ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައިރޮއިޑްގެ ސާޖަރީއެއް ކުރައްވަން ޖެހިވަޑައިގަތުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.

ސިންގަޕޫރުގައި މިއަދު ހެނދުނު ތައިރޮއިޑްގެ ސާޖަރީ ކުރައްވާތީ، ވެރިކަމުގެ ބާރުތައް ވަގުތީ ގޮތުން ނައިބު ރައީސާ ހަވާލުކުރައްވާނެ ކަމަށް ރައީސް އިއުލާނު ކުރެއްވީ ރޭގެ ވަގުތެއްގައެވެ. އެގޮތަށް އިއުލާން ކުރެއްވުމާ އެކު ނައިބު ރައީސް ވަނީ ވަގުތީ ގޮތުން ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވިތާ 3:30 މިނެޓް ފަހުން އަލުން ޒިންމާތަކާ ރައީސް ވަނީ ހަވާލުވެވަޑައިގެންފައެވެ.

ރައީސް އޮފީހުން ބުނީ ހެނދުނު 6:00 ގައި ނައިބު ރައީސްއާ ޒިންމާތައް ހަވާލުކުރެއްވުމަށް ފަހު ރައީސް އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ ހެނދުނު 9:30 ގައި ކަމަށެވެ.

ތައިރޮއިޑްގެ ސާޖަރީއަށް ފަހު ރައީސް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ހާލުކޮޅު ރަނގަޅު ކަމަށެވެ. އެ ޓްވީޓްގައި ރައީސް ވަނީ އެ މަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެތެރެ

    ރައްޖެއަ ގެއްލުން ދޭމީހުން ރައިސްކަމައް ދެނެ ނޮހޮވާނަން އިންޝާﷲ

    5
    2
  2. އުމޭ

    އިސްލާމްދީނާދެކޮޅު ހާއްސަކޮށް އިންޑިއާގެ މުސްލިމުން ދުވަސްދުއްވާލަން ގޮވާލި ދަށްޖާލު އަވަސް ޝިފާއަކަށްގޮވާލީވެސް އިސްލާމްދީނާ ދެކޮޅު އަދުއްވަކަށެވެ އިންޑިއާ އައުޓު ވަގުތުން އައުޓު.

    2
    1
  3. އިބްރާހިމް

    ޤައުމަށް ޣައްދާރުވެފައިވާ މީހަކަށް އަވަސްޝިފާއަކަށް އެދުން މިއީ ކިހިނެތްވާނެކަމެއްތޯ؟