އައްޑޫ ސިޓީ ހިތަދޫގައި މަގު ހަދަން ކޮނެފައި ހުރި ކޯރެއްގެ ތެރެއަށް ސައިކަލާއެކު މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

މީގެ އިރުކޮޅެއް ކުރިން އެ ރަށުގެ ޔޫތް ސެންޓަރު ކައިރީގައި މަގު ހަދަން ކޮނެފައި ހުރި ކޯރެއްގެ ތެރެއަށް އެ މީހާ ވެއްޓުނީ، ދުއްވަމުން ދިޔަ ސައިކަލު ކަހާލައިގެން ގޮސްގެންނެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ މެދު އުމުރުގެ ފިިރިހެނަކަށެވެ.

ހިތަދޫގައި މަގު ހަދަން ކޮނެފައި ހުރި ކޯރެއްގެ ތެރެއަށް ސައިކަލާއެކު މީހަކު ވެއްޓި އަނިޔާވެފައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެ ސަރަހައްދުގައި ހުރި "ވަގުތު" ނޫސްވެރިޔާ ބުނީ، އެ މީހާގެ މޫނު މައްޗަށާއި، އަތާއި ފަޔަށްވެސް އަނިިޔާތަކެއް ވެފައިވާ ކަމަށެވެ.

އެ މީހާ ވަނީ ފަހުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މީގެ ކުރިންވެސް މިފަަދަ ހާދިސާތަކުގައި މީހުންނަށް އަނިޔާ ވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މައްޗޫ

    މަގުމަތީގައި ދުއްވަން ލައިސަންސް ދީފައޮންނަނީ މަގު ހިގާ މިހުންނާޢީ ކުޑަކުދިން، މުސްކުޅިން އަދި އެހެން މިހުންވެސް މިނިވަންކަމައެކު އުޅެވޭހެން ދުއްވައި ހެދުމަށް. އެކަމަކު މިފެންނަނީ މަގުގެ އެއްފަރާތުގައި ކޮނެފައިވާ ކޯރުވެސް ރޯމާ ދުވާލު ނުފެނި ގޮސް ކޯރުގެ ތެރެއަށް ވެއްޓޭތަން. ތަންކޮޅެއް ދުއްވުމުގައި ފަރުވާތެރިވާން އެބަޖެހޭ. އަނެއްކާ އަބަދު ރަށުތެރޭގައި ދުއްވަމުން ދާއިރު ކޮނެފަ ހުންނަ ތަންތަން ހުންނަނީ ފާހަގަވެފަކަން އެގޭ. ގިނަ ފަހަރު ސައިކަލްގައި އިންނަ އިރު އިންނަނީ ފޯލު ކޮލެއްގަ.

    5
    1
    • ޛޔިޔހހ

      މަގު ހަދަމުންދާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ލައިޓް ، ބެރިކޭޑް ...ކިޔާބެކަމެއްނެތް ދުނިޔޭގައި ހުރި ހުރިހާ އެއްޗަކަށް އެތަން މިލިއަބް ރުފިޔާ ޖަހާފައި އެއްްކަމެއްވެސް ނުކޮށް ލާރިކކޮޅު ދަވާލީ.
      އަދި ފައިސާ ޚަރަދުކުރިގޮތް އެނގިދާނެތީ ޕްރޮޖެޖްޓްގެ ސްކޯޕްވެސް ، ބަޖެޓްވެސް ސިއްރު.

      އެއްވެސް ކައުންސިލަރަކަށް އެއްވެސްކަމަކާއއި ފިޔަވަޚު އަޅާކަށް ނުކެރޭ.
      ބީތާވެފައި އޮތް ކައުންސިކެއް.

      8
      1
  2. ރަން ރީނދޫ

    މަގު ހެދުމުގެ މަސައްކަތް ކުރަނީ އަމާ ކީތީ ފަރަށް ދާހެން. ކޯރު ކޮނެފަ އަހަރު ވާއިރު މަތީ ނޭޅޭ. ތާރު އަޅައިފިއްޔާ ޕޭވްމެންޓް ނުނިންމާނެ. ދިހަ ބާރަ ފަހަރު ޕޭވްމެންޓް ހަދަން އުޅެ ކޮނެފަ އަލުން ގާ ނަގާ އެބަ. މި ޕްރޮޖެކްޓް ހިނގާ ގޮތް ފެނުނު ބަޔަކު މޮޔަވެދާނެ. ޓިޕިކަލް އިންޑިއަން ސްޓައިލް.