ޔޫކްރޭނާއި ރަޝިޔާ ދެމެދު ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ޔޫކްރޭންގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އައިސްފައިވާ ދިވެހި ދަރިވަރުންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން މިއަދު ބައްދަލު ކުރައްވައިފިއެވެ.

އެ ދަރިވަރުންނާއި ވާހަކަދައްކަވާ މިނިސްޓަރ ޑރ. އިބްރާހިމް ވިދާޅުވީ މިނިސްޓްރީން އެންމެ ބޮޑު އަހަމިއްޔަތުކަންދޭ ކަމަކީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.

މިނިސްޓަރ ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސަރުކާރުގެ ވުޒާރާތަކުން ދަރިވަރުން ރާއްޖެ ގެނައުމަށް ވެދެއްވި އެހީތެރިކަމަށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދަރިވަރުން ވެސް ވަނީ މިނިސްޓްރީން އެ ދަރިވަރުންނަށް ވެދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށިއިރު އެ ގައުމުގައި 51 ދަރިވަރުން ތިއްބެވެ. އޭގެ ތެރެއިން 30 ދަރިވަރުން ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ ވަނީ އައިސްފައެވެ. ބާކީ ތިބި 21 ދަރިވަރުންގެ ތެރެއިން 15 ދަރިވަރުން ހޯމަ ދުވަހު ރާއްޖެ ވަނީ އައިސްފައެވެ. އަދި ބާކީ ތިބި 6 ދަރިވަރުންނާއި އާއިލާ މާދަމާ ރާއްޖެ އަންނާނެއެވެ. އެ ދަރިވަރުންނާއި ވެސް މިނިސްޓަރ ބައްދަލުކުރައްވަން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަމާ ބުނީތީ ފަރަށް ދޭބަލަ!!! އަމިއްލަ ފުރާނައަށްވުރެ ކިޔެވުން މުހިއްމުވާ މީހުންނަށް ލިބޭނެ ލަނޑު މިއީ!! ކިޔެވި ކިޔެވީނުން ހަމަ ގޯސްވީ!!!

  2. ޭެރ

    މިނިސްޓަރ ކޮބާ މާސްކް