ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އުތުރުފަރާތު ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފިއެވެ.

އެ މަޝްެރޫއުގެ މަސައްކަތް ކުރަމުންގެންދާ އެމްޓީސީސީން ބުނީ އެ ޝިޕްމެންޓް ސައިޓަށް ގެންދިޔައީ މިއަދު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65،170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، 123.9 މީޓަރުގެ ސަަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭއެވެ.

މިއީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.