ތަރައްގީ ގެނެސްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރިން ހީވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަރައްގީގެ އާ އުސްމިނަކަށް ގެންދަވާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ ކ. މާފުށީގެ ރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ އެމަނިކުފާނުގެ ފަހުން ވަޑައިގެންނެވި ހުރިހާ ރައީސުންގެ ވެރިކަން ވެސް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވެނީ ރައީސް ސޯލިހު ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް، ރައީސް ސޯލިހު ސިފަ ކުރެއްވީ ނަމޫނާ ޝަހުސިއްޔަތެއްގެ ގޮތުގައެވެ.

ޝަރީގް ވިދާޅުވީ އޭނާ ސަރުކާރުގެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވާތީ ހުޝާމަދު ކުރަނީ ނޫން ކަމަށާއި ނަމަވެސް އޭނާ ބުނެދެއްވީ ހަގީގަތް ކަމަށެވެ.

އެގޮތުން ރައީސް ސޯލިހުއަކީ އޯގާތެރި، ހިކުމަތްތެރި އަދި ރައްޔިތުންގެ އަޑު އައްސަވާ ބޭފުޅެއް ކަމަށާއި އަދި އެމަނިކުފާނު ވައުދެއްވެ ވަޑައިގެންފިނަމަ އެ ވައުދެއް ފުއްދަވާ ކަމަށެވެ. އެހެންވެ ރާއްޖޭގެ ވެރިންގެ ގޮތުގައި ބޭނުންވަނީ އެފަދަ ޝަހުސިއްޔަތެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ތަރައްގީގެ މުއްދަތަތަކީ 10 އަހަރު ކަމަށާއި ނަމަވެސް ރައީސް ކޮވިޑާއެކު ރައީސްގެ ފުރަތަމަ ދައުރުގައި ލިބިވަޑައިގެންނެވީ ތިން އަހަރު ކަމަށެވެ. އެހެން ނަމަވެސް އެ ތިން އަހަރުވެސް ކުރީގެ ވެރިކަންތަކާ ނުބައްދަލު ކަމަށެވެ.

އެގޮތުން ކުރީގެ ވެރިކަންތަކުގައި ނުކޮށްހުރި ކަންކަން ރައީސް ސޯލިހު ކުރެއްވި އިރު ކުރީގެ ވެރިކަންތަކުގައި ކޮށްފައިވާ މަސައްކަތައް ވުރެ ތިން ގުނަ އިތުރަށް މަސައްކަތް ވެސް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ތަރައްގީގެ މަޝްރޫއުތަކާއި ރައީސް ޔާމިންގެ ތަރައްގީއާ ވަރުން އަޅުވައި ވިދާޅުވީ ކުރިން ހީ ކުރެވިފައި އޮތީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވީ ޔާމީން ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރިން ހީކުރީ، މީގެ ކުރީގެ ދައުރުގައި ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް ޔާމީން އޭ ރާއްޖޭގެ ތަރައްގީގެ އެންމެ ގިނަ މަސައްކަތް ކުރެއްވީ. ނޫން. އަޅުގަނޑުމެންނަށް ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ވަނީ، އެއަށްވުރެ މާ އުސްމިންގަޑެއް ކަނޑަ އަޅުއްްވާފައި. އަޅުގަނޑުމެންގެ ދެ ދައުރު ހަމަ ކޮށްފައި ދެން އަންނަ ރައީސް އަކަށް، ރާއްޖޭގެ ތަރައްގީގައި އިތުރަށް ކުރާނެ މަސައްކަތް ތަކެއް އަޅުގަނޑުމެން ނުބާއްވާނަން.". ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙެހެހ

    ސޯލިހްގެ ތަރައްްޤީގަނޑު ހިފާގެން ފިލަން ތައްޔާރަށް ތިބެ ، ބަލަ ސޯލިހް ، އެމްޓީޓީސީއަށް ، އެމްޕީއެލްއަށް ، އާރްޑީސީއަށް ގެނަ އެއްމެ ވެހިކަލް އެއްވެސް ބުނެދީބަލަ ، ހުރިހާ އެއްޗެއް ގެނައީ ރ.ޔާމީން ވެރިކަމުގައި ، އެމަނިކުފާނު ފެށީ ސުމަކުން ، މުދާހޯދާގެން ތަރައްޤީ ކޮށްދިނީ ،

    44
    2
  2. މާޟީ

    ރިޝްވަތު ކަލޭމެނައް މިސަރުކާރުން ދިން ތިޔައީތެދެއް

    38
    2
  3. އަލީ

    ބޮޑު ވޯޓު ވަގު ކަލެއަށް ތަރައްގީ ކިޔަން އެނގޭތަ

    43
    1
  4. ހުސޭނުބޭ

    ތިކަމެއްނޭގެ! 5 އަހަރުގެ ދައުރެއް ފުރިހަމަކުރާއިރު އަދުވެސް ކުރީ ސަރުކާރުގެ މަޝްރޫޢުތަކުގެ ރިބަން ކަނޑާ ނުނިމޭ! އަދިވެސް ހަމަ ޔާމީނު ކުރި މަސައްކަކަތް! ހާދަ އަސަރެއް ކުރެއޭ ކަކަމާހުރެ ދޯ!

    28
    1
  5. ތިމަރަފުށީ ބޮޑު އަލީ

    ތިމަރަފުށީ ބޮޑު ވަގު ، ބޭރުގައުމުގެ ބޭންކުގައި ހުރި ފައިސާގެ އަދަދު ވަރަށް އަވަހަށް ހާމަ ކުރާނަން ..... 2018 އޮޅުވާލި ވޯޓްގެ ފައިސާ ސަރީފުގެ ނިމުންވަރަށް ހިތިވާނެ ހުސް ވަގު ފައިސާ

    12
    1
  6. ހައްދުންމަތި

    ހެހެހެ
    ތިބޭފުޅާޔަށާއި އާއިލާއަށް ލިބުނު ވަރަށް ބޮޑު ތަރައްގީ.. ސްޓެލްކޯ ފްލެޓްލިބުން ފަދަ ކަންކަން.. ދޯ؟

    18
    1
  7. އެޑިޓް

    ރޯމާ ދުވާލު އައުގުރާނަ ގޮވީމަ އަނބި ދަރިންނަން ވެސް އެނގޭނެ ..

    13
    1
  8. ވެގާ

    ބައިވަރެއް ކެވިފަތާ!

    11
    1
  9. ޢަބްދޫ

    ޔާމީނުގެ ހިޔާގެ ބައެއް ވިނަރެސް ނަނަށްބަދަލު ކޮށް އެތަންތަން ނިމިފަ ހުނަނަތާ 4 އަހަރު ވެއްޖެ.

    9
    1