ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކަކުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ބިރުދައްކާ އިންޒާރު ދެއްވިކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި އަނދުން ހުސައިން ވަނީ ރައީސް ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ގެ މެންބަރުން އޭނާއަށް ބިރުދައްކައި އިންޒާރުދެއްވި ކަމަށް ވިދާޅުވެފައެވެ.

އަނދުން ހުސައިން ވިދާޅުވި ގޮތުގައި އޭނާއަށް ބިރުދައްކައި އިންޒާރުދިނީ ސައިގަޑީގައި އޭނާ ސައިކޮޓަރިއަށް ދިޔަ ވަގުތުކަމަށެވެ. އޭނާއަށް ވަރަށް ހަޑިހުތުރު އެއްޗެހި ގޮވި ކަމަށާއި، އެވާހަކަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސައިކޮޓަރީގައި އިންނަވަނިކޮށް ދެންނެވި ކަމަށްވެސް އަނދުން ހުސައިން ވިދާޅުވިއެވެ.

"އެތައް ބައެއްގެ ކުރިމަތީގައި އެވާހަކަ ދެންނެވީމަ ވިދާޅުވީ، އަދި ކަލޭ ކަންފަތް މަތީގައިވެސް އެމީހުން ލައްވާ ޖައްސުވާނަމޭ، ހޭއަރުވާލާނަމޭ،" ހުސައިން ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު މަޖިލިސް އަޑުއަހަން ގެލަރީއަށް ދިޔަ މީހުންނަކީ ބަޔަކު ފޮނުވައިގެން އިންޒާރުދީ، ބިރުދައްކައި، ފުރައްސާރަ ކުރަން އެތަނަށް ދިޔަ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ބައެއް މެންބަރުން ހުސައިން ޝަހީމަށް ބިރުދައްކައި އިންޒާރުދީފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު، ރައީސް ނަޝީދު ވަނީ ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަށް މަލާމާތްކޮށް، ހަޖޫޖަހާ، ފުރައްސާރަކޮށްފައިކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

ރޮޒެއިނާ ވިދާޅުވީ ކޮންމެ ދުވަހަކު ތަޅުމުގައި ހިނގާކަންކަމާ ޒާތީވެ މަޖިލިސް ތެރޭ މީހުންނަށް ބިރުދައްކާ ފުރައްސާރަ ކުރަމުން ނަޝީދު ހިންގަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޜަޮޒޭ

    ދެމީހުން ގާންދީ މަގްބާރާގަ ދުޢާކުރި ފަހުން ވެގެން އުޅޭކަމެއް ހެން ހީ ވަނީ

  2. Anonymous

    މިއުޅޭ ކެރަފާ ކުދިން ނަކީ ފައިސާ ހޯދަން ވެއްޖެއްޔާ ކޮންމެ ކަމެއްވެސް ރަގަޅުބަޔެއް, އިސްރާއީލާއިވެސް ވަރަށް ގުޅުން އޮންނަ ބަޔެއް ,މިހާރުވެސް އެއުޅެނީ އެމެރިކާގެ ނަމްބޯޑް އަޅުވައި މަލަމަތި ރީތިކޮށްގެން އިސްރާއީލްގެ ޖަސޫސީ އިދާރާއެއް ހަދައިގެން މިރާއްޖޭގައި ,އެތާ ބޮޑުންނަށް ތިބެނީވެސް ކެރަފާގެ ތިމާގެ ކުދިން !

  3. މޮހޮރު

    ހުސައިން އަށް