އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ހުންނަ މީހަކު ކުރާ ކަމަކުން މީހަކު އިންތިހާބެއް ނުވާނެކަމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ ކ. މާފުށީގެ ރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ މިހާރު މި ކުރިމަތިލަނީ އިންތިހާބަކާއި ކަމަށާއި އަދި އިންތިހާބަކީ ވޯޓު ކަމަށެވެ.

އަދި ކޮންމެ ބޭފުޅަކުވެސް އެކަނި ހުންނަވައިގެން ޖައްސަވާ ފާހަގަ އެއީ މުހިންމު އެއްޗެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ ވޯޓުގައި އެމްޑީޕީ އަދި ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮއްވެވުމަށް ފާހަގަ ޖެއްސެވުމަށް ގޮވާލެއްވިއެވެ.

"ގަބޫލުކުރައްވާ އެ ވޯޓު ނުލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެން ނުހޮވޭވެ. ބޭރުގައި ހުންނަ މީހަކު އިލެކްޝަންސް ކޮމިޝަންގައި ހުންނަ މީހަކު ކުރާ ކަމަކުން އިންތިހާބެއް ނުވާނެ އިންތިހާބު ކާމިޔާބުވާނީ އަޅުގަނޑުމެން އަޅުގަނޑުމެންގެ ކޯލިޝަނަށް ތާއިދު ކުރަ ރައްޔިތުން. އަޅުގަނޑުމެން އެކަމުގައި ހަރަކާތްތެރިވާ ފަރާތްތައް ކުރާ މަސައްކަތަކުން. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ލިބޭ ވޯޓަކުން. މީހަކު ކަމެއް ކުރާނެކަމަށް މަޑު ނުކުރައްވަވާ. އަޅުގަނޑުމެން ހިނގާ މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރިއަށް ދާން."، އޭނާ ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަފުޅުގައި ވަނީ ޕީޕީއެމްއަށް ވެސް ވަރަށް ބޮޑަށް ފާާޑު ވިދާޅުވެފައެެވެ. އެެއީ ޕީޕީއެމްގެ ކެނޑިޑޭޓެއް ފެންނަން ނެތި ވެސް ކެމްޕޭން ފެށުމުންނެވެ.

އެހެންވެ ކެންޑިޑޭޓެއް ދައްކާފައި ކެމްޕޭން ފެށުމަށް ޝަރީފް ގޮވާލެއްވި އެވެ.

"އަޅުގަނޑުމެން ވާދަ ކުރަން ތައްޔާރަށޭ މި ތިބީ. ޔަގީނޭ ބަލި ކުރާނަމޭ. އަޅުގަނޑުމެންގެ އެ ހިތްވަރު އެބަ ހުރި. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މި މަސައްކަތައިގެން ކުރިއަށް ދާނީ ދެވަނަ ދަރުއަކަށް ރައީސް ސޯލިހު ހޮވާފަ" ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މީރާ

    ތެދެއް. ޔާމީނު ނުހޮވުނީ އެތާގަ ހުރި މީހެއްގެ ސަބަބުން ކަމަށް އެބުނަނީ.

    25
  2. ހުސޭނުބޭ

    އެހެންވެ ދޯ ވޯޓުކަރުދާސްތައް އަންދާލީ ވޯޓު ވަގާ!

    26
  3. Anonymous

    ވަގައް ވޯޓު އޮޅުވާލީމަ މިހާރުވެސް ހުރީ ހޮވިފަ ހުރި މީހެއް

    19
  4. މާމީ

    މުޅި ދުނިޔެވެސް ދެކުނު އެންމެ ޖައްބާރު މީހާތިޔައީ

    12
  5. ނާދިރާތަ

    ކިޔާނެ އެއްޗެއް ކިޔާ. ދުވަސްތައް ދަނީ މަދުވަމުން

    12
  6. ގޮވާ

    ކިހާވަރެއް ކާންދިނީ.

    13
  7. ގޯވާ

    ހާދަ ހީވެޔޭ މީހަކުހޮވައިދޭން އީސީއަށް ބަދަލުވާން އުޅޭހެން.

    13
  8. ެައަބްދޫ

    100 ތިވާހަކަ ޔާމީނު ފެއިލް ވެގަތީ އމިއްލަ އަށް އެއީ ފާތުމަޢށް އުނދުޅިދީގެން ކުނިކޮށްލީމަ

    1
    11
  9. ގެމަނަފުށި

    މިރާއްޖޭގެ ތާރީހުގަ ވޯޓުކަރުދާސްތަށް އެންދި ހަމައެކަނިވޯޓުވަގު މިމަށްސަލަ ބަލާފާނެތީ ހުދުކާފޫރަށް އުނދުޅިބާނަން އެފެށީ ގަންނާކުރަށްވާ ބިރުން އިންޝާﷲ ވޯޓުއަންދާލި ވަގުންނަށް ގާނޫނު އަރާހަމަކުރަންވާ ވަގުތު ކައިރިވަމުން އެހެރަދަނީ ފަތުއަޑުކިޔާފަ.

  10. ރައްޔިތުން

    ދިވެހި ތާރީޚުގަ ލިޔެވޭނެ ވޯޓުވަގުގެ ގޮތުގަ. އީސީ ސަރީފޫ