ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެފައިވާ ރިޔާސީ ވަޢުދާއި އެއްގޮތައް ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވައިދިނުމުގެ ކަންކަން ހިންގާނެގޮތް ބަޔާންކޮށް 2019 ވަނަ އަހަރު އިއުލާން ކުރި އުސޫލަށް ބައެއް ބަދަލު ގެނެސްފިއެވެ.

މިއުސޫލުގައި ބުނެފައިވާ ގޮތުގައި ހިލޭ ޑިގްރީ ލިބޭނީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފުރިހަމަކޮށްފައި ނުވާ މީހުންނަށެވެ. އަދި އެދަރިވަރު ފުރިހަމަ ކުރަން ބޭނުންވާ ހިލޭ ޑިގްރީ ޕްރޮގްރާމަށް ކުރިމަތިލާ ދަރިވަރު ވާން ޖެހޭނީ ފުލްޓައިމް ދަރިވަރަކަށެވެ.

އޭގެ އިތުރުން ހިލޭ ޑިގްރީއަށް ކުރިމަތިލާ ދަރިވަރުގެ ޝަރުތުތަކުގެ ތެރޭގައި 50 އަހަރު ފުރިފައި ނުވުން ވެސް ހިމެނެއެވެ. އެއީ 2019 ވަނަ އަހަރު އުސޫލު ފުރަތަމަ އެކުލަވާލިއިރު ވެސް އޮންނަ ޝަރުތެކެވެ.

އިތުރު ޝަރުތުތަކުގެ ތެރޭގައި ސަަރުކާރުގެ ޚަރަދުގައި ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ވިޔަސް ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފެށިނަމަ މަޤްބޫލު ސަބަބެއް މެދުވެރިވެގެން މެނުވީ ކިޔެވުން ހުއްޓައިލައިފައި ނުވުން ހިމެނެއެވެ.

12 ފެބުރުވަރީ 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި މި މިނިސްޓްރީން ޝާއިޢުކޮށްފައިވާ "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާ މެދު ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތީން އެޅި ފިޔަވަޅެއް ތަންފީޛުކުރަމުންދާ ފަރާތެއްކަމުގައި ނުވުމަކީ ވެސް ހިލޭ ޑިގްރީ ސްކީމުން ފުރުސަތު ދިނުމުގައި ބަލާނެ ޝަރުތެކެވެ.

މި އުސޫލުގައިވާ ގޮތަށް ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމަށް ޚަރަދު ކުރާނީ ދަރިވަރުގެ ޕްރޮގްރާމް ފީއަށެވެ. އެގޮތުނ،ް ސަރުކާރުން ޚަރަދު ކުރާނ،ީ ޕްރޮގްރާމް ފީ ދިނުމަށް ސަރުކާރުން ކަނޑައަޅައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށް އިޢުލާނުކޮށްފައިވާ ދާއިރާތަކަށް އިޢުލާނުގައި ކަނޑައަޅައިފައިވާ މިންވަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓ

    ޢެންމެނަށް ހިލޭ ޑިގްރީ އަށް ކިޔަވައިދޭ ގައުމެއް މިނޫނީ ނޯނާނެ އެކަމުގެ ގެއްލުން މުޅި ގައުމަށް ދަނީ ލިބެމުން
    އެންމެން ބޭނުންވަނީ..އޮފީސް ވަޒީފާ....ގައުމުގެ އުފެއްދުންތެރިކަން ދަނީ ދަށަށް

  2. ހުޖަސް

    ވަރަށް ބޭއިންސާފު! މިހެން ހެދީމާ މަސައްކަތްކޮށްގެން ލާރިހޯދަގެން އަމިއްލަޔަށް ކުއްޔާއި ކޭންބުއިން ހަމަޖައްސަގެން އުޅެގެން ޑިގުރީހަދާ ކުދިން ބާކީކޮށްލެވެނީ! އެންމެ ފަގީރުކުދިން ބޭރުކުރެވެނީ ހަވާސާއިން

    14
    1
    • ވިޖަސް

      އަސްލުވެސް. ފުލްޓައިމް ކިޔެވޭނީ ވަޒީފާއަށް ނުގޮސް ތިބޭ ކުދިންނަށް. އެގޮތަށް ކިޔަވަންދާ ގިނަކުދިންނަކީ ދިިރިއުޅުމުގެ ކަންކަން އެހެން ގޮތަކުން ހަމަޖެހޭކުދިން. ހަރަދު ކުރަންޖެހޭ ބަޔަކު ނެތްކުދިން. މައިންބަފައިން ހަރަދުކުރާ ކުދިން. މިހާރު ތިވީ ގޮތުން ވަޒީފާ އަށްގޮސް ޕާޓްޓައިމް ކިޔަވާ ކުދިންނަށް ފުރުސަތު ގެއްލުނީ.

  3. ކަސަން ހުރުސީ

    ހިލޭ ޑިގްރީއޭ ކިޔައިގެން ވަކި ހިސާބަކުން ލާރިއެއް ނުދޭ. މިސަރުކާރުން ހިންގަނީ ސްކޭމް

    10
    1
  4. އަބްދުﷲ އަލީ

    ޑިގްރީ އޭ ކިޔައިގެން އެއްވެސް ވާހަކައެއް ދައްކާނެ ކަމެއް ނެތް ، ކޮލެޖް ތަކަށް ދައްކަށް އަމިއްލަ އަތުން ދައްކަން ޖެހޭ އަދަދު ވަކި ކުޑައެއް ނޫން ، މާލެގައި ތިބުމާއި އަތޮޅު ތެރޭގައި ނަމަ އެރަކަށް ކުރާ ދަތުުރާއި އަދި ކުލީ ކޮޓަރި ޚަރަދު މާ ބޮޑު
    އިބޫ ސަރުކާރުން ކެނޑީ ހުސް ފޮނި - ޑިގްރީ ނިންމި ކުއްޖަކަށް ސެޓްފިކެޓް ނުލިބޭ