ ގިނަބަޔަކު ގަބޫލުކުރާ ހަގީގަތެއް. ދުނިޔޭގެ ބާރުގެ ތިލަފަތް ވަކިކޮޅަކަށް ބުރަވެގެން ދިއުމަކީ ތަފާތު ދީންތަކާ ނަސްލުތަކާއި ސަގާފަތްތަކާއި އިގްތިސާދީ އަދި އިޖުތިމާއި ގޮތުން ދުނިޔޭގެ އެތައް ގައުމަކަށް އޮތް ނުރައްކަލެއް. އެގޮތުން ރަޝިއާގެވެސް މަގުސަދަކަށް ވެފައޮތީ ރަޝިއާގެ މަސްލަހަތު ހިމާޔަތްކުރުން. އެމެރިކާއާ ހުޅަނގުގެ ކިބައިން ރަޝިއާއިން ބޭނުންވީ އެންމެ ކަމެއް. އެއީ ޔޫކްރޭން ނޭޓޯގެ މެންބަރެއްގެ ގޮތުގައި ހަމަނުޖައްސާނެ ކަމުގެ ގެރެންޓީ. މި ގެރެންޓީ ދިންނަމަ މިއަދު ޔޫކްރޭނު މިހާލަތަށް ނުވެއްޓޭނެ. މިއަދު ކޮބާ އެމެރިކާއާ ހުޅަނގު؟ ޔޫކްރޭން ސަލާމަތްކުރަން ކޮށްދިނީ ކޮންކަމެއް؟ މިއަދު އެމެރިކާ ޔޫކްރޭނަށް ލަނޑުދީފަ ޔޫކްރޭން ފުނޑާލާއިރުވެސް އެތިބީ ހޭން. އެމެރިކާއާ ހުޅަނގަށް ކޮށްދެވޭނެ އެއްވެސް ކަމެއްނެތް. ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ރަޝިއާ މައިތިރި ނުކުރެވޭނެ ކަން އެމެރިކާއާ ހުޅަނގަށް އެނގޭނެ. ކިތަންނެ ނުރުހުނަސް މިއީ ހަގީގަތް.