ރައީސް އަބްދުﷲ ޔާމީން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް އައްޔަންކުރައްވާފައިވަނީ ޅ.ނައިފަރު، ނަސީމާމަންޒިލް އަލްއުސްތާޛް ޢަބްދުﷲ ސިޔާޒް އެވެ. އޭނާ މި މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ސިޔާޒް ކުރިން ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަޤާމުގައެވެ.