2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، މި ސްކޮލަރޝިޕާއި ބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށެވެ.

މި ސްކޮލަރޝިޕް ލިބުމުގެ ޝަރުތަކީ، "އިސްލާމް" އަދި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން A* ފާސް ހޯދާފައިވުން ނުވަތަ ޝަހާދަ ސާނިވީ އިމްތިހާނުގައި ބައިވެރިވެ ހުރިހާ މާއްދާއަކުން A* ޚާޞިލްކޮށްފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޚާނަކުން އިނގިރޭސި "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތުމެވެ.

ޝަރުތު ފުރިހަމަވާ ދަރިވަރުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މައިއެޑިއު (myedu) ޕޯޓަލް މެތުވެރިކޮށް އިއުލާންގައި ބަޔާންކޮފައިވާ ލިޔެކިޔުންތަކާއި އެކު އެޕްލިކޭޝަން ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕަށް ޝަރުތު ހަމަވާ ދަރިވަރުން 18 މަސްދުވަސްތެރޭގައި އެޕްލައިކޮށް ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފެށުމަށް ހަޔަރ އެޑިޔުކޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ހައި އެޗީވަރަސް ސްކޮލަރޝިޕް 2022

2023 ވަނަ އަހަރު މަތީ ސަނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރަސް ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ފުރުސަތު ލިބިގެންދާނެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ފުރުޞަތު ދެވޭނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ "ނެޝަނަލް ޓްރެއިނނިންގް ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް ކަމަށާއި މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާ ޤައުމުތަކަކީ ދިވެހިރާއްޖެ، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ، ސާރކް އަދި އޯއީސީޑީ ޤައުމުތަށް ކަމަށް ހަޔަރ އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ.

މި ސްކޮލަރޝިޕް ލިބުމުގެ ޝަރުތަކީ، "އިސްލާމް" އަދި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން A ފާސް ހޯދާފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޚާނަކުން އިނގިރޭސި "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޗުކި އާދަނު

    ރައީސްގެ ޖީބުންދޭ ސުކޯލާސިޕް ޕާޓީގެ ކުދިންކޮޅަ

    6
    1
  2. ޙާދިސާބޭބެ

    މިފަހަރު ވަރަށް ގިނަ ކުދިންނަށްކަރުދާސް ކިޅު ހަވާލުކުރާނެ އިންތިހާބުގެ ފަހުން ވާނުވާ ނޭންގެނެ!

    6
    1
  3. ނަވާޒު

    ދުނިޔެއިންބޭރު ސުކޮލަޝިޕުތޯ ނޫނީ ރާއްޖޭންބޭރު ޝިޕުތޯ.