މާލެ ސަރަހައްދުގައި މިހާތަނަށް އެންމެ ގިނަ އިން ކަރަންޓު ބޭނުންކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވަނީ އޭޕްރީލް 11 ވަނަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުން ކުރި ވަރު ހިއްސާ ކުރައްވައިފައެވެ. ޝަރީފް ވިދާޅުވި ގޮތުގައި އެ ދުވަހު އެކަނި ވެސް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުން ކުރި މިންވަރު 92.5 މެގަވޮޓް އަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ.

"އޭޕްރީލް 11 ވަނަ ދުވަހަކީ މިހާތަނަށް އެންމެ ގިނަ ކަރަންޓު މާލެ އޭރިއާގައި ބޭނުން ކުރި ދުވަސް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ވެސް ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ސްޓެލްކޯ އަށް 120 މެގަވޮޓް އުފެއްދުމުގެ ގާބިލް ކަން ހުރި ނަމަވެސް ކަރަންޓު އިގްތިސާދު ކުރެއްވުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ހޫނުމިން ބައެއް ވަގުތުތަކުގައި 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭތީ ބޭރަށް ނުކުމެ އުޅޭ އިރު ސަމާލުވުމަށް މެޓް އޮފީހުން އިއްޔެ ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ހޫނުމިން 40 ޑިގްރީން މައްޗަށް، ދިވެހިން ސަމާލުވޭ!

މެޓް އޮފީހުން ބުނީ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެ އަށް އެންމެ ހޫނު ގަދަ މަހަށްވާ އިރު، މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނު މިނަށް ވުރެ އިހްސާސް ކުރެވޭ ހޫނު މިން އެތައް ގުނައެއް މަތިވާ ކަމަށެވެ. އަދި މިއީ އިރުވައި މޫސުން، ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަން މެޓުން ފާހަގަކުރިއެވެ.

ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ ފާހަގަކޮށް، ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް މެޓް އޮފީހުން ވަނީ ހިއްސާކޮށްފައެވެ.

ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި

މިކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަބޭ

    ގުރައިދޫ ދާއިރާގެ އިންތިހާބައް
    ސްޓެލްކޯމެދުވެރިކޮއް ޓެކްސްފައިސާއިން ކުރިހަރަދު ރައްޔިތުންގެއަތުން ނަގާނެކަމީ ސައްކެއްނެއްކަމެއް

    1
    1
  2. Anonymous

    ތިޔައީ ކަލޭމެނައް ލިބޭ ލާރިއެއްނު ، އަދި މިމަހުގެ ބާކީ އޮއްތާގައި އޭސީ ތަކާ ފަންކާތައް ދެގުނަ ބާރައް އެންބުރޭނެ ހޫނު ދަގަކަމުން ހޫނު މަޑު ކުރުމައްޓަކައި.

  3. މަ

    ކަރަންޓު ބިލް ބޮޑުކުރާނެ ކަމުގެ އިންޒާރެއް