ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ފޮޓޯ ހުންނަ މާސްކް އަޅައި މޯދީގެ މާލި ނެރެފައި ވަނީ ނަފްރަތާއި ރުޅިވެރިކަން އުފައްދަން ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފަހަކަށް އައިސް މާލޭގައި ބާއްވަމުން އަންނަ މުޒާހަރާތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފޮޓޯ ޖެހި މާސްކާއި މޯދީގެ މާސްކް ދަނީ ބޭނުން ކުރަމުންނެވެ. އަދި އީދު ދުވަހުން ފެށިގެން ބާއްވަމުން އަންނަ ހަވީރުގައި މޯދީގެ ނަމުގައި މާލި އެއްވެސް ވަނީ ނެރެފައެވެ. އެ މާލިތައް ހުރީ މުޅި ގައިގައި ހުދު ފޮތި އޮޅައި މޯދީގެ ފޮޓޯ ޖަހާފައިވާ މާސްކެއް ވެސް އަޅައިގެންނެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޯދީ އަށް އިހްތިރާމް ކުޑަވާ ގޮތަށް އިދިކޮޅު ފަރާތްތަކުން ހިންގި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މިއީ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު ހަބަރުތަކަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އަޟްހާ އީދަކީ އުފަލާއި ހިތްހަމަޖެހުން ގެނުވައިދޭ އީދަކަށްވާ އިރު، މިފަދަ އިހްތިރާމް ކުޑަ އަމަލުތަކުން ސަބަބުން އުފެދުނީ ހަމައެކަނި ނަފްރަތާއި ރުޅިވެރިކަން އެކަނި ނޫން ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ވެސް އަސަރު ކުރާ ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނި ގޮތުގައި އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރާ ގައުމެވެ. އިންޑިއާ އިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދޭ ކަން އެ ބަޔާނުގައި ފާހަގަ ކުރިއެވެ. ރާއްޖެ އާއި އިންޑިއާގެ ގުޅުން ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ "އިންޑިއާ ފަސްޓް" ސިޔާސަތު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ޒިންމާދާރު ކަމާ އެކުގައި މަސައްކަތް ކުރުމަށާއި މީހަކަށް ނުވަތަ ބަޔަކަށް އިހްތިރާމް ކުޑަވާ ގޮތަށް އަމަލު ނުކުރުމަށާއި ދޮގު މައުލޫމާތު ފަތުރައި އަވަށްޓެރި ގައުމުތަކާއި އެހެން ގައުމުތަކުގެ ގުޅުންތައް ބުރޫ ނާރާނެ ހެން މަސައްކަތް ކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ހަގީގަތް

    ނަފްރަތު އުފައްދައިގެން ނަމަވެސް އިންޑިޔާ ސިފައިން ބޭލިއްޖެޔާ ރަނގަޅު

    87
    4
  2. ޭޖެޖެި

    މާލިތައް ވަރަށް ސަޅި.
    ރައްޔިުންނަށް ހިނިތުންވުން ގެންނަ ކަންކަން ހުއްޓުވަން ނަހަދާ.
    ޑްރަގް ނުުހުއްޓުވުނު، ބޭރުމީހުން ވިސާނެތި ބޭނުން ގޮތަކަށް އުޅެނީ.، އެއްޖިންސުން ގުޅުން ހިންގި މީހުން ސަލާމަތްވީ ... މމޕރސ މައްސަލައެއް ނުބެލުނުު
    ނަމަވެަށް މިކަން ނުހުއްޓުވިގެން ނިދި ނައިސްގެން ތިއުޅެނީ ކީއްވެ.

    84
    3
  3. ނަރުގިސް

    މުޑުދާރު އަމަލެއް! ބޭސްކުރަން ކީއްޥޭ ޗައިނާ އަށް ނުދަނީ

    22
    85
    • ބުއްޅަބެ

      ބޭސް ކުރަން ދަނީ ފައިސާ ދީގެން. އިންޑިޔާ މީހުން ވަޒީފާ އަށް މިތަނަށް އަންނަނީ ކީއްކުރަން؟

      12
    • ބޭބެ

      ޙިލޭ ބޭސްކުރަނީ އުތަ.

      8
      1
    • ހިމާރުލްގައުމު

      ހޭބައްޔާ. ބޭސް ކުރަން ދަނީކީ ހިލެއަކު ނޫން.

      11
      2
    • އަލްމުދިސް

      އިންޑިއާ އިން ހިލޭ ބޭސްކޮށްދޭތީ.

  4. ޖުހާ

    މާލިތަށް ޖަހާ ވައްތަރު😂 އިބޫ އަނގަޔަށް ކިހިނެއްވެފަތަ އެހެރީ މޯދީ ކީއްވެ ނައިލޯން ފައިވާންތަކެއް ކަރުގަ އަޅައިގެން ހާދަ ބޮޑު ހިންދީތިއްކެއް އެއައްވުރެ ކުޑަ އެއްޗެއް ހަމަ ނުލިބުނީތަ

    33
    4
  5. މީޒްލީ

    ކަލޭމެން ވެރިކަމުގައި ތިބީއްޔާހެން ހީވަނީ އިންޑިޔާ ފަސްޓްވާނީ، އެހެން ބަޔަކު ވެރިކަމަށް އައިސްސީއާ ތިޔަ ފަސްޓް އެއް ނޯންނާނެ! އެންމެންވެސް، އައިމިީން ހުރިހާ ޤައުމެއްވެސް ހަމަހަމަ ވާނެ!

    47
    2
  6. ނޫނޭ ނުލަފާ

    އޭ ވެއްޓެން ކައިރިވެފައިވާ ސަރުކާރާއެވެ! މޯދީ މާލި ނެރުނީ ނަފުރަތު އުފައްދަންށޭ ނުބުނާށެވެ. މިއޮއްފަދަ ޢީދުގައި މޯދީ މާލި ނެރުނީ މޯދީ މި އީދުގައި ބައިވެރިކުރުމުގެ ބޭނުމުގައެވެ. އެއީ މިހާރު އެމީހުންނާ ނުލާ ކައޭމެންނަށް ނޫޅެވޭތީއެވެ. މޯދީވެސް ކުރަންވީ އުފަލެވެ. ކަލޭމެންވެސް ކުރަންވީ އުފަލެވެ.

    51
    2
  7. ޠޔ

    ޮޮކޮންމެ ބަޔަކު ކުރިޔަސްމީ ވަރަށް ވިޔާ ނުދާކަމެއް. އަހަަރުމެންނަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން. މިހާރުވެސް އިންޑިޔާގަ ފަރުވާ ހޯދަމުން މިދަނީ. މި ފަހުން ވެސް މިތަނުން ވަތް ފިހާރައަކުން ވަރަށް އެއްޗެހި ގޮވި. ތީ މާލޭ މީހުންދޯއޭ. އިންޑިޔާ އައުޓު ގޮވާފަ މިތަނަށް އަދި އެބަ އާދޭ.. އަހަރުމްނެނަކީ ސިންގަޕޫރު ފަދަ މޮޅެތި ގައުމުތަކަށް ގޮސް ބޭސްފަރުޥލވާ ކުރެވޭހާ ތަނަވަސް ބައެއް ނޫން. ކޮށްފަ ނުކުރާނެ ކަމެއް ނޭންގިގެން މިއުޅެނީ.

    20
    59
    • ވާނުވާ.

      ކީއްވެތަ އަދިވެސް އިންޑިޔާއަށް ދާންޖެހޭ ދަރަޖާގައި ރާއްޖެ އޮންނަންވީ؟ މިހާރުގެންގުޅޭ ސިތާސަތުގެ ސަބަބުން. އިންޑިއާއިން ޔާމީނުދެކެ ރުޅިއަންނަނީ ބޭސްފަރުވާއަށްވެސް އެތަނަށް ދާންނުޖެހޭ ވަރު ކުރަން މަސައްކަތް ފެށީމަ.

      30
      4
      • Anonymous

        މޮޔަނުގޮވާ !! އަބަދުއިންޑިއާއަށް ގޮސް ޑޮލަރު ވިއްކުން ހުއްޓުމަކައް ގެނައިމަ ރ ޔާމީން އަކީ ހަތުރަކައްވީ. އިންޑިއާ ޖީބައް ވަންނަފައިސާ މަދުވީމަ ކަމުނުދިޔައީ

  8. ކަނޑުވިއްކާ.

    ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަނީ. އަދިވެސް
    ޑިމޮކްރަސީ ދަސްނުވަނީ. އިންޑިއާ އުނގައް ވެއްޓި
    ގަނެގެން ތިބިގައްދާރުންނައް ރަންގަޅުހާ ކަމެއް މުޅިގައުމުގެ
    ރައްޔިތުންނައް ރަނގަޅުވާކަށް ނުޖެހޭނެ. އެހެންނޫނަސް ދިވެހިރާއްޖޭގެ ތާރީޚުން ހެކިދޭ ތިޔައިންޑިއާ އަކީ މިދިވެހިފަސްގަނޑައް އެކިއިރު އެކިގޮތްގޮތުން އަތްގަދަކުރަން މަސައްކަތް ކޮށްފަ ވާގައުމެއްކަން. މިއަދުވެސް ކަންހިގަމުންދަނީ ހަމައެބީދައިން.

    49
    4
  9. ޢަބްދުﷲ

    މިރާއްޖޭގައި މި ތިބީ ސިޔާސީ ލީޱަރުން ގެ ބަދަލުގައި ސިޔާސީ ބީތާ އިންނޭ ބުންޏަސް ދޮގަކަށް ވާނެހެން ހިޔެއްނުވޭ މޯދީ ފޮޓޯ ހިފައިގެން ނިކުމެ ރާއްޖޭގެ.ސަރުކާރާ ދެކޮޅު މުޒާހަރާ ކުރުމުން ދޭހަވަނީ ކޮން މާނައެއް ކަންވެސް ނޭގޭ އެހެން ވީމާ ބުނެ ވޭނީ ތިޔައީ ސިޔާސީ ގޮތުން ހޭދެބައި ވުމޭ

    19
    30
  10. ޢަބްދުﷲ

    އަހަރެން ނަކީ ވެސް ސަރުކާރަށް ތާއީދުކުރާ މީހެއްނޫން އެކަމަކު އެހެން ގައުމެއްގެ ވެރިޔަކު ފޮޓޯ ހިފައިގެން ނިކުމެ މުޒާހަރާ ކުރުމަކީ އެއްވެސް ގޮތަކުން ހަމަޖެހޭ ކަމަކަށް މޯދީގެ ފޮޓޯ ހިފައިގެން ނިކުމެ މުޒާހަރާ ކުރުމުގެ މާނައަކީ އިދިކޮޅު ން ގަބޫލުކުރާ ގޮތުގައި މިބައި މީހުން ގަބޫލު ކުރަނީ މިބައި މީހުން މި ތިބީ އިންޑިއާ އަޅުވެތި ކަމުގައި ކަމަށް އިއުތިރާފުވެގެންއެހެންވީ ދެން ކިޔާނީ.

    10
    15
    • ކޮސޯޥޯ

      ހޫނ، ކޮމެންޓް ނިމުނުއިރު ވަރަށް ހީވެއްޖެ "ސަރުކާރަށް ތާއީދުކުރާ މީހެއް ނޫން" ހެން.

      6
      1
  11. ވާނުވާ.

    އިންޑިޔާއާ ހެޔޮ ދުވަހަކު ގުޅުން ނެތަސް. މިނިވަންކަން ބޭނުން. އިންދިޔާއަކީ އަބަދު އެހެން މީހުންގެ މިނިވަންކަމަށް އަތް ބާނަން އުޅޭބައެއް.

    27
    1
  12. ހުސޭނުބޭ

    ސަރުކާރު ބޮޑުބޭކަލުން މިއުޑުދަށުގައި ވާ އެކައްޗަކަށްވުރެވެސް ބޮޑަށް މޯދީއަށް އިހްތިރާމްކޮށް ކަރާމާތްތެރި މީހެއްކަމަށް އެބަ ބަލާ! މޯދީއަށް އަޅުކަންތަ ތިކުރަނީ!

    23
    2
  13. ހަނދާން

    އެންމެންގެ ހިތުގެ ގަދަރާ ލޯތްބޭ ތިހޯއްދެވީ
    އެންމެން އެދޭ ރައީސްގެ ނައިބަށް އަދީބު ވީ
    ކެޕްޓަން އޮޑީގަ ނެތަކަސް ހުންގާނު ވެސް ހިފާ
    ހުންގާނު ދީފަ ދާކަށް ކެޕްޓަން ސިހުން ނުވޭ

  14. ކަޑަޔޭ

    މިއީ ބަރަކާތްތެރި އީދު ދުވަހު ދައްކަން އެއްމެ ރަނގަޅު މުސްލިމުންގެ ސިފަތަކުގެ ތެރެއިން ސިފައެއްބާ؟؟؟

    9
    12
  15. ރެފްރީ

    އިންޑިއާއަށްއެނގޭނެ ބޯގަޅިބަޔަކުކުރަނީ ގަޅިކަމެއްކަން..

    7
    8
  16. Anonymous

    ސާބަސް ޕީޕީއެމް. ޗޯރޭއަށް ހީވަނީ ދިވެހިރައްޔަތުންނަށް ތިމަން ރަސްގެފާނު ބޭނުންކޮއްމެ ކަމެއްކުރެވިދާނެހެން އެހެންހީވާނަމަ ދެކޮނޑުދޭތެރޭހުރީ މީދާކާފަ ހުރިއޮނބެއް.

    18
    4
  17. އަސްވާނު

    ސަރުކާރުން ޤައުމުތަކުގެ މެދުގައި ނަފުރަތު އުފައްދަން ރައިއްޔަތުންނަށް މަޖުބޫރުކުރުވީ، އެމްޑީޕީ އިން 2008 ގައި ވެރިކަމަށް އައިސް މާލޭގައި ތިބި މުހިއްމު ބިންތަކެއް އިންޑިއާ އަށް ފައިދާވާ ގޮތަށް ދޫކޮށްފި،
    އަނެއްކާ 2018 ގައި އެމްޑީޕީ ވެރިކަމަށް އައިސް 2008 ކާއި ނުބައްދަލު ބޮޑެތި ކަންތައްކޮއްފި، އިންޑިއާ ހަތިޔާރު އެޅި ސިފައިން ބޭޔުންވަރަކަށް ތަކެތި ގެނެޔަސް ފާސްނުކުރާނެކަމަށާއި މިޤައުމުން އިންޑިއާ ބޭނުންކަމެއްކުރުމަށް ޖާގަދޭން ފާޑުފާޑުގެ އެގްރީމެންޓް ކޮއްފި

    22
    1
  18. ވާނުވާ

    ހައްޖުގެ އަޅުކަމާގުޅިގެން މުސްލިމުން އުފާކުރުމާއި އޯގާތެރިވުމުގެ ބަދަލުގަ މިފެނުނީ ނާތަހުޒީބު ބަޔަކު ހިންގި ނުބައި އަމަލެއް ޢީދު ދުވަހު ހަވީރުވެސް މަޖީދީމަގު ކޮޅުގަ އޮތީ މުޒާހަރާ މިދެން ބޮޑުވަރު
    ކޮބައިބާ މިކަމުގަ ދީނީދަންނަ ބޭކަލުން ޕޕ ކުރީމަ ހުއްދަވީތޯ

    7
    19
  19. ޮާޙައްވަ

    މިހާރު މިފެންނަނީ 70ގެ އަހަރުތަކުގައި ފެނުނު ކަހަލަަ މަންޒަރުތަކެއް ކުރީގެ ރައީސް އިބުރާހީނާސިރުގެ ކާޓޫނުކުުރަހައިގެން މަގުތަކުގައި ބައެއްމީހުން އުޅުނު

    3
    2
  20. ފަލަސްތިން

    މިރާއްޖެ ކުރި ނާރަނީ އިންޑިޔާގެ ސަބަބުން

    10
    1
  21. ޓައްޓޭ

    ނާތަހުޒީބު ތަނެއްދޮރެއް ނުދަންނަ މީހުންކުރާ ޒާތު ކަންކަން ޒަމާނީ ޚާރިޖީ ސިޔާސަތަކީ އެއްގައު އަނެއްގައުމާ ލެޑިގަތުމެއް ނޫން،

    1
    6
  22. ޮކޮބަޑި

    ދިސް އިސް ފްރީޑަމް އޮފް އެކްސްޕުރެސަން

  23. ޢެޑްމުންޑޯ

    އަސްލުވެސް ވަރަށް ދަށުދަރަޖައިގެ މުޑުދާރު އަމަލެއް

    2
    10
  24. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ބައިނަލްއަޤްވާމީ ޤާނޫނު ބުނާ ގޮތުން "އިންޑިއާ އައުޓު" ގޮވިޔަސް އިންޑިއާ އަށް އެރޭނެ. ބޭހަށް ގޮސް ބޭސްކުރަނީ ވިޔަފާރީގެ އުސޫލުން. "އިންޑިއާ އައުޓު" ގޮވަން މަޖުބޫރުވީ މާރިޔާ އާއި "ޗޯރު އިބުރޭ" މަޖްލިސް އަށް ސިއްރުން އެގްރީމެންޓް ކޮށް ފައިސާ ނަގާ، އެ ދެމީހުންގެ ބޭރުގެ އެކައުންޓު ތަކަށް މިލިއަނުން މިލިއަނުން ޑޮލަރު އަޅާފައި ވާތީ. އިންޑިއާ އިން ރާއްޖެއަށް ލިބުނު ގެއްލުމަށް ބަދަލު ދޭންވާނެ!

  25. 27

    ހިޔާލު ފާޅުކުރުމަކީ ކުށެއްތޯ ؟ މާއްދާ 27

    6
    1
  26. ޖުލައި

    އެމްޑީޕީ ސަރުކާރުގެ ބަގުވާނަކަށް މޯޑީވީ ކޮން ކަމަކާ

    4
    1
  27. އީދަކީ އުއްމަތުގެ އިޝްތިހާރު

    މިގައުމުގައި ވެސް އިންޑިޔާގާވެސް ގިނައީ އަހަރެމެން ކަހަލަ ކޮހުން. ކޮހުން މަޖާކުރާނީވެސް ބުއްދިވެރި ވެގެން ސިޔާސީ ހަރަކާތް ވެސް ހިންގާނީ މިގޮތަށް. ބަޔަކާ ކީއްތަ؟ އަމިއްލަ މިނިވަންކަމުގައި މަޖާވެފާ އެއްދުވަހު މިކުރި ފުރައްސާރަ ބިލިޔަން ހިންދޫސީންނަށް މަޖަލެއް ނުވާނެ. މީގެ ޑޮމިނޯ-އިފެކްޓް އެގައުމުގެ މައިނޯރިޓީ މުސްލިމުންނަށް އަންނާނީ އެއްދުވަހުގެ ކާޓޫނު ފުރައްސާރައަކުން ނޫން. މިއީ އަހަރެމެން އެއަޚުންނަށް ދޭންވީ އީދު ހަދިޔާތޯ؟ މިގޮތަށް މައްސަލަތައް ހައްލު ވޭތޯ؟

  28. ކާސިމްބެ

    5 އަހަރުގެ ދައުރު އެއްކޮށް ހެން ހަމައެކަނި ސިޔާސީ ހައްޔަރަށް ޔާމީނު ލައިގެން ތިއުޅެނީ ސަޕޯޓަރުން ސަރުކާރާ ޖައްސުވަން،،،،
    ނޫންނަމަ ބޮޑުހިޔާނާތުގައި ޔާމީނާއެކު އިތުރު ގިނަބަޔަލު ޖަލުގައި ވީސްކަން ކަށަވަރު
    އެކަކަށް ސިޔާސީ އަނިޔާ ގަބުލެން ނުކުރެވޭ
    ބޮޑުތަނުން ފޭލް