އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރަން ބޭރުގެ ފޮރެންސިކް އޮޑިޓަރުން ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަން ބޭރުގެ ފޮރެންސިކް އޮޑިޓަރުން ކޮންޓްރެކްޓް ކުރަން ތަކުރާރުކޮށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ.

"ދެން ވެސް މައްސަލަތައް ތަހުގީގު ނުކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭނަމަ ދައުލަތް ފެއިލް ވާނެ،" އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސްގެ ގޮތުގައި ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ލިޔުއްވާފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅުތަކާއި ފަޅުރަށްރަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ބިލިނަކަށް ވުރެ ގިނަ ރުފިޔާއަށް ވަނީ ޚިޔާނާތްތެރިވެފައެވެ.

މި ޚިޔާނާތުގެ މައްސަލާގައި މިހާތަނަށް ޖަލު ހުކުމުގެ އަދަބަކާއި ހަމައަށް ގެންދެވިފައި ވަނީ، އެ ކަމުގައި ބައިވެރިވި ކަމަށް އިއުތިރާފްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެކަންޏެވެ.

ރައީސް ޔާމީންގެ މައްޗަށް ވެސް ދަށު ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޚިޔާނާތުގެ ފައިސާ ކަމާއި ދައުލަތުގެ ފައިސާ ކަން ސާބިތުނުކޮށްދެވޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރިއެވެ.

މި ސަރުކާރުގައި މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެެރަލް (ޕީޖީ) އޮފީސް ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ.

ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 283 މީހުންގެ ލިސްޓެއް ވެސް ތައްޔާރުކޮށްފައިވެއެވެ. އޭގެ ތެރެއިން މިހާތަނަށް ޝަރީއަތާއި ހަމައަށް ގޮސްފައިވަނީ އަދީބާއި ޒިޔަތުގެ އިތުރުން ޔާމީނާއި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއާއި، މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު ނިހާންގެ މައްސަލައެވެ.

ލިސްޓުގައި ހިމެނޭ ގިނަ ފަރާތްތަކުން ޚިޔާނާތުގެ ތުހުމަތަށް އިންކާރު ކުރެއެވެ. އަދި ލިސްޓުގެ ސައްޚަ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އެއީ ސިޔާސީ ބޭނުމަކަށް، ބައެއް ފަރާތްތަކުގެ އަގު ވައްޓާލަން ވެގެން އުފައްދައިގެން އުޅޭ ލިސްޓެއް ކަމަށް ބުނެއެވެ.

ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ފުރިހަމަކަޮށް ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ވެރިކަމުގެ ތިން އަހަރަށް ވުރެ ދިގު މުއްދަތެއް ހިނގިއިރު، ފައިސާ ހޯދިފައި ނުވާތީ ސަރުކާރަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އިބްރާ

    މި ނުބައިމީހާ ކުރިމަތީގައި ދިވެހިންނަށް އެއްވެސްއެއްޗެއް އެނގޭކަމަށްނުވޭ. ކަމެއް ރަނގަޅުކުރުމުގެ އެއްވެސް ނިޔަތެއްވެސް އޮވެގެންނޫން މި އަނގަތަޅަނީ

    27
  2. ކޮރަލް

    މީނަ ބޭނުންވަނީ ހުރިހާ ކަމަކަށް ވެސް ބޭރުން މީހުން ގެންނާށެވެ. ކޯޓު ތަކަށް ވެސް މީހުން ގެންނަން އުޅުނެވެ.

    21
  3. ނަބީލާ އުރްސްވާރީ

    ޕޮރޮޖެކްޓެއް ހިންގާލާނެ ލާރިއެއް ނެތް އިރުވެސް ބޭރުން ބޮޑުއަގުގައި މީހުންގެނެވޭތޯ ބަލާތި! އަދިވެސް ހުރިއެތިކޮޅުވެސް ފެނާއި ނުލާ ދިރުވާލަން ތިވިސްނަނީ. ދަރަނި އޮތީ އަތްނުފޯރާފަށުގައި. ހޮސްޕިޓަލެއް އެޅޭނެ ލާރިއެއްނެތް. ކާލެވޭތޯ މީނާ މިއުޅެނީ.

    14
  4. މލ

    ބޮޑު ޚިޔާނާތުގެ ބޮޑުފ ފައިސާ ބޮޑުކޮށް ޖަމާކޮށް ފައިވަނީ
    ބޮޑު ވަގު އެކައުންޓްތަކަށެވެ އެއީ ރާއްޖެއިން ބޭރުގައިވާ
    އެކައުންޓްތަކެވެ ރު ފިޔާގޯނި ބެހިމީހުން ހެކިދެނީ މޑޕ
    ބޮޑުންނަށް ބޮޑުކޮށް ބައި އެޅިކަމަށެވެ ބޮޑުޚިޔާނާތް
    ނުބަލާނެއެވެ.

    11
  5. އަލީ މުޣުނީ

    އިބޫ ސަރުކާރުން އެންމެ ގަދަޔައް ވިއްކި ވައުދު، އެމްއެމްޕީއާރުސީގެ ތަހުގީގު އަދިވެސް ފިރުކެނީ.....ފިރުކެނީ!!! ލަދުކޮބާ!!!
    ނަޝީދު އެބުނިފަދައިން ގްރާން ތޯންޓަން ފަދަ ފޮރިންސިކު ބަޔަކު އަވަހައްގެނެސް ނިކަން ހިންގާލާ ނަތީޖާ ދައްކާލަބަލަ!!!
    އިބޫ!! ހޭވެރިވެބަލަ.....ދައުރު މިއޮންނިމެނީއޭ......ދެން ވަގުތެއްނެތޭ!!!

  6. އަބްދޫ

    ވަގު ނަސީދު އަށް ތަނދޮރު ނޭގުނަސް ދިވެހިގައުމުގަ ތުިބީ ދުނިޔެއަށް ދޫނުކުރާވަރުގެ އޮޑިޓަރުން، އޮޑިޓަކީ ކޯންޗެއްކަމެއް ވަގު ނަސިދަކަށް ނެގޭނެ. ނަސީދު ކިޔެވީ މެރިޓައިމް ގްރީކް ބޮޓެއްގެ ކެޕްތަން ބޯއީއަކަށް ނަސީދު ވަރަށް ކަމުދާނެ. ދަތުރުކުރަންދަންވީނު. ވިލިގިލީގަ ހުންނަ މަރުކަޒުން ސިޑިސީ އެއ ހެދިދާނެ.

  7. ބޭރުދޮން

    ބޭރު ދޮން މީހުން ލައްވާ ކަމެއް ކޮއްގެން، އެއްވެސް ކަމެއް ކާމިޔާބު ވެއްޖެތަ؟ ކަމެއްވާއިރަށް ބޭރުގެ މާހިރުން ގެނޭ!!! ހަރާން ކަމެއްވާ ނަމަ. އަދިވެސް ދިވެހިން ނުވިސްނޭ ބަޔަކަށް ހަދައިގެން، މައުމޫނު ޒަމާނުގައި ދޮންމީހުން ރައްރަށަށް ސާރވޭ ކުރަން ގެންދާ އުކުޅު ދެއްތޯ ތި ގެންގުޅެނީ!!!

    11
  8. Anonymous

    ނަޝީދޫ ކަލޭ ތަހުގީގު ކުރާނެ މީހަކު މިދުނިޔޭގަ ނެތީ ، މިގައުމުގެ ހަލާކު.

    11
  9. ނާގޯށި

    ހަމަހުސް ޕީޕީ އެމް އައް ނިސްބަތްވާމީހުން އެކަނިތަ ކޮބާހޭ މިސަރުކާރައް ނިސްބަތްވާ މީހުން ގައިމު ކިޔާ މުގޫވެސް ބައިވެރިވި ވާހަކަ އޭނާގެމައްސަލަވެސް ބެލިގެންތާ ތިޔަމައްސަލަ ނިމެންވާނީ 283މީހުން ތިބިތަނަކުން އެންމެ ހައެއްކަމީހުން ހޮވާލާފަ އެއިގެތެރެއިންވެސް ތިމަންނަބޭނުންވާ ދެތިންމީހެއްގެ މައްޗައް ޝަރީއަތް ހިންގިޔަސް އެއަކައް އިންސާފެކޭ ނުކިޔާނެ ދެންތިބިމީހުންގެމައްސަލަވެސް ބަލާބަލަ ނުބެލޭނެ ނުވެސްކެރޭނެބަލާކައް ވޯޓައް ކައިރިވާތީ އަނެއްކާވެސް އެއްޗެއް ކިޔަންފެށީ

  10. ރައްޔިތުމީހުން

    އަބަދުވެސް ބޭރުބަޔަކަށް ލާރިގަނޑެއް ދެވޭތޯ ދެއްތޯ

  11. އެރރ

    އެމްއެމްޕީއާރުސީގެ ތަހުގީގު ވައުދައް 3 އަހަރުވީ ނަތީޖާ ޒީރޯ ޒީރޯ
    މިއީދޯ އިބޫ ބުނާ ޒީރޯ ޓޮރޮލަންސް........އިބޫ ހޭވެރިކަން ކޮބާ؟

  12. ކުރުސި

    ގާޒީހަްްޔަރުކުރި މައްސަލަބަލަންވެސް ބޭރުންމީހުންގެންނަންޖެހޭ.

  13. ޢަލީ

    އަނެއްކާ ގާތް އިނގިރޭސިއަކަށް ވަޒީފާއެއް ދޭންވީ، ދެވަނަކަމަކީ މިހާރު އޭގެތެރޭގައިތިބި ޕާޓީ ކުދިންކޮޅު ސަލާމަތްކުރުން، ތީ އޮޑިޓްކޮށް ނިމިފައި އޮތް އެއްޗެއް ހަޤީޤަތަކީ އަދީބާ ޒިއަތާ އެސްއޯއެފާ ޒިންމާވާންޖެހޭ ކަމެއްތީ އެ މީހުން ގޭގައި ބައިތިއްބާފައި އެހެން ބައެއް ތީގެ ތެރެއަށް ފައްތަން ހަދައިގެން ހުރިހާކަމެއް ތިވަނީ، ދެން ކީކޭ ބުނާނީ

  14. ދަރި

    މާރަގަޅު ތެދުވެރި ފަރާތެއްކަމަށް ދައްކަންއުޅުން މިހާރުވަގުތުފާއިތުނުވޭބާތިއީބޮޑުވަޒީރުކަމަށް
    ފައިނަގާތީ ރަށްޔިތުންގެ ލޮލުގައި އަނދުނެއްއެޅުވުމުގެގޮތުން ބުނާއެއްޗެއްތޯ ކޮންމެކަމަކަށް
    ބޭރުން ( ބޭރުންގެންނަމަ ބޭނުންގޮތަކަށް ނިންމަން އިންޑިއާ ޚާއްސަކޮށްފޭނެ) ނުގެނައި
    ކިމުގައިވިއަސް ދިވެހިންގެތެރޭގައިވެސް ތިންއެނގިލައްވާ ވަރަށްގިނަ ދަރިންތިބޭނެ

  15. ޥަގުވަގު

    ޢޭރުންތާ ކަޓުގެ ގޮތުގައި މިގޮލާއަށްވެސް ލިބޭނީ ބޮޑުކޮށް

  16. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ދިވެހިން ޗުއްޓީ ނަގައިގެން ބޭރު މީހުން ބާކީ 02 އަހަރަ ބަހަޓާ

  17. ވާލުސު

    ފަހު އިންތިހާބުން ޔާމީނު އެކަނި ނުކުމެ ހޯދި ބޮޑު ކާމިޔާބުން، 2023 ނިމެންދެން ޔާމީނުގެ އަގު ވައްޓާލުމަށް މަސައްކަތް ފެށީ. ކުރިމަތި ލެވެން ނެތް ބޭފުޅެއްގެ ކަންތަކާއުޅެނީ ކީއްކުރަންބާ

  18. ސސ

    ސިޔާސީ ވަފާތެރި ކެހިވެރިން ބައިއަޅަން ކުރާކަމެއް އޮޑިޓަރުންނޭ ކިޔާއިގެން ތިމާ މީހާޔަށް ބައިތުލް މާލުން ބަޔެއް އެޅޭތޯ ބަލަނީ !

  19. ރަނާ

    ތިއުޅެނީ އިބޫވެސް، ޔާމީނުވެސް ކުރިމަތި ނުލެވޭނެހެން ތާށިކޮށް ބަހައްޓާފަ، ވެރިކަމަށް އަންނަންދޯ،
    ނަށީދު ވެރިކަމަށް އަންނާކަށް ތިނޫން ފޯމިއުލާއެއް ދެންނެތް،

  20. ޙުސައިނުބެ

    ނަޝީދު ރިޝްވަތު ދީފައި ގޮވާނެ މިސަރުކާރުން ކޮށްފައިވާ ހުރިހާ ކޮރަޕްޝަނަކަށް ފަސްއަޅަން އިންޑިޔާ ސިފައިން ގެންނަނީ އިންޑިޔާ ސިފައިން ޤައުމުން ފެނުމަކީ ހިތާމައެއް ފަހަށް ވިސްނާތި