ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި ގާއިމްކުރާ ޓިވެޓް ސެންޓަރުގެ ރ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓުގައި މި ސެޕްޓެމްބަރގައި ފަށާ ކޯސްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައެވެ.

އެ ސެންޓަރުގެ މަސައްކަތް ނިމުމަކާ ގާތަށް ވަނީ ގޮސްފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ، އެ ސެންޓަރުގައި ފައިބަރގްލާސް ބޯޓް ބިލްޑިންގް ލެވެލް 3 ގެ ކޯހަކާއި އެކު ޖުމްލަ 10 ކޯހެއް މި ސެޕްޓެމްބަރުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ސެޕްޓެމްބަރ އިންޓޭކްގައި ފަށާ ކޯސްތަކުގެ ތެރޭގައި

ފައިބަރގްލާސް ބޯޓް ބިލްޑިންގ

އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން

އިންފޮމޭޝަން ޓެކްނޮލޮޖީ

އެ މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި ސެޕްޓެމްބަރ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހު ހަމަވާނެއެވެ. ކޯސްތަކުގައި ބައިވެރިވުމަށް އޮންލައިންކޮން ހުށަހެޅޭނެއެވެ. މި އިންސްޓިޓިއުޓްގެ ކޯސްތަކަކީ ސަރުކާރުގެ ޚަރަދުގައި ހިލޭ ކިޔަވައިދެވޭ ކޯސްތަކެކެވެ.

މިއިންސްޓިޓިއުޓުގައި މިހާރު ފެށޭ ކޯސްތަކުގެ އިތުރުން މިއަހަރު ތެރޭގައި، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އެންޖިނިއަރިންގް، މެރިން މެކޭނިކްސް، އޮޓޯމޯޓިވް ރިޕެއަރ، ވެލްޑިންގް، އެއަރކޮންޑިޝަނިންގް އެންޑް ރެފްރިޖަރޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު ކޯސްތައް ފަށާނެއެވެ.

މީގެ އިތުރުން މި އޮގަސްޓު މަހު ފަހުކޮޅު އެ މިނިސްޓްރީގެ ކެރިއަރ ގައިޑެންސް އޯޕަންޑޭ އެއް ކުރިޔަށް ގެންދާނެއެވެ. މި އޯޕަންޑޭގައި މިޓެކްނިކަލް އިންސްޓިޓިއުޓުގައި ސެޕްޓެމްބަރ ގައި ފަށާ ކޯސްތަކާއި، މިއަހަރު އިތުރަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން، އެ މިނިސްޓްރީން ކުރިޔަށް ގެންދާ، ސްޓުޑެންޓް ލޯން ސްކީމްތަކާއި، ސްކޯލަރޝިޕްތަކުގެ މައުލޫމާތު ދިނުން ކުރިޔަށް ގެންދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޝީދު

    ތިޔަމަރުކަޒުގެ އަސްލު ފޮޓޯއެއް ނެތީތޯ؟ ތިއީ އަދި އަންނަނީ އަންނަނީގަ އޮތްތަނެއް. ކިޔަވައިދޭނެ ލެކްޗަރަރއިންނެއްނެތް. އެބުނާ 10 ޕްރޮގްރާމެއްގެ ސިލަބަހެއް ކަރިކިއުލަމެއް މެޓީރިއަލެއްނެތް. އަދި ތިޔަ މަރުކަޒު ރަޖިސްޓްރީ ކުރެވުނުކަމެއްވެސް ނޭނގެ.