އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑުގެ ސަބަބުން ޢާންމު މެންބަރުން މާޔޫސްވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ އެތެރޭގެ ކޯޅުން ވަނީ ބޮޑުވެފައެވެ. މިގޮތުން ރައީސް ސޯލިހް ފެކްޝަނުގެ މެންބަރުންނާއި ރައީސް ނަޝީދު ފެކްޝަންގެ މެންބަރުން ގެންދަވަނީ އެއްބަޔަކު އަނެއް ބަޔަކަށް ފާޑުވިދާޅުވަމުންނެވެ. އަދި އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެނާއި ނަރުދަމާގެ ބިލަށް ވާހަކަފުޅު ދައްކަން ލިބިވަޑައިގެންނެވި ފުރުޞަތުގައި އަނދުން ހުސައިން ވިދާޅުވީ، މިހާރު ރައްޔިތުންނަށް ކަށަވަރުވެފައިވާ ގިނަ ހައްގުތަކަކީ އެމްޑީޕީގެ ޢާންމު މެންބަރުން މަގުމައްޗަށް ނިކުމެ ޤުރުބާނީތަކެއް ވެގެން ހޯދާފައިޥާ ހައްގުތަކެއްކަމަށެވެ. އަދި އެއީ އެމްޑީޕީގެ އާންމު މެންބަރުންގެ ބުރަ މަސައްކަތުން ހޯދާދީފައިވާ ފުރުޞަތުތަކެއް ކަމަށް ވިދާޅުވިއެެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް މުޅި ޕާޓީ ބައިބައިވާގޮތަށް ކުރަމުންދާ ކަންކަމާއި ގުޅިގެން ހިތާމަކުރައްވާކަން ފާހަގަ ކުރައްވާ އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ކަށަވަރުކޮށްދެންޖެހޭ އަސާސީ ތަރައްގީތަކަށް އެޅޭ ހުރަހަކަމަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ވެގެން ނުވާނެކަމަށެވެ. ކޮންމެ ޢާންމު މެންބަރަކަށްވެސް އެ މީހަކު ބޭނުން މީހަކަށް ވޯޓް ދިނުމުގެ ހައްގު އޮންނަންޖެހޭކަމަށާއި، ވަކި ބޭފުޅަކަށް ތަޢީދުކުރުމަކީ އެބޭފުޅަކާ ދެކޮޅުވުން ނޫންކަމަށް އަނދުން ވިދާޅުވިއެވެ.

މީގެ އިތުރުން ޗެއާޕާސަންކަމުގެ އިންތިހާބުގައި ފައްޔާޒަށް ތާއީދު ކުރައްވާ ސަބަބު ވެސް އޭނާ މިއަދު ވަނީ ސާފުކޮށްދެއްވާފައެވެ. ފައްޔާޒަކީ ރަނގަޅު ހިންގުންތެރިއަކަށް ވާތީ ކަމަށާއި އެހެން އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށާއި ނަމަވެސް ވަކި ބޭފުޅަކަށް ތާއީދު ކުރަމަކީ ވަކި ބޭފުޅަކާ އިދިކޮޅު ވުމެއް ނޫން ކަަމަށާއި އަދި ހުރިހާ ބޭފުޅުންނާ ވެސް މޫނު ދިމާކޮށް ވާހަކަ ދެކެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުަގަނޑުގެ އާދޭހަކީ އެމްޑީޕީގެ ދަފުތަރުގައި އޮންނަ ކޮންމެ ބޭފުޅުކު ވެސް ވާދަ ކުރާ ކޮންމެ މަގާމެއްގައި ވެސް އެ ބޭފުޅަކަށް ތާއީދުކުރުމުގެ ފުރުސަތު އާންމު މެމްބަރުންނަށް ވެސް ދިނުން. އަދި މަޖިލީހުގެ މެމްބަރުންނަށް ވެސް ގައުމީ މަޖިލީހުގެ މެމްބަރުންނަށް ލިބިގެން ދިއުން." އަނދުން ހުސެއިން މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބަށް ދެ ރައީސުންގެ ފަރާތުން ވެސް ކެނޑިޑޭޓުން ނެރުއްވާފައިވާއިރު ދެ ރައީސުންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުން އަންނަނީ ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ރައްދުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަލީމް

    މީ އެންމެ ރަނގަޅުމީހާ އެވާހަކަ ދައްކަން ؟ ކޯޅުން އުފައްދަނީ މި ބައިގަނޑު

  2. ޓޖފފދޚ

    ތިޔައް ކިޔަނީ ގޮތް ހުސްވހުސްވުން

  3. ސަންދާރް

    މީނަ ދުވާނީ ފެން އޮތްކާކައް..

    • Okay 123

      ޢަސްލުވެސް އައެމްސޯ ފެޑްއްޕް😡

  4. އަހްމަދު

    ސައްކެއްވެސް ގޮތުގައި އަނދުން ހުސެން ފަޅިބަދަލުކުރީ އަމިއްލައެދުން ބޮޑުކަމުން ބުރޯފަޅިއައް ކުއްލިއަކައް އަރަންޖެހުނުއެހެންސަބަބެއްނެތް ކޮރަޕްޓުއެއްވެސްމީހަކަށް އަންނިއާއެއްކޮށްއުޅެގެން އެފުރުސަތެއްނުލިބޭނެ