އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ދައްކަވާ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުރައްކާ އޮތް ކަމަށް ބުނެ އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

އިމްތިޔާޒް އިިއްޔެ ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން އަނދުން ހުސެއިން ހިތްވަރުދެއްވާ ކަމަށް ތުހުމަތުކުރައްވައިފައެވެ. ރައީސް ނަޝީދަށް ސަރުކާރުން މާބޮޑަށް ހަރަދު ކުރާ ކަމަށް އަނދުން ހުސެއިން ވިދާޅުވުމުން އެއީ އެމަނިކުފާނުގެ ސެކިއުރިޓީ ދަށްކޮށް އަވަހާރަކޮށްލަން ހިތްވަރު ދިނުން ކަމަށް އިމްތިޔާޒް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އިމްތިޔާޒް ވިދާޅުވީ، ނަޝީދަށް އަމާޒުކުރި ނިރުބަވެރި ހަމަލައާއި ގުޅިގެން މިހާތަނަށް އިންސާފު ނުލިބި ވަނިކޮށް، ނުފޫޒުގަދަ އެ ދެ މެމްބަރުން އެގޮތަށް ވާހަކަ ދެއްކެވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެ މައްސަލަ މޮނިޓާކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުއްވި މަންދޫބު، އައްބާސް ފާއިޒް ވެސް މައްސަލަ ލަސްވާތީ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ނުރައްކާތެރި ހަމަލާ ރައްދުކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ނުރައްކާ އޮތް މިންވަރު "ކްރިޓިކަލް" ލެވެލްގައި ވަނިކޮށް އެ ހަމަލާއިން ރައްކާތެރިކަން ފޯރުކޮށްނުދެވުމުންކަން އިންކުއަރީ ރިޕޯޓުން އެނގެ އެވެ،" ފުލުސް އޮފީހަށް އިންތި ހުށަހެޅުއްވި ސިޓީގައި ވެއެވެ.

އިމްތިޔާޒް ފުލުހުންނަށް ހުށަހެޅި ސިޓީގައި ބުނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ ނާއިބު މުގައްރިރުގެ ގޮތުގައި އަނދުން ހުސެއިން އަދި މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މުގައްރިިރުގެ ގޮތުގައި ރޮޒައިނާ ހުންނަވައި ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ނުބައި ރޭވުމެއް އޮތް ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން ރައީސް ނަޝީދުގެ ހަށިކޮޅަށް އިތުރު ހަމަލާއެއް ދިނުމަށް ފަހިކުރުމުގެ ނުބަިއ ނިޔަތެއްގައި ހީލަތްތެރިކަމާއެކު ދުރާލާ ރާވަމުންދާ ރޭވުމެއް ނުވަތަ ޓެރެރިޒަމްހގެ ކުށުގެ އަމަލެއް ހިންގުމަށް ބެލެވޭނެ ކަމުގެ ޖާގަ އޮތުމުން އެކަން ބަލައިގަތުމަށް އިމްތިޔާޒް އެދިވަޑައިގެންފައި ވެއެވެ.

ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއް ދީ ޒަހަމްކޮށްލީ ހައެއް މޭ 2021 ވަނަ އަހަރުއެވެ. އެ މައްސަލަ ބަލަން އުފެއްދި ކޮމިޓީތަކަށް އަނދުން ހުސެއިން ހުރަސް އަޅުއްވާފައިވާ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ތުހުމަތު ކުރައްވާފައި ވެއެވެ. ނަމަވެސް އަނދުން ހުސެއިން އެކަން ދޮގު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަބްދޫ

    މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޒްވާނު ލައްވާ މިނިވަން ނޫހުގާ ލިޔުމަށް ނަސިދު ދިފާހުރި ލިއުންތަކެއް އަހްމަދު ރިޒުވާނު ލިއުމުގެ ނުރަްކާތަ ؟ އަހްމަދުރިޒްވާނަށް ފޯރީ ؟ ނަސީދުގެ ފޮޓޯ ޖަހާފަ ފޯމަރ ޕްރެޒިޑެންޓް ނަމުގަ ލިޔެފަހުރި މިލިއުން އައިރިސްޓައިމަށް ނަކަލް ކޮށްފާ ހުރެގެން އެލިއުމާ ދެކޮލަށް ނަސީދު ނޫސްބަޔާނެއް ނެރުނީ އަހްމަދު ރިޒްވާނު ގެއްލުނުފަހުން 7 އޯގަސްޓް 2014 އާއި 19 އޮގަސްޓް 2014 އާއ ދެމެދުގެ ދުހަހެއްގަ. ވީމާ އަހްމަދު ރިޒްވާނަށް ނުރައްކަވީ ނަސީދުގެ ކިބައިންތަ؟

    12
  2. Anonymous

    ޔާﷲ، މި ލާދީނީމީހާގެ ނުބައިކަމާއި ނުލަފާކަމާއި މަކަރުވެރިކަމާއި އަނިޔާވެރިކަމާއި ހީލަތްތެރިކަމާއި އިޔަހޫދިކަމުން އަޅަމެންނާއި އަޅަމެންގެ ދަރިންނާއި އަޅަމެންގެ ދަރިންގެ ދަރިން ސަލާމަތްކުރައްވައިފާނދޭވެ. އާމީން.

    18
    2
    • ކަހުރަބު

      އާމީން

      6
      1
  3. ސުބު

    ނިކަންވިސްނާލަބަލަ އެންމެ ފަރުދަކަށް ފަންސާސް ފަސްމިލިޔަން ރުފިޔާ ޚަރަދު އެކޮއްލީ އަދިވެސް އިންތިމެން އަނގަގަޅާތި.

    13
    2
  4. ލޮލީ

    ލަދެއް ހަޔާތެއްނެތި މުޒާހިރާކުރާ ބައިގަޑު އޮތީ ސަރުކާރުތެރޭގަ ރައްއިތުން މީހާބާރުދިނީމަ އެރައްއިތުން ނޮޅާކަނީ މިޔަދު ޖީބުކަޑާފި

  5. ޢަލީ ޙަމީދު

    ރައީސްނަޝީދަކީ ތެދަށްބުނާނަމަ ހަމަ ދުއްޕާނެއް ކަހަލަ މީހެއް.

    • އަލީ

      ތިބުނީ ތެދެއް. އެއީ މިރާއްޖެއަށް ޖެހިފައި އޮތް ބޮޑު ބަލާވެރިކަމެއް.

  6. ދުންތަރި

    ވަގުންގެ ފޮށި ބާރަށް ބަންނާނެ ބޮޑެތި ޖަރީމާތައް ހިންގާފަ ބޮޑުފޮށީ އަޑީ އޮތަށް އެކަންކަން އަރާހަމަކުރާނެ ދުވަސް އަންނާނެ ﷲ ގެ ރައްކާތެރިކަން މެނުވީ އެއްވެސް އިންސާނަކަށް ރައްކާތެރިކަމެއްނުވޭ ކިތަންމެ ވަރަކަށް ސެކިއުރިޓީ ވަރުގަދަކޮށްގެން ގެންގުޅުނަސް ﷲ އިރާދަކުރެއްވިގޮތަކަށް ކަންކަން ކުރިޔަށްދާނީ ކެނެރީގޭ ނަޝީދަކީ ރައްޔިތުންގެ ހަޒާނާއިން ބޮޑުޚަރަދުކޮށްފަ ގެންގުޅެންޖެހޭ މީހެއްބާ؟ އެއީ ދިވެހިްާއުމާ އިސްލާމްދީނާ ދިވެހިރައްޔިތުންނަށް އެހާ އިޙްލާޞްތެރި މީހެއްބާ؟ ރައްޔިތުން ނިކަމެތިކަންމަތީގަ އަސާސީ ބޭނުންތައްނުފުއްދިފައިތިބެގެން ވަކިމީހަކަށް މިވަރުގެ ޚަރަދެއްކުރަންޖެހޭ އަސްލު ސަބަބަކީކޮބާބާ؟؟؟

  7. އަބްދޫ

    ގާނޫނުއަސާސީގެ 64 މާއްދާގަ ބުނާގޮތުން ނަސިދަކީ ރައީސްކަންކުރި މީހެއްކަން ގަބޫލު ނުކުރުމުގެ އިހްތިޔާރު ކޮންމެ މީހަކަށް ލިބިގެންވޭ. ސަބަބކި ނަސީދުގެ ކެންޑިޑެސީ ސައްހަކުރިއިރު ކްރިމިނަލް ކޯޓުން ކޮށްފައިވާ ވައްކަމުގެ ހުކުމް ބާތިލްވެފާނެތް ކަން .ސްޕްރީމް ކޯޓަކީ އަލްމާއިދާ ސޫރަތުގެ 38 ވަނަ އާޔަތް މަންސޫހް ކުރުމާއި ގާނޫނުއަސާސީގެ 109 ގެ ކ ބާތިލް ކުރުމުގެ ބާރު ލިބިފައޮޔް ކޯޓަކަށް ނުވާއިރު ކްރިމިނަލް ކޯޓުން ނަސީދުގެ މައްޗަށް ކޮށްފައިވާ ވައްކަމުގެ ހުކުމް ބާތިލް ނުކޮށް ނަސީދަކީ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައެޅުމަކީ ކުރެވޭނެ ގާނޫނީ ހަމައެއް އޮތް ކަމަކަށް ނުދެކޭތީއާއި އިސްލާމްދިނަށް ކޮށްފައޮތް ފުރައްސާރައެއް ކަމުގަ ދެކޭތީ. އެހެންވެ ރައީސްކަން ކުރި މީހަކަށް ބަލާފަ އެއްވެސް އިނާޔަތެއް ނަސީދަކަށް ނުދެވޭނެ.ގާނޫނީ ހަމަތަކުގެ މަތީން ވެރިކަމަށް ކުރިމަތިލައިގެން އިންތިހާބު ވެވޭ މީހަކަށް މެނުވީ އެއްވެސް އިނާޔަތެއް ނުދެވޭނެ.

  8. ވިކިލީކްސް

    ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެއް ރައީސް މައުމޫނަކީ. ރައީސް ވަހީދަކީ. ރައީސް ޔާމީނަކީ. ނަމަވެސް އެބޭފުޅުންނަށް ނުކުރައްވާ ޚަރަދެއް ދައުލަތުގެ ބަޖެޓުން ނަޝީދުއަށް ކުރުމަކީ ބޭއިންސާފު. ސެކިއުރިޓީ ދޭންޖެހޭނެ. އެކަމަކު ދެން އެދެއްވާ އެހެން އިނާޔަތްތަކާއި ޕޮކެޓް މަނީއާއި ފޯނުބިލާއި، ގޭގެ އިންޓަނެޓް ބިލާއި ސްޕާ ބިލާއި ކޮފީ ބަޖެޓާއި އަންނައުނު ބަޖެޓާއި ކޮސްމެޓިކްސް ބަޖެޓާއި ތަރާވީސް ބަޖެޓާއި ހާރުކެއުމުގެ ބަޖެޓާއި އިފްތާރު ބަޖެޓާއި އީދުޗުއްޓީ ބަޖެޓާއި އުފަންދުވަހުގެ ބަޖެޓާއި ، ގޭގެ ކަރަންޓު ބިލާއި، ފެންބިލާއި 3 އިރު ކޮއްތު ފައިސާއާއި، މުޅި އާއިލާއަށް ރާއްޖޭން ބޭރުން ހެލްތު އިންޝޫރެންސްގެ އަންލިމިޓެޑް ޕެކޭޖެއް ހަމައެކަނި ރައީސް ނަޝީދަށް ހާއްސަކޮށްގެން ދީގެން ނުވާނެ! މި އިނާޔަތްތަކަށް އެކަނި އެބައަރާ މަހެއްގެ މައްޗަށް އެތައް ލައްކަ ރުފިޔާ. މިއީ މައްސަލައެކޭ މިކިޔަނީ!

    6
    1
  9. ޖާ

    ކާފަރު ޑިމޮކްރަސީ ރަނގަޅުކަމަށް ބުނި މީހާ ދޭބަލަ ބުއްޅަބެ ގޮވާގެން ރަނގަޅު ކާފަރު ޑިމޮކްރަސީ އޮތް ތަނަކަށް

    4
    1
  10. އެނަލިސްޓެއް

    އިންތިމެން ލަދެއް ހަޔާތެއް ނެތީމަދޯ ތިހެން ތިކިޔަނީ. އަހަރެމެންގެ ޓެކުސް ފައިސާއިން އޭނަގެ މުޅި އާއިލާގެ ހުރިހާ ހަރަދެއް ބަލަހައްޓާކަށް ނުޖެހޭނެ ދައުލަތަކުންނެއް. ރައީސްކަން ކުރީމަ ސެކިއުރިޓީ ތިދެނީ ރައީސްކަމުގަ ހުރިއިރުގަ ކޮށްފަހުރި ކަންތަެއްގެ ސަބަބުން ތްރެޓެއް އޮތީމަ. އެއި ހަގީގަތް. އެކަމާ އަހަންނެއް އެއްޗެކޭ ކިޔާކަށް ނެތިން. އެކަމަކު އެހެނިހެން އިނާޔަތްތަކެއް ދީގެންނުވާނެ. ހާއްސަ އިންޝޫރެންސެއް އޮވެގެން ނުވާނެ. ރައީސްކަން ކުރީތީވެ އެހެނޭ ކިޔާފަ މުސާރައެއްވެސް ދެވިގެންނުވާނެ. މިހުންނަނީ ބޮޑެތި ވައްކަންތައް. ކޮންމެ ނަމެއްގައި ކުރިޔަސް އަމިއްލަޔަށް ގާނޫނެއް ހަދައިގެން ކުރިކަމުގައި ވިޔަސް ވައްކަން ވާނީ ވައްކަމަށް. ޓެކްސް ދައްކާ މީހުންނަކަށް ނޭނގެ އެމީހުންގެ ފައިސާއިން ޚަރަދުކުރަނީ ކޮން ކޮން ކަންތައްތަކަށްކަމާއި ކިހާވަރަކަށް ކަމާއި އަދި ކާކަށްތޯ މިއީ އެމީހުންނަށް ސިއްރުކޮށްފައިވާ ކަންތަކެއް. މިޔަށް ކިޔާނީ ވައްކަންކުރުން،

  11. ބަވަނަ

    އެއްޖިންސު ފިކުރު ގެ ލީޑަރު ގެ ނުބައިރޭވުންތަކަށް ސަމާލުވޭ

  12. ހެހެހ

    ކަލޭގެ ދުއްޕާނާއި ނޮހޮރުއްޕާން މުޅި ޤައުމަށް ނުރައްކާ ، ވަޒީފާއެއް ސަނަދެއްނެތި މުޅި ޤައުމުގެ އެތައްފައިސާއެއް ތިވަނީ ކާލާފަ ، ހިތްތިރި އޯގާތެރިއޭ ކިޔަނީ ، އެކަމަކު ދޮޅުއަހަރު ވެރިކަން ކޮށްގެން ލިބޭ ފައިސާވެސް ކަނީ ، ދައުލަތުން ޚަރަދުކޮށްފައި ބޮޑުގެޔެއްވެސް ދީފަހުރީ މީނަޔަށް އެކަނި ، ދިވެހި ކިތައް ރައްޔިތުން އެތިބި ވަންނާނެތަނެއްނެތި ދަރަނި ނަގާގެން ކުލިދައްކަން ،
    އެއްގޮތަކަށްވެސް ނޭނގެ މީނައަށް އޯގަތެރި ރައީސް ކިޔަނީ ކީއްވެކަމެއް

    4
    1
  13. އާދަނާ

    ތިޔައިންތި މެންނަކީ އަންނިގެ ޕަޕެޓުން، މުޅިގައުމު ފަސާދަކުރަނީ އަންނިއާއި އެނަޔަށްތާއިދުކުރާ ޕަޕެޓުން! ގަންޖާބޯ އަންނިއާއި އޭނަކާރީއުޅޭ ގިނަމީހުންނަކީ މަސްތުވާތަކެތިބޭނުންކުރާ މީހުން!

    2
    1
  14. ޖާބިރު

    ދިވެހިންނަށް ޖެހިފައިވާ ބަލާ މުސީބާތެއް. ރޮޒައިނާ އާދަމް އަކީ އައްޑ މީދުއަށް ލިބިފައިވާ ޖަވާހިރެއް.

  15. ޢަހުދު

    ބަލި ޤަބޫލު ނުކުރެވޭ ދިމޮކްރެޓިކް ފިކުރު ދިރުވާ މީހުންގެ އަތުގައި ބާރު އޮވެއްޖެ ނަމަ ކަންތައް ކުރާނެ ގޮތުގެ މިސާލު ތިޔަ ދައްކަނީ، މަޖްލިސްތެރޭ މިހާރުގެ ރައީސާއި މި ވަޤުތު އޮތް ސަރުކާރާއި ބެހޭގޮތުން ، ސާބިތު ނުހިފޭ ގޮތުގައި ނަފްރަތު އުފެއްދުމުގެ ނިޔަތުގައި ދައްކާ ވާހަކަ ތައްވެސް ފުލުހުން ތަޙްޤީޤް ކުރުމަކީ ބޭނުންތެރި ކަމެއް. ހުންނާނެ ރެކޯރޑިންގ، ނަމަވެސް މެމްބަރުންނަށް ތަޅުންގަޑުން ލިބިފައިވާ ޢިނާޔަތުގެ ސަބަބުން އެއްވެސް ކަމެއް ސަރުކާރަކަށްވެސް ނުބެލެވޭ، ނަމަވެސް މިއަދު މި "ރާއްޖެ" އަށް ނުރައްކާ ވާތީ ބަލަން ޖެހޭ. އާދެ، މުޅި މިޤަވްމަކީ ، ނަޝީދު ދޮގެއްތޯ!