ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އަނެއްކާވެސް ސްޓެލްކޯ އިން އިލްތިމާސްކޮށްފި އެވެ.

ސްޓެލްކޯ އިން މިކަމަށް އިލްތިމާސް ކުރީ ރާއްޖޭގެ ހޫނުމިން ބައެއް ވަގުތުތަކުގައި 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިއަދު މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވެސް ވިދާޅުވެފައި ވަނިކޮށެވެ.

ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކުރާކަމަށެވެ.

މިހިގާ އޭޕްރީލް އަދި މެއި މަހަކީ މިއަހަރުގެ އެންމެ ހޫނުގަދަ ދެމަސް ކަމަށާއި މި ދެމަހުގައި ކަރަންޓަށް ސަމާލުވުމަށް ސްޓެލްކޯއިން މިދިޔަ ހަފްތާގައި ވެސް އިލްތިމާސް ކުރިއެވެ.

ސްޓެލްކޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެހެންދުވަސްތަކާއި ޚިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުގައިވެސް ކަރަންޓު އުފައްދަންޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ.

ހޫނު މޫސުމުގައި ކަރަންޓް ބިލް ބޮޑުވަނީ އާންމުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރު ވުމުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ ކޮންމެ އަހަރަކުވެސް މިދުވަސްވަރު ހޫނުގަދަވެ، ކަރަންޓު ބިލްތަކަށް ބޮޑު ބަދަލެއް އަންނާތީ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަންގެނެސް ކަރަންޓުގެ ޚަރަދު ކުޑަކުރަން ކުރެއްވެން ހުރި ކަންކަން ހާމަކޮށްދީ ޚަރަދު ކުޑަކުރުމަށް ސްޓެލްކޯއިން ބާރު އަޅަމުންދާާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޯހަލާކު

    ރައްޔިތުން ފެލާލަންވެގެން ކުރިޔާލާ ސަލާމަތީ ފިޔަވަޅުއަޅަނީ މީގެ ކުރިން ބުނަމުން އަންނަނީ ހޫނުގަދަމޫސުމެކޭ ކަރަންޓް ބިލް ބޮޑުވާނޭ މިކހަލ ހާސަރުދަމަމަމުންގޮސް މމަހުގެ ކަރަންޓްބިލް ޑަބަލްކޮށްލާނެ މި މިޖަހަން އުޅޭ ސަކަރާތަކީ ދައުލަތުގެ ހަޒާނާ އަޑިއަޅާލީމަ ކޮންމެވެސް އެއްޗެކޭކިޔާފަ ރައްޔިތުން ފެލާލަނީ

    5
    3
  2. ދަރަނި ދަންތުރަ

    ދޮންމަނިކާ ކިތަށްމެ ހޫނުވިޔަސް ސްޓެލްކޯއިން ކަރަންޓްގެ އަގުބޮޑެއްނުކުރޭ ، ވިސްނާލާ ހޫނުގަދަވުމުން ކޮޓަރި ފިނިކުރަން އޭސީގެ ކޮންޕުރޭސަރ ގިނައިން މަސައްކަތް ކުރާނެ ވީމާ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ، އިންސާނަކު ގަހެއްގެ ހިޔަލުގައި ހުއްނަ ވަގުތާއި ގަދައަވީގައި ހުއްނަ އިރު ފިނި ހޫނު މިން އިހުސާސް ކުރެވެނީ ކިހެނެއްތޯ

    4
    1
  3. ކޯޗު

    ކަރަންޓު ބިލް ބޮޑެއް ނުވާނެ މީޓަރު ކައިރީގައި އިންނަ ފިއުސް ބުރޭކަރ އޮފުކޮށްލާފައި 30 ދުވަސް ކެއްކޮށްލަ ބަލަ ހޫނުގަދަވުމުން ބިލް ބޮޑު ވޭތޯ ބަލަން

  4. އަހޫ

    މުޅި ދުނިޔޭއްގައި ވެސް އެންމެ ބޮޑު އަގު ދީފައި މަ ގަނެގެން ބޭނުންކުރާ އެއްޗެއް އެ ބޭނުން ކުރަން ވީ ގޮތާ ބޭނުން ކުރަންވީ ވަގުތާ ވިއްކާ ފަރާތުން ކިޔަ ދޭކައް ނުޖެހޭނެ. އެހެން ނޫން ގައުމީ ހިދުމަތެއްގެ ގޮތުގައި ތިކަން ކުރާނަމަ ކިޔާދޭން ކިތަންމެހާވެސް ރަނގަޅު... މިހާރު ތިކުރަނީ ރައްޔިތުން ފޭރޭ ސްޓައިލްއަށެވެ.

  5. ާި އިބުރާހިމް

    ތެދެއް މިހާރު ހުރިހާ ގަޑިއެއްގަ އުޅެން ޖެހެނީ އޭސީ ޖައްސައިގެން އަދި އެވަރުންވެސް ނުވާތީ ބައެއް ގަޑީގަ އޭސީ އާއެޖު ފަންކާވެސް ޖެހޭ. ޢަދި އޭސީގަ ނިދާފަ ފެންވަރާއިރު ކޮންމެ ފަހަރަކު ހީޓަރުވެސް ޖެއްސޭ ހައްތަހާ ބިލް ބޮޑުވާގޮތް.