ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުތަކާއި ހަވާލުވުމަށް، ނައިބު ރައީސް އެކަމަށް ހުވައެއް ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރު ޢަބްދުލްމާނިޢު ޙުސައިން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތައިރޮއިޑް އާލާސްކަންފުޅާ ގުޅިގެން އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތުމުން، އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތުގައި ރައީސްކަމުގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަތުމަށް ނައިބުރައީސް ފައިސަލް ނަސީމު ރައީސްގެ ޒިންމާތައް އަދާކުރުމުގެ ހުވައި މިއަދު ފަތިހު ވަނީ ކުރައްވާފައެވެ.

އެކަމާއި ގުޅިގެން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މާނިއު ވިދާޅުވީ ވަގުތީ ގޮތުން ރައީސްކަމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަކީ ނައިބުރައީސްގެ ހަގީގީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤާނޫނު އަސާސީގެ 117 ވަނަ މާއްދާގައި ބަޔާންވެފައިވާ ކަމެއް ކަމަށެވެ. އަދި ވަގުތީ ގޮތުން އެ މަސްއޫލިއްޔަތު ނައިބުރައީސާ ހަވާލުކުރުމުގެ އިޖުރާއާތު ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު ވަކި ޚާއްޞަ ހުވައެއް ނައިބުރައީސް ކުރައްވަންޖެހޭނެ ކަމަށް ބަޔާންކޮށްފައިނުވާކަމަށެވެ.

އިތުރަށް މާނިއު ވިދާޅުވީ ޤާނޫނު އަސާސީގެ 126 ވަނަ މާއްދާގައި ބަޔާންކުރާ ހުވައަކީ ރައީސާއި ނައިބުރައީސްގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވާ އެހެން މީސްމީހުން ކުރަންޖެހޭ ހުވައެއްކަން 124 ވަނަ މާއްދާ ކިޔާފައި 126 ވަނަ މާއްދާ ކިޔުމުން އެނގޭ ކަމަށާއި 124 ވަނަ މާއްދާގައި ރައީސާއި ނައިބުރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވާ އެހެން މީހުން އަމަލުކުރަންޖެހޭ އިޖުރާއާތު ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބަޔާންކުރާ މީހުންނަކީ އެ މީހުންގެ ހަގީގީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރައީސްއާއި ނައިބުރައީސް އަދާކުރާ އެއްވެސް މަސްއޫލިއްޔަތެއް މަތިކުރެވިފައިވާ ބައެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހުވައިގައި އޮންނަނީ އެ މަޤާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރަންޖެހޭ ވާހަކަ ކަމަށާއި އެ މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް އަދާކުރުން އޮންނާތީ، ވަގުތީ ގޮތުން ރައީސްގެ ޒިންމާ އަދާކުރުމުގެ ހުވައިވެސް އޮންނާނީ ކުރެވިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 117 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަގުތީ ގޮތުން ޢުޛުރުވެރިވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށެވެ. އަދި ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޢުޛުރުވެރިވާ ހާލަތުގައި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގައި، މަސްއޫލިއްޔަތުތައް އަދާކުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަންވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ ސާޖަރީއެއް މިއަދު ހެނދުނު ކުރައްވާތީ އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ރަސްމީކޮށް ހަވާލު ކުރެއްވުމާއި ގުޅުގެން މިއަދު ފަތިހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތެއްވައި ފައިސަލް ނަސީމްވަނީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ހުވާ ކުރައްވާފައެވެ.

އެހެންނަމަވެސް އޮޕަރޭޝަނަށް ފަހުގައި މިއަދު މެންދުރު ކުރީގެ ވަގިތެއްގައި ރައީސް ސޯލިހް ވަނީ އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެލައްވާފައެވެ.

މިއަދަކީ ރާއްޖޭގެ ރައީސްއަކު ރައީސްގެ ޒިންމާތައް ވަގުތީގޮތުން ނައިބު ރައީސް އާއި ހަވާލު ކުރެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިއީ އާއްމު ކަމެކެވެ. ދާދިފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެންޑަސްކޯޕީއެއް ހެދުމަށް ވެސް ނައިބު ރައީސް އާއި ވެރިކަން ހަތަރު ގަޑިއިރަށް ހަވާލުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަނައްޓޭ

    ކަނޑުކޮހުން ކުރާނެ ގާނޫނު ނުދަންނަ ކަންކަންވެސް

    16
    1
  2. ކެނެރީގެ މާފަތް އެދުރު

    އެހެންވީމަ މިއެނގުނީ މިހާރު ވެރިކަމުގައި ތިބީ ތަނެއް ދޮރެއް ނުދަންނަ ބައެއްކަން އަދި ރައްޔިތުންގެ މަޖިލިހުގައި ތިބީ ޤާނޫނު އަސާސީ އެއީ ކޮން އެއްޗެއްކަން ވެސް ނޭގެ ބީތާ ތަކެއްކަން

    15
    1
  3. ޢަލްގީ ސިކު

    ނަޝީދު ހާދަ ކަޑަވެފަ އެހެރީ، ކަމަކާ ދެރަވެފަބާ؟ ހާދަ ހީވޭ ކަމަކާ ހިތްހަމަ ނުޖެހިފަހެން.

    ނަޝީދޫ... އަދި އޯކޭ ވާނެއޭ. ޗިލް

    11
  4. ޙުސައިން މޫނާބޭ

    މިހާރު މިވީގޮތުން ރައީސް ކަމުގައި ދެބޭފޫން އެބަތިބި ނާއިބު ރައީސަކުނެތީ ނޫނީ ރައީސް ސާލިހު އަޅުން ހުވާކޮށްގެން ނޫނީ މަސްއޫލިއްޔަތާއި ހަވާލުނުވެވޭނެ!

    13
  5. އިންނަ

    ސޯލިހޫ ވެރިކަމުގެ ބާރުތަށް 3 ގަޑިއިރަށްވެސް އެހެންމީހަކާ ހަވާލުކުރުމަކީ ކޮށްގެންވާނެކަމެެއް ނޫން މިއީ ގެއެއް ބަލަހަށްޓަން މީހަކާ ހަވާލުކުރުންފަދަ ކަމެއް ވެރިކަންކުރަން ކަލޭ ނާގާބިލުކަން ހާމަވެއްޖެ މިކަމުންދޭހަވަނީ އިންޑިއާގެ އެމްބަސީން ގައުމުގެވެރިކަން ހިންގާކަން .

    8
    1
  6. ސާބަސް

    އަމިއްލައަށް ހަދާ ގާނޫނުތަކާ ގަވާއިދުތައްވެސް ނޭންގޭ ބައިގަނޑެއް. ވެރިކަމަށް އެރެވެނިކޮށް އެ ހެޔޮވީ.

  7. ދެބޯގެރި

    ދެބޯގެރި ދުއްވަން އުޅެނިކޮށް ކަނޑުކޮހުންނަށް ކޮސް ހެދިފަ ތިޔަ އޮތީ މިހާރު މިޤައުމުގެ ރައީސެއްނޫން އިބޫ ސޯލިހަކީ މިހާރު ޤައުމުގެ ވރިޔަކީ ފައިސަލް ނަސީމު މިކަމަކީ އަންނި ރާވައިގެން އަޑީގަ ހުރެގެން ހިންގި ޖަރީމާއެއް އަދުލު އިންސާފުގެ ވެރިމީހާޔަކީ ކިހާ ކުފޫ ހަމަވާމީހެއްކަން މިހާރު އެނގިއްޖެ މިފަދަ ކަމެއްކުރައްވާއިރު ޤާނޫނުއަސާސީގަ ބުނާ އެއްޗެއް އޮޅުން އެރުމަކީ ނުވަތަ އޮޅުވާލުމަކީ ތަންދޮރު ނޭނގުމޭ ބުނެވިދާނެ