އައްޑޫސިޓީ ލިންކް ރޯޑުގައި އިތުރު އެކްސިޑެންޓެއް ހިނގައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ އާރްއޭއެފް ސަރަހައްދުގައި ހަދަމުން އަންނަ ޕޮލިސް ޓްރެއިނިން ސްކޫލުގައި ފާރުގައި ކާރެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ކާރަށް ލިބިފައިވާ ގެއްލުންތަކާއި ކާރުގައި ތިބި މީހުންނަށް ލިބުނު އަނިޔާގެ މައުލޫމާތެއް އަދި ސާފުވެފައެއް ނުވެއެވެ.

އާރްއޭއެފް ސަރަހައްދުގައި އެކްސިޑެންޓެއް ހިނގާފައިވާއިރު، މީގެ އިރުކޮޅެއް ކުރިން ހިތަދޫ ލިންކް ރޯޑުގައި ވެސް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައިގެން ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.

މި އެކްސިޑެންޓްގައި ކާރުގައި ހުރި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުސްލިމް

    މިހާރު އެކްސިޑެންޓު ވާ އަދަދު ވަރަށް ގިނަ... މި ކަމަށް ސަމާލުކަން ދިނުމަކީ ވަރަށް ބޮޑަށް މުހިންމު ކަމެއް.. އަދި ފިޔަވަޅު ވެސް އަޅަންޖެހޭ..