ރޯދަ މަހާއި ދިމާކޮށް މާލޭގައި މާހެފުމުގެ ބޮޑެތި ހަރަކާތްތަކެއް ބާއްވަން އެ ހަރަކާތް އޮންނަ ދުވަސްތަކުގައި ބައެއް މަގުތައް ދަތުރުފަތުރަށް ބަންދު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން މާހެފުމުގެ ހަރަކާތްތައް އޮންނާނީ މި މަހުގެ 25، 26، 29 އަދި 30 ވަނަ ދުވަހުގައެވެ.

މި ހަތަރު ދުވަހު އެ ހަރަކާތްތައް އޮންނާނީ މާލޭގެ ބޮޑެތި މަގުތައް ފިޔަވައި އެހެނިހެން މަގުތަކުގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. ނަމަވެސް ބަންދު ކުރަނީ ކޮން ކޮން މަގުތަކެއް ކަމަށް އަދި އިއުލާނެއް ނުކުރެއެވެ.

މާލޭގައި ޒަމާނުއްސުރެން ރޯދަ މަހާއި ދިމާކޮށް މާފެހުމުގެ ހަރަކާތްތައް ބާއްވާކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ މި އަހަރު ވެސް މިފަދަ ހަރަކާތް ބާއްވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެ ކަމަށް އެދި ސިޓީ ކައުންސިލަށް ސިޓީ ފޮނުވަން އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމްކުޅިބޭ

    މާލޭގައި ޒަމާނުއްސުރެން ރޯދަ މަހާއި ދިމާކޮށް މާފެހުމުގެ ހަރަކާތްތައް ބާއްވާކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ މި އަހަރު ވެސް މިފަދަ ހަރަކާތް ބާއްވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެ ކަމަށް އެދި ސިޓީ ކައުންސިލަށް ސިޓީ ފޮނުވަން އެދިފައިވެއެވެ.
    ސިޓީކައުންސިލުންނޯ މާހެފުން ބާއްވަނީ. އެކަމަކު މިތާނގާ މިބުނަނީ މިކަންބާއްވަން ޝައުގުވެރިވާ މީހުން ސިޓީފޮނުވާށޯ؟ ކަނދިކަމަނާގެ މަސްތެލުލުމަށްދޯ؟