މިދިޔަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝި ލިބުނު ދަރިވަރުންނާއި އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދަރިވަރުންނަށް ވަނީ އެެކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

އެގޮތުން ރައީސްގެ ސްކޮލަރޝިޕް 17 ދަރިވަރަކަށް ވަނީ ލިބިިގެން ގޮސްފައެވެ. ހައި އެޗީވާސް ސްކޮލާޝިޕް 138 ދަރިވަރަކު ވަނީ ހާސިލް ކޮށްފައެވެ. އެ ދަރިވަރުންނަށްވެސް މިރޭ ވަނީ އެކަމުގެ ލިޔުން ހަވާލު ކޮށްދެއްވާފައެވެ.

ސޮކްލަރޝި ލިބުނު ދަރިވަރުންނާއި އެކަމުގެ ލިޔުން ހަވާލު ކުރުން - ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްްޔާތު ޝަރުފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްްމަދު ސޯލިހް ވިދާޅުވީ، މަތީ ސާނަވީ ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުންނަށް ރައީސްގެ ހާއްސަ ސްކޮލަރޝިޕެއް ދެނީ ވަރަށް މަތިވެރި އަދި މުހިންމު ބޭނުމެއްގައި ކަމަށެވެ.

"އެއީ މަތީ ސާނަވީ މަރުހަލާގައި ކިޔެވުމަށް ބާރު އެޅުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރު ދިނުމަށް". ރައީސް ވިދާޅުވިއެވެ.

ސޮކްލަރޝި ލިބުނު ދަރިވަރުންނާއި އެކަމުގެ ލިޔުން ހަވާލު ކުރުން - ފޮޓޯ: ރައީސް އޮފީސް

އަދި މި ސްކޮލަރޝިޕް ލިބުމަކީ ދަރިވަރަކަށް ލިބޭ މަތީ ފަހުރެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެެ. އެގޮތުން ރައީސްގެ ސްކޮލަރޝިޕް ހާސިލް ވުމުން އެ ދަރިވަރަކަށް އިނާޔަތައް ލިބޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ގައުމެއްގައި އެ ކުއްޖަކު ބޭނުން ދާއިރާއަކުން ކިޔެވުމަށް ފުރުސަތު ލިބޭނެެއެވެ.

އަދި ހައި އެޗީވަރސް ސްކޮލަރޝިޕް ހާސިލް ކުރި ދަރިވަރުންނަށް ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުގައި ކިޔެވުމަށް ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ދަރިވަރުންނަށް އޯއީސީޑީގެ 38 ގައުމުން ކުރެ، އެ ދަރިވަރަކު ބޭނުން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބުމަކީ ވެސް ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާދަލޭކް

    ކިޔަވަން ދުނިއެން ބޭރަށް ފޮނުވީ ކިތަށް ދަރިވަރުން.

  2. ޥަފީގު

    ސޯލިހޫ ދީފަބަހައްޓާ. ތީ ހަމަ ހުސް ވޯޓު. ކޮންމެ ކުއްޖަކީ އާއިލާއެއް. އެއާއިލާއިންދެން ކަލޭއަށް ވޯޓު ދޭންވީ. އެހެންނުން.