ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުގުނީ އެމަގާމުން ވަކިކޮށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާފައިވާ ބަދަލާއި އެއްގޮތަށް އެބޯޑުން ވަނީ މުގުނީ މަގާމުން ވަކިކޮށް ޝަރީފް އައްޔަން ކޮށްފައިވާކަން ސްޓެލްކޯއަށް ސިޓީއަކުން އަންގާފައެވެ.

އިތުބާރު ހުރި މަސްދަރުތަކުން "ވަގުތު" ބުނީ، ރައީސް ސޯލިހް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ބޮޑު ބަދަލެއް ގެނައުމަށް ޕީސީބީ އަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ރައީސް ގެންނަވަން ނިންމާފައިވާ ބަދަލުތަކުގެ ދަށުން ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކި ކޮށްފައިވާ މުގުނީ ހަމަޖައްސަން ނިންމާފައިވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީގެ ވެރިޔަކަށެވެ.

އީސީގެ ރައީސްކަމުގެ މަގާމުގެ މުއްދަތު ހަމަވެ ޝަރީފް އިސްތިއުފާ ދެއްވި ދުވަސްވަރުގައި ވެސް ސަރުކާރުގެ ސިޔާސީ އިސް މަގާމަކަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުނެވެ. އެހެންނަމަވެސް އެ ދުވަސް ވަރު އެއްވެސް ސިޔާސީ މަގާމަކަށް އޭނާ އައްޔަން ކޮށްފައެއް ނުވެއެވެ.

އޭގެ ފަހުން ވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ އައްޔަން ކުރައްވަން ރައީސް ސޯލިހް މަސައްކަތް ކުރެއްވިއެވެ. އަދި އެ ބަދަލު ގެންނަކަން އޭރު ސްޓެލްކޯގެ މުވައްޒަފުންނަށް ވެސް އޮތީ އެނގިފައެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ އަނެއްކާވެސް އެކަންތައް ނުވެ ލަސްވަމުން ގޮސް އެ ވާހަކަތައް އަނެއްކާވެސް ވަނީ ތިލަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ނާދިރާ

    ކަޅުފައިސާ ދޮންނުން ކަހަލަ ކަމެއް

    71
  2. މަބޭ

    މިހާރު100% ޔަގީންވީ 2018ވޯޓް އޮޅުވާލިކަން

    98
    2
  3. މިތާފް

    މިހާރު އެވެރިން އީސީ ސަރީފޫ އޭ ގޮވިގޮގުން ހަމަ ރަނގަޅަށްވެސް ގަބޫލް ކުރަންޖެހޭ.

    32
  4. ކޮއްޔާ

    ވޯޓް ވަގު // މީހުން ކަލެޔަށް ކިޔަނީ ވޯޓްތަށް އޮޅުވާލަން ވޯތްލާފަހުރި ކަރުދާސްތަށް އަންދާލީމަ // އެއީ ހަގީގަތް //

    33
  5. އިސްތިރި

    ނުބަޔަކައްފަހު ނުބައެއް ހަދަމުން ތިދަނީ ހަނދާން ކުރާތި 2023ގަ ވޯޓް ނުލިބޭނެ..

    30
  6. Anonymous

    މުގުނީ އެއް ނޫން. މުޣުނީ. ސޯދިގު އެއް ނޫން ޞާދިޤު. ސޯލިހު އެއް ނޫން. ޞާލިޙް.. ތޯހިރު އެއް ނޫން. ޠާހިރު.

    24
  7. އިލްޔާސް ވަހީދު

    ސްޓެލްކޯ ފެނަކާނުލާ ދިރުވާލާކަހަލަ ވެރިޔެއް އުފަލުން އަތްޖަހާ މުސާރަކޮޅުވެސް އޮޅުވާލާނެ....

    30
  8. މުޙައްމަދުދީދީ

    2018 ގެ ވޯޓް އޮޅުވާލަދިނުމުގެ ހަދިޔާގެ ތެރެއިން މިންވަރެއް. މިއީ ފެނިގެން ލިބޭ ހަދިޔާ. ކުދީންނޭ އެހެންވީއިރު ފޮރުވައިގެން ހާދަ ގިނަ ދޮލަނގެއް މިކަލޭގެއަށް ފޮނުވާފައި ހުންނާނެކަން ގައިމުތާ.

    34
  9. ޑޯޒް

    ފިނޑި ހުތުރު އަމަލެއް

    31
  10. ޑޯދޯ

    ލަދު ކޮބާތޯ؟؟؟

    31
  11. ދަންނަ

    ހަމަޔަގީން ކަޅުފައިސާއިން ވެރިކަން ހޯދައިދިން ދެންވެސް ސޯލިހުހީކުރާނެ މަމެން ރަށްޔަތުން ބޮލެއްނެތްކަމަށް ޝަރީފު ހަތްހާއްޔަށް ސަރުކާރުން ބަދަލުކުރިޔަސް ސޯލިހާއިޝަރީފުގެ މަށްޗަށް ދައުވާކޮށް ހިންގިޖަރީމާ ފުރަތަމަ ގިއަރުގައި ބަލާނެ ދުވަހެއް އަންނާނެ.

    30
  12. Anonymous

    ދެން ކަރަންޓު ބިލް އުޅެނީ އަތްނުފޯރާ ފަށުގަބމިހާރުވެސް ކޮރައިގެން ކިރިޔާ އަތް ޖެހޭކަން.

    27
  13. ރަބަރޭ

    އެމްޑީޕީ އެތެރޭގައި މިކަހަލަ ކަންކަން ހަޖަމުނުވާ މީހަކު ހުރިނަމަ ގެއަށްދޭ އީވާއެއް، ބީވާައެއް، ބޮންޑާއެއް، ހަސަންލަތީފެއް، ގާސިމެއް، ކާސިމެއް ކިޔާނެކަމެއް ނެތް

    22
  14. މުފައްކިރު.

    ވޯޓް އޮޅުވާލީމާ ސަރުކާރަށް ބަލަދު އެރީ.

    28
  15. ޢީސީސަރީފޫ

    އަހަރެމެންނައް މާކުރިން (ވޯޓުލީދުވަހު)ވެސް އެނގުނު ވޯޓު އޮޅުވާލާ ވޯޓައްވަގުހެދިކަން ގުނާނުނިމެނީސް ނަތީޖާ މައްސަލަހިނގަމުންދަނިކޮއް ވޯޓުކަރުދާސްތައް އަންދާލުން މިހިރީ ވޯޓުވަގު ވޯޓުއޮޅުވާލިކަމުގެ ނިޝާން އީޝީ ޝަރީފުގެ މައްސަލަ ޕީޕީއެމް ސަރުކާރެއްގަ ބަލާނެކަން ހަނދާންކުރާތި

  16. މޙއމދ

    މިހާރު100% ޔަގީންވީ 2018ވޯޓް އޮޅުވާލިކަން.

  17. ޢަބުދުﷲ

    ސްޓެލްކޯ ތިޔަ ދަވާލީ ތީލާރިހިތިމީހެއް ވޯޓް ވަގު،

  18. ނަނަނަ

    މީ ހަމަ އަރަތެއްކަހަލަ ކަމެއް. އެމްޑީޕީ އަށް މީނަގެ ބަލަދު އަރާ ގޮތެއް މަށަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު..

  19. ޝަރީފް އަބުދުﷲ

    މިހާރުމިދެން ބޮޑުވަރު، އަހަރެމެން އެމްޑީޕީޔާ ދުރަށްދާވަގުތު ޖެހުނީ.

  20. ވަގެއް

    ޔަގީން ކަރަންޓްބިލް ތައް ބޮޑުވާނެ. މީވެސް ހަރާންޖާދާރޭޓަށް ގައުމުވިއްކާ ވަގެއް! ވަގުންނަށް ވައްކަން ކޮށްގެން ނޫނީ ހިތްހަމައެއްނުޖެހޭނެެ! ދުވަހަކުވެސް ނުފުދޭނެ! އާޚިރުގައި އަމިއްލައަތުން މީހާ ހަލާކުވާނެ!